ފުރަތަމަ ޞަފްޙާ

ބޭ ކޮރަސް ކޭމެއް ކޮރެއްނުވާނެ. ޤަދުސަމިޢު މިހާ ވަރިއްޔާ ޤާލަފަމާ ކިހާވަރެއް ވާނެބާ

08 July, 2013

ބީފް ސަބްމެރިން

ބީފް ސަބްމެރިން

ބޭނުންވާ ތަކެތި



2  ޖޯޑު ބީފް ކުދިކޮށް ކޮށާފައި
4 ސަބްމެރިން ބަނަސް
1ޖޯޑު ފިޔާ ކުދިކޮށް ކޮށާފައި
1 ޖޯޑު މަޝްރޫމް ކޮށާފައި
1 ޖޯޑު ބެލް ޕެޕަރސް (ރަތް، ރީނދޫ، ފެހި، ހުރިހާ ކުލައެއް މިކްސްކޮށް)
2 މޭޒުމަތީ ސަމުސާ ޗިލިސޯސް
2 މޭޒުމަތީ ސަމުސާ މެޔޮނައިޒް
2 މޭޒުމަތީ ސަމުސާ ތެޔޮ
4 ސްލައިސް ޗީޒް
4 ކެޕްސިކަމް ކަރުނަގާ ފަޅިކޮށްފައި
ވަރަށް ކުޑަ ލޮނުކޮޅެއް

ތަވާގައި ތެފޮފޮދު ހޫނުކުރުމަށްފަހު ބީފް، ފިޔާ، މަޝްރޫމް، ބެލް ޕެޕަރސް، މީރުކުރާށެވެ. ދެން ބީފް ރަގަޅަށް ރޯފިލާ އަދި ފިޔާ މޯޅިވުމުން ލޮނު ކޮޅު އަޅައި އުދުން މަތިން ބާލާށެވެ. މެޔޮނައިޒާއި ޗިލީސޯސް މިކްސްކޮށްލާށެވެ. ދެން ބަނަސް މެދުން ފަޅިކޮށް އެތެރޭގައި މެޔޮނައިޒް ހާކާ މަސްގަނޑު ފަތުރާލާށެވެ. ދެން ޗީޒް އާއި ކެޕްސިކަމް މަސްގަނޑުގެ މައްޗަށް އަޅައި ސާވްކުރާށެވެ.