މާތްކަލާނގެ ރުއްސުންލެއްވި
އުއްމު ސަލަމަތުގެ ކިބައިން ރިވާވެގެންވެއެވެ. ސަލާމާއި
ޞަލަވާތްލެއްވި އިތުރު ރަސޫލުﷲ(ޞައްލަﷲ ޢަލައިހި ވަސައްލަމް)
ގެފާނުން ޙަދީޘްފުޅު ކުރެއްވިއެވެ. އަންހެނަކު މަރުވާއިރު އެކަނބުލޭގެ ފިރިއާގެ ކިބައިން ރުހިގެންވާނަމަ އެކަނބުލޭގެ އަކީ ސުވަރުގެ ވަންތަ
މީހެކެވެ.
އަދިވެސް ޞަޙީޙު އިބްނު
ޙިއްބާންގައި މާތްކަލާނގެ ރުއްސުންލެއްވި އަބޫ
ހުރައިރަތުގެފާނުންގެ ކިބައިން ރިވާވެގެން ވެއެވެ. އަންހެނަކު ފަރްޟު ފަސްނަމާދުކޮށް އަދި ރަމަޟާންމަހު ރޯދަހިފައި އަދި އެކަނބުލޭގެ ފަރްޖު ހިލޭފިރިހެނުންގެ ކިބައިން ރައްކައުކޮށް އަދި ފިރިމީހާއަށް
ކިޔަމަންތެރިވެއްޖެ ކޮންމެ އަންހެނަކު ސުވަރުގޭގެ ދޮރުތަކުގެ
ތެރެއިން ހިތުހުރި ދޮރަކުން ވަންނަ ހުށިކަމެވެ. އަދިވެސް
މާތްރަސްކަލާނގެ ރުއްސުންލެއްވި ޢާއިޝާ ޞިއްދީޤާ ރަޟިޔަﷲ ޢަންހާގެ
ކިބައިން ރިވާވެގެންވެއެވެ. އެއްދުވަހަކު ތިމަންކަމަނާ އިތުރު ރަސޫލުﷲ(ޞައްލަﷲ ޢަލައިހި ވަސައްލަމް) ގެފާނުންގެ އަރިހުގައި
ދަންނަވައިފީމެވެ. މީސްތަކުންގެ ތެރެއިން އަންހެނާގެ މައްޗަށް
އެންމެ ޙައްޤުކަންބޮޑީ ކާކުތޯއެވެ؟ އެހިނދު އިތުރު ރަސޫލުﷲ
ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރެއްވިއެވެ. އެކަނބުލޭގެ
ފިރިމީހާއެވެ. ދެން އޭގެ ފަހުގައި ތިމަންކަމަނާ ދަންނަވައިފީމެވެ. މީސްތަކުންކުރެން ފިރިހެނާގެ މައްޗަށް އެންމެ ޙައްޤުކަންބޮޑީ ކާކުތޯއެވެ. ޖަވާބުގައި ޙަދީޘްފުޅު ކުރެއްވިއެވެ. އެއީ އެމީހާގެ މަންމައެވެ.
ނޯޓް: މިއީ ދަރުމަ މަޖައްލާއިން ނަގާފައިވާ ލިޔުމެކެވެ.
No comments:
Post a Comment
ޝުޢޫރުފާޅުކުރައްވާ ، ޙިޔާލުދެއްވާ