Skip to main content

މައުމޫމުން ސޫރަތުލްފާތިޙާ ކިޔަވަން ޖެހޭނެތޯ؟



އިމާމު މީހާ އާއި އެކަނިހުރެ ނަމާދުކުރާ މީހާ ގެ ޙައްގުގައި ސޫރަތުލްފާތިޙާ ކިޔެވުމަކީ ނަމާދުގެ ރުކުނެކެވެ. މިކަމާއި މެދުގައި ޢިލްމުވެރިންގެ މެދުގައި އެއްވެސް ޚިލާފެއް ނެތެވެ. ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (لا صَلاة لِمَنْ لَمْ يَقْرَأْ بِفَاتِحَةِ الْكِتَابِ) މާނައަކީ: “ފާތިޙަތުލް ކިތާބި (ސޫރަތުލްފާތިޙާ) ނުކިޔަވާ މީހަކަށް ނަމާދެއް ނުވެއެވެ”.


ނަމަވެސް ޖަހްރިއްޔަ ނަމާދެއްގައި މައުމޫމުވެހުރެ ނަމާދު ކުރާ މީހާ ސޫރަތުލް ފާތިޙާ ކިޔަވަން ޖެހޭނެތޯ ނުވަތަ ނޫންތޯ، މިކަމާއި މެދުގައި ޢިލްމުވެރިންގެ މެދުގައި ކުޑަ ޚިލާފެއް އެބަހުއްޓެވެ.
ފުރަތަމަ ރައުޔު: އެއީ ވާޖިބެއް ކަމަށް ދެކިލެއްވުން. މި ބޭކަލުންގެ ދަލީލަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ޙަދީޘްފުޅެވެ. (لا صَلاة لِمَنْ لَمْ يَقْرَأْ بِفَاتِحَةِ الْكِتَابِ) މާނައަކީ: “ފާތިޙަތުލް ކިތާބި (ސޫރަތުލްފާތިޙާ) ނުކިޔަވާ މީހަކަށް ނަމާދެއް ނުވެއެވެ”. އަދި ނުބައިކޮށް ނަމާދު ކުރި މީހާ އަށް ނަމާދު ކުރާނެގޮތް އުގަންނައި ދެއްވަމުން ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އޭނާ އަށް ސޫރަތުލް ފާތިޙާ ކިޔެވުމަށް އަމުރު ކުރެއްވިއެވެ. އަދިވެސް އެކަލޭގެފާނުގެ ކިބައިން ވާރިދުވެފައިވެއެވެ. عَنْ عُبَادَة ” أَنَّ النَّبِيَّ – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – ثَقُلَتْ عَلَيْهِ الْقِرَاءَةُ فِي الْفَجْرِ , فَلَمَّا فَرَغَ قَالَ : لَعَلَّكُمْ تَقْرَءُونَ خَلْفَ إِمَامِكُمْ ؟ قُلْنَا : نَعَمْ . قَالَ : فَلَا تَفْعَلُوا إِلا بِفَاتِحَةِ الْكِتَابِ , فَإِنَّهُ لا صَلاةَ لِمَنْ لَمْ يَقْرَأْ بِهَا ) މާނައަކީ: ޢުބާދާ- ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ. ފަތިސްނަމާދުގައި ކިޔަވައި ވިދާޅުވުމަށް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް ދަތިފުޅުވިއެވެ. ދެން އެކަލޭގެފާނު ނަމާދުން އަވަދިވެވަޑައިގެން ޞަޙާބީންނާއި މުޚާޠަބު ކުރައްވާ ޙަދީޘް ކުރެއްވިއެވެ. “ތިޔަބައިމީހުން އިމާމާގެ ފަހަތުން ކިޔަވަނީ ހެއްޔެވެ؟”، ޞަޙާބީން ދެންނެވިއެވެ. “އާއެކެވެ”، ޙަދީޘް ކުރެއްވިއެވެ. “ފާތިޙަތުލް ކިތާބި ގައި މެނުވީ އެހެން ނުހަދާށެވެ. އެހެނީ، ހަމަކަށަވަރުން ސޫރަތުލް ފާތިޙާ ނުކިޔަވާ މީހަކަށް ނަމާދެއް ނުވެއެވެ”.
ދެވަނަ ރައުޔު: އިމާމު މީހާގެ ކިޔެވުމަކީ މައުމޫމުންނަށްވެސް ކިޔެވުމެކެވެ. މާނައަކީ އިމާމް މީހާ ސޫރަތުލް ފާތިޙާ ކިޔެވުމުން މައުމޫމުންގެ މަތިން ފުދޭނެއެވެ. މި ބޭކަލުންގެ ދަލީލަކީ ސޫރަތުލް އަޢަރާފްގެ 204 ވަނަ އާޔަތެވެ. (وَإِذَا قُرِئَ الْقُرْآنُ فَاسْتَمِعُوْا لَهُ وَاَنْصِتُوْا لَعَلَّكُمْ تُرْحَمُوْنَ) މާނައަކީ: “ގުރްއާން ކިޔެވޭނަމަ އެޔަށް ކަނުލާ އަޑު އަހަންތިބޭށެވެ. ތިޔަބައިމީހުންނަށް ރަޙްމަތްލައްވާތޯއެވެ”.
އަބޫމޫސަލްއަޝްޢަރީގެ ކިބައިން އަލްއިމާމް މުސްލިމް ރިވާ ކުރެއްވި ޙަދީޘެއްގައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (وَإِذَا قَرَأَ فَأَنْصِتُوا) މާނައަކީ: ” އިމާމު މީހާ ކިޔަވާނަމަ ކަނުލާ އަޑުއަހަން ތިބޭށެވެ”، އަދިވެސް އެބޭކަލުންގެ ދަލީލު ތަކުގެ ތެރޭގައި ކީރިތި ރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ޙަދީޘް ފުޅު ހިމެނިގެންވެއެވެ. އެއީ (مَنْ كَانَ لَهُ إِمَامٌ فَقِرَاءَةُ الْإِمَامِ لَهُ قِرَاءَةٌ ) މާނައަކީ: “އެމީހެއްގެ އިމާމަކު ހުރިނަމަ، އިމާމު މީހާގެ ކިޔެވުމަކީ މައުމޫމުންނަށްވެސް ކިޔެވުމެކެވެ”. ނަމަވެސް މިއީ ޟަޢީފް ޙަދީޘެއް ކަމަށް ގިނަ ޢިލްމުވެރިން ވިދާޅުވެއެވެ.
މި ދަލީލުތަކަށް ބުރަވެ ވަޑައިގެން އިމާމް މާލިކްފަދަ ބައެއް ޢިލްމުވެރިން ދެކިލައްވާ ގޮތުގައި އިމާމު މީހާ ކިޔަވާ ހިނދުގައި މައުމޫމުން ތިބެންޖެހޭނީ ކިޔަވާ އަޑު އަހާށެވެ. މައުމޫމުން ކިޔަވާކަށް ނުޖެހޭނެއެވެ.
ނަމަވެސް މައުމޫމުންވެސް ސޫރަތުލްފާތިޙާ ކިޔަވަން ޖެހޭނެ ކަމަށް ވިދާޅުވާ ޢިލްމުވެރިން ވިދާޅުވަނީ މައުމޫމުން ކިޔަވާނީ އިމާމްމީހާ ސޫރަތުލްފާތިޙާ ކިޔަވައި ނިމި، އަނެއް ސޫރަތްފެށުމާއި ދެމެދުގައި ލިބޭ ހުސްވަގުތުކޮޅުގައި ކަމަށެވެ.
އަލްޢައްލާމާ އިބްނުބާޒް- ރަޙިމަހުﷲ- ވިދާޅުވިއެވެ. “މައުމޫމުން ކިޔަވާނީ އިމާމް މީހާ ނުކިޔަވާ ވަގުތު ތަކުގައެވެ. މިފަދަ ވަގުތެއް ނުލިބުނު ކަމުގައި ވީނަމަވެސް މައުމޫމުން ސޫރަތުލްފާތިޙާ ކިޔަވަންވާނެއެވެ. އިމާމު މީހާ އަނެއް ސޫރަތް ފެށިކަމުގައި ވީނަމަވެސް ސޫރަތުލްފާތިޙާ ފުރިހަމަ ކުރަންވާނެއެވެ. މިއީ ޢިލްމުވެރިންގެ ދެ ގައުލުގެ ތެރެއިން އެންމެ ޞައްޙަކަން ބޮޑު ގޮތެވެ.
ތަރްޖީޙު:
އިސްވެދިޔަ ދަލީލުތަކަށް ބަލާއިރު ބޮޑަށް ބުރަވެވެނީ އިމާމު މީހާ އާއި މައުމޫމުން އަދި އެކަނި ހުރެ ނަމާދު ކުރާމީހާ ވެސް ސޫރަތުލްފާތިޙާ ކިޔަވަން ޖެހޭނެ ކަމަށެވެ. ޤުރްއާން ކިޔެވޭ ހިނދު އަޑު އަހަން އައިސްފައިވާ ރިވާޔަތް ތަކަކީ ޢާއްމު ދަލީލުތަކެކެވެ. ސޫރަތުލްފާތިޙާ އާއި އެހެނިހެން ސޫރަތްތައްވެސް ހިމެނޭގޮތަށެވެ. އެހެންކަމުން އިމާމު މީހާ ސޫރަތުލްފާތިޙާ ކިޔަވާ ނިމުމުން މައުމޫމުން ސޫރަތުލްފާތިޙާ ކިޔަވާނީއެވެ. އޭގެފަހުން އިމާމް މީހާގެ ކިޔެވުން އަޑުއަހަން ހުންނާނީއެވެ. ކޮންމެ ގޮތަކުންނަމަވެސް ސޫރަތުލްފާތިޙާ ކިޔަވަންވާނެއެވެ. والله أعلم.


Comments

Popular posts from this blog

ގިތެޔޮ ބޯކިބާ

ގިތެޔޮ ބޯކިބާ ބޭނުންވާ ތަކެތި 2 ޖޯޑު ހަނޑޫ ( ވ ހިމުންކޮށް ފުނޑާފައި ) 2 ޖޯޑު ހަކުރު 2 ފިޔާ ( ތުނިކޮށް ކޮށާފައި ) 2 ޖޯޑު ކާށި ކިރު 2 އިންޗި ފޮނިތޮށި 5 ކާފޫރު ތޮޅި 5 އިންޗި ރާނބާފަތް ( ބުރިބުރިކޮށްފައި ) 2/1 ޖޯޑު ކަނަމަދު ( ދެފަޅި ކޮށްފައި ) 1 ޖޯޑު މާފެން ( ނުވަތަ އެސެންސް. ބޮޑަށް މީރުވާނީ މާފެން ) 2 މޭޒުމަތީ ސަމްސާ ގިތެޔޮ ތައްޔާރުކުރާނެ ގޮތް

އާޅެން

( ކަމެއްކުރަން ހިޔްވަރު ހުރިއްޔާ އެކަމެއް ވާނެ ގޮތްވެސް އޮށްނާނެ ) 1 އަހަރެން ކަލާއަށްޓަކައިވީ ފުންލޯބި ² ނެތި ހިނގައްޖެއެވެ. އަދި މިހިތުގައި ވަނީ ނަފުރަތެވެ. 3 އެއްދުވަހުން އަނެއްދުވަހައް ދަނީ އިތުރުވަމުންނެވެ. އަހަރެންނަށް ކަލާ ފެންނަ ހިނދު ⁴ ކަލާ އާއި ދިމާއަށް ބަލާކަށްވެސް ބޭނުމެއް ނޫނެވެ. 5 މިހަރު އަހަރެން ކުރަންބޭނުންވާ ހަމަ އެކަނިކަމަކީ ⁶ އެހެން އަންހެން ކުދިންނަށް ބެލުމެވެ. އަހަރެން އެއްއިރެއްގައިވެސް ބޭނުންނުވާ ކަމެއްއޮތެވެ. 7 ކަލާއާއި ކައިވެނިކުރުމެވެ. އަހަރެމެންގެ އެއްމެފަހުގެ ބައްދަލުވުމުގައި ދެކެވުނު ވާހަކަ ތަކުން ⁸ އަހަރެން އިތުރަށް ފޫހިވެއްޖެއެވެ. 9 އިތުރަށް ކަލާ ދިރިއުޅުން ހުންނަގޮތް އެނގިގެން ހިނގައްޖެއެވެ. ¹⁰ ކަލާ ވިސްނަނީ ހަމައެކަނި އަމިއްލަ ނަފްސާދޭތެރޭގައެވެ. 11 އަހަރުމެން ދެމީހުން ކައިވެނި ކޮށްފިނަމަ. ¹² ދިރިއުޅުމަކީ ބޮޑު ހައިޖާނު ގަނޑަކަށްނޫނީނުވާނެއެވެ. 13 މީ ކަލާވެސް އަދި އަހަރެންވެސް އެންމެ ބޭނުންވާ ގޮތްނޫންހެއްޔެވެ.

އަޅުގަނޑު ހައިރާންވަނީ ތިބޭފުޅުން ހައިރާންނުވާތީއެވެ.

ޖޯރޖް އަކީ އުމުރުން 50 އަހަރު ވެފައިވާ ދުޅަހެޔޮ ޞިއްޙަތެއްގެ ވެރިއެކެވެ. އޭނައަކީ ދެއަންހެންކުދިންނާއި ފިރިހެން ކުއްޖެއްގެ ބައްޕައެކެވެ. އޭނާގެ މި ކުޑަކުޑަ އާއިލާ ދިރިއުޅެމުން ގެންދަނީ އެމެރިކާގެ ވޮޝިންޓަނުގައެވެ. ޙައްޖުމަސް ކައިރިވުމާއެކު ޖޯރޖްއާއި އޭނާގެ ޢާއިލާގެ ހުރިހާ މެމްބަރުންވެސް މިއަހަރުގެ ޢީދުދުވަހަކީ ކޮބައިތޯ ބެލުމަށްޓަކާ ލައިވް އިސްލާމީޚަބަރު ޗެނަލްތަކާއި ނޫސްމަޖައްލާތައް ބަލަންފެށިއެވެ. ޖޯރޖް ރޭޑިއޯ ޗެނަލްތައް އަޑުއަހަމުން ދިޔައިރު، ކުދިންގެ މަންމަ ދިޔައީ ޓީވީ ޗެނަލްތައް ބަލަމުންނެވެ. އަދި ކުދީންތައް ދިޔައީ އިސްލާމީ ވެބްސައިޓުތައް ބަލަމުންނެވެ. އިސްލާމީ މުއައްސަސާއެއްގެ ނަމްބަރު އޮތްނަމަ ކިހާރަނގަޅުހޭ އެމީހުންގެ ހާލުގެ ދުލުން ބުނަމުންދާކަހަލައެވެ. މި އަހަރުގެ އަޟްޙާ ޢީދުދުވަހަކީ ކޮބައިތޯ ސާފުކުރުމަށްޓަކައެވެ.