ފުރަތަމަ ޞަފްޙާ

ބޭ ކޮރަސް ކޭމެއް ކޮރެއްނުވާނެ. ޤަދުސަމިޢު މިހާ ވަރިއްޔާ ޤާލަފަމާ ކިހާވަރެއް ވާނެބާ

08 July, 2013

ކުކުޅު މަސްބަތް

ކުކުޅު މަސްބަތް

ބޭނުންވާ ތަކެތި



10 ޖޯޑު ބާސްމަތީ ހަނޑުލުގެ ބަތް
4 ކިލޯ ކުކުޅު (ކުދިކޮށް ކޮށާފައި)
½ ޖޯޑު ބޯކިރު
1 ޖޯޑު ޔޯގަޓު
3 ފިޔާ ކޮށާފައި
½ ސަމުސާ ލޮނުމިދު ޕޭސްޓް
އިގުރު (ޗަސްކޮށްފައި)
1 މިރުސް (ހިމުންކޮށް ކޮށާފައި)
½ ޖޯޑު ޓޮމާޓޯ ޕޭސްޓް
2 ސަމުސާ މުގުރި މިރުސް
1 ސަމުސާ ރީނދޫ
1 ސަމުސާ މުގުރި ދިރި (ހަނާކޮށްފައި)
2 ސަމުސާ ހަވާދު
½ ސަމުސާ މުގުރި ތޮޅި
ހިކަނދިފަތް
ލޮނު
7 ސަމުސާ ލޮނު

ހައްދަވާނެގޮތް
ޓޮމާޓޯ ޕޭސްޓް، ޔޯގަޓް، ލޮނުމިދު، އިގުރު، ގިތެޔޮ މިރުސް، މުގުރި މިރުސް، ރީނދޫ، ދިރި، ހަވާދު، ތޮޅި، ހިކަނދިފަތް އަދި ލޮނު ރަނގަޅަށް އެއްކޮށްލާށެވެ. ކުކުޅުގެ ބޭރުގައި އެއްކުރި ބާވަތްތައް ހާކާފައި 3 ނުވަތަ 4 ގަޑިއިރު މަތިޖަހާފައި ބަހައްޓާށެވެ.
ތަވާ އުނދުން މައްޗަށް އުދާލުމަށް ފަހު ކުޑަ ތެޔޮ ފޮދެއް އަޅައިގެން ފިޔާކޮޅު މޯޅިވަންދެން ތެލުލުމަށްފަހު މެރިނޭޓްކޮށްފައިހުރި ކުކުޅުކޮޅު ފިޔާކޮޅުގެ ތެރެއަށް އަޅާ 10 މިނިޓް ވަންދެން ކައްކާށެވެ. ކުކުޅު ކޮޅު ރޯ ފިލުމުން ބަތުގެ ތެރެއަށް އަޅާފައި މިކްސްކޮށްލައްވާށެވެ.