ފުރަތަމަ ޞަފްޙާ

ބޭ ކޮރަސް ކޭމެއް ކޮރެއްނުވާނެ. ޤަދުސަމިޢު މިހާ ވަރިއްޔާ ޤާލަފަމާ ކިހާވަރެއް ވާނެބާ

26 June, 2013

ތިޔަބައިމީހުންނާއި މައްސަރެއް ކުރިމަތި ލައިގެން އެބަ އާދެއެވެ.

ތިޔަބައިމީހުންނާއި މައްސަރެއް ކުރިމަތި ލައިގެން އެބަ އާދެއެވެ.



عن سلمان (رضي الله عنه) : قال خَطَبَنَا رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وسلم فِى آخِرِ يَوْمٍ مِنْ شَعْبَانَ . فَقَالَ:
يَا آيُّهَا النَّاسُ قَدْ أظَلَّّكُمْ شَهْرٌعَظِيْمٌ مُبَارَكٌ شَهْرٌ فِيْهِ لَيْلَةٌ خَيْرٌ مِنْ اَلْفِ شَهْرٍ . شَهْرٌ جَعَلَ اللهُ صِيَامَهُ فَرِيْضَةًٌ وَقِيَامَ لَيْلِهِ تَطَوُّعاً . مَنْ تَقَرَّبَ فِيْهِ بِخَصْلَةٍ كَانَ كَمَنْ اَدَّى فَرِيْضَةًً فِيْمَا سِوَاهُ . وَمَنْ اَدَّى فَرِيْضَةً فِيْهِ كَانَ كَمَنْ اَدَّى سَبْعِيْنَ فَرِيْضَةً فِيْمَا سِوَاهُ   وَهُوَ شَهْرُ الصَّبْرِ وَالصَّبْرُ ثَوَابُهُ الْجَنَّةُ .وَشَهْرُ الْمُؤَاسَاةِ وَشَهْرٌ يَزْدَادُ فِى رِزْقِِ اْلمُؤْمِنِ فِيْهِ . مَنْ فَطّرَ فِيْهِ صَائِماً كَانَ مَغْفِرَةً لِذُنُوْبِهِ وَعُتِقَ رَقَبَتَهُ مِنَ النَّارِ وَكَانَ لَهُ مِثْلُ أَجِْرهِ مِنْ غَيْرِ أنْ يَنْقُصَ مِنْ أَجْرِهِ شَيْئٌ.
قَالُوْا يَا رَسُوْلَ اللهِ لَيْسَ كُلُنَا يَجِدُ مَا يُفَطِّرَ الصَّا ئِمَ. فَقَالَ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ :

يُعْطِى اللهُ هَذا الثَّوَابَ مَنْ فَطَّرَ صَائِمًا عَلَى تَمْرَةٍ ، أوْ شُرْبَةَ مَاءٍ ،أوْ مُذْقَةَ لَبَنٍٍ . وَهُوَ شَهْرٌ أوَّلُهُ رَحْمَةٌ، وَأوْسَطْهُ مَغْفِرَة ٌ،وَآخِرُهُ عِتْقٌ مِنِ النَّارِ. مَنْ خَفَّفَ عَنْ مَمْلُوْكِهِ فِيْهِ غَفَرَاللهُ لَهُ وَاعْتَقَهُ مِنَ النَّارِ. وَاسْتَكْثَرُوْا فِيْهِ مِنْ اَرْبَعِ خِصَالٍ خَصْلَتَيْنِ تَرْضَوْنَ بِهِمَارَبَّكُمْ وَخَصْلَتَيْنِ لاغِنَاءَ بِكُمْ عَنْهُمَا . فأمَّا الْخَصْلَتَانِ الَّلتَانِ تَرْضَوْنَ بِهِمَا رَبَّكُمْ فَشَهَادَةُ اَنْ لا إلَهَ اِلاّ اللهُ  وَتَسْتَغْفِرُوْنَهُ. وَأمَّا الْخَصْلَتَانِ الّلتَانِ لاغِنَاءَبِكُمْ عَنْهُمَا  فَتَسْئَلُوْنَ اللهَ الْجَنَّة َوتَعَوّذُوْنَ بِهِ مِنَ النَّارِ وَمَنْ اسْقَى صَائِمًا سَقَاهُ اللهُ مِنْ حَوْضِى شُرْبَةًً لايَظْمَأُ حَتَّى يَدْخُلُ الْجَنَّةَ.
 (رواه ابن خزيمة   فى صحيحه)
މާތް ﷲ ރުއްސުން ލެއްވި ސަލްމާނުގެ ފާނުން ވިދާޅުވިއެވެ.   ރަސޫލުﷲ صلى الله عليه وسلم ޝަޢުބާން މަހުގެ އެންމެ ފަހު ދުވަހުގައި މީސްތަކުންނަށް  ވަޢުޟު ނަޞޭޙަތް ދެއްވިއެވެ. ޙަދީޘުފުޅު ކުރެއްވިއެވެ.
ތިޔަބައި މީހުންނާއި މައްސަރެއް  ކުރިމަތި  ލައިގެން  އެބަ އާދެއެވެ. އެއީ ވަރަށް މަތިވެރި މައްސަރެކެވެ.  ބަރަކާތްތެރި  މައްސަރަކެވެ.    އެމަހުގެ  ތެރޭގައި  އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑު  ވެގެންވާ ރެއެއް ވެއެވެ. އެމަހުގެ ދުވާލުގައި ރޯދަޔަށް ތިބުން  ﷲ ސުބްޙާނަހޫ ވަތަޢާލާ ފަރުޟު ކުރައްވައި  ފިއެވެ.   އަދި  އެމަހުގެ  ރޭތައް އިޙްޔާ ކުރުމަކީ  (ތަރާވީޙް ނަމާދު)    ޘަވާބު ލިބެނިވި  ކަމެއް ކަމުގައި ލައްވައިފިއެވެ. އެ މަހުގައި  ހެޔޮ ޢަމަލަކުން ﷲއާއި  ކުއްތަންކަން ޙާޞިލު ކޮށްފި މީހާ އެމަސް ފިޔަވައި އެހެން މަހެއްގައި ފަރުޟެއް އަދާކުރި މީހަކާ އެއްފަދައެވެ. އަދި އެމަހުގައި ފަރުޟެއް އަދާކޮށްފި މީހާ  އެނޫން މަހެއްގައި 70 (ހަތްދިހަ) ފަރުޟު އަދާކުރި ފަދައެވެ. މިއީ ކެތްތެރިކަމުގެ މަހެވެ. ކެތްތެރި ކަމުގެ ބަދަލު، (ދަރުމަ)ސުވަރުގެ ފިޔަވައި އެހެން ދެވަނައެއް  ނުވެއެވެ.  މިމަހަކީ މީސްތަކުންނަށް ހަމްދަރުދީ ވުމުގެ މައްސަރެވެ. މި މަހުގައި މުއުމިނުންގެ ރިޒުޤު އިތުރު ކުރެވިގެން ވެއެވެ. މިމަހުގައި ރޯދަ ވެރި އެއްގެ ރޯދަ ވީއްލުވައި ދީފިމީހާ އެމީހާގެ ފާފަތައް ފުއްސެވުމާއި ނަރަކައިން ސަލާމަތް ވުމުގެ ވަސީލަތް ހޯދައި ފިއެވެ. އަދި އެ ރޯދަ ހިފައިގެން ހުރި މީހާގެ ރޯދައިގެ ފުރިހަމަ ސަވާބު އެމީހާއަށް އެއްވެސް ކަހަލަ އުނިކަމެއް ނެތި ރޯދަ ވީއްލުވި މީހާ ހޯދައި ގެންފިއެވެ.
އެވަގުތު އަޞްޙާބު ބޭކަލުން ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. އަޅުގަޑުމެންގެ ތެރެއިން ކޮންމެ ކޮންމެ މީހަކަށް ރޯދަ ވެރިޔަކު ރޯދަ ވީއްލުވައި ދިނުމުގެ ތަނަވަސް ކަމެއް ލިބިފައެއް ނުވެއެވެ. އެހިދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘުފުޅު ކުރެއްވިއެވެ.
ރޯދަ ވީއްލުވުމަކަށް ބަޑުފުރާ ކާން ދޭކަށެއް ނުޖެހެއެވެ. އެންމެ ކަދުރު ފަޅިޔަކުން ، ފެން ތައްޓަކުން ނުވަތަ ކިރު، ޖޫސް ތައްޓަކުން ރޯދަ ވީއްލުވައި ދީފިމީހަކަށް ވެސް ﷲ ސުބްޙާނަހޫ ވަތަޢާލާ މިދަރުމަ ދެއްވާ ނެތެވެ.
މި މަހަކީ މި މަހުގެ ފުރަތަމަ ދިހަ އިލާހީ ރަޙްމަތަށް ޚާއްޞަ ކުރެވި ފައިވާ މައްސަރެކެވެ. މި މަހަކީ މި މަހުގެ މެދު ދިހަ ފާފަ ފުއްސެވުމަށް ޚާއްޞަ ކުރެވި ފައިވާ މައްސަރެކެވެ. މި މަހަކީ މި މަހުގެ ފަހު ދިހަ ނަރަކައިގެ އަލިފާނުން ސަލާމަތް ވުމަށް ޚައްޞަ ކުރެވި ފައިވާ މައްސަރެކެވެ. މި މަހުގައި އެމީހެއްގެ ޚާދިމު މީހާގެ ބުރަ ލުއިކޮށް ދީފި މީހާ ﷲސުބްޙާނަހޫ ވަތަޢާލާ އެމީހާގެ ފާފަތައް ފުއްސަވައި ނަރަކައިގެ އަލިފާނުން އެމީހާ މިނިވަންކޮށް ދެއްވާ ނެތެވެ. އަދި މި މަހުގައި ހަތަރު ކަމެއް ގިނަގިނައިން ކުރާށެވެ. އޭގެތެރެއިން ދެކަމަކީ އެ ދެކަމުގައި ﷲގެ ރުއްސެވުން ހިމެނިގެންވާ ދެކަމެވެ. އަނެއް ދެކަމަކީ އެދެކަމާއި ނުލައި އެހެން ދެވަނަ ގޮތެއް ނުވާ ދެކަމެވެ. އާދެ! ﷲސުބްޙާނަހޫ ވަތަޢާލާ ރުއްސެވުމަށްޓަކައި ކުރާ ދެކަމަކީ ޝަހާދަތުގެ ދެކަލިމަ ގިނަ ގިނައިން ކިއުމާއި ގިނަ ގިނައިން އަސްތަޣްފާރު ކުރުމެވެ. އަދި އެ ދެކަމާއި ނުލައި އެހެންގޮތެއް ނުވާ ދެކަމަކީ ސުވަރުގެއަށް އެދުންވެރިވެ ދެންނެވުމާއި  ޖަހައްނަމައިގެ ވޭންދެނިވި ޢަޒާބުން ސަލާމަތް ވުމަށްއެދުމެވެ. ރޯދަ ހިފައިގެން ހުރި މީހަކަށް ފެންކޯވަރެއް ބޯންދީފި މީހަކަށް ﷲސުބްޙާނަހޫ ވަތަޢާލާ ތިމަންކަލޭގެ ފާނުންގެ ޙަވްޟުން ފެން ބޯންދެއްވާ ނެތެވެ. އެފެން ބޮއިފި މީހަކު ސުވަރުގެ ވަދެވިއްޖެއުމަށް ދާދެން ކަރު ނުހިއްކާނެ އެވެ. ފެނުގެ އަލާ ކެޑިގެން ދާނެއެވެ.