ފުރަތަމަ ޞަފްޙާ

ބޭ ކޮރަސް ކޭމެއް ކޮރެއްނުވާނެ. ޤަދުސަމިޢު މިހާ ވަރިއްޔާ ޤާލަފަމާ ކިހާވަރެއް ވާނެބާ

09 July, 2013

ރިހާކުރު ބޯކިބާ


ރިހާކުރު ބޯކިބާ


ބޭނުންވާ ތަކެތި
1 ލާހި ރިހާކުރު
2 ލާހި ހަނޑޫ
1 ބޮޑުކާށި ހުނި
2 ގިތެޔޮ މިރުސް
2 ލުނބޯ
2 ފިޔާ
ހިކަނދިފަތް، އިގުރުކޮޅެއް، ލޮނުކޮޅެއް


ތައްޔާރުކުރާނެ ގޮތް
ހަނޑޫ ފުދޭވަރަކަށް ރާޅުކޮށް ފުނޑުއްވާށެވެ. ނުވަތަ ދަތިން މުގުރުއްވާށެވެ. އެއަށްފަހު ހުރިހާ އެއްޗެއް ވެސް ވަރަށް ތުނިކޮށް ކޮއްޓެވުމަށްފަހު، ރިހާކުރު، ހުތް އަދި ލޮނުކޮޅެއް އަޅުއްވައިގެން 15 މިނިޓް ވަންދެން މޮޑުއްވަށެވެ. ރަގަޅަށް މޮޑެވުނީމާ ފިޔާތައް ހުންނާނީ ގާތްގަނޑަކަށް ޗިސްވެފަ އެވެ. ނޫންނަމަ، ވަރަށް ތުނިވެފަ އެވެ. ދެން ހުންޏާ މުގުރާފައި ހުރި ފުއް އަޅުއްވައިގެން ރަގަޅަށް އެއްކުރެއްވުމަށްފަހު ރަހަތައް ރަނގަޅު ކުރައްވާށެވެ. މަތި އަންދަވައިގެން ފިއްސެވުމުން ބޮޑަށް މީރުވާނެއެވެ.