ފުރަތަމަ ޞަފްޙާ

ބޭ ކޮރަސް ކޭމެއް ކޮރެއްނުވާނެ. ޤަދުސަމިޢު މިހާ ވަރިއްޔާ ޤާލަފަމާ ކިހާވަރެއް ވާނެބާ

21 February, 2013

ފުރައަމެންގޭ މާދަރީ ބަސް


ކޮންމެ ބަޔަކަށް ވެސް އެބަޔަކު މޮށޭ ބަހެއްވެޔެ ދެރަނުވާ،                   
                       އޮންނަ އިރު މޭރުން ވެދާހެން ށޭނިކަން ހަމަ އައްސަވާ.
އެންމެހައި   ބަސްތައްމެ ވާހިނދު މޫޖިޒާތެއްކަމު މުޅީން،                      
                      ފެންނަ   ކީރިތިވަންތަކަން  ރައްބީގެ އަބަދަށް ދައްކަވާ.

އެންމެހައި  އިންސާންތަކުން  ވާތީވެ  ޚުލަފާއުލްއިލާހް،                         
                     ހުންނަ  ނަފްސުއްނާޠިޤާ   އުލްފާ   އަމާނަތް  ދޭހަވާ.
ބަސްބަހީ  މީހުން   ހަދާ  އެއްޗެއް ބަލަގަ ނޫނޭ ތެދޭ،                          
                              އަސްތައަސްތާ  ގުދުރަތުގެ  އޭ އެއްޗެކޭ ހަމަ ހިންގަވާ.
އެއިގެ  މައްޗަށް  މީހަކަށް  ބާރެއް ނުދެއްކޭނެޔެ ހިލާ،                           
                              ހެއިހަށީގައި  ބުއްދިވާނަމަ  ށޭވެ  ކަންދީ  ވިސްނަވާ.
މީހުނަށް  ވެވިދާނެ  ކަމަކީ،  ހޯދުމޭ ދަސްކޮށް މޮޅަށް،                                  
                              ހީއެވެތިގެން އުނގެނި އުޅުމުން އެއިގެހުރިތައް ޢިދުޤަވާ.
          އުނގެނި ދަސްކޮށް އުޅުނު ވަރަކުން ކުރިއަރާނެޔެ ބަސްބަހަށް،                             
                              ނުގެހިފަސް ހޯދައިބަލައި ބަސްތައް ބުގިސް   މަގުތައް އެވާ.
          އައިގޮތާ   މެދު   ބަސްއިހުއްސުރެ   ވިސްނުމޭ ފަރުވާއަކީ،                                             
                              ލައިބަހޯދައި  ބަހުގެ  މަގުއެނގިދާވަރަށް  ފެނި ވާނުވާ.
ފުރައަމެންގޭ   މާދަރީ ބަސް  އެކުވެގެންވެޔެ   އުފެދިގެން،
                              ކުރެވިދާހިނދުފިކުރު ގިނަބަސް އެއްވެގެން ޝަރުޤަށްމިވާ.
ސެންސިކިރްތާ، ޕާޅިޔާ، ސިންހަލަ، ތަމަޅަ، ފެނެޔޭ ނިކަން،
                              ފެންނަހެން  ޢަރަބީގެ  ބަސްތައް، ފާރިސީޔާ ޕަޝްތޮވާ.
ހަމަ އެފަދައިން ހުރެދެޔޭ ޔޫރަޕުގެ ބަސްތައް ވެސް ލިބޭން،
                              ނަމަބަލައި ހޯދައިއުޅެފި ކަތަކަށް ރަނގަޅު ހަމަ ބުއްދިވާ.
ކޮންމެ ބަޔަކުގެ ބަސްމެ ބެހިގެންވާ ކަމަށްވެޔެ ތިން ބަޔަށް،
                              އޮންނަގޮތް ރަނގަޅަށްބަލާއިރު، އީމިތެދެ އަދު ދަންނަވާ.
ނަންތަކާ، ކަންތައްވެޔޭ އަޞްލެއްކަމަށް ބަހުގައި ހިނގާ،
                              އަންނަ ތިންވަނަބައިކަމަށްވެޔެ، އަކުރުތައް އެކިމައުނަވާ.
ނަންތަކީ މަތިވެރިވެގެންވާ ބަސްތަކޭ  އެއްޗެއް  އެނގޭ،                         
                              ކަންތަކާ ވަކިވާ  ގޮތުން، ނެތި ވަކި ޒަމާނެއް  ދޭހަވާ.
ކަންތަކީ  ބަސްތައް ކަމަށްވެޔެ، އޭތެރޭގައި އެކުލެވޭ،
                              އަންނަނިވި، ވެއަތުވި، ޒަމާނުގެ މަޢުނަ އިރުގައި ބައްލަވާ.
ކައިފި، އިއްޔެ، އަރާނެ، މާދަން، ވެއްޖެ، ވާނެޔެ، ހިތްއުފާ،
                              އައި ދުވަހަކުން މާލެ ދިޔަ  މީހުން  ނިކަންށޭ ހުންނަވާ.
ނޫނު ސުކުނާ، ށަވިޔަނީ ނަންތަކުތެރޭގައި ވަދެ ހިނގާ،
                              ދޫނުކޮށް  ގުޅުވައިމެ ގަވިޔަނި ފުށަތު ފިލި ޖެހިގެން އެވާ.
ފަކުރުނެތި ބުނަމޭ ފިކުރުކޮށް، އެކުލަވައި ޅެންބަހުތެރޭ،
                              އަކުރުތައް ވެޔެ މާނައެއް ނެތް އެއްޗަކަށް ހިނދު އެކަނިވާ.
ގޭގައިންދާ ބަދިގެއަށް އަންހެން ކުދީނަށް ކެއްކުމަށް،
                              ހޭހަމެއް ކުރުމޭ މޮޅީ،  ހީވާގިކަން     ދެކެފައި  އެވާ.
ނަންތަކާ އަދި ކަންތަކާ ގުޅުވާ އަކުރުތައް ހުންނަނީ،
                              އަންނަހެންނޭ  މި ބުނިބަސްބަހުގައި   ތެދޭހެން ދުރުނުވާ.
ގެހެވިގެންވާ ފުށަތުފިލި ގަވިޔަނިވެޔޭ ހަމަ ގުޅުވުމަށް،
                              މެހެވިދާހިނދު  ނަންނަމަށް  އެނގި ދޭހަގޮތަކަށް މަޢުނަވާ.
މިބުނިގަވިޔަނިއޮންނަނީ ހަމަފޮރުވިގެންނޭ ގިނަހިނދަށް،
                              ލިބުނު ގޮތަކުން  ކުރުކުރާތީ   ބަހުގެ  މޭރުން  ދޭހަވާ.
ބަކަރިމަސް ގެރިމަހުގެ ތާޒާ މަސްކަނީނަމަ އާދަކޮށް،
                              ހަކަވެދާނެޔެ  ދެރައެހަށިގަނޑު  ޞިއްޙަތެއް ލިބިގެންނުވާ.
ރުއްވަކަރު މޮޅުވާނެޔޭ  ގޭގޭގެ  ކަންތައްކޮށް  އުޅޭން،
                              ކުއްޅަވަކު  ހުތް  ތޫނުވާނެޔެ  ބިލިމަގަށްވުރެ  ދޮންނުވާ.
ވަޅުފެނަށްވުރެ މޮޅުކަމަށް  ކިޔަނީ  އަބަދު  ވާރެއިފެނޭ،
                              ކަޅުއޮށަނިފަތް    ދެރަނުވާނެޔެ   ތާކުޖެހުމަށް  ފާރުވާ.
މިބުނިގަވިޔަނި ފޮރުވިގެންވުންހެޔޮނުވާ ގޮތްތައްވެޔޭ،
                              އިބުނި  މޫސާ  ބުނިގޮތުން  ނަންތައް ގުޅާއިރު ހަމަނުވާ.
ރަސްކަމުގެޢިއްޒަތުގެކަންތައް ނޭނގުނަސްމަހިތުން ތެދޭ،
                              ދަސްނުކޮށް   ދީނުގެ ޙުކުމްތައް  ތިބެގެނެއްނެޔެ ހެއުނުވާ.



ޙުސައިން ޞަލާޙުއްދީންގެ ފަތްފުއްތަކުން