ފުރަތަމަ ޞަފްޙާ

ބޭ ކޮރަސް ކޭމެއް ކޮރެއްނުވާނެ. ޤަދުސަމިޢު މިހާ ވަރިއްޔާ ޤާލަފަމާ ކިހާވަރެއް ވާނެބާ

29 June, 2014

ތެލުލި ކުޅި ބަތް


ބޭނުންވާ ތަކެތި
1 ލާހި ހިއްކި ބަތް
1 ފިޔާ ( ކުދިކޮށް ކޮށާފައި (
1 ގިތެޔޮމިރުސް ( ކުދިކޮށް ކޮށާފައި(
މަސްމިރުސް

ރިހާކުރު
އަސޭމިރުސް
ހިކަނދިފަތް ( ކުދިކޮށް ކޮށާފައި (
ލުނބޯ
ތެޔޮ
ތައްޔާރުކުރާނެ ގޮތް
ފުރަތަމަ ބަތް ތެލުލާށެވެ. ( ފަހަރަކު ހިއްކި ބަތް ސަމްސަލެއް އަޅުއްވައިގެން ތެލުލުމުން ފަސޭހަވާނެއެވެ. ) ފިޔާ،  ގިތެޔޮމިރުސް، ހިކަނދިފަތް ތެރެއަށް ލުނބޯ ޖައްސަވައިގެން މޮޑުއްވާށެވެ. އަދި އަސޭމިރުސް، މަސްމިރުސް، ރިހާކުރު އެއްކުރުމައްފަހު ލޮނު ހެޔޮވަރު ކުރައްވާށެވެ.  އެއައްފަހު ތެލުލެއްވި ބަތް އެއްކޮށްލައްވާށެވެ.
ނޯޓް: ކައްކާފައި ބާކީ ވާ ބަތް އުކާލުމުގެ ބަދަލުގައި މިގޮތައް ވެސް ބަތް ބޭނުން ކުރެވިދާނެއެވެ. އިސްރާފު ކުރުމުގެ ނުބައި އާދައިން ސަލާމަތް ވުމަށް މިއީވެސް ގޮތެކެވެ.