ފުރަތަމަ ޞަފްޙާ

ބޭ ކޮރަސް ކޭމެއް ކޮރެއްނުވާނެ. ޤަދުސަމިޢު މިހާ ވަރިއްޔާ ޤާލަފަމާ ކިހާވަރެއް ވާނެބާ

26 August, 2013

ފާނަ ބަސަންދު ރަށްކާވެ ތިބިއްޔާ ދަތުރު

                    ސަމާލުވެލަށްވާ 
މިދުވަސްވަރު ބުރުނީގައި ފާނަ ބަސަންދު ފެތުރެމުން އެބައާދެ އެވެ. މީގެ 15 ވަރަކަށް ދުވަހުއްސުރެ މިއަދާ 


ހަމައަށް، ތަފާތު ހިސާބެއްގެ ހައެއްކަ އަށެއްކަ ގޭގައި   17 ވަރަކަށް ބަލިމީހުން އެބަތިއްބެވެ.
މި ބަލި މިހާ ހަލުވިކަމާ އެކު ފެތުރެމުންދާތީވެ.2013 އޯގަސްޓު 25 އިން ފެށިގެން ބުރުނީ ޕްރީސްކޫލްގެ ކިޔާވާ ދިނުން،  މެދު ކަނޑާލެވިފައިވާކަމަށް ބުރުނީ ކައުންސިލް އިދާރާއިން މަޢުލޫމާތުދެއްވާ
 ފާނަ ބަސަންދަކީ ނުހަނު ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެއްކަމުން ، މިދުވަސްވަރު މި ރޯގާއިން ސަލާމަތްވެ ރައްކާތެރިވުމުގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ނުކުރެވިއްޖެނަމަ ބުރުންޏާއި، ތ.އަތޮޅުގެ ރަށްތަކުގެ އިތުރުން ރާއްޖެ ތެރެއަށް ފެތުރިގެންދިއުމަކީ އެކަށީގެންވާ ކަމެކެވެ.
 ފާނަ ބަސަންދު ފެތުރިގެން ދިޔަ ނުދެއްވުމަށްޓަކައި ބަލިމީހުން ގެއިން ބޭރަށް ނުކުމެ ނޫޅުމަށާއި މި ރޯގާގެ ބަލިމީހުން ތިބޭ ގޭގޭގެ މީހުންނާއި ކުދިން ކޮންމެހެން ބޭނުމެއް ޖެހިގެންނޫނީ ގެއިން ބޭރަށް ނުދިއުމަށާއި  މިފަދަ ބަލިމީހުން ތިއްބަވާ ގޭގެއަށް ކުޑަކުދިން ގޮވައިގެން ޒިޔާރަތް ނުކުރެއްވުމާއި އަދި ބޮޑެތި މީހުންުންވެސް ޒިޔާރަތް ކުރަށްވާއިރު ވީހާވެސް ބަލައި ރަށްކާތެރިވެ އުޅުމަށާއި ކޮންމެހެން، ބަލިމީހުން ތިއްބަވާ ގެޔަކަށް ދާންޖެހިގެން މެނުވީ ނުދިއުމަށް ކަމާ ގުޅޭ ފަރާތްތަކުން އިރުސާދު ދެއްވައެވެ.
ފާނާ ބަސަންދަށް ސައްކުކުރެވޭ ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކުރަށްވާ ޑޮކްޓާރ އަށް ދެއްކެވުމަށްވެސް އިރުޝާދު ދެއްވާ!

ނޯޓް
ފާނަ ބަސަންދު ޖެހިފައިވާ ބޭފުޅުން ގޭގައި ކުރެވިދާނެ ބައެއްކަންތަށް އަދި ސަމާލްވާންވީ ބައެއް ކަންތަށް
·         ހިތިފަތް ގައިދަށުލައިގެން ނިދުން
·         ހިތިފަތުން ފެންވެރުން
·         ފާނަ ބަސަންދު ޖެހިފައިވަނީ ހަށިގަނޑު ގެ އެތެރެއަށްނަމަ ކޮތަނބިރި ފެން ބުއިން
·         އޯޓު މިލް ބާތު އިން ފެންވެރުން
·         ފާނަ ބަސަންދު ޖެހިފައި ވާ ބޭފުޅުން އެހެން ބޭފުޅުން އިށީނދެ އޮށޯވެ ހަދާ ތަންތަން ބޭނުން ނުކުރުން
·         ފާނަ ބަސަންދު ޖެހިފައިވާ  ބޭފުޅުން ގައި ކަހާ ނަހަދާ ވޭތޯ ބަލާށެވެ ކެހުމާކީ ލަކުނު ބޮޑުވާނެ ކަމެކެވެ.