ފުރަތަމަ ޞަފްޙާ

ބޭ ކޮރަސް ކޭމެއް ކޮރެއްނުވާނެ. ޤަދުސަމިޢު މިހާ ވަރިއްޔާ ޤާލަފަމާ ކިހާވަރެއް ވާނެބާ

02 December, 2012

މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓައިޒްކުރުމާ ބެހޭގޮތުން ބެލިބެލުމުން ފެނުނު ކަންތަކުގެ ރިޕޯޓް



މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓައިޒްކުރުމާ ބެހޭގޮތުން ބެލިބެލުމުން ފެނުނު
ކަންތަކުގެ ރިޕޯޓް
މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ސަރުކާރާގުޅިގެން ހިންގާ ތަރައްޤީކުރާނެ ފަރާތެއް ހޯދުމުގެ މަސައްކަތް ގޮސްފައިވާގޮތް ބަލަން ފެށުނީ 25
އޮގަސްޓް 2010ގައެވެ.
މިގޮތުން މިނިސްޓްރީ އޮފް ފިނޭންސްގެ ޕަބްލިކް އެންޓަރޕްރައިސެސް މޮނިޓަރިންގ އެންޑް އެވެލުއޭޝަން ބޯޑުގައިވާ 
(ޕީ.އީ .އެމް.އީ.ބީ) ބިޑްޑޮކިއުމަންޓްތަކާއި ބިޑްތަކާއި އެއާގުޅޭ ތަފާތު ލިޔުންތައް ބަލާޗެކްކޮށް ދިރާސާކޮށް ކަމާގުޅެ ފަރާތްތަކާ 
ސުވާލުކުރެވުނެއެވެ.   
ކަންހިނގާ ދިޔަގޮތް   
  
ޑިސެމްބަރ 2008ގައި އިންވެސްޓް މޯލްޑިވެސްއިން މާލޭ އިންޓަރނޭޝަނަލް އެއާރޕޯރޓް ސަރުކާގުޅިގެން ހިންގާނެ ފަރާތެއްހޯދުމަށް ކުރި 
އިޢްލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ މިމަސައްކަތަށް ފަންނީ ލަފާހޯދުމަށް އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަނާއި 
ދެމެދު ފައިނޭންޝަލް އެޑްވައިޒަރީ ސާރވިސް އެގްރީމެންޓެއްގައި 28 ޖުލައި 2010ގައި ސޮއިކޮށްފައިވެއެވެ.(އެނެކްސް 1) މި 
އެގްރީމަންޓްގައި ވާގޮތުން މިއެގްރީމަންޓްގެ މަޤްޞަދަކީ ވާދަވެރި ބީލަމުގެ އުސޫލުން މޯލްޑިވްސް އެއަރޕޯޓްސްކޮމްޕެނީގެ %49 ހިއްސާ 
ގަންނާނެ ފަރާތެއް ހޯދުން ނުވަތަ ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ އުސޫލުން އެމް .އޭ .ސީ .އެލް އާއި ގުޅިގެން އެއަރޕޯޓް ތަރައްޤީކޮށް
ކަނޑައެޅޭ މުއްދަތަކަށް ހިންގާނެ ފަރާތެއް ސަރުކާރަށް ހޯދައިދިނުމެއެވެ . (ބަޔަކާ ޙަވާލުކޮށްގެން ހިންގާ ގޮތަށް ނިންމާފައިވަނީ އާރު އެފް.ކިއު 
ސްޓޭޖަށްފަހުއެވެ.)  
ބަދަލުގައި އެގްރީމަންޓްގައި ސޮއިކުރާ ދުވަހު ސަރުކާރުން އައިއެފްސީ އަށް -/15,000 ޔޫ.އެސް.ޑޮލަރ ދައްކަންޖެހެއެވެ. އަދި އައި .އެފް.ސީގެ 
ޓީމުގެ މަސައްކަތް ފެށުމުން -/15,000 ޔޫ .އެސް .ޑޮލަރ އަދި ޓްރާންސެކްޝަން ސްޓްރަކްޗަރ ރިޕޯޓް ހުށަހެޅުމުން -/20,000 ޔޫއެސް 
ޑޮލަރ ދައްކަންޖެހެއެވެ . މީގެ އިތުރުން އައި .އެފް.ސީއިން މަސައްކަތް ކުރަންޖެހޭ މުއްދަތު 12މަހަށްވުރެ އިތުރުވެއްޖެނަމަ މަހަކަށް 
-/15,000 ޔޫ.އެސް .ޑޮލަރ ދައްކަންޖެހެއެވެ. ޕްރޮޖެކްޓް އެވޯޑް ކުރުމުން ބީލަން ކާމިޔާބުކުރާ ފަރާތުންވެސް އައި.އެފް.ސީއަށް ޕްރޮޖެކްޓްގެ 
އަގުގެ 1% ނުވަތަ -/750,000 ޔޫއެސް ޑޮލަރ (ދެޢަދަދުންކުރެ ބޮޑު ޢަދަދެއް) ދައްކަންޖެހެއެވެ .  
މިއެގްރީމަންޓްގެ ދަށުން ބީލަމަށް ބޭނުންވާ ބިޑްޑޮކިއުމަންޓްތަކާއި މަޢްލޫމާތުތަށް ތައްޔާރުކޮށްފައިވާނީ އައި.އެފް.ސީއިންނެވެ . މިގޮތުން 
މިބީލަމުގެ ކަންތައް ގެންގޮސްފައިވާގޮތް ތިރީގައިމިވާ ޗާރޓުން އެނގިވަޑައިގަންނަވާނެއެވެ.   
އައި.އެފް.ސީ 
އެގްރީމަންޓް 
28/7/09
ޓްރާންސެކްޝަން 
ސްޓްރަކްޗާ ރިޕޯޓް
އިޢްލާން 
ކުރުން 
6/10/09
އީ.އޯ .އައި 
ބަލައިގަތުން 
އާރު.އެފް.ކިއު 
ފޮނުވުން 
23/12/09
ޕްރިކޮލިފިކޭޝަން 
އެޕްލިކޭޝަން ބަލައިގަތުން 
17/1/10
ޕްރިކޮލިފިކޭޝަން 
އިވެލުއޭޓް ކުރުން 
20/1/10
އާރު.އެފް.ޕީ/އައި 
.އެމް ފޮނުވުން 
18/3/10
ބިޑް ހުޅުވުން 
20/6/10
ބިޑް އިވެލުއޭޓްކުރުން 
24/6/10
އެއްބަސްވުގަ 
ސޮއިކުރުން 
28/6/10ޓްރާންސެކްޝަން ސްޓްރަކްޗަރ ރިޕޯޓް   
އަޅުގަނޑުމެނަށް ރިޕޯޓް ލިޔުމާ ހަމަޔަށް އައި .އެފް.ސީ އިން ސަރުކާރަށް ހުށަހެޅި ޓްރާންސެކްޝަން ސްޓްރަކްޗަރ ރިޕޯޓް ޕީއީއެމްބީގެ 
ކަމާބެހޭ ބައެއް އިސްބޭފުޅުން ނޫޅުއްވާތީވެ ވަނީ ފެންނަގޮތް ނުވެފައެވެ . ނަމަވެސް އައި .އެފް.ސީ އިން ޓްރާންސެކްޝަން ސްޓްރަކްޗަރ ރިޕޯޓް 
ހުށަހެޅި ޕްރެސެންޓޭޝަން އަޅުގަނޑުމެނަށް ހޯދިފައިވެއެވެ . (އެނެކްސް 2) މިޕްރެސެންޓޭޝަނުގައިވާ މަޢުލޫމާތަށް ބަލާއިރު 
އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަންގެ މިންގަނޑަށް އެއަރޕޯޓް ނުފެތޭކަމަށާއި މިމިންގަނޑަށް ގެނައުމަށް 377މިލިއަން 
ޔޫއެސްޑޮލަރ ބޭނުންވާނެކަމަށާއި، މިކަމަށް އެއަރޕޯޓް ޑިވެލޮޕްމަންޓް ޗާޖެއް ނަގަންޖެހޭނެކަމަށާއި، ދެގޮތަކަށް އެއަރޕޯޓަށް އިންވެސްޓްމަންޓް 
ގެނެވިދާނެކަމަށާއި އެއްގޮތަކީ ހިއްސާވިކުން ކަމަށާއި އަ ނެއްގޮތަކީ ކޮންސެޝަން އެގްރީމަންޓެއް ހެދުންކަމަށް ސަރުކާރަށް ލަފާދީފައިވެއެވެ.   
މިގޮތުން އެމް.އޭ .ސީ .އެލްގެ %51 ހިއްސާ ވިއްކާފިނަމަ ސަރުކާރަށް ޑިވިޑެންޑާއި ޕަސެންޖަރ ސާރވިސްޗާޖްގެ ގޮތުގައި ލިބޭނެކަމަށް 
ލަފާކުރެވޭ އާމްދަނީގެ ނެޓްޕްރެސެންޓްވެލިއުއަކީ 203.9 މިލިއަން ޔޫއެސް ޑޮލަރުކަމަށާއި، ނަމަވެސް ކޮންސެޝަން އެގްރީމެންޓެއް 
ހަދައިފިނަމަ ޙަވާލުވާ ފަރާތުން ޙަވާލުވުމަށް ފީއެއް ސަރުކާރަށް ލިބޭނެކަމަށާއި، އަދި ތަނަށް ލިބޭ އާމްދަނީގެ %5 ސަރުކާރަށް ލިބޭނެކަމަށް 
ލަފާކުރެވޭކަމަށް ޕްރެސެންޓޭޝަނުގައިވެއެވެ. މިގޮތުން ކޮންސެޝަންގެ އުސޫލުން ސަރުކާރަށް ލިބޭނެކަމަށް ލަފާކުރެވޭ އާމްދަނީގެ 
ނެޓްޕްރެސެންޓް ވެލިއުއަކީ 243.6 މިލިއަން ޔޫއެސް ޑޮލަރ ކަމަށްވެއެވެ.   
އީ.އޯ.އައި މަރުހަލާ   
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއިން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޙިއްސާ ގަންނަން ޝައުޤުވެރިވާ ފަރާތެއް
ހޯދުމަށް އިޢްލާން ކޮށްފައިވަނީ 6 އޮކްޓޯބަރ 2009ގައެވެ . (އެނެކްސް 3) މިއިޢްލާނުގައި ސަރުކާރުން އެއަރޕޯޓްސް ކޮމްޕެނީގެ ކޮންޓްރޯލް 
ދޫކޮށް އެތަން ރިސްޓްރަކްޗަރކޮށް ފްލެކްސިބަލް އިންވެސްޓްމަންޓް ޕްލޭނަކަށް އެއްބަސްވާނެކަމަށް ބުނެފައިވެއެވެ . މިއިޢްލާނާ ގުޅިގެން 
އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީ.އޯ.އައި) ހުށަހަޅާ ފަރާތްތަށް ޝޯޓްލިސްޓް ކުރުމުގައި ބަލާނެ މިންގަނޑެއްކަމަށް ބުނެފައިވަނީ 
އަހަރަކު 3މިލިއަނަށްވުރެ  ގިނަ ޕަސެންޖަރުންނަށް ޚިދުމަތްދޭ، އެއަރޕޯޓް ފައިނޭންސްކޮށް ތަރައްޤީކޮށް ހިންގުމުގެ ތަޖުރިބާހުރުމެވެ. އަދި 
މިންގަނޑު ޙާސިލްކުރުމަށްޓަކައި އެހެންފަރާތަކާ ގުޅިގެން ކޮނސޯޓިއަމްއެއްގެ ގޮތުގައި ކުރިމަތިލެވިދާނެ ކަމަށްވެސް ބުނެފައިވެއެވެ.
މިމިންގަނޑަށް ބަލައި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ރިކުއެސްޓް ފޯ ކޮލިފިކޭޝަން (އާރު.އެފް.ކިއު) ޑިސެމްބަރ 2009ގައި 
ފޮނުވޭނެކަމަށާއި އޭގެފަހުން ރިކުއެސްޓް ފޯ ޕޮރޮޕޯސަލްއެއް ފޮނުވޭނެކަމަށް ބުނެފައިވެވެ . އީ.އޯ.އައި އާއެކު ކޮންފިޑެންޝިއަލިޓީ 
އެގްރީމެންޓްގައި ސޮއިކޮށް ހުށަހެޅުމުން ތަނަށް ޒިޔާރަތްކޮށް މަޢުލޫމާތު ހޯދުމުގެ ފުރުސަތު ލިބޭނެކަމަށް ބުނެފައިވެއެވެ . މިއިޢްލާނުގައި 
އީ.އޯ .އައި ހުށަހަޅަންޖެހޭ އެންމެފަހުގެ ތާރީޚެއް ދީފައިނުވާކަން ފާހަގަކުރެވެ .
މިއިޢްލާނާ ގުޅިގެން އީ.އޯ.އައި ހުށަހެޅި ފަރާތްތަކާއި ހުށަހެޅި ތާރީޚް ތިރީގައި މިވަނީއެވެ.   
  Tepe Afken Airports TAV (21/10/2009)
11އެއަރޕޯޓް ހިން ގާފަރާތެއްކަމަށާއި 41މިލިއަން ޕަސެންޖަރުންނަށް ޚިދުމަތްދޭކަމަށާއި މާކެޓް އަގުގެ ގޮތުން 5ބިލިއަން ޔޫ.އެސް .ޑޮލަރުގެ 
ކުންފުންޏެއްކަމަށް މަޢުލޫމާތުދީފައިވެއެވެ.  
  Flughafen Zurich AG. (Unique) (29/10/2009)10އެއަރޕޯޓް (މީގެތެރޭގައި ޒިއުރިކް އެއަރޕޯޓާއި ބެންގަލޫރުގެ އެއަރޕޯޓް ހިމެނެއެވެ .) ހިންގާ ފަރާތެއްކަމަށާއި އަހަރަކު 22.1މިލިއަން 
ޕަސަންޖަރުންނަށް ޚިދުމަތް ދޭކަމަށް އަދި އާމްދަނީގެ ގޮތުގައި އަހަރަކު 780މިލިއަން ޔޫ.އެސް.ޑޮލަރ ލިބޭކަމަށާއި ޔޫރަޕްގެ އެންމެރަގަޅު 
އެއަރޕޯޓްގެ މަޤާމު 2 ވަނަފަހަރު 2008ގައި ހޯދާފައިވާކަމަށް މަޢުލޫމާތު ދީފައިވެއެވެ .   
ނަމަވެސް މިފަރާތަކީ އެއަރޕޯޓް ތަރައްޤީކުރާފަރާތެއް ނޫނެއެވެ .   
  GMR Infrastructure Limited (30/10/2009)
ކުންފުނީގައި 2.98ބިލިއަން ޔޫ.އެސް .ޑޮލަރުގެ ހަރުމުދާ ހުރިކަމަށާއި، 9ބިލިއަން ޑޮލަރުގެ މަޝްރޫޢު ކުރިއަށްދާކަމަށާއި، 6.2މިލިއަން 
ޕަސެންޖަރުންނަށް ޚިދުމަތްދޭ ހައިދަރުއާބާދުގެ ރަޖީވް ގާންދީ އިންޓަރނޭޝަނަލް އެއަރޕޯޓް ޑިޒައިންކޮށް ފައިނޭންސްކޮށް ތަރައްޤީކޮށް ހިންގާ 
ފަރާތްކަމަށާއި، ދިއްލީގެ އިންދިރާގަނދީ އިންޓަރނޭޝަނަލް އެއަރޕޯޓްއިން 22މިލިއަން ޕަސެންޖަރުންނަށް ޚިދުމަތްދޭކަމަށް ބުނެފައިވެއެވެ. 
މީގެއިތުރުން އިސްތަންބުލްގައި ވެސް 5މިލިއަން ޕަސެންޖަރުންނަށް ޙިދުމަތްދޭ އެއަރޕޯޓެއް ހިންގާކަމަށް ބުނެފައިވެއެވެ. އާރު.އެފް.ކިއު ގައި 
ބުނާގޮތެއްގެ މަތިން ކޮންސޯޓިއަމް އެކުލަވާލާނެ ކަމަށްވެސް ބުނެފައިވެއެވެ . މީގެ އިތުރުން ހަކަތައާއި ކޯލްނެގުމާއި ހައިވޭމަގުހެދުމުގެ އިތުރަށް 
އެހެނިހެން އިންފްރާސްޓްރަކްޗަރ ބިނާ ކުރުމުގެ ވިޔަފާރީކުރާ ކަމަށްވެސް ބުނެފައިވެއެވެ .   
  Aeroports de Paris Management (ADPM) (30/11/2009)
ޕެރިސް އެއަރޕޯޓް ހިންގާ ފަރާތްކަމަށާއި، ދުނިޔޭގެ އެކިތަންތަނުން 30އެއަރޕޯޓަށް އިންވެސްޓްކޮށް ނުވަތަ ހިންގާކަމަށާއި އެތަންތަނުން 
130މިލިއަން ޕަސެންޖަރުންނަށް ޚިދުމަތްދޭކަމަށް ބުނެފައިވެއެވެ. އަދި 2.5ބިލިއަން ޔޫރޯ އާމްދަނީގެ ގޮތުގައިލިބޭކަމަށްވެސް ބުނެފައިވެ އެވެ .   
  Reliance Airport Developers Private Limited (30/11/2009)
އިންޑިއާގެ 5 ސަރަހައްދީ އެއަރޕޯޓް ހިންގާކަމަށާއި މެކްސިކޯ އެއަރޕޯޓް ހިންގާފަރާތާއެކު އެއަރޕޯޓްތަކަށް ގުޅިގެން ބިޑްކުރުމަށް 2007ގައި 
އެއްބަސްވެފައިވާކަމަށާއި، ރިލައެންސް ގްރޫޕްގެ 13.6ބިލިއަން ޔޫ.އެސް .ޑޮލަރުގެ އަގުހުރިކަމަށްވެސް ބުނެފައިވެއެވެ.   
  Larsen and Turbo Limited – Chennai 5/12/2009
މަގާއި ފާލަމާއި ޕަވަރޕްލާންޓް ޢިމާރާތްކުރުމުގެ އިތުރުން ސިނާޢީ އެކިމަސައްކަތްތައް ކުރާ ފަރާތެއްކަމަށާއި އިންޑިއާގެ ހައިދަރުއާ ބާދު، 
ބެންގަލޫރު ދިއްލީ އަދި މުމްބާއީގެ އެއަރޕޯޓްތައް ޢިމާރާތްކުރުމުގެ މަސައްކަތް ކޮށްފައިވާނެކަމަށާއި ކުންފުނީގެ އަގު 7ބިލިއަން 
ޔޫ.އެސް .ޑޮލަރަށް އަރާކަމަށް ބުނެފައިވެއެވެ. ނަމަވެސް މިފަރާތުން އެއަރޕޯޓް ހިންގާ ކަމެއް އެނގޭކަށް ނެތެވެ.  
Egis Projects, Aeroports de la Cote d’Azur and Mauritius Commercial Bank  (MCB)  Capital 
  Partners (9/12/2009)
200މިލިއަން ޔޫރޯގެ ހަރުމުދާހުރި ކުންފުންޏެއްކަމަށާއި 4 އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގާކަމަށާއި ފްރާންސްގެ ނީސްއެއަރޕޯޓް 
ހިންގާފަރާތްކަމަށާއި އެއަރޕޯޓްއިން 9މިލިއަން ޕަސެންޖަރުންނަށް ޚިދުމަތްދީފައިވާކަމަށް މަޢްލޫމާތު ދީފައިވެއެވެ.   
SNC-Lavalian Inc/ Vienna International Beteiligungs Management GMHB on behalf of Fulghafen 
  Wien AG (Vienna International Airport VIE (19/12/2009) އެސް.އެން .ސީ އަކީ ކެނެޑާ، މޮސްކޯ، ފްރާންސް، ސްޕެއިން، ޔޫ .އެސް.އޭ، ލީބިއާގައި އެއަރޕޯޓް ޢިމާރާތްކުރުމުގެ މަސައްކަތްކޮށްފައިވާ 
ފަރާތެއްކަމަށާއި ވީ.އައި .އީ އަކީ ވިއެނާ އެއަރޕޯޓް ހިންގާ ފަރާތްކަމަށާއި 19.7މިލިއަން ޕަސެންޖަރުންނަށް ޚިދުމަތްދޭކަމަށާއި 548.1މިލިއަން 
ޔޫރޯގެ އާމްދަނީ ލިބޭކަމަށް މަޢުލޫމާތު ދީފައިވެއެވެ. 
މިޕްރޮޖެކްޓަށް އީ.އޯ.އައި ހުށަހެޅި ފަރާތްތަކުގެ އީ.އޯ.އައި ރެޖިސްޓަރއެއް ބަލަހައްޓާފައި ނުވާކަން ފާހަގަކުރެވެއެވެ. މިގޮތުން 
ޕްރިކިލިފިކޭޝަން އިވެލުއޭޝަން ރިޕޯޓްގައި އީ .އޯ .އައި ހުށަހެޅި ފަރާތްތަކުގެ ލިސްޓްގައި މަތީގައިއެވާ ލާރސަން އެންޑް ޓާރބޯ ލިމިޓެޑްގެ 
ނަމެއްނެތެއެވެ. (އެނެކްސް 6) ނަމަވެސް މިރިޕޯޓްގައި އިންޝޯން އިންޓަރނޭޝަނަލް އެއަރޕޯޓް ކޮމްޕެނީގެ ނަން އީ.އޯ.އައި ހުށަހެޅިކަމަށް 
ލިޔެފައިވެއެވެ . ނަމަވެސް މިނަން ކިޔާކުންފުންޏަކުން އީ.އޯ.އައި ހުށަހެޅިކަމެއް އެއްވެސް ލިޔެކިޔުމަކުން އެނގޭކަށްނެތެއެވެ . އަދި އެފަދަ 
އީ.އޯ .އަ އި އެއްފެނިފައެއްވެސް ނުވެއެވެ. ލާރސަން އެންޑް ޓާރބޯގެ ބަދަލުގައި އިންޝޯން އިންޓަރނޭޝަނަލް އެއަރޕޯޓް ކޮމްޕެނީގެ ނަން 
އީ.އޯ .އައި ހުށަހެޅިކަމަށް ޖަހާފައިވަނީ ކީއްވެކަމެއް އެނގޭކަށްނެތެއެވެ.   
ޕްރިކޮލިފިކޭޝަން މަރުޙަލާ   
މަތީގައި އެވާ އީ .އޯ .އައި ހުށަހެޅި ފަރާތްތައް ޝޯޓްލިސްޓް ކުރެވި 23 ޑިސެމްބަރ 2009ގައި ރިކުއެސްޓް ފޯ ކޮލިފިކޭޝަން 
ފޮނުވާފައިވެއެވެ. (އައި .އެފް.ސީ އިން އާރު.އެފް.ކިއު ފޮނުވި އީމެއިލް އަދިވަނީ ލިބޭގޮތް ނުވެފައިވެއެވެ.) (އެނެކްސް 4) މާލޭ 
އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓައިޒްކުރާނީ ހިއްސާވިއްކައިގެންތޯ ނުވަތަ ތަން ހިންގަން ކުއްޔައްދީގެންތޯ (ކޮންސެޝަން) އަދި 
ސަރުކާރުން ނުނިންމާކަމަށާއި، ނަމަވެސް ޕްރިކޮލިފިކޭޝަން މަރުޙަލާއަށްފަހު ވަކިގޮތެއް ނިންމާނެ ކަމަށް 1.2ގައި މަޢުލޫމާތު ދީފައިވެއެވެ. 
މިއާރު.އެފް.ކިއުގައިވާ ކްރައިޓީރިއާއިން ފާސްވާފަރާތްތައް ޕްރިކޮލިފައިކޮށް ރިކުއެސްޓް ފޯ ޕްރޮޕޯސަލްއެއް ފޮނުވޭނެކަމަށާއި އެފަރާތްތަކަށް 
ފައިނަލް ބިޑްތައްޔާރުކުރުމަށް ބޭނުންވާ އިތުރު ޑިއުޑިލިޖެންސް ހެދުމުގެ ފުރުސަތު ފޯރުކޮށްދޭނެކަމަށް ބުނެފައިވެއެވެ . ޕްރިކޮލިފިކޭޝަން 
އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ 15ޖެނުއަރީ 2010ގެ 18:00އެވެ .   
އާރު.އެފް.ކިއުގެ 1.5ގައިވާގޮތުން ޝޯޓްލިސްޓްކުރެވިފައިވާ އެއްވެސްފަރާތަކުން/ކޮންސޯޓިއަމްއަކުން ޝޯޓްލިސްޓްކުރެވިފައިވާ 
އެހެންފަރާތެއްގެ/ކޮންސޯޓިއަމްއެއްގެ %5އަށްވުރެ ގިނަހިއްސާ ކޮންޓްރޯލްކުރާނަމަ ނުވަތަ ޝޯޓްލިސްޓްކުރެވިފައިވާ ފަރާތެއް/ކޮންސޯޓިއަމްއެއްގެ 
ޑައިރެކްޓަރެއް ޝޯޓްލިސްޓް ކުރެވިފައިވާ އެހެންފަރާތެއްގެ/ކޮންސޯޓިއަމްއެއްގެ ޑައިރެކްޓަރަކަށް ވާނަމަ އެފަރާތަކުން ކުރިމައްޗެއް ނުލެވޭނެއެވެ . 
އަދި މީގެ އިތުރުންވެސް ދިވެހިސަރުކާރަށް މިޕްރޮޖެކްޓްގައި ލަފާދޭ ފަރާތަކުން ހިއްސާވާ ފަރާތަކަށްވެސް ކުރިމައްޗެއް ނުލެވޭނެއެވެ . 
މިޕްރޮޖެކްޓްގައި ދިވެހިސަރުކާރަށް ލަފާދިނުމުގައި އައި.އެފް.ސީގެ ފަރާތުން އިނގިރޭސިވިލާތުގެ ޓެކްނިކަލް ކޮންސަލްޓެންސީ ފާރމް ހަލްކްރޯ 
އެލް.އެލް.ޕީއާއި، ފްރާންސްގެ ލީގަލް ފާރމްއެއްކަމުގައިވާ ގިޑް ލޮޔެއްޓެ ނޮއެލް އާއި ރާއްޖޭގެ މުނައްވަރު އެންޑް އެސޯސިއޭޓްގެ އިތުރުން 
ރާއްޖޭގެ އާނެސްޓް އެންޑް ޔަންގް ހަރަކާތްތެރިވެފައި ވެއެވެ.   
މީގެއިތުރުން 1.4ގައިވާ ގޮތުން ޝޯޓް ލިސްޓްކުރެވިފައިވާ ފަރާތަކަށް އިތުރު ކުންފުންޏެއް ނުވަތަ ކުންފުނިތަކަކާ ގުޅިގެން ކޮންސޯޓިއަމްއެއްގެ 
ގޮތުގައި ކުރިމަތިލެވިދާނެއެވެ . ކޮންސޯޓިއަމެއްގެ ގޮތުގައި ކުރިމަތިލާފަރާތްތަކުން އެއްލީޑް މެމްބަރ ކޮންސޯޓިއަމްގެ ފަރާތުން 
އައްޔަންކުރެވިފައި ހުންނަންވާނެކަމަށާއި، އަދި ފައިނޭންޝަލް އިންވެސްޓަރއަކާއި އެއަރޕޯޓް އޮޕަރޭޓަރއެއްވެސް އައްޔަންކުރެވިދާނެ ކަމަށް 
މިމާއްދާގައި ބުނެފައިވެއެވެ.   
ޕްރިކޮލިފިކޭޝަން އެޕްލިކޭޝަންތައް އިވެލުއޭޓްކުރުމުގައި ބަލަން ކަނޑައަޅާފައިވާ ކްރައިޓީރިއާ 2.3ގައި ބަޔާންކޮށްފައިވާގޮތް  
ތިރީގައިމިވަނީއެވެ.   ޓެކްނިކަލް ކްރައިޓީރިއާ   ކުރިމަތިލާފަރާތް ނުވަތަ ކޮންސޯޓިއަމްއެއްނަމަ މަދުވެގެން ކޮންސޯޓިއަމްގެ 
އެއްމެމްބަރަކީ އަހަރަކު 3މިލިއަނަށް ވުރެގިނަ ޕަސެންޖަރުންނަށް ޚިދުމަތްދޭ 
އެއަރޕޯޓެއް ވޭތުވެދިޔަ 10އަހަރުތެރޭ 5އަހަރުވަންދެން ހިންގާފައިވާ 
ފަރާތެއްކަމުގައިވުން .  
ފައިނޭންޝިއަލް ކްރައިޓީރިއާ 1    ކުރިމަތިލާ ފަރާތް ނުވަތަ ކޮންސޯޓިއަމްއެއްނަމަ ފައިނޭންޝަލް އިންވެސްޓަރގެ،  
ވޭތުވެދިޔަ 5އަހަރު އެވްރޭޖް އެނުއަލް ޓާންއޯވަރ 200މިލިއަން ޔޫ .އެސް ޑޮލަރަށް 
ވުރެ ބޮޑުވުން   
ފައިނޭންޝިއަލް ކްރައިޓީރިއާ 2  ވޭތުވެދިޔަ 3 އަހަރު ކޮންމެއަހަރަކުވެސް ނެޓްވޯތު 50 މިލިއަން ޔޫ.އެސް 
ޑޮލަރަށްވުރެ މަތީގައިވުން.   
ކޮންސޯޓިއަމްއެއްނަމަ މުޅިކޮންސޯޓިއަމްގެ ނެޓްވޯތު 100 މިލިއަން ޔޫ.އެސް 
ޑޮލަރަށްވުރެ މަތީގައި ވޭތުވެދިޔަ 3 އަހަރުވެސްވުން   
ކޮންސޯޓިއަމްގައި ފައިނޭންޝަލް އިންވެސްޓަރއެއްގެ ގޮތުން ބައިވެރިވާ 
ފަރާތެއްވާނަމަ އެފަރާތުގެ ނެޓްވޯތު 50 މިލިއަން ޔޫ.އެސް ޑޮލަރަށްވުރެ މަތީގައި 
ވޭތުވެދިޔަ 3 އަހަރުވެސްވުން   
މިކަންތަކަށް ބަލައި އިވެލުއޭޓްކުރުމަށް ބޭނުންވާ މަޢުލޫމާތުތައް ހުށަހަޅަން ޖެހޭގޮތަށްއޮތީ އާރު.އެފް.ކިއުގެ އެނެކްސް ތަކުގައިވާ ފޯމެޓަށެވެ. 
މިގޮތުން އާރު.އެފް .ކިއުގައި ވާގޮތަށް ޕަވަރއޮފް އެޓާނީއާއި، ކުރިމަތިލާ ފަރާތްތަކުގެ މަޢުލޫމާތުފޯމަކާއި، މާލީ މަޢުލޫމާތާއި ތަޖުރިބާގެ ފޯމުގެ 
އިތުރުން ޕްރިކޮލިފިކޭޝަން އެޕްލިކޭޝަން ފޯމް ހުށަހަޅަންޖެހެއެވެ. އަދި މިފޯމްތަކާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ވަރަށްސާފުކޮށް 
ބުނެދީފައިވެއެވެ .   
މިއާރު.އެފް.ކިއުއާ ގުޅިގެން ޕްރިކޮލިފައިން އެޕްލިކޭޝަން ހުށަހަޅާފައިވަނީ 6 ފަރާތަކުންނެއެވެ . އެފަރާތްތަކަކީ:   
Reliance Airport Developers Private Limited and Aeroportos Y Servicio Auxilliares (ASA) - .1
“Reliance”
SNC-Lavalian Inc and Fulghafen Wien AG – “SNC-Lavalian” .2
GMR Infrastructure Limited and Malaysia Airports Holdings Berhad(MAHB) – “GMR” .3
TAV Airports Holding Company .4
Flughafen Zurich AG. (Unique) and GVK Airport Developers Limited – “Unique” .5
  Aeroport de Paris Management – “ADPM” .6
މިފަރާތްތަކުން ހުށަހަޅާފައިވާ ޕްރިކޮލިފައިން އެޕްލިކޭޝަންތައް އަޅުގަނޑުމެން ބެލިބެލުމުގައި ހުރިހާ އެޕްލިކޭޝަންތައްވެސް މަތީގައި އެވާ 
ކްރައިޓީރިއާއިން ފާސްވެފައިވާކަން ފާހަގަކުރެވެއެވެ. (އެނެކްސް 5) އަދި ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކެއްވެސް ހުށަހަޅާފައިވެއެވެ. 
މިޕްރިކޮލިފިކޭޝަން އެޕްލިކޭޝަންތައް އިވެލުއޭޓް ކުރި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ތިރީގައިމިވާ ބޭފުޅުންނެވެ .   
1. ފާތިމަތު މުއާޒާ ޑިރކްޓަރ ޕީ.އީ.އެމް.ބީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ 
2. ޢަލީ ޝަރީފް ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ
3. ޙުސެއިން ފަޒީލް ޑިޕާޓްމަންޓް އޮފް ސިވިލް އޭވިއޭޝަން 
4. ސާމީ ޢަޤީލް ޑައިރެކްޓަރ ޖެނެރަލް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ (ޙުސެއިން ފަޒީލްގެ ބަދަލުގައި ފަހުން 
ބައިވެރިވެވަޑައިގަތް)އަދި މީގެ އިތުރުން އައި.އެފް.ސީ ގެ ފަރާތުން މިސް ރަމަޓު މަގާގީ އަދި މިސް ނެހާ މެހެރާ އަދި ގިޑް ލޮޔެޓްގެ ފަރާތުން މިސްޓަރ 
ޖޯން ޑީ ކްރޮތާރސް އޮބްސާވަރުންގެ ގޮތުގައި ބައިވެރިވެފައިވާ ކަމަށް އިވެލުއޭޝަން ރިޕޯޓްގައި ބުނެފައިވެއެވެ. (އެނެކްސް 6 އިވެލުއޭޝަން 
ރިޕޯޓް )   
އިވެލުއޭޝަން ރިޕޯޓްގައިވާ ގޮތުން އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ 15 ޖެނުއަރީ 2010ގެ 18:00 ނަމަވެސް ސުންގަޑި 17
ޖެނުއަރީ 2010ގެ 12:00އަށް އިތުރު ކުރެވިފައިވެއެވެ . މިކަން ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށް 13 ޖެނުއަރީ 2010ގައި އީ-މެއިލްއިން 
މިސް ރަމަޓު މަގާގީ އަންގާފައިވާކަމަށް ބުނެފައިވެއެވެ.   
ރިކުއެސްޓް ފޯ ޕްރޮޕޯސަލް (އާރު.އެފް.ޕީ) މަރުޙަލާ   
ރިކުއެސްޓް ފޯ ޕްރޮޕޯސަލްއާއި ޕްރޮޖެކްޓްގެ މަޢްލޫމާތު ހިމެނޭ އިންފޯރމޭޝަން މެމޮރެންޑަމް 18 މާރޗް 2010ގައި މަތީގައިއެވާ 
ޕްރިކޮލިފައިވި 6ފަރާތައް ފޮނުވާފައިވެއެ ވެ. (އެނެކްސް 7 އާރު.އެފް.ޕީ) މި އާރު.އެފް.ޕީގެ 1.2ގައި މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް 
ޕްރައިވެޓައިޒްކުރާނީ ކޮންސެޝަން އެގްރީމަންޓްއެއްގެ (ވަކިމުއްދަތަކަށް ކުއްޔައްދީގެން ތަންހިންގާ ތަރައްޤީކޮށް މަރާމާތުކުރުން) ދަށުންކަމަށް 
ބުނެފައިވެއެވެ .   
އާރު.އެފް.ޕީގެ 3.1ގައި ވާގޮތުން ބިޑްއޮން ނަންޖެހޭނީ 3ބަޔަކަށެއެވެ . އެއީ ލީގަލް ބިޑާއި، ޓެކްނިކަލްބިޑާއި ފައިނޭންޝަލް ބިޑެއެވެ . މިބިޑްތައް 
އިވެލުއޭޓްކުރުމުގައި ފުރަތަމަބަލާނެ ކަމަށް މަޢުލޫމާތު ދީފައިވާނީ ލީގަލް ބިޑަށެވެ. މިގޮތުން ލީގަލް ބިޑްއިން ފާސްވާ ފަރާތްތައް ދެން 
އިވެލުއޭޓް ކުރާނީ ޓެކްނިކަލް ބިޑަށެވެ. ފައިނޭންޝަލް ބިޑް ބަލާނީ ޓެކްނިކަލް ބިޑްއިން ފާސްވާނަމައެވެ. މިގޮތުން ޓެކްނިކަލް ބިޑް އިވެލުއޭޓް 
ކުރުމުގައި ބަލާނީ އާރް.އެފް.ޕީގެ ޝެޑިއުލް2ގައިވާ  ޑްރާފްޓް ކޮންސެޝަން އެގްރީމަންޓްގައިވާ މިނިމަމް ޓެކްނިކަލް ރިކުއަރމެންޓްސްއާއި
(އެމް.ޓީ.އާރު) އޭގައިވާ ސްޓެންޑާރޑް ތަކަކަށް ކަމަށް 3.3.2ގައި ބުނެފައިވެއެވެ . (މިޑްރާފްޓް ކޮންސެޝަން އެގްރީމަންޓަކީ ލީގަލް 
ބިޑްތެރޭގައި އިނީޝިއަލްކޮށްފައި ހުށަހަޅަންޖެހޭ ޑޮކިއުމެންޓެކެވެ .)   
ފައިނޭންޝަލް ބިޑް އިވެލުއޭޓް ކުރާނެ ގޮތްކަމަށް 5.5.3ގައި ބުނެފައިވަނީ ސަރުކާރަށްލިބޭ ހުރިހާ ކޮންސެޝަންފީއެއް އަހަރަކަށް %10އިން 
ޑިސްކައުންޓް ކޮށްގެންއަންނަ ނެޓްޕްރެސެންޓް ވެލިއުއަށް ބަލައިގެންނެވެ . މިގޮތުން ނެޓްޕްރެސެންޓް ވެލިއު އެންމެބޮޑު ކޮންސެޝަން ފީއެއް 
ހުށަހަޅާ ފަރާތަކަށް ބިޑް ކާމިޔާބު ވާނެކަމަށެވެ .   
މީގެއިތުރުން އާރު.އެފް.ޕީގައިވާ އިތުރު ޝަރުޠުތަކަށް ބަލާއިރު 6.2.2ގައި ވާގޮތުން ބިޑްކާމިޔާބުކުރާ ފަރާތުން އެއަރޕޯޓަށްކުރާ މުޅި 
އިންވެސްޓްމަންޓް އަގުގެ %1 އައި.އެފް.ސީއަށް އެގްރީމަންޓްގައި ސޮއިކުރާވަގުތު ދައްކަންޖެހެއެވެ . އަދިހަމައެއާ އެއްވަރުގެ ޢަދަދެއް  
އިނީޝިއަލް ކޮންސެޝަންފީއިން ކެނޑޭގޮތަށް ދިވެހި ސަރުކާރަށްވެސް ދައްކަންޖެހެއެވެ. އެގްރީމަންޓްގައި ސޮއިކުރަންޖެހޭނެކަމަށް 
ބުނެފައިވަނީ އެވޯޑް ކުރާދުވަހުން ފެށިގެން 15ދުވަސްތެރޭގައެވެ.   
3.2.5ގައި ބުނެފައިވާގޮތުން ކޮންސޯޓިއަމެއްނަމަ ކޮންސޯޓިއަމްގައި ހި މެނޭ އެއަރޕޯޓް ހިންގާނެފަރާތަށް، ކޮންސޯޓިއަމްގެ %5އަށްވުރެ 
ބޮޑުޙިއްސާއެއް އޮންނަންވާނެއެވެ. އާރު.އެފް .ޕީއާ ގުޅިގެން ބިޑްހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ އިތުރުމަޢުލޫމާތާއި 
ދިރާސާކުރުމަށްޓަކައި ޑާޓާ ރޫމްގެ ޚިދުމަތް ފޯރުކޮށް ދެވޭނެކަމަށާއި، ސާފުކުރަން ބޭނުންވާ ކަމަކާގުޅޭގޮތުން ފޮނުވާ ލިޔުމެއް ދިވެހި ސަރުކާރުގެ 
އިތުރުން އައި.އެފް.ސީއަށްވެސް ފޮނުވަން ވާނެކަމަށް އާރު.އެފް.ޕީގައި ބުނެފައިވެއެވެ .  ކޮންމެ ބިޑެއްގައިވެސް ހިމެނެންޖެހޭ ބައިތަކާއި، ބިޑާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ވަރަށް ތަފްސީލްކޮށް އާރު.އެފް .ޕީގައި 
ބަޔާންކޮށްދީފައިވެއެވެ. މިގޮތުން ލީގަލްބިޑްގައި ތިރީގައިމިވާ މިވާބައިތައް ހިމަނާފައިވާންޖެހެއެވެ .   
· ބިޑްފޯމް:- ޝެޑިއުލް 4 ފޯމް1ގައިވާ ނަމޫނާ އާއެއްގޮތަށް 
· ބިޑްސެކިއުރިޓީ:- ޝެޑިއުލް 4 ފޯމް2ގައިވާ ނަމޫނާ އާއެއްގޮތަށް
· ކޮންފޯރމެޝަން އޮފް ސްޓޭޓަސް:- ޝެޑިއުލް 4 ފޯމް3ގައިވާ ނަމޫނާ އާއެއްގޮތަށް
· ކޯޕަރޭޓް ސްޓްރަކްޗަރ:- ހުށަހަޅާފަރާތުގެ ކޯޕަރޭޓް ސްޓްރަކްޗަރ އޮނަންގޮތުގެ ބަޔާނެއް 
· ޕަވަރ އޮފް އެޓާރނީ:- ޝެޑިއުލް 4 ފޯމް4ގައިވާ ނަމޫނާ އާއެއްގޮތަށް
· ކޮންފްލިކްޓް އޮފް އިންޓްރެސްޓާ ބެހޭ ބަޔާން :- ޝެޑިއުލް 4 ފޯމް5ގައިވާ ނަމޫނާ އާއެއްގޮތަށް
· އިނީޝިއަލް ކޮށްފައިވާ ޑްރާފްޓް ކޮންސެޝަން އެގްރީމަންޓް . ޝެޑިއުލް 2ގައިވާ ގޮތަށް 
ޓެކްނިކަލް ބިޑްގައި ހިމެނެންޖެހޭ ބައިތައް ބިނާކޮށްފައިވާނީ ޑްރާފްޓް އެގްރީމަންޓްގައިވާ އެމް .ޓީ.އާރުގައި ހިމެނޭ ކަންތަކުގެ މައްޗައް 
ބިނާކޮށްފައެވެ . މިގޮތުން ހިމެނެންޖެހޭ ބައިތަކަކީ:   
· ސްޓްރެޓެޖިކް ތަރައްޤީގެ ޕްލޭން:- ދިގުމުއްދަތުގެ ވިޝަން، ތަރައްޤީކުރުމަށް ފައިސާ ހޯދާނެގޮތް، ލަފާކުރާ ޓްރެ ފިކް، 
ވިޔަފާރި ފުޅާކުރާނެ ގޮތުގެ ސްޓްރެޓެޖީ، ލަފާކުރާ އާމްދަނީއާއި ޚަރަދު، އޮޕްރޭޝަން ކުރިއަށް ގެންދާނެގޮތްތައް
· ކޮންސްޓްރަކްޝަން ޕްރޮގްރާމް:- ސިވިލްއޭވިއޭޝަން ޤަވާޢިދުގެ ދަށުން ފުރިހަމަކުރަންޖެހޭކަންތައްތައް، ޓާރމިނަލް 
ބިލްޑިންގ، އެއަރފިލްޑް ޕޭވްމަންޓް، ބިންހިއްކުން، ސަޕޯޓް ޚިދުމައްތައް، ލޭންޑްސައިޑް ޑިވެލޮޕްމެންޓް 
· ހިންގުމުގެ މައިގަނޑު ޕްލޭންތައް:- ސޭފްޓީ ޕްލޭނާއި، އެންވަރމެންޓަލް ޕްލޭނާއި، އޮޕަރޭޝަނަލް ޕްލޭން   
ފައިނޭންޝަލް ބިޑް ހުށަހަޅަންޖެހެނީ ޝެޑިއުލް 4ގެ ފޯރމް6ގައިވާ ނަމޫނާއާއި އެއްގޮތަށެވެ . އާރު.އެފް.ޕީގައިވާ މިފޯރމާއި ޕްރޮޕޯސަލްގައި
ހުށަހަޅާފައިވާ ފޯމާ ތަފާތެއެވެ. އާރި.އެފް.ޕީ ގައިވާ ފޯމުގައި ތެލުގެ ކޮންސެޝަން ފީއެއް ނަގާގޮތަކަށް ނެތެއެވެ. ވަނީ ލިބޭޖުމްލަ އާމްދަނީއިން 
ޕަސެންޓެއް ސަރުކާރަށްދައްކާގޮތަށެވެ. މިފޯމަށް ގެނައި އެމެންޑްމަންޓް ބިޑްކުރާ ފަރާތްތަކަށް ނޯޓިފައި ކުރެވުނު ލިޔުން/އީމެ އިލް އައި.އެފް.ސީ 
އިން އަދިވަނީ ލިބޭ ގޮތް ނުވެފައެވެ. މިފޯރމްގައިވާ ގޮތުން ތިރީގައި މިވާގޮތަށް ކޮންސެޝަންފީގެ ޢަދަދުތައް ހުށަހަޅަންޖެހެއެވެ .    
· ޙަވާލުވުމުގެ ކުރިން ދައްކަންޖެހޭ އިނީޝިއަލް ކޮންސެޝަންފީގެ ޢަދަދު
· ކޮންމެއަހަރަކު ކޮންސެޝަންފީގެ ގޮތުގައި ދައްކަ ންޖެހޭ 1.5މިލިއަން ޔޫއެސް ޑޮލަރ (ފޯރމްގައި ބުނެފައިވާ ޢަދަދެއް)
· ޙަވާލުވާ ތާރީޚުންފެށިގެން 2014ގެ ނިޔަލަށް ތެޔޮ ވިއްކައިގެން ނޫންގޮތްގޮތަށް ލިބޭ އާމްދަނީއިން ސަރުކާރަށް ދައްކާނެ 
ޕަސެންޓޭޖް   
2015 ·އިން ފެށިގެން ކޮންޓްރެކްޓްގެ މުއްދަތުގެ ނިޔަލަށް ތެޔޮ ވިއްކައިގެން ނޫންގޮތްގޮތަށް ލިބޭ އާމްދަނީއިން ސަރުކާރަށް ދައްކާނެ 
ޕަސެންޓޭޖް   
· ޙަވާލުވާ ތާރީޚުންފެށިގެން 2014ގެ ނިޔަލަށް ތެޔޮ ވިއްކައިގެން ލިބޭ އާމްދަނީއިން ސަރުކާރަށް ދައްކާނެ ޕަސެންޓޭޖް   
2015 ·އިން ފެށިގެން ކޮންޓްރޭކްޓްގެ މުއްދަތުގެ ނިޔަލަށް ތެޔޮ ވިއްކައިގެން ލިބޭ އާމްދަނީއިން ސަރުކާރަށް ދައްކާނެ ޕަސެންޓޭޖް  
އާރު.އެފް.ޕީ އާއެކުވާ ބިޑްޑާޓާ ޝީޓްގައިވާ ގޮތުން ބިޑްހުށަހެޅުމުގެ އެންމެފަހުތާރީޚަކީ 13ޖޫން 2010ގެ 17:00މިނިޓެއެވެ . އަދި 
ބިޑްހުށަހަޅަންޖެހެނީ -/USD750,000ގެ ބިޑްސެކިއުރިޓީއަކާއެކު އޮރިޖިނަލްއާއި 3 ކޮޕީއެވެ .   އާރު.އެފް.ޕީއާއެކު ފޮނުވާފައިވާ އިންފޯމޭޝަން މެމޮރެންޑަމްގައި (އެނެކްސް 8) އެއަރޕޯޓްގެ ހިންގުމާއި، މިހާރުގެ ޙާލަތާއި، މާލީ 
މަޢުލޫމާތުތަކާއި ޤާނޫނީ މަޢުލޫމާތުތައް ވަރަށް ފުރިހަމައަށް ހިމަނާފައިވެއެވެ. މިގޮތުން ދީފައިވާ މަޢުލޫމާތުތަކަށްބަލާއިރު މެއި 2007ގައި 
ޑައިނާޓެސްޓް ކިޔާ ކުންފުންޏަކާ ޙަވާލު ކޮށްގެން ރަންވޭ ޕޭވްމަންޓްގެ ބާރުދަނެގަތުމުގެ ދިރާސާތަކެއް ކޮށްފައިވާކަމަށާއި، މިދިރާސާއިން 
ދައްކާގޮތުން 845 މީޓަރުދިގު ސަރަޙައްދެއްގައި އައި .ސީ .އޭ .އޯ (އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން) ސަލާމަތީ 
މިންގަޑުތަކަށްވުރެ ބާރުދެރަކަމަށާއި، އަދި މިހާރު އޮތްރަންވޭގެ އުމުރަކީ 20އަހަރުކަމަށާއި ނަމަވެސް އަދި 10އަހަރުފަހުން މުޅިރަންވޭގައި 
އެއްކޮށް ތާރުއަޅަންޖެހޭނެއެވެ . އަދި ހަމަމިއާއެކު ހަލްކްރޯ (މިޕްރޮޖެކްޓްގައި އައި .އެފް.ސީގެ ކޮންސަލްޓެންޓްއެއް)އިން 2009ނޮވެމްބަރުގައި 
އޭޕްރަންގެ ޙާލަތުބަލާފައިވާ ކަމަށާއި މިގޮތުން ބެލިބެލުމުން ރަންވޭގެ ކާނުތައްވަރަށްބޮޑަށް ހަލާކުވެފައިވާ ކަމަށާއި ބައެއް ކާނުތަކުގެ 
މަތިގަނޑުގައި ހުންނަންޖެހޭ ބާރުމިން ނެތްކަމަށާއި މިކަމަކީ ޕާކްކޮށްފައިއޮންނަ މަތިންދާބޯޓަށް ވަރަށްނުރައްކާތެރި ކަމެއްކަމަށެވެ.   
ޖުލައި 2009ގައި އެއަރޕޯޓްސް ކޮމްޕެނީއިން އެއަރޯޑޯމް ސެޓްފިކެޓް ހޯދުމަށް މޯލްޑިވްސް ސިވިލް އޭވިއޭޝަން ޑިޕާޓްންޓަށް 
ހުށަހެޅުމާގުޅުގެން އެތަނު ން އެއަރޯޑޯމް އޮޑިޓެއްކޯށްފައިވާ ކަމަށާއި އެއޮޑިޓުން އިސްލާޙްކުރަންޖެހޭ 53ކަމެއް ފާހަގަކޮށްފައިވާ ކަމަށާއި 
މިކަންތަކުގެ ތެރޭގައި ރަންވޭގައި ހުންނަންޖެހޭ ފުޅާމިންނެތުމާއި، ރަންވޭކޮޅުގައި އޮންނަންޖެހޭ ސަލާމަތީ ސަރަޙައްދު (އާރު.އީ .އެސް .އޭ)ގައި 
ހުންނަންޖެހޭ ބޮޑުމިންނެތްކަން ފާހަގަކޮށްފައިވެއެވެ.   
އަދި މިހާރުހުރި ޓާމިނަލް ބިލްޑިންގެ (އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް އެއްކޮށް) ބޮޑުމިނަކީ 12470 އަކަމީޓަރުކަމަށާއި މިއީ އައާޓާ 
(އައި.އޭ .ޓީއޭ) ސާވިސް ލެވެލް ސީގެ މިންގަނޑަށް ޚިދުމަތްދެވޭ ވަރަށްވުރެ ޖާގަދަތި ވަރެއްކަމަށާއި އަދި މިހާރުހުރި ޓާމިނަލް އާއި އޭޕްރަން 
އަދި ޓެކްސީވޭ ބޮޑުކުރެވޭވަރަށް ރަންވޭގެ ހުޅަނގުފަރާތުގައި ތަންނެތުމުން އާޓާމިނަލެއް ރަންވޭގެ އިރުމަތީ ފަރާތުގައި އޭޕްރަންއާއި 
ޓެކްސީވޭއާއިއެކު އިމާރާތްކުރަން ޖެހޭކަމަށްވެސް  މި އައި.އެމް ގައިވެއެވެ .   
މީގެ އިތުރުން ދީފައިވާ އިތުރު މަޢުލޫމާތުތަކަށް ބަލާއިރު މިހާރުހުރި ފިއުލް ފާރމް އަކީ ސަލާމަތީ މިންގަޑުތަކަށްވުރެ ރަންވޭއާއި ކައިރީގައި 
ވާ ތަނެއްކަމަށާއި، މިހާރުހުރި ކާގޯ ޓާމިނަލްއަކީ ބާވެވަރަށް ބޮޑަށްހަލާކުވެފައިވާ ތަނެއްކަމުން އެތަން ތަޅާލައި އާޓާމިނަލެއް 
އަޅަންޖެހޭކަމަށާއި، ހުޅުމާލޭއާއި ދެމެދު އަޅާފައިވާ ކޯސްވޭގެ މަގުއައިސް އާޓާމިނަލާގުޅުވައި އިތުރު މަގުތަށްވެސް ހަދަންޖެހޭކަމަށާއި،
މިހާރުހުރި ޓާމިނަލްއިން ނަޖިސް މޫދަށް ބޭރުކުރަނީ ޓްރީޓްނުކޮށް ކަމަށާއި، އެއަރޓްރެފިކް ކޮންޓްރޯލް ބަލަހައްޓާނީ އެއަރޕޯޓްސް ކޮމްޕެނީއިން 
ކަމަށް މަޢުލޫމާތު ދީފައިވެއެވެ. އަދި އާޓާމިނަލްގެ ޚިދުމަތްދޭންފެށުމުން ހުޅުމާލޭ ފަޅުގައި (ސީޕްލޭން ޓާމިނަލްކާރީގައި) އުޅަނދުފަހަރަށް 
ކާރިކުރެވޭގޮތަށް ޖެޓީހަދަން ޖެހޭކަމަށްވެސް މަޢުލޫމާތު ދީފައިވެވެ.   
މަތީގައި އެވާކަންތައްތައް ރަނގަޅުކޮށް އެއަރޕޯޓް ތަރައްޤީކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް މިނިމަމް ޓެކްނިކަލް ރިކުއަރމެންޓްސް 
(އެމް.ޓީ.އާރު)ގައި ހިމަނާފައިވެއެވެ. މިގޮތުން ހިމަނާފައިވާ މައިގަނޑު ކަންތައްތައް ތިރީގައި މިވަނީއެވެ .   
· ރަންވޭގެ ހުޅަނގުގައި އޮބްސްޓަކަލްސްގެ ގޮތުގައި ކުރެހުމުގައި ފާހަގަކޮށްފައިވާ ޢިމާރާތްތައް ނައްތާލުން   
· އިރުމަތީފަރާތަށް ޓާމިނަލް ބަދަލުކުރުން:- 45000 އަކަމީޓަރުހުރި ޓާމިނަލަކަށް ވުމާއި، 11 ކޯޑް ސީ ސްޓޭންޑާއި، ކޯޑް އީގެ 
6ސްޓޭންޑް ހުރުން. މިގޮތުން 4ކޯޑް އީ އަދި 1 ކޯޑް ސީގެ ސްޓޭންޑްގައި އެއަރބްރިޖް ހުރުން. 50އަހަރުގެ މުއްދަތަކަށް 
ބޭނުންކުރެވޭ އިމާރާތެއް ކަމުގައިވުން .  
· ތަޅުމުގެ އޭރިއާގައި 42000އަކަ މީޓަރު ހުންނަ ވީ.އައި .ޕީ/ސީ.އައި .ޕީ ޓާމިނަލެއް ޢިމާރާތްކުރުން. 1 ކޯޑް ސީ 1 ކޯޑް އީ 
ސްޓޭންޑް ހުރުން   
· އެއަރޕޯޓް ގައި ބޭނުންކުރާނެ ފައިބަރ އޮޕްޓިކް ނެޓްވޯކެއް އެޅުން.   · އެއަރޕޯޓްގެ އައި .ސީ .ޓީ ސިސްޓަމް:- އިންފޯމޭޝަން ސިސްޓަމް، ބެގޭޖް ސިސްޓަމް، ޗެކްއިން ސިސްޓަމް، އިންފޯމޭޝަން 
ކިއޯސްކް ހުރުން   
· އެމް.އެން.ޑީ .އެފް ޢިމާރާތް ބަދަލުކުރުން.   
· އޭޕްރަން:- 25އަހަރުގެ މުއްދަތަށް ބޭނުންކުރެވުމާއި، އިކާއޯ މިންގަނޑުތަކަށް ފެތުން، އޭޕްރަންގެ ކާނުތައް ސަލާމަތީ 
މިންގަނޑުތަކާ އެއްގޮތަށް ބަދަލުކުރުން ، ބޭނުންވާ ކަރަންޓާއި މުވާސަލާތީ އިންފްރާ ސްޓްރަކްޗަރ ހުރުން.    
· އާ އޭޕްރަންއަށް ވަދެވޭގޮތަށް ޓެކްސީވޭ އެޅުން:- ރަންވޭގެ ކޮޅަށް ނުގޮސް ވަކިހިސާބަކުން ޓެކްސީވޭ އަށް އެރޭގޮތަށް ހުރުން، 
20އަހަރުގެ މުއްދަތަކަށް ބޭނުންކުރެވޭ ފެންވަރު ހުރުން. ބޭނުންވާ ކަރަންޓާއި މުވާސަލާތީ އިންފްރާ ސްޓްރަކްޗަރ ހުރުން.   
· ރަންވޭ މަރާމާތުކުރުން:- ޑައިނާޓެސްޓް ރިޕޯޓްގައިވާ 7600އަކަ މީޓަރުގެ ސަރަޙައްދު 2015އިގެ ކުރިން ކަމާގުޅޭ ސްޓެންޑާޓް 
ތަކާއެއްގޮތަށް މަރާމާތުކުރުން. މަރާމާތުކުރެވޭ ބައި 20އަހަރުވަންދެން ބޭނުންކުރެވޭ ފެންވަރެއްގައި ހުރުން، ފެންދެމޭ ކާނުތައް 
ސްޓެންޑާޑް ތަކާއެއްގޮތަށް މަރާމާތުކޮށް 50 އަހަރު ބޭނުންކުރެވޭ ގޮތްވުން .   
· މަގުތައްހެދުން:- އިރުމަތީ ފަރާތުން ހުޅަނގު ފަރާތައް ރަންވޭކޮޅުންލާފަ ދެވޭގޮތަށް މަގުހެދުން، މިގޮތުން ލަފާކުރެވޭ 
21000އަކަމީޓާރުގެ މަގު 20އަހަރަށް ބޭނުންކުރެވޭ ފެންވަރަކަށް ހެދުން .    
· ބިންހިއްކުން   
· އާ ގްރައުންޑް ހޭންޑްލިންގ ބޭސްއެއް އެޅުން   
· މަތިންދާ ބޯޓަށް ބޭނުންވާ ސްޕެއަރ ރައްކާކުރާނެ ގުދަނެއް ހެދުން .   
· މިހާރުހުރި ފިއުލްފާމް އެހެން ސަރަޙައްދަކަށް ބަދަލުކުރުން .   
· މިހާރުހުރި ފަޔަރސްޓޭޝަން ތަޅާލައި އެހެންތަނަކަށް ބަދަލުކޮށް ތަނާގުޅޭ މަގުތައް ހެދުން  
· ފަޅުތެރޭ ބަނދަރެއްހަދައި ފާލަންތައް އެޅުން.   
· ސަލާމަތީ މިންގަނޑުތަކާ އެއްގޮތަށް އެއަރޕޯޓް ވަށައިގެން ފެންސްޖަހާ ސެކިއުރިޓީ ނިޒާމެއް ޤާއިމުކުރުން   
މީގެއިތުރުންވެސް ފުރިހަމަކުރަންޖެހޭ އެހެންކަންތަކާއި އެކަންތައްހުންނަންޖެހޭ ބައިނަލްއަޤްވާމީ މިންގަނޑުތަކާއި ރާއްޖޭގެ ޤަވާޢިދުތަކާ 
ބެހޭތަފްސީލް ހިމަނާފައިވެއެވެ . އަދި މީގެއިތުރުން ޑްރާފްޓް އެގްރީމަންޓްގެ އެނެކްސް 18ގައި އެއަރޕޯޓްއިން ދޭޚިދުމަތުގެ ފެންވަރު ހުންނަން 
ޖެހޭނެ މިންގަނޑުތަކާއި ކީޕާފޯމެންސް އިންޑޮކޭޓާރސްތައް ހިމަނާފައިވެއެވެ. އިންފޯމޭޝަން މެމޮރަންޑަމްގައި އައި.އެފް.ސީ އިން ލަފާކޮށްފައިވާ 
ގޮތުން އެމް.ޓީ.އާރުގައިވާ ކަންތައް ފުރިހަމަކުރުމަށްޓަކައި 366.5މިލިއަން ޔޫއެސްޑޮލަރ ޚަރަދުކުރަންޖެހޭއެވެ . އަދި 2014 ނިމެންވާއިރަށް 
ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ ޤަވާޢިދުތަކަށް ފެއްތުމަށްޓަކައި 287މިލިއަން ޔޫއެސް ޑޮލަރ ބޭނުންވާނެއެވެ . 
އެއަރޕޯޓަށް ލިބޭ އާމްދަނީއާއި ޓްރެފިކްގެ ތަފްސީލުވެސް އައި .އެމްގައި ހިމަނާފައިވެއެވެ. މިގޮތުން އެއަރޕޯޓަށް އާމްދަނީ ލިބެނީ މައިގަނޑު 
ދެގޮތަކަށް ކަމަށާއި އެއީ ޓްރެފިކްއިން ލިބޭ އާމްދަނީއާއި ޓްރެފިކްއާއި ގުޅުމެއްނެތް އާމްދަނީއެވެ . ޓްރެފިކްރެވެނިއުގެ ތެރޭގައި ހިމެނެނީ 
ލޭންޑިން ފީއާއި ޕާކިންފީ އާއި ނެވިގޭޝަންފީއާއި، ގްރައުންޑް ހޭންޑްލިން ފީއެވެ . ޓްރެފިކް ރެވެނިއުއަކީ އެއަރޕޯޓަށް ލިބޭ އާމްދަނީގެ 
%20އަށްވުރެވެސް މަދުޢަދަދެކެއެވެ. ނޮން ޓްރެފިކް ރެވެނިއުގެ ތެރޭގައި ހިމެނެނީ ޕަސެންޖަރ ސާވިސް ޗާޖާއި ތެލުގެ އާމްދަނީއާއި، 
ތަންތަނުންލިބޭ ކުއްޔާއި، އެހެނިހެން ގޮތްގޮތުން ލިބޭ އާމްދަނީއެވެ. މިގޮތުން އާމްދަނީގެ ގޮތުގައި 2008 ނިމޭއިރު 2.4ބިލިއަން ރުފިޔާ 
ލިބޭނޭކަމަށާއި، މީގެތެރެއިން %80އަކީ ތެޔޮވިއްކައިގެން ލިބޭ އާމަދަނީކަމަށް މަޢުލޫމާތު ދީފައިވެއެވެ.   
ޕާރކިންގ ފީ މިސަރަޙައްދުގެ އެހެން އެއަރޕޯޓްތަކާ އަޅާބަލާއިރު ބޮޑުކަމަށާއި، ނަމަވެސް ތެލުގެ އަގުހެޔޮކަމަށްވެސް ބުނެފައިވެއެވެ . 2009
ނިމޭއިރު 2.6މިލިއަން ޕަސެންޖަރުންނަށް ޚިދުމަށްދެވޭނެކަމަށާއި، 42ހާސް ޓަނުގެ ކާގޯ ހޭންޑްލްކުރެވޭނެކަމަށް ބުނެފައިވެއެވެ. އަދި މީގެއިތުރުންވެސް އެކިފީތަކުގެ ރޭޓްތަކާއި ލަފާކުރާ ޓްރެފިކްގެ މަޢުލޫމާތުތަށް ހިމަނާފައިވެއެވެ . އަދި ޖެނުއަރީ 2010ގެ ފަހުން ގްރައުންޑް 
ހޭންޑްލިންގ ޗާޖް ބޮޑުކުރަން ނިންމާފައިވާ ކަމަށްވެސް ބުނެފައިވެ އެވެ .   
މި އާރު.އެފް.ޕީއާއި ގުޅިގެން 20 ޖޫން 2010ގައި ބިޑްހުށަހަޅާފައިވާނީ 3ފަރާތަކުންނެވެ. (އެނެކްސް 9 ބިޑްރރިސިޕްޓް ރެޖިސްޓާރ)
ނަމަވެސް އާރު.އެފް.ޕީގައި ބިޑްހުށަހަޅަންޖެހޭ އެންމެފަހު ތާރީޚަކީ 13ޖޫން 2010ގެ 17:00މިނިޓެވެ . މިތާރީޚަށް ގެނެވުނު ބަދަލު ނޯޓިފައި 
ކުރެވުނު އީމެއިލް އަޅުގަނޑުމެނަށް އައި.އެފް.ސީ އިންއަދިވަނީ ލިބޭގޮތްނުވެފައެވެ. މިގޮތުން ބިޑްހުށަހެޅި ފަރާތްތަކަކީ:   
1. ޖީ.އެމް.އާރު އިންފްރާސްޓްރަކްޗާރ ލިމިޓެޑް / އެމް.އޭ.އެޗް .ބީ   
2. ޖޭ.ވީ.ކޭ / ޔުނިކުއޭ (ފުލްގަފފަން ޒިއުރިކް އޭ.ޖީ)   
3. ޓީ.އޭ.ވީ / އޭ.ޑީ .ޕީ.އެމް (ޓީ.އޭ.ވީ އާއި އޭ .ޑީ.ޕީ .އެމް  އާރު.އެފް .ކިއު މަރުޙަލާގައި ވަކިވަކިން ކުރިމަތިލާފައި) 
ބިޑްއިވެލުއޭޓް ކުރުން   
ބިޑްއިވެލުއޭޓްކުރި ކޮމިޓީގައި ހިމެނެނީ:   
1. ޢަލީ ޝިޔާމް- ރައީސް އޮފީސް އިކޮނޮމިކް އެޑްވައިޒަރ   
2. އަޙްމަދު ނިޒާމް - މޯލްޑިވިއަން އެއަރ ޓެކްސީ   
3. އަޙްމަދު މަހްރީން - ރީޖަނަލް އެއަރޕޯޓް ޑިޕާޓްމަންޓް   
4. ޢަލީ އާރިފް - މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ    
5. ޢަބްދުﷲ މުޙައްމަދު - ސިވިލް އޭވިއޭޝަން ޑިޕާޓްމަންޓް 
މީގެ އިތުރުން އޮބްޒާވަރުންނާއި ޓެކްނިކަލް އެޑްވައިޒަރުންގެ ގޮތުގައި ތިރީގައިމިވާ ފަރާތްތަކުން ބައިވެރިވެފައިވެއެވެ .   
1. މުޙައްމަދު އިބްރާހީމް - މެނޭޖިން ޑައިރެކްޓަރ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް   
2. ހުސެއިން ސިރާޖް- ބޯޑް ޑައިރެކްޓަރ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް  
3. މިސް ރަމަޓުޓް މަގާގީ - އައި.އެފް.ސީ   
4. މިސް ނެހާ މެހެރާ- އައި.އެފް.ސީ   
5. މިސްޓަރ ޖޯން ޑީ ކްރޮތާރސް- ގިޑް ލޮޔެއްޓެ ނޮއެލް   
6. މިސްޓަރ ފަބިއަން ލަންޓެރި މަސާ- ގިޑް ލޮޔެއްޓެ ނޮއެލް   
7. މިސްޓަރ ވިލިއަމް އާރު މިލިންގޓަން - ހަލްކްރޯ ގްރޫޕް   
8. މިސްޓަރ ކްރިސްޓޮފަރ ޕެން- ހަލްކްރޯ ގްރޫޕް 
ހުށަހަޅާފައިވާ ލީގަލް  ބިޑްތައް   
އަޅުގަނޑުމެން ބެލިބެލުމުގައި މިތިން ފަރާތުން ހުށަހަޅާފައިވާ ލީގަލް ބިޑްގައި ހިމެނެންޖެހޭ މަތީގައި ދެންނެވުނު ހުރިހާ ލިޔުންތަކެއް 
އާރު.އެފް.ޕީ ގައިވާގޮތަށް ހުށަހަޅާފައިވެއެވެ. ހުށަހަޅާފައިވާ ކޯޕަރޭޓް ސްޓްރަކްޗަރއަށް ބަލައިލާއިރު ޖީ.އެމް.އާރު ކޮންސޯޓިއަމްގައި ވަނީ 
ޖީ.އެމް.އާރު އިންފްރާ ސްޓްރަކްޗަރ ލިމިޓެޑް %77 އަދި މެލޭޝިއާ އެއަރޕޯޓްސް ހޯލްޑިންގްސް ބެރްހާޑް %23އެވެ . ޔުނިކުއޭ 
ކޮންސޯޓިއަމް ގައިވަނީ ޖޭވީކޭ އެއަރޕޯޓް ޑިވެލޮޕާރސް ޕްރައިވެޓް ލިމިޓެޑް %80 އަދި ޒިއުރިކް އެއަރޕޯޓް އިންޓަރނޭޝަނަލް އޭ.ޖީ %20އެވެ. ޒިއުރިކް އެއަރޕޯޓް އިންޓަރނޭޝަނަލް އޭ .ޖީ އަކީ ފުލްގަފަން ޒިއުރިކް އޭ.ޖީ ގެ %100 ހިއްސާވާ ސަބްސިޑިއަރީއެކެވެ . ޓީ.އޭ .ވީ 
ކޮންސޯޓިއަމް ބިނާވެފައިވަނީ ޓީ.އޭ.ވީ އިން %39.5، އޭ .ޑީ.ޕީ.އެމް އިން %25.5، އަދި ކެޕިޓަލް އެޑްވައިޒާރސް ޕާރޓްނަރސް އޭޝިއާ 
ޕްރައިވެޓް ލިމިޓެޑްގެ %35ގެ މައްޗަށެވެ. (އެނެކްސް 10 ކޯޕަރޭޓް ސްޓްރަކްޗަރ)   
މިތިންބިޑްވެސްވަނީ ލީގަލް ބިޑްއިވެލުއޭޝަންއިން ފާސްވެ ޓެކްނިކަލް އިވެލުއޭޝަނަށް ގޮސްފައެވެ . (އެނެކްސް 11 ބިޑް އިވެލުއޭޝަން 
ރިޕޯޓް)  
ޓެކްނިކަލް ބިޑް   
ހުށަހަޅާފައިވާ 3ބިޑްވެސް ވަނީ ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވެ ފައިނޭންޝަލް އިވެލުއޭޝަނަށް ގޮސްފައެވެ.   
އަޅުގަނޑުމެން ބެލިބެލުމުގައިވެސް ޓެކްނިކަލް ރިކުއަރމެންޓްސް އާ ޚިލާފުކަމެއް އެއްވެސް ބިޑަކުން ފާހަގަކުރެވިފައެއް ނުވެއެވެ .
އާރު.އެފް.ޕީގައި ޓެކްނިކަލް ބިޑްގައި ހިމަނަންޖެހޭނެ ކަމަށް މަތީގައި ބުނެފައިވާ ހުރިހާ ބައިތަކެއް 3 ބިޑްގައިވެސް ހިމަނާފައިވެއެވެ .   
އިވެލުއޭޝަން ކޮމިޓީން ޓެކްނިކަލް ބިޑް އިވެލުއޭޓް ކުރިއިރު ފުރަތަމަ 21ޖޫން 2010ގައި ބަލާފައިވަނީ ޖީ.އެމް.އާރުގެ ބިޑެއެވެ . މިގޮތުން 
ބެލިބެލުމުގައި ތިރީގައި މިވާކަންތައް ފާހަގަކޮށްފައިވެއެވެ .   
1. ޖީ.އެމް.އާރު ބިޑުގައި ރަންވޭ މަރާމާތުކުރާނެ ކަމަށް ބުނެފައި ވީނަމަވެސް ކިހާމުއްދަތެއްގެ ތެރޭގައިކަން ކަނޑައެޅިގެން 
ބުނެފައެއްނެތެއެވެ. އެގްރީމަންޓްގައިވާ އެމް.ޓީ.އާރުގެ 3.6ގައި މިކަން 2015ގެ ކުރިން ކުރަންޖެހޭ ކަމަށް ބުނެފައިވެއެވެ . 
ނަމަވެސް އިވެލުއޭޝަން ކޮމިޓިން މިއީ ފެއިލްކުރަން ޖެހޭވަރުގެ ކަމަކަށްނުބަލައެވެ . ފަހުން އެހެން ބިޑްތައް ބެލިއިރު 
އެބިޑްތަކުގައިވެސް މިކަން ހުށަހަޅާފައިވަނީ ޖީ .އެމް.އާރުން ހުށަހަޅާފައިވާ ގޮތާ އެއްގޮތަށްކަމަށް އިވެލުއޭޝަން ރިޕޯޓްގައި 
ބުނެފައިވެއެވެ .   
2. ޖީ.އެމް.އާރު ބީޑުގެ  އޮޕަރޭޝަނަލް ޕްލޭންގައި ސީޕްލޭން ހިންގާފަރާތުގެ މަސްއޫލިއްޔަތުގެ ތެރޭގައި ސީޕްލޭން ހިންގާ ފަރާތުގެ 
ބޯޓަކަށް ކުއްލިޙާލަތެއް ދިމާވެއްޖެނަމަ އެކަމެއް ހައްލުކުރުން ހިމަނާފައިވެއެވެ . ނަމަވެސް އެގްރީމަންޓްގެ އެހެންތަންތަނުގައި 
ވާގޮތުން އަލިފާން ނިއްވުމުގެ ޚިދުމަތްދިނުމާއި ކުއްލިޙާލައްތަކުގައި ރެސްޕޯންޑްވުމަކީ ކުއްޔައް ހިފާފަރާތުން 
ކުރަންޖެހޭކަމެއްކަމަށްވާތީ އިވެލުއޭޝަންކޮމިޓީން މިއީ ބިޑް ފެއިލް ކުރަންޖެހޭވަރުގެ ކަމެއްކަމަށް ނުބަލައެވެ .   
3. އެމް.ޓީ.އާރުގެ 6.4ގައި ސީޕްލޭންތައް ޖައްސާ ސަރަޙައްދަށް ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް ނުވަނދެވޭގޮތަށް "ފިޒިކަލް 
ބެރިއަރ" އެއްހުންނަން ޖެހޭނެކަމަށް ބުނެފައިވެއެވެ. ޖީ.އެމް.އާރު ބިޑުގައި ވަނީ ބޮއެ ބޭނުންކޮށްގެން ސަރަޙައްދު ވަކިކުރާ 
ގޮތަށެވެ. އިވެލުއޭޝަން ކޮމިޓީން ނިންމާފައިވަނީ "ފިޒިކަލް ބެރިއަރ" އަކީ ކޮބައިކަން ބުނެދެވިފައިނުވާތީ މިއީ އެމް.ޓީ.އާރު އާއި 
ޚިލާފުވީ ކަމަށް ބެލެވެން ނެތްކަމަށެވެ. 
4. ޔުނީކުއޭ ޖޭ.ވީ .ކޭ ބިޑްގެ ކުރެހުންތަކުގައި ސީޕްލޭން ޓާމިނަލް ދެގޮތަކަށް ހުންނާތީ މިކަންސާފުކުރުމަށް ކްލެރިފިކޭޝަނެއް 
ފޮނުވާފައިވެއެވެ. އެމް.ޓީ.އާރުގައި ސީޕްލޭން ޓާމިނަލްތައް ބަދަލުކުރުމެއް ނުހިމެނެއެވެ . މިކަމާގުޅިގެން ޖޭ.ވީ .ކޭ އިން ބުނެފައިވަނީ 
އެފަރާތުން ޓާމިނަލް ޑިޒައިންކުރުމުގައި ޕަސެންޖަރުންނަށް ފަސޭހަކަމާއެކު އެއްތަނު ން އަނެއްތަނަށް ދެވޭގޮތަށް ހަދަން 
އިސްކަންދީފައިވާނޭކަމަށާއި އެހެންކަމުން ދިގުމުއްދަތުގެ މާސްޓަރ ޕްލޭންގައި ސީޕްލޭންޓާމިނަލް އެއަރޕޯޓް ޓާމިނަލްގެ ކުރިމައްޗަށް 
ގެނެސްފައިވަނީ ކަމަށެއެވެ. އަދި މިކަން ކުރަންޏާ ކުރާނީ ކަމާބެހޭ ހުރިހާފަރާތްތަކާ ވާހަކަދެއްކުމަށްފަހު އެކަމަށް އެއްވެސް ހުރަހެއް 
ނެތިއްޔާ ކަމަށް ބުނެފައިވެއެވެ. އިވެލުއޭޝަން ކޮމިޓީން މިޖަވާބު ޤަބޫލުކޮށް މިބިޑް ފާސްކޮށްފައިވެއެވެ. 5. ޖީ.އެމް.އާރު ބީޑްގެ ސްޓްރެޓެޖިކް ޑިވެލޮޕްމަންޓް ޕްލޭންގައި ތެލުގެވިޔަފާރީގެ ޚަރަދުގެ ތަފްސީލް ދީފައިވީނަމަވެސް ޙަރަދަށް 
ހިނގާނެ ޢަދަދެއް 57ވަނަ ސަފްޙާގައިވާ ތާވަލުގައި ދީފައެއްނުވާތީ އާއި، 2010އަށް ލަފާކޮށްފައިވާ ޑޮމެސްޓިކް ޓްރެފިކް ވޮލިއުމް 
2009ގެ އަސްލު ޢަދަދައްވުރެ މަދުވާތީ އާއި، އިންޓަނޭޝަނަލް ޓްރެފިކް ވޮލިއުމް އައި .އެފް.ސީ އިން ލަފާކޮށްފައިވާ ވަރަށްވުރެ 
ބޮޑުނަމަވެސް އެއިރޯ ނޯޓިކަލް އާމްދަނީ އިތުރުވެފައިނުވާކަމަށް ފެންނާތީ މިކަންކަން ސާފުކުރުމަށް ޖީ.އެމް.ޢާރަށް  
ކްލެރިފިކޭޝަނެއް ފޮނުވާފައިވެއެވެ. 
މީގެ ޖަވާބުގައި ޖީ.އެމް.އާރުއިން ބުނެފައިވަނީ ތެލުގެވިޔަފާރީގެ ހިންގުމުގެ ޚަރަދު މުވައްޒަފުންގެ ޚަރަދާއި ޔުޓިލިޓީސްއާއި 
މަރާމާތުކުރުމާއި އެހެނިހެން ޚަރަދުތަކުގެ ޢަދަދުތަކުގެ ތެރޭގައި ހިމެނޭކަމަށާއި އެޢަދަދުތަކުގެ ތަފްސީލް ފޮނުވާފައިވެއެވެ . ބިޑްގެ 
12ވަނަ ސަފްޙާގައިވާ ޑޮމެސްޓިކް ޓްރެފިކް ވޮލިއުމްގައި ހިމެނެނީ ހަމައެކަނި ލޭންޑް ޕްލޭންގެ ޕަސެންޖަރުންގެ ޢަދަދު ކަމަށާއި 
ސީޕްލޭން ނުހިމަނާ ކަމަށެވެ. މިޖަވާބުގައި ސީޕްލޭން ޓްރެފިކްއާ އެކުހިމެނޭ ޢަދަދު ހިމަނާފައިވެއެވެ . ޓްރެފިކް އިތުރުވާރޭޓްއިން  
އެއިރޯނޯޓިކަލް އާމްދަ ނީ އިތުރުވާކަން ދައްކައިދީފައިވާ ހިސާބެއްވެސް މި ކްލެރިފިކޭޝަންގެ ޖަވާބުގައި ހިމަނާފައިވެއެވެ . 
އިވެލުއޭޝަން ކޮމިޓީއިން މިޖަވާބު ޤަބޫލުކޮށް ބިޑް ފާސްވިކަމަށް ނިންމާފައިވަނީ 24ޖޫން 2010ގައި 3ވޯޓް 2ވޯޓް އިންކަމަށް 
އިވެލުއޭޝަން ރިޕޯޓްގައި ބުނެފައިވެއެވެ.   
މީގެއިތުރުން އަޅުގަނޑުމެން ބެލިބެލުމުން ފާހަގަކުރެވުނު ކަންތައް ތިރީގައި މިވަނީއެވެ .   
ޖޭވީކޭ/ޔުނީކުއޭ ބިޑްގައި ހުށަހަޅާފައިވަނީ ބިންހިއްކައިގެން ރަންވޭ ކޮޅުން މަގުހެދުމާއި ސޭފްޓީ އޭރިއާ ނެގުމުގެ ބަދަލުގައި މަތިންދާ ބޯޓް 
އަވަހަށް ހުއްޓުވުމަށް ބޭނުންކުރާ ޓެކްނޮލޮޖީ ބޭނުންކުރުމަށް ހުށަހަޅާފައެވެ. އަދި ރަންވޭ ކޮޅުން މަގުހެދުމުގައި ދީފައިވަނީ ތަފާތު 
އޮޕްޝަންތަކެކެއެވެ . މިގޮތުން ދެކުނުކޮޅުން މޫދުމަތިން އަޅާ ފާލަމަކުން ނުވަތަ ޓަނަލްއެއް ބޭނުންކޮށްގެން މަގުއެޅުމަށް ހުށަހަޅާފައިވެއެވެ. 
އަނެއް ދެ ބިޑްގައި ހުށަހަޅާފައިވާ ގޮތަކީ ރަންވޭގެ ދެކުނުކޮޅުން މަގަށާއި ސޭފްޓީ އޭރިއާއަށް ރަންވޭއިން ތަންނެގުމަށްފަހު އުތުރުކޮޅުން ބިން 
ހިއްކައިގެން އެބައި ރަންވޭއަށް އިތުރުކުރުމަށެވެ.   
ޓެކްނިކަލް ރިކުއަރމެންޓްސް 3ގައި އެއަރފިލްޑް ޕޭވްމަންޓްގައި ބުނެފައިވަނީ އޭޕްރަން 25އަހަރުގެ މުއްދަތަށް ބޭނުންކުރެވޭ ފެންވަރަކަށް 
ހެދިފައި ހުންނަންޖެހޭނެކަމަށެވެ . މިގޮތުން އެފް.އޭ.އޭ އެޑްވައިސަރީ ސާކިއުލަރ AC 150/5320-6E އަދި އައި.ސީ.އޭ .އޯ ގެ 
އެސް.އޭ.އާރު.ޕީ .އެސް އެނެކްސް 14 އަދި އައި.ސީ.އޭ .އޯ އޭ.ޑީ .އެމް ގައި ބުނެފައިވާ ފެންވަރަށް ހެދިފައި ހުންނަންޖެހޭނެ ކަމަށް 
ބުނެފައިވެއެވެ . ނަމަވެސް ޓީ.އޭ .ވީ/އޭ.ޑީ .ޕީ .އެމް ބިޑްގެ 40 ވަނަސަފްޙާގައި ބުނެފައިވަނީ އޭޕްރަންގެ މުއްދަތަކީ 20އަހަރުކަމަށެވެ. މިގޮތުން 
އެފް.އޭ .އޭ އެޑްވައިސަރީ ސާކިއުލަރ AC 150/5320-6E ގައިވާ ގޮތަށް ޕޭވްމަންޓް އަޅާފިނަމަ ބޭނުންކުރެވޭނެ މުއްދަތަކީ 
20އަހަރުކަމަށެވެ. ނަމަވެސް އެހެން ބިޑެއްގައި މިހެން ބުނެފައެއް ނުވެއެވެ.    
ފައިނޭންޝަލް އިވެލުއޭޝަން   
ތިންބިޑްވެސް ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވުމާއެކު މި ތިންބިޑްގެވެސް ފައިނޭންޝަލް އިވެލުއޭޝަން ހަދާފައިވެއެވެ. މިއިވެލުއޭޝަން
ހަދާފައިވަނީ އާރު.އެފް.ޕީގެ ފައިނޭންޝަލް ފޯރމްގައި ވާގޮތަށް ސަރުކާރަށްދައްކާ ކޮންސެޝަންފީގެ ނެޓްޕްރެސެންޓް ވެލިއުއަށް ބަލައިގެންނެވެ.
މިގޮތުން ބަލާނީ އާރުއެފްޕީގައި ދީފައިވާ ބޭސްލައިންއިން ލިބޭނެ އާމްދަނީއިން ސަރުކާރަށްދައްކާ ކޮންސެޝަންފީގެ ނެޓްޕްރސެންޓް 
ވެލިއުއަށްކަމަށް މިފޯމުގައި ބުނެފައިވެއެވެ. މިގޮތުން ހުށަހަޅާފައިވާ ކޮންސެޝަންފީގެ ތަފްސީލު ތިރީގައި މިވަނީއެވެ .  
    ޖީ.އެމް.އާރު/އެމް.އެޗް .ބީ   ޔުނީކުއޭ/ޖޭ .ވީ.ކޭ   ޓީއޭވީ/އޭޑީ .ޕީ .އެމް   
ޙަވާލުވުމުގެ ކުރިން ދައްކާނެ އިނީޝިއަލް ކޮންސެޝަންފީގެ ޢަދަދު  78މިލިއަން ޔޫއެސް 
ޑޮލަރ  
27މިލިއަން 
ޔޫއެސް ޑޮލަރ  
7 މިލިއަން ޔޫއެސް 
ޑޮލަރ  
ޙަވާލުވާ ތާރީޚުންފެށިގެން 2014ގެ ނިޔަލަށް ތެޔޮ ވިއްކައިގެން 
ނޫންގޮތްގޮތަށް ލިބޭ އާމްދަނީއިން ސަރުކާރަށް ދައްކާނެ ޕަސެންޓޭޖް  
  31%  27% 1%
2015އިން ފެށިގެން ކޮންޓްރޭކްޓްގެ މުއްދަތުގެ ނިޔަލަށް ތެޔޮ 
ވިއްކައިގެން ނޫންގޮތްގޮތަށް ލިބޭ އާމްދަނީއިން ސަރުކާރަށް ދައްކާނެ 
ޕަސެންޓޭޖް   
  29.5%  9%  10%
ޙަވާލުވާ ތާރީޚުންފެށިގެން 2014ގެ ނިޔަލަށް ތެޔޮ ވިއްކައިގެން ލިބޭ 
އާމްދަނީއިން ސަރުކާރަށް ދައްކާނެ ޕަސެންޓޭޖް   
  16.5%  9%  15%
2015އިން ފެށިގެން ކޮންޓްރޭކްޓްގެ މުއްދަތުގެ ނިޔަލަށް ތެޔޮ 
ވިއްކައިގެން ލިބޭ އާމްދަނީއިން ސަރުކާރަށް ދައްކާނެ ޕަސެންޓޭޖް   
  16.5%  9%  27%
  
މިގޮތުން ނެޓްޕްރެސެންޓްވެލިއު ކަލްކިއުލޭޓްކުރުމުގައި އައި .އެފް.ސީ އިން ބަލާފައިވަނީ 25އަހަރުވެސް އަހަރަކަށް ލިބޭއާމްދަނީ 240މިލިއަން 
ޑޮލަރުގެ ރޭޓުންނެވެ . އެއީ ތެލުގެ ވިޔަފާރިން 180މިލިއަން ޑޮލަރު އަދި ތެޔޮވިއްކައިގެން ނޫންގޮތްގޮތުން 60މިލިއަން ޔޫއެސް ޑޮލަރެއެވެ.
އާރު.އެފް.ޕީގެ 5.5.3ގައި ނެޓްޕްރެސެންޓް ވެލިއު ހޯދާނީ އައި.އެފް.ސީގެ އަންދާޒާއަށް ބަލައިގެން ކަމަށް ބުނެފައިވީނަމަވެސް އައި.އެފްސީ.ގެ 
އަންދާޒާއަކީ މީކަމެއް އާރު.އެފް.ޕީ /އައި .އެމްގައި ބުނެފައެއް ނުވެއެވެ. 2008ވަނައަހަރު ނިމުނުއިރު މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ 
ލިމިޓެޑަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ، ތެޔޮވިއްކައިގެން 152.8މިލިއަން ޔޫއެސް ޑޮލަރާއި، އެނޫންގޮތްގޮތުން 38.1 މިލިއަން ޔޫއެސް 
ޑޮލަރާއެކު މުޅިޖުމްލަ 190.9 މިލިއަން ޔޫއެސް ޑޮލަރެއެވެ.   
2008ގައި ޚިދުމަށްދެވޭނެ ކަމަށް ބެލެވޭ 2.5މިލިއަން ޕަސެންޖަރުން ލިބޭއިރު އެއަހަރު ލިބޭ އާމްދަނީއިން ޕަސެންޖަރަކަށް ޖެހޭ ޢަދަދަކީ 
75.1 ޔޫއެސް ޑޮލަރުކަމަށް އައި .އެމް ގައިވާ ހިސާބުތަކުން އެނގެއެވެ. އަދި އައި.އެފް .ސީ އިން ލަފާކޮށްފައިވާ ބޭސްކޭސް ސިނާރިއޯގައި 
2010ގައި 2.6މިލިއަން ޕަސެންޖަރުން ލިބޭނެ ކަމަށާއި، 2035 ނިމޭއިރު 5.1 މިލިއަން ޕަސެންޖަރުން އަހަރަކު ލި ބޭނެކަމަށް 
ލަފާކޮށްފައިވެއެވެ . އެހެންކަމުން އައި.އެފް .ސީ އިން ބަލާފައިވާ 240 މިލިއަން ޑޮލަރަކީ ޕްރޫޑެންޓް އެސްޓިމޭޓެއް ކަމަށް ބެލިދާނެއެވެ .   
މިގޮތުން މަތީގައި އެވާ އަންދާޒާއަށް ބަލައި ކޮންސެޝަންފީގެ ނެޓްޕްރެސެންޓް ވެލިއު ހޯދުމުން އެޢަދަދު އެންމެބޮޑީ ޖީ.އެމް .އާރު 
ކޮންސޯޓިއަމްގެއެވެ . އެފަރާތުގެ ނެޓްޕްރެސެންޓްވެލިއުއަކީ 529.07 މިލިއަން ޔޫއެސް ޑޮލަރއެވެ. (އެނެކްސް 12 އެން .ޕީ .ވީ ހިސާބު) އަދި 
އެއަރޕޯޓަށް 368މިލިއަން ޔޫއެސް ޑޮލަރ އިންވެސްޓްކުރަން ހުށަޅާފައިވެއެވެ . އަދި ޖީ.އެމް.އާރު އިން އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް 
ލަފާކޮށްފައިވާ ޢަދަދުތައް އެހެން ބިޑްތަކާއަޅާ ބަލާއިރު ބޮޑުކަން ފާހަގަ ކުރެވެއެވެ.   
ދެވަނައަށް އެންމެބޮޑު ކޮންސެޝަންފީގެ ނެޓްޕްރެސެންޓްވެލިއުއެއް ހުށަހަޅާފައިވަނީ ޓީ.އޭ.ވީ/އޭ .ޑީ.ޕީ.އެމްގެ ބިޑެއެވެ . އެއީ 483.45 މިލިއަން 
ޔޫއެސް ޑޮލަރެއެވެ. ނަމަވެސް މިފަރާތުން 434 މިލިއަން ޔޫއެސް ޑޮލަރު އެއަރޕޯޓަށް އިންވެސްޓް ކުރަން ހުށަހަޅާފައިވެއެވެ.  
އެއަރޕޯޓަށް އެންމެ ބޮޑުޢަދަދެއް އިންވެސްޓް ކުރަން ހުށަހަޅާފައިވަ ނީ ޔުނީކުއޭ/ޖޭ .ވީ.ކޭ ބިޑްއިންނެވެ . މިފަރާތުން 594 މިލިއަން ޔޫއެސް 
ޑޮލަރ އިންވެސްޓް ކުރަން ހުށަހަޅާފައިވެއެވެ. ނަމަވެސް މިފަރާތުން ހުށަހަޅާފައިވާ ކޮންސެޝަންފީގެ ނެޓްޕްރެސެންޓްވެލިއުއަކީ 280.35
މިލިއަން ޔޫއެސް ޑޮލަރެއެވެ .   އެހެންކަމުން މިބިޑް ކާމިޔާބުކުރެވިފަ އިވަނީ އެންމެ ބޮޑު ކޮންސެޝަންފީގެ ނެޓް ޕްރެސެންޓް ވެލިއުއެއް ހުށަހެޅި ޖީ.އެމް .އާރު ކޮންސޯޓިއަމް 
އަށެވެ.   
އެގްރީމަންޓް   
މި ބީލަން ކާމިޔާބުކުރި ޖީ.އެމް.އާރު އާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 28 ޖޫން 2010ގައެވެ. (އެނެކްސް 13 އެގްރީމަންޓް )
މިއެއްބަސްވުމުގައިވާ މައިގަނޑު ކަންތަކަށްބަލާއިރު ތިރީގައި މިވާކަންތައް ފާހަގަކުރެވެއެވެ .   
· އެއަރޕޯޓް ކުއްޔަށްދީފައިވާ މުއްދަތަކީ 25އަހަރެއެވެ.   
· އެއަރޓްރެފިކް ކޮންޓްރޯލް އާއި ނެވިގޭޝަންގެ ޚިދުމަތް ދޭނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ އިންނެވެ .   
· އެއަރޕޯޓްގައި ހިމެނޭ ހުރިހާ އެސަޓެއް އިޤްތިސާދީ ފައިދާ ހޯދަން ހުއްދަދީފައިވެއެވެ .   
· އައި.އޭ.ޓީ.އޭ ސާރވިސް ލެވެލް ސީ ގެ ފެންވަރުގައި ޚިދުމަތްދެވޭ އެއަރޕޯޓަކަށް ވާންޖެހޭނެއެވެ.   
· އެއަރޕޯޓްސް ކޮމްޕެނީގެ ލައިބިލިޓީސް (ދަރަނިތަށް) އަށް ޙަވާލުވާ ފަރާތުން ޒިންމާވާކަށް ނުޖެހެއެވެ . 
· ކޮންމެ 4 މަހަކުން ދައްކަންޖެހޭ ފީތަކާއެކު ރިޕޯޓްތައް ހުށަހަޅަންޖެހެއެވެ . 
· މިހާރު ތިބި މުވައްޒަފުން ވަކިކުރެވޭނީ ޙަވާލުކުރާތާ 2 އަހަރުފަހުންނެވެ . 
· ސީޕްލޭން އޮޕަރޭޝަންތައް ހިންގާނީ މިހާރުވެސް އެކަން ކުރާފަރާތްތަކުންނެވެ. 
· އެއަރޕޯޓް އިންނަގާ ފީތައް ނެގޭނީ ތިރީގައިމިވާ ގޮތުގެ މަތިންނެވެ . 
o ސަރުކާރަށް ނަގާފީތައް 
§ ޕަސެންޖަރ ސާވިސް ޗާޖް 
§ އެއަރ ޓްރެފިކް ފީ 
o ޙަވާލުވާ ފަރާތުން ނެގޭނެ ފީތައް 
§ އެއަރޕޯޓް ޑިވެލޮޕްމަންޓް ޗާޖް 2012އިން ފެށިގެން ޕަސެންޖަރެއްގެ އަތުން 25 ޔޫއެސް ޑޮލަރު 
§ އިންޝުއަރެންސް ސާޗާރޖް 2 ޔޫއެސް ޑޮލަރ ޕަސެންޖަރަކަށް 
§ ލޭންޑިން ފީ  
§ ޕާކިން ފީ 
§ ގްރައުންޑް ހޭންޑްލިން ޗާޖާރސް 
§ އެއިރޯ ބްރިޖް ފީ ބޭނުންކުރާ ކޮންމެ ފަހަރަކަށް 100 ޔޫއެސް ޑޮލަރ 
§ ފިއުލް ޗާޖާރސް 
§ ކޮމާޝަލް ރެވެނިއު 
§ ތަންތަން ކުއްޔަށް ދީގެންލިބޭ ކުލި 
§ ސީޕްލޭންގެ ލޭންޑިން ފީ އާއި އެހެނހެން އެއިރޯނޯޓިކަލް ފީ ތައް 
މީގެ އިތުރުން ކޮންމެ 3 އަހަރަކުން އެއިރޯ ނޯޓިކަލްފީތައް ޔޫއެސް ކޮންސިއުމާ ޕްރައިސް އިންޑެކްސްއަށް ނިސްބަތްކޮށް އިންފްލޭޝަނަށް 
އެޖަސްޓް ކުރެވޭނެއެވެ.   ނިންމުން   
މޯލްޑިވްސް އެއައރޕޯޓްސް ކޮމްޕެނީއިން ވޭތުވެދިޔަ 3 އަހަރު ސަރުކާރަށް ޙިއްސާގެ ފައިދާގެ ގޮތުގައި ލިބިފައިވާ އާމްދަނީގެ ތަފްސީލް 
ތިރީގައި މިވަނީއެވެ . (ބަޖެޓް ރިޕޯޓް ތަކުން ނަގާފައި)  
2010  2009  2008 ލަފާކުރާ   
171,506,451.00
ރުފިޔާ  
65,525,085.00
ރުފިޔާ  
62,790,164.00
ރުފިޔާ   
2008 ވަނައަހަރުން ފެށިގެން އެއަރޕޯޓްސް ކޮމްޕެނީއިން ލިބެމުންއަންނަ އާމްދަނީ ވަނީ ވަރަށްބޮޑުތަން ދަށަށްގޮސްފައެވެ . 2008ވަނައަހަރު 
ޑިވިޑެންޑްގެ ގޮތުގައި ލިބުނު އާމްދަނީ ކުރިއަށް އޮތް 25އަހަރަށް ލިބޭނެ ކަމަށް ބަލައި، އެއާމްދަނީ %10ގެ ރޭޓުން ޑިސްކައުންޓް ކުރުމުން 
އަންނަ ޕްރެސެންޓް ވެލިއުއަކީ 121.14 މިލިއަން ޔޫއެސް ޑޮލަރެއެވެ. (171.5/12.85x9.077) ޖީ.އެމް.އާރު ބިޑްގައި އެއަރޕޯޓް 
ހިންގައިގެން ލިބޭނެކަމަށް ލަފާކުރާ އާމްދަނީއިން 25އަހަރުތެރޭ ސަރުކާރަށް ދައްކާފީތައް %10ގެ ރޭޓުން ޑިސްކައުންޓް ކުރުމުން އަންނަ 
ޕްރެސެންޓް ވެލިއުއަކީ 973.91 މިލިއަން ޔޫއެސް ޑޮލަރެއެވެ. (އެނެކްސް 15) އެހެންކަމުން ކޮންސެޝަންގެ އުސޫލުން އެއަރޕޯޓް ހިންގަން 
ޙަވާލުކުރުމުން ސަރުކާރަށް ލިބޭ މާލީނަފާ މާބޮވާނެކަމަށް ފެނެއެވެ.   
ރިޕޯޓް ތައްޔާރުކުރުމާ ހަމައަށްވެސް ބައެއް އީމެއިލްތައް އައި.އެފް.ސީ އިން ނުލިބިވާ ކަން. (އެނެކްސް 14)   
ޓެކްނިކަލް ބިޑް އިވެލުއޭޓް ކުރުމުގައި ނަތީޖާއަށް ބަދަލު ނާންނާނެ ކުދި މައްސަލަތަކެއް ހުރިނަމަވެސް މުޅި ބީލަމުގެ ކަންތައް އެކަށީގެންވާ 
ރަނގަޅު ފެންވަރެއްގައި ގެންގޮސްފައިވާކަން ފާހަގަކުރެވެއެވެ .    
23 ޑިސެމްބަރު 2010   
  

މަސްދަރު: ޓައިމް އެމް ވީ