ފުރަތަމަ ޞަފްޙާ

ބޭ ކޮރަސް ކޭމެއް ކޮރެއްނުވާނެ. ޤަދުސަމިޢު މިހާ ވަރިއްޔާ ޤާލަފަމާ ކިހާވަރެއް ވާނެބާ

05 February, 2012

ބިދުޢަޔާއި ދޭތެރޭ އަސްހާބުބޭކަލުން ނަފްރަތު ކުރެއްވި މިންވަރު


ރަސޫލުﷲ ސައްލަﷲ ޢަލަހިވަސައްލަމް އަށް ފަހު އެކަލޭގެފާނު ގެނެސް ދެއްވި ހިދާޔަތުގައި އެންމެ ވަރުގަދަޔަށް ހިއްޕެވި ބަޔަކީ އެކަލޭގެ ފާނުގެ ލޮބުވެތި ސަހާބީންނެވެ.އެބޭކަލުންނަކީ ﷲ ގެ ރަސޫލު އަރިހުން ދީން އުނގެނި އެޔަށް ފުރިހަމަޔަށް ތަބާވެ އެ ޢިލްމު އެހެންމީހުންނަށްޓަކައި ފޯރު ކޮށްދެއްވި ވަރުގަދަ އަބްތާލުންތަކެކެވެ.
 އެހެންކަމުން މުސްލިމުންގެ ފުރަތަމަ ޚަލީފާ އަބޫބަކްރުއްސިއްދީގް ރަޟިޔަﷲ އަންހު އެއްދުވަހަކު ޚުތްބާ ދެއްވަމުން ވިދާޅުވިއެވެ."ތިމަންކަލޭގެ ފާނަކީ ތަބާވާ މީހެކެވެ.ބިދުޢަވެރިޔެއް ނޫނެވެ."(ސުނަނުއް ދާރުމީ) މިބަސްފުޅުގެ މާނައަކީ އެކަލޭގެފާނު ތަބަޢުވެ ވަޑައިގަންނަވަނީ ﷲ ގެ ފޮތަށާއި ނަބިއްޔާގެ ބަސްފުޅަށް ކަމެވެ.އަދި ދީނުގެ ތެރެޔަށް އަލައްވެއްދޭ އެންމެހާ ކަންކަމުން އެކަލޭގެފާނު ބަރީޢަ ވެވަޑައިގަންނަވާ ވާހަކައެވެ.
 އަދި ހަމައެހެންމެ ތަރުޖަމާނުލް ޤުރްއާން އަބްދުﷲ ބިން އައްބާސް ރަޟިޔަﷲ އަންހު ވިދާޅުވަނީ" ﷲ އަށް ބިރުވެތިވެ ދީނުގައި ސާބިތްވެތިއްބަވާށެވެ.އަދި ބިދުޢަތުގެ ކަންކަމުން ސަލާމަތްވެ ތަބައު ވާށެވެ."(ސުނަނުއް ދާރުމީ)އެބަހީ ﷲ އަށް ބިރުވެތިވެ ދީނުގެ ތެރެޔަށް އަލައްވެއްދޭ އެންމެހާ ކަންކަމުން ސަލާމަތްވެ ޤުރުއާނާއި ސުއްނަތުގަ ވަރުގަދަޔަށް ހިއްޕަވާ ސާބިތްވެލައްވާށެވެ.
 ހުޒައިފާ ބިން ޔަމާން ރަޟިޔަﷲ ޢަންހު ވިދާޅުވަނީ" އަޅުކަމުގައި އަސްހާބް ބޭކަލުން ނުކުރައްވާ ކަންތަކުން ކަލޭމެން ސަލާމަތްވާށެވެ.ކުރިން އައި ބޭފުޅުން ފަހުން އައި މީސްތަކުންނަށް އެއްވެސް އާ ކަމެއް ކުރުމަށް ޖާގައެއް ނުދެއްވައެވެ."(އަބޫ ދާވޫދް)
 ސުނަނުއް ދާރުމީގައި ބިދުޢަޔާއި ބެހޭ ގޮތުން ވަރަށް މަޝްހޫރް ރިވާޔަތެއްގައިވެއެވެ.އައްލާމާ އަލްބާނީ ރަހިމަހުﷲ އެކަލޭގެފާނުގެ ސިލްސިލަތުއް ސަހީހާގައި ޒިކުރު ކުރައްވާފައިވެެއެވެ.އެހެންކަމުން މިތާގައި އެވާހަކައިގެ ކުރު ޚުލާސާއެއް ހިމަނައިލެވޭތޯ ބަލާނަމެވެ.
 ކޫފާގެ މިސްކެތެއްގައި މީސްތަކުން ނަމާދަށް އިންތިޒާރުގައި މަޖިލިސް ހަދައިގެން ތިއްބެވިތަން އަބޫ މޫސާ އަޝްޢަރީ ރަޟިޔައްﷲ ޢަންހުއަށް ފެނިވަޑައިގަތެވެ.އެއިރު އެމީހުންގެ އަތްތަކުގައި ކުދި ގާކޮޅު ތަކެއް ޒިކުރު ކޮށްލުމަށްޓަކައި ވެއެވެ.އޭގެތެރެއިން އެކަކު ބުނަމުން ދެއެވެ.100 ފަހަރު لّآ اِلهَ اِلَّا اللّهُ ކިއާށެވެ.އެހެންބުނުމުން އެމީހުން 100 ފަހަރު لّآ اِلهَ اِلَّا اللّهُ ކިޔަޔެވެ.ދެން އަނެއްކާވެސް އޭނަ ބުނަމުުން ދެއެވެ.100 ފަހަރު ތަސްބީހަ ކިޔާށެވެ.އެހެން ބުނުމުން މީސަތަކުން 100 ފަހަރު ތަސްބީހަ ކިޔަޔެވެ.މިކަންތަށްތަށް އަބޫ މޫސާ އަޝްޢަރީ ރަޟިޔަﷲ ޢަންހުއަށް އާކަމަކަށްވެ ނުރުހުންތެރި ކުރުވި ކަމަކަށް ވިއެވެ.ސަބަބަކަށްވަނީ މިކަންތަކަކީ ރަސޫލުﷲ ސައްލަﷲ ޢަލަހި ވަސައްލަމްގެ އަރިހުން އެކަލޭގެފާނަށް ފެނިވަޑައިގެންފައިވާ ކަމަކަށް ނުވާތިއެވެ.އެހެންކަމުން އެކަންތައް ޢަބްދުﷲ ބިން މަސްޢޫދް ރަޟިޔަﷲ ޢަންހުގެ އަރިހަށް ގޮސް ވަގުތުން އެކަންއެންގެވިއެވެ.އެހިނދު ޢަބްދުﷲ ބިން މަސްޢޫދް އެމީހުން ކައިރިޔަށް ވަޑައިގެން އެމީހުން ކުރަމުންދާ ކަންތަކާއި ބެހޭ ގޮތުން ސުވާލު ކުރެއްވިއެވެ.އެމީހުން ޖަވާބުގައި ބުނަމުން ދިޔައެވެ.އަހަރުމެން މި ކުދި ގާކޮޅުގެ ޒަރީޢާއިން ތަސްބީހް އާއި ތަހްލީލް އަދި ތަކްބީރުގެ ކިޔަނީއެވެ.އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ."ތިޔަބައިމީހުން ތިޔަބައި މީހުންގެ ފާފަތަކާއި މެދު ވިސްނާށެވެ.ތިމަންކަލޭގެފާނު ހެކިވަމެވެ.ތިޔަބައިމީހުންގެ އެއްވެސް ހެޔޮ އަމަލެެއް ބޭކާރު ނުވާހުއްޓެވެ.ހިތާމަ ހުއްޓެވެ.އޭ މުހައްމަދުصلى الله عليه و سلم ގެ އުއްމަތުގެ މީހުންނޭވެ!ތިޔަބައިމީހުން ހަލާކުގެ ތެރެޔަށް ވެއްޓުނީ ކިހާއަވަހަށް ހެއްޔެވެ؟މުހައްމަދުގެ އަސްހާބުން މީސްތަކުންގެ ތެރޭގައި އެބަތިއްބެވިއެވެ.އަދި ކަލޭމެންގެ ނަބިއްޔާ މުހައްމަދު ގެ ހެދުން ކޮޅު ހަލާކެއްނުވެ އަދި އެބަ އޮތެވެ.އެކަލޭގެފާނު ގެންގުޅުއްވި ބައެއް ތަށި ކަންވާރުވެސް ހަލާކުނުވެ އެބަހުއްޓެވެ.އެ ފަރާތެއްގެ އަތްޕުޅުގައި ތިމަންކަލޭގެ ފާނުގެ ފުރާނަވާ ފަރާތް ގަންދެއްވައި ބުނަމެވެ.ހިދާޔަތް ލިބުމުގައި ކަަލޭމެން މުހައްމަދުު صلى الله عليه و سلم ގެ އުއްމަތަށްވުރެ ހެޔޮކަން ބޮޑީ ހެއްޔެވެ؟ނޫނީ މަގު ފުރެދުމާއި އަނދިރި ކަމުގެ ދޮރު ތިޔަބއިމީހުން މީސްތަކުންނަށް ހުޅުވައިދެނީ ހެއްޔެވެ؟"އެހިނދު އެމީހުން ބުންޏެވެ." އޭ އަބޫ ޢަބްދުއްރަހްމާންެއެވެ(އިބުން މަސްޢޫދްގެ ކުންނިއްޔާ)! އަހަރުމެން އެހުރިހާ ކަމެއްވެސް ކުރީ ހެޔޮ ނިޔަތުގައިއެވެ."އިބުން މަސްޢޫދް އެމީހުން އެހެން ބުނުމުން ރައްދުގައި ވިދާޅުވިއެވެ"ކިތައްމެ ވަރަކަށް ހެޔޮ ކަމަކަށް އެދުނު ކަމުގައި ވިޔަސް އެ ހެޔޮކަމެއް ނުލިބޭނެވެ.ރަސޫލުﷲ صلى الله عليه و سلم އަަހަރުމެންނަށް ބުނެދެއްވިއެވެ.މީސްތަކުންގެ ތެރެއިން ބަޔަކު މީހުން ޤުރްއާން ކިޔަވާނެވެ.އަދި އެ މަޖްލީސް ދޫކޮށެއް ނުލާނެވެ.ﷲ ގަންދީ ހުވާކޮށްފަ ބުނަމެވެ.ތިމަންކަލޭގެފާނަށް ފަހަރެއްގައިވެސް ނޭގެއެވެ.އެ މީހުންގެ ތެރެއިން ގިނަމީހުން ކަލޭމެންގެ ތެރެއިން ވެދާނެވެ."


---------------------------------
 ލިޔުނީ: އައްޝައިޚް އަބޫ ޖައުފަރުލް މަލްދީފީ