ފުރަތަމަ ޞަފްޙާ

ބޭ ކޮރަސް ކޭމެއް ކޮރެއްނުވާނެ. ޤަދުސަމިޢު މިހާ ވަރިއްޔާ ޤާލަފަމާ ކިހާވަރެއް ވާނެބާ

09 July, 2013

ފްރައިޑް ފިޝް

ފްރައިޑް ފިޝް

ބޭނުންވާތަކެތި
3 ފޮތި ރޯމަސް ތުނިކޮށް ކަފާ 3 އިންޗި ދިގު އަދި ފުޅާ 2 އިންޗި ހުރި
2/1 ޖޯޑު މުގުރި ފާރޮށި ކުނޑި
1 ބިސް
4/1 ސައި ސަމުސާ މުގުރި އަސޭމިރުސް
1 މޭޒުމަތީ ސަމުސާ ސޯޔާސޯސް
5/1 ސައި ސަމުސާ ލޮނު
1 އިންޗީގެ 2 ލުނބޯކޮޅު
1 ސައި ސަމުސާ ކޯން ފްލަރ
2/1 ސައި ސަމުސާ އަޖިނަމޮޓޯ
3/1 ސައިސަމުސާ މަސްޓަރޑް ކްރީމް
3/1 ސައިސަމުސާ މުގުރި މިރުސް


ތައްޔާރުކުރާނެގޮތް
ބިސް ގިރާލާފައި ފާރޮށި ކުނޑި އާއި ބިސް ފިޔަަވައި ބާކީހުރި ހުރިހާ  ބާވަތްތައް އެއްކޮށް ބިހާ އެއްކޮށްފައި ގިރާލާފައި މަސްފޮތިތައް އެއަށް އަޅާފައި ހޭކުމަށްފަހު ފާރޮށި ކުނޑި ތަށްޓަށް އަޅާފައި އޮއްބާ ލުމަށްފަހު ތަވާ އުނދުން މައްޗަށް އުދާލާފައި ތެޔޮ އަޅާފައި ކެކުމުން މަސްފޮތިތައް ލާފައި ތެލުލެވުނީމާ މަސްފޮތިތައް ނަގާފައި ތެޔޮ ތާސް އުނދުންމަތިން ބާލާށެވެ.
• ފާރޮށި ހާކާފައި ކުޑަކޮށް ހިކިލަންދެން މަސްފޮތިތައް ބަހައްޓާފައި ތެލުލާށެވެ.