ޙަލީމަތުއްސައުދިއްޔާ
ރާގު : ވޯދިން ކަހާން ސެލާއޭނ
ނިޢުމަތް އެހޯއްދެވީމީ ސަޢުދިއްޔަ މާތް ޙަލީމާ
މަންމާފުޅެއްގެ ޒާތުން އިސްނެންގެވީ ޙަލީމާ- ނިޢުމަތް އެހޯއްދެވީމީ
އަރިހުންނެ އާމިނަތުވި ލޮބުވެތި ވަޞިއްޔަތައިގެން
ޤައުމަށް އެނބުރި ވަޑައިގެން ޙިދުމަތް އެމާތްކުރައްވާ- ނިޢުމަތް
އެހޯއްދެވީމީ
ކިރުފޮދު މިހިތްޕަވާ އިރު ތުއްޕުޅު މިދަރިކަލުން
މާތް
އިންސާފު ދެކިވަޑައިގެން އަޚަކަށް އެގެންގުޅުއްވާ - ނިޢުމަތް އެހޯއްދެވީމީ
ހިތްޕުޅު އެ ނަންގަވައިގެން މަލަކުންގެ
އަތްޕުޅުންނޭ
ޠާހިރު ކުރެއްވި މަންޒަރު ތަސްލީމްވެސް ކުރައްވާ - ނިޢުމަތް އެހޯއްދެވީމީ
ނިޢުމަތްތަކާ ކަރާމާތް އޮހިގެން މިއައި ގޮތުންދެން
އުއްމަތުގެ ސާހިބަކަށް އަބަދަށް
ޔަޤީން ކުރައްވާ - ނިޢުމަތް އެހޯއްދެވީމީ
-ޔޫސުފް މުޙައްމަދު ފުޅު-
No comments:
Post a Comment
ޝުޢޫރުފާޅުކުރައްވާ ، ޙިޔާލުދެއްވާ