ފުރަތަމަ ޞަފްޙާ

ބޭ ކޮރަސް ކޭމެއް ކޮރެއްނުވާނެ. ޤަދުސަމިޢު މިހާ ވަރިއްޔާ ޤާލަފަމާ ކިހާވަރެއް ވާނެބާ

09 July, 2013

ކަދުރު ޕުޑިން

ކަދުރު ޕުޑިން
ބޭނުންވާ ތަކެތި

2 ޖޯޑު ކަދުރު ކޮށާފައި
½ ޖޯޑު ވޯލްނަޓް
6 މޭޒުމަތީ ސަމުސާ ހަކުރު
3 ބިސް
½ ޖޯޑު ގެރިކިރު
1 ސައިސަމުސާ ވެނީލާ އެސެންސް
4 މޭޒުމަތީ ސަމުސާ ފުށް
½ ސައިސަމުސާ ބޭކިން ޕައުޑަރ
3 މޭޒުމަތީ ސަމުސާ ބަޓަރު
ވިޕްޑް ކްރީމް
ވަރަށް ކުޑަ ލޮނުކޮޅެއް
 
ހައްދަވާނެގޮތް
ތަށްޓެއްގައި ހަކުރު، ކަދުރު، ވޯލްނަޓް އެއްކޮށްލާށެވެ. ދެން އެހެން ތަށްޓަކަށް ބިހާއި ކިރު އަދި ވެނީލާ އެސެންސް އަޅައި ރަގަޅަށް ގިރާލާށެވެ. ދެން މީގެ ތެރެއަށް އެއްކޮށްފައި ހުރި ކަދުރާއި ވޯލްނަޓް އަޅައި އެއްކޮށްލާށެވެ. ފުށް، ބޭކިން ޕައުޑަރ، ލޮނުކޮޅު ކަދުރު މިކްސްޗަރގެ ތެރެއަށް އަޅާލާށެވެ. ޓްރޭއެއްގައި ބަޓަރު ހާކާ އޭގެ ތެރެއަށް ކަދުރު މިކްސްޗަރ އަޅާ އަވަނުން ފިހެލާށެވެ. ފިހާ ނިމުމުން މައްޗަށް ވިޕްޑް ކްރީމް އަޅައި ސާވްކުރާށެވެ