ފުރަތަމަ ޞަފްޙާ

ބޭ ކޮރަސް ކޭމެއް ކޮރެއްނުވާނެ. ޤަދުސަމިޢު މިހާ ވަރިއްޔާ ޤާލަފަމާ ކިހާވަރެއް ވާނެބާ

10 April, 2013

ސެޕްޓެމްބަރު 2008 ވީ އަންގާރަދުވަހުރޭ ޓީވީގެ "ސިޔާސަތު" ޕްރޮގްރާމްގައި އިސްލާމްދީނުގައި އަންހެން ބޭފުޅުންގެ ޙިޖާބާއި އަދި ޤިޞާޞާއިބެހޭގޮތުން ރައީސް ދެއްކި ވާހަކަ:

16 ސެޕްޓެމްބަރު 2008 ވީ އަންގާރަދުވަހުރޭ ޓީވީގެ "ސިޔާސަތު" ޕްރޮގްރާމްގައި އިސްލާމްދީނުގައި އަންހެން ބޭފުޅުންގެ ޙިޖާބާއި އަދި ޤިޞާޞާއިބެހޭގޮތުން ރައީސް ދެއްކި ވާހަކަ:
- ޝާކިރު: 2000 ވަނަ އަހަރުގެ ނޮވެމްބަރު 16 ގައި ނިކުން އައްޑުވަހުގެ އަދަދުގައި އަނބި ކަނބަލުން ބުރުގާ އެޅުއްވުމާބެހޭގޮތުން އެއީ ކޮންމެހެން ލާޒިމް ކަމެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށާއި އަނބިކަނބަލުން އަމިއްލައަށް އަޅުއްވަން ބޭނުންވެއްޖެނަމަ އޭނަގެ އިޚްތިޔާރުގައި އޮތްކަމެއްކަމަށް މަނިކުފާނު ވަނީ ވިދާޅުވެފަ އިނގޭތޯ، މިހެން ވިދާޅުވެފައިވާއިރު ދީނީ ތަޢުލީމް ޚާޞިލްކުރައްވައިގެން ތިއްބެވި ބޭފުޅުން ވިދާޅުވާގޮތުގައި އަންހެނެއްގެ އަޢުރައަކީ ދެއަތްތިލައާއި މޫނު ފިޔަވައި އެހެން ހުރިހާ ތަނެއްކަމާމެދު ޢިލްމުވެރިންގެ މެދުގައި އެއްވެސް ޚިލާފެއް ނެތްކަމަށް އެބޭފުޅުން ވިދާޅުވަނީ އަދި މިކަންތައް ޤުރުއާނުގެ ނައްޞުން ސާބިތުވާކަމަށް ވިދާޅުވަނީ، އެއީ ނޫރު ސޫރަތުގެ 31 ވަނަ އާޔަތުން، މިހާސާފުކަމެއް ކީއްވެގެންތޯ ލާޒިމްކަމެއްކަމަށް ދެކިވަޑައިނުގަންނަވަނީ.

- މައުމޫން: އެންމެފުރަތަމަ ދަންނަވާލަން ބޭނުންވަނީ ދެން ދީނީކަމެއްގެތެރެއަށް އަޅުގަނޑުވަދެ އަޅުގަނޑު މިހުރި މަޤާމުގެގޮތުން ވަކިގޮތަކަށް ކަންތައް ގެންދަން ބަޔަކަށް އަންގާކަށް އަޅުގަނޑު ބޭނުމެއްނުވޭ، އެއީ  މިޕްރޮގުރާމަކީވެސް ސިޔާސީ ޕްރޮގްރާމެއް އަދި އަޅުގަނޑު މިހާރު ތިބޭފުޅުންގެ އަރިހުގައި ވާހަކަ ދައްކަމުން މިގެންދަނީ ކުރިއަށްއޮތްތާގައި ސަރުކާރުގެ ސިޔާސަތު ގެންދާނެ ގޮތުގެ މައްޗަށް އަޅުގަނޑު ހިވިއްޖެއްޔާ، އެހެންވީމާ މި ފޯރަމަކާ ނުގުޅޭ ދެއްތޮ. ދީނީ ކަންތައްތަކުގެ ތެރެއަށްވަންނަން، ދެން ތި ވިދާޅުވާ ވިދާޅުވުމުގައިވެސް އެބަހުރި އޮޅުންތަކެއް،   ދީނުގެ ހުރިހާ ޢިލްމުވެރިން އެއްބަސްވެވަޑައިގަންނަވާ ކަމެއްނޫން ތި ވިދާޅުވީކީ. އަނެއްކާ ކީރިތި ޤުރުއާނުގައި ކަނޑައެޅިގެން ޞަރީޙަ އިބާރާތުން އެނގެންއޮތް ކަމެއްވެސް ނޫން. އެހެންވީމާ.....
- ޝާކިރު: މަނިކުފާނު އެންމެފަހުން ކުރައްވާފައިއޮތް ޤުރުއާން ތަރުޖަމާގައި އެނގޭތޯ އެބައޮތޭ ނޫރު ސޫރަތުގެ 31 ވަނަ އާޔަތުގައި، މީ އެންމެފަހުން ކުރެވުނު ޤުރުއާން ތަރުޖަމާ އެނގޭތޯ. މީގައި މިއޮންނަނީ 31 ވަނަ އާޔަތުގެ މާނަާ." އަދި މުއުމިން އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި (އެބަހީ: މޫނާއި ދެއަތްތިލަފިޔަވައި) އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅުމަތީގައި އަޅައިނިވާހުށިކަމެވެ! "
- މައުމޫން: ދަންނަވަން ބޭނުންވާ ވާހަކައަކީ އަޅުގަނޑު ބޭނުމެއްނޫނޭ ދީނީކަމެއްގެތެރޭގައި ޖަދަލު ކުރާކަށް ، އެހެންނަމަވެސް ކުޑަކުޑަ ޕޮއިންޓެއް ދަންނަވާލަފާނަށް، ޤުރުއާނުގެ ތަރުޖަމާއަކީ ޙުއްޖަތެއްނޫން، ޤުރުއާނުގެ ތަރުޖަމާއަކީ އިންސާނުން ކުރާއެއްޗެއް، އެތަރުޖަމާ ރަނގަޅަށްވެސް ކުރެވިދާނެ ގޯސްކޮންވެސް ކުރެވިދާނެ، އެހެނެއްނޫން އަރަބި ބަހުން އޮންނަ ލަފްޒުން ދޭހަވާއެއްޗެއްވިއްޔާ މައްސަލައެއްނެން، އެކަމަކު ތިތަރުޖަމާއަކީ އެއްވެސް ޙާލެއްގައި ޙުއްޖަތެއްނޫން، އެހެންވެ އޭގެމައްޗައް ބިނާކޮށް ވާހަކައެއް ދައްކާކަށްނުޖެހޭނެ.
- ޝާކިރު: ރިޔާސީ ސުވާލާއި ޖަވާބުގައި ޢުމަރު ނަޞީރު ވިދާޅުވެފަިއވަނީ ބައެއްކަހަލަ ކުއްތަކަށް މަރުގެ ޙުކުމް އިއްވާނެކަމަށް ވިދާޅުވެފަވަނީ، މިކަމާދެކޮޅަށް ނަވަތަ މިކަމާ ޚިޔާލުތަފާތުކޮށް މަނިކުފާނު ވަނީ ވާހަކަފުޅުދައްކަވާފަ، މަނިކުފާނު ވިދާޅުވެފައިވަނީ މިސާލަކަށް މަރުގެ އަދަބު ދޭވާހަކަ، މިވިދާޅުވި އިބާރާތް އެނގޭތޯ، " އެއީ މިރާއްޖޭގެ ރައްޔިތުން ޤަބޫލުކުިރާނެ ކަމެއްނޫން، އަދި ބައިނަލްއަޤަވާމީ ޖަމާއަތްތައްވެސް މިހާރު ޤަބޫލުކުރާކަމެއްނޫން، އދ.ގެ މަޖިލީހުގައިވެސް މީހުންމެރުމުގެ އަދަބާ ދެކޮޅަށްވަނީ ޤަރާރުތަކެއް ފާސްކޮށްފައި، މީ ކުރެވޭނެ ކަމެއްނޫން." ދަންނަވަން މިއުޅެނީ އަޅުގަނޑަށް އެނގިފައިވާ ގޮތަށްބަލާއިރު ދީނުގައިވެސް ބައެއްކަހަލަކަންކަމުގައި އޮވޭ މަރުގެ ހުކުމް، ކީވެގެންތޯ މަރުގެ ހުކުމާ ދެކޮޅަށް ތި ވާހަކަފުޅު ދައްކަވަނީ،

- މައުމޫން: މަރުގެ ޙުކުމް ދީނުގައި އޮންނަނީ ލާޒިމް ކުރައްވާފައެއްނޫން ދެއްތޮ، އެޙުކުމަކީ ބޭނުންވެއްޖިއްޔާ ޤާއިމު ކުރެވިދާނެ ޙުކުމެއް، ނުވަތަ ބޭނުންވެއްޖިއްޔާ ދޫކޮށްލެވިދާނެ ޙުކުމެއް، ހުރިހާ ކަމެއްވެސް ދީނުގައި އޮންނަނީ އެހެން، ދީނުގައި ބާރު އަޅުއްވާފައި އޮންނަނީ މާފުކުރުމަށް، ހުރިހާކަމެއްގަވެސް، وأن تعف، وأن تعفوا خير لكم އެހެން އޮންނަނީ، ތިޔަބައިމީހުން މާފުކުރަމަކީ ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑުވެގެންވާކަމެކެވެ.، އެހެންވީމާ އަދި ޙުކުމެއް އެހެން އޮތަކަސް، އަޅުގަނޑު އިޢުތިރާޟެއް ނުކުރަން އެޙުކުމަކަށް، ޝަރީޢަތުގައި ޙުކުމް އޮތީމަކަ، އެއަށް އިޢުތިރާޟެއް ނުކުރަން ފަހަރެއްގައިވެސް، އަޅުގަނޑު ބުނާ ވާހަކަ އަކީ ރާއްޖޭގެ ޙާލަތަށް  ފެތޭކަމެއްނޫނޭ، އެއިކީ ރާއްޖޭގެ މީހުން ޤަބޫލުކުރާނެ ކަމެއްވެސް ނޫނޭ، އަޅުގަނޑު މިހެން ދަންނަވާ އިރު އިނގޭ އެންމެ ފަހުން ރާއްޖޭގައި މީހަކު މަރާފަ އޮތީ 1951 ވަނަ އަހަރު، އެއީ މީގެ 60 އަހަރު ކުރިން ނޫންތޯ، 67 އަހަރު ކުރިން، އޭގެ ފަހުން މީހަކު މަރާފައެއްނެތޭ ސަރުކާރުގެ ފަރާތަކުންނެ،  އެއީ ކީއްވެގެންތޯ، އެއީ ރާއްޖޭގެ ރައްޔިތުން ޤަބޫލު ކުރާ ކަމެއްނޫން، މިވަރު ކުޑަކުޑަ މުޖުތަމަޢެއްގައި އެންމެން ގުޅިގެން އުޅޭތަނެއްގައި..
- ޝާކިރު: ރާއްޖޭގެ މީހުން ޤަބޫލުނުކުރަނީ ދީނީ ގޮތުން ވެސް އެކަންތައް އެގޮތައް ކުރުމަށް ހުއްދަތޯ.
- މައުމޫން: ދީނީ ގޮތުން.
- ޝާކިރު: ވާހަކައަކީ ނުކުރުމަށް، ނުކުރުމަށް މިދެންނެވީ.
- މައުމޫން: އާދެ އާދެ ނުކުރުމަށް ހުއްދަ، އެއީ ހަމަ އަޅުގަނޑުމެންގެ އަތުގައި އޮތްކަމެއް، ކޮންމެހެން ލާޒިމެއްނޫން ދީނުގައި އޮތްނަ ޙުކުމެއް މިސާލަކަށް ހައްދު ނުވަތަ ޤަތުލު އެކުރުން ލާޒިމް ކަމެއްނޫން، އެއީ އިޚްތިޔާރުގައި އޮތް ކަމެއް، އަޅުގަނޑުމެން ބޭނުން ވެއްޖިއްޔާ ކުރެވިދާނެ، އެކަމަކު އެކަން ނުކުރުމަށް ހުރި  ސަބަބުތަކެއް ހުރިއްޔާ ދޫކޮށްވެސްލެވިދާނެ.