ފުރަތަމަ ޞަފްޙާ

ބޭ ކޮރަސް ކޭމެއް ކޮރެއްނުވާނެ. ޤަދުސަމިޢު މިހާ ވަރިއްޔާ ޤާލަފަމާ ކިހާވަރެއް ވާނެބާ

26 March, 2013

ރައްކައުވުން

ރައްކައުވުން

ރާގު : ނައޭ ޒަމީންތި
ނަބީ އަމީނޭ ވަޑައިގަތީމާ ނިޝާން އިލާހީ ވިދައިގަތީމާ
                 ފަޖުރުލި ފަތިހޭ އުހެއްދި ނޫރޭ ފަވާލަނީ އާފާޤު ސަމާގައި
                                                               ނަބީ އަމީނޭ


ފަޒާގެ އާލަމް ޖަރީ ކުރާށޭ ބަހާރު ބިމުގައި އެކީ ހިގާށޭ
                 ދިރޭ މިހަސްތީ ފިނީގެ ޝަބްނަމް ޙަޔާތަކަށްއާ ޖަމާވެލާށޭ
                         ގޮވައިދެނީ މަންޒަރޭ ޤުދޫމީ ރިޔާޝުގައި ޝުކުރު ދަންނަވަންތާ
                                                                ނަބީ އަމީނޭ
  
އިޝާރާތަށް މަލަކުނާއި ޖިބުރީލު ސަލާންތަކާ ހެޔޮ ވެދުންތަކާއިގެން
                 ވަޑައިގަތީ އާސިޔަތު ވަމަރްޔަމްވި މާތް ސުވަރުގޭގެ ޙޫރުނާއިގެން
                          ޝުޢޫރުތައް މަރްޙަބާގެ ފަށަނީ އޮހޭ މިދަރުބާރުގައި ހިނގާން ތާ
                                                                ނަބީ އަމީނޭ

ވިދާލަނީ ޢަޒުމަތާއި ޖާހޭ ވުޖޫދުގައި ރަޙްމަތާއި ނޭރޭ
               ރިސާލަތީ ޚާތިމުއްނަބިއްޔީން ދެޢާލަމުން އުފުލިދާނެ ސިއްރޭ
                          ވަށައިގެނޭ އަންނަނީ މިތަރުޙީބު ޝަރަފުގާ އާދެ! އައްސަވަންތާ
                                                                ނަބީ އަމީނޭ

-ޔޫސުފް މުޙައްމަދު ފުޅު-