Skip to main content

ވަގުތު ފާއިތުވުމުގެ ކުރިން


الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. نبينا وحبيبنا وقدوتنا محمد   وعلى آله  وأصحابه  ومن تبعهم بإحسان إلى يوم الدين. أما بعد.
ﷲ ތަޢާލާގެ ފޮތަށް ބަލައިފިމީހަކަށް އެއިލާހު ވަގުތުތައް ގަންދެއްވަވައި ހުވާ ވަޙީ ކުރައްވަވާފައިވާތަން ފެންނާނެއެވެ.ފަތިސްވަގުތު ގަންދެއްވަވައި އެއިލާހު ވަޙީކުރައްވަވާފައިވެއެވެ.) وَالْفَجْرِ(  ޟުޙާވަގުތު ގަންދެއްވަވައި އެއިލާހު ވަޙީ ކުރައްވަވާފައިވެއެވެ.)  وَالضُّحَى (މެންދުރުވަގުތު ގަންދެއްވަވައި އެ އިލާހު ވަޙީ ކުރައްވަވާފައިވެއެވެ.) وَالنَّهَارِ إِذَا تَجَلَّى( ހަވީރު ވަގުތު ގަންދެއްވަވައި އެއިލާހު ވަޙީ ކުރައްވަވާފައިވެއެވެ.)  وَالْعَصْرِ (އަދި ރޭގަނޑުގެ ވަގުތު ގަންދެއްވަވައި އެއިލާހު ވަޙީ ކުރައްވަވާފައިވެއެވެ.)وَاللَّيْلِ إِذَا يَغْشَى (މިއިން ދޭހަވަނީ ކޮން އެއްޗެއްތޯއެވެ؟ އިސްލާމްދީނުގައި ވަގުތަށް ދެވިފައިވާ އަހަންމިއްޔަތުކަމެވެ. ވަގުތަށް ދެވިފައިވާ ޤަދަރެވެ. އެހެނީ ﷲ ތަޢާލާ އެއްޗެއް ގަންދެއްވަވާނީ އެ އިލާހުގެ ޙަޟްރަތުގައި އެއަށް ދެވިފައިވާ ޤަދަރެއްގެ މަތިވެރިކަން ބަޔާންކޮށް ދެއްވެވުމަށްޓަކައެވެ.
އާދެ ! ވަގުތަކީ ވަރަށް އަގުހުރި އެއްޗެކެވެ. އެއީ އިންސާނާގެ ރައުސުލްމާލެވެ. އޭނާގެ ޙަޔާތެވެ. މިދުނިޔޭގައި އޭނާ ވޭތުކުރާ ކޮންމެ ވަގުތުކޮޅަކީ އޭނާގެ ޙަޔާތުން މަދުވެގެންދާ ވަގުތުކޮޅެކެވެ. އަޖަލާ ގާތްކުރާ ވަގުތުކޮޅެކެވެ. އަލް އިމާމް ޙަސަނުލްބަޞަރީ ރަޙިމަހުﷲ ގެ ބަސްފުޅެއްގައި އައިސްފައިވެއެވެ.  يا ابن آدم أنت أيام، كلما ذهب يوم منها ذهب بعضك، ويوشك إذا ذهب بعضك أن يذهب كلك وأنت لا تعلم، فاعمل، فاليوم عمل ولا حساب، وغدا حساب ولا عمل  " އޭ އާދަމުގެ ދަރިޔާއެވެ. ތިބާއަކީ ދުވަސްތަކެކެވެ. ފާއިތުވެގެންދާ ކޮންމެ ދުވަހަކީ ތިބާގެ ޢުމުރުން މަދުވެގެންދާ ދުވަހެކެވެ. އަދި ތިބާ ޣާފިލުކަމުގެ ނިދިން ނިދާފައި އޮއްވާ، ދުވަސްތައް މަދުވަމުން މަދުވަމުންގޮސް، ތިބާގެ ނިމުން އައިސް ތިބާއާ ބައްދަލުކޮށްފާނެތެވެ. އެހެންވީމާ (ޣާފިލުކަމުގެ ނިދިން ހޭލައި) ހެޔޮ ޢަމަލުކުރާށެވެ. އެހެނީ މިއަދު(ދުނިޔޭގައި) އޮތީ ޢަމަލެވެ. ޙިސާބެއް ނެތެވެ. އަދި މާދަމާ (އާޚިރަތުގައި) އޮތީ ޙިސާބެވެ. ޢަމަލެއް ނެތެވެ."  ނަމަވެސް މިކަމާ މެދު ވިސްނާ ފިކުރު ކުރަނީ ކޮންބައެއްތޯއެވެ؟ މިއިން ޢިބްރަތް ޙާޞިލުކުރަނީ ފަހެ ކޮންބައެއްތޯއެވެ؟
މީސްތަކުން މިވަނީ ދުނިޔޭގެ ކެހިވެރިމަޅިތަކުގައި ޖެހިފައެވެ. ޝައިޠާނާގެ ވަސްވާހަށް ތަބާވެފައެވެ. ޝަހުވަތުގެ ކަނޑަށް ޣަރަޤު ވެފައެވެ. ކުޅިވަރާއި މަޖަލަށް ގެއްލިފައެވެ. އެބައިމީހުންދަނީ އުފާ ފާޅުކުރަމުންނެވެ. އުފަންދުވަހުގެ ޕާރޓީތައް ބާއްވަމުންނެވެ. ކައިވެންޏާއި އެހެނިހެން ކަންތަކަށް އަހަރުފުރުމުގެ މުނާސަބަތުތައް ފާހަގަކުރަމުންނެވެ. އެއީ އެބައިމީހުންގެ ޢުމުރުން މަދުވާ ދުވަސްތަކެއްކަން އެބައިމީހުންނަކަށް އިޙްސާސެއްނުކުރެވެއެވެ. އެބައިމީހުންނަށް ވަގުތުގެ އަގު ވަޒަނެއްނުކުރެވެއެވެ. عن ابن  عباس رضي الله عنهما قال: قال رسول الله: نعمتان مغبون فيهما كثير من الناس: الصحة والفراغ  އިބްނު އައްބާސް ރަޟިޔަﷲ ޢަންހުމާ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅުކުރެއްވެވިއެވެ. " ގިނަ ބަޔަކަށް އޭގެ އަގު ވަޒަންނުކުރެވޭ (އެއަށް ފަރުވާކުޑަކޮށްފައިވާ) ދެ ނިޢުމަތެއްވެއެވެ. އެއީ ޞިއްޙަތާއި ހުސްވަގުތެވެ."
އާދެ! މަދުބަޔަކަށް މެނުވީ، ނިޢުމަތްތަކުގެ އަގު ވަޒަންކުރެވެނީ އެ ނިޢުމަތްތަކުން މަޙުރޫމުވުމުންނެވެ. ލޮލުގެ ނިޢުމަތުގެ އަގު ވަޒަންކުރެވެނީ ލޯ ފަންވީމައެވެ. ސިއްޙަތުގެ ނިޢުމަތުގެ އަގު ވަޒަންކުރެވެނީ ބަލިވީމައެވެ. އަދި ވަގުތުގެ ނިޢުމަތުގެ އަގުވަޒަން ކުރެވެނީ އެ ނިޢުމަތުން މަޙުރޫމުވުމުންނެވެ. އާދެ، މަރުވުމުންނެވެ. ޤަބުރުތަކުގެ އަހުލުވެރިންގެ ހަޅޭކުގެ އަޑު އިވޭނަމަ، މިކަން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެގުނީހެވެ. ދުނިޔޭގައި ބޭކާރުގޮތުގައި ނަގާލި ވަގުތުތަކާމެދު އެބައިމީހުންދަނީ ހިތާމަ ކުރަމުންނެވެ. އަދިއެއްފަހަރު އެވަގުތު ލިބޭނޭނަމަ ކިހާ ރަނގަޅުހޭ ބުނަމުންނެވެ.) رَبَّنَا أَخْرِجْنَا نَعْمَلْ صَالِحًا غَيْرَ الَّذِي كُنَّا نَعْمَلُ (" އޭ އަޅަމެން ހައްދަވައިގެންގުޅުއްވަވާ އިލާހެވެ. އަޅަމެން ކުރަމުންގެންދިޔަ (ނުބައި)ޢަމަލުތަކާއި ޚިލާފަށް ޞާލިހު ޢަމަލުކުރުމަށްޓަކައި، އަޅަމެން (ނަރަކައިން)ނެރުއްވަވާފާނދޭވެ.(އަދިއެއްފަހަރު ދުނިޔެއަށް ފޮނުއްވަވާފާނދޭވެ.)"
ނިޢުމަތްތަކުގެ އަގު ވަޒަންކުރެއްވެވި ބޭކަލުން، އެބޭކަލުންގެ ވަގުތުން އެންމެ ސިކުންތެއްވެސް ބޭކާރު ގޮތުގައި ހޭދަވެގެންދިޔަނުދެއްވެވުމަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވެވިއެވެ. އަލް އިމާމް ޙަސަނުލްބަޞަރީ ރަޙިމަހުﷲ ވިދާޅުވިއެވެ.( لقد أدركت أقواماً كانوا على أوقاتهم أشد حرصاً منكم على أموالكم) " ތިޔަބައިމީހުން މުދަލަށް ރައްކާތެރިވާވަރަށްވުރެ ބޮޑަށް އެބައިމީހުންގެ ވަގުތުތަކަށް ރައްކާތެރިވެލައްވާ ބޭކަލުންތަކަކާ ތިމަންކަލޭގެފާނަށް ބައްދަލުވިއެވެ." އެބޭކަލުންގެ ވަގުތުތައް އެބޭކަލުން ހޭދަކުރެއްވެވީ ޢިލްމު އުނގެނިވަޑައިގަތުމުގައެވެ. ނުވަތަ ޢިލްމު އުގަންނަވައި ދެއްވެވުމުގައެވެ. ނުވަތަ އަޅުކަންކުރެއްވެވުމުގައެވެ. ޚަޠީބުލްބަޣްދާދީ ރަޙިމަހުﷲ އަށް ބައްލަވާށެވެ. އެކަލޭގެފާނު މަގުމަތިން ހިންގަވާ ވަޑައިގަންނަވާއިރުވެސް ވަޑައިގަންނަވަނީ ފޮތެއް މުޠާލަޢާ ކުރައްވަވަމުންނެވެ. އަދި އިބްނުރަޖަބް އަލްހަންބަލީ ރަޙިމަހުﷲ އަށް ބައްލަވާށެވެ. އެކަލޭގެފާނު އަވަހާރަވުމަށްފަހު އެކަލޭގޭފާނު ލިޔުއްވަވާފައިވާ ފޮތްތައް އެކަލޭގެފާނުގެ މުޅި ޢުމުރަށް ބަހާލެވުނު އިރު ކޮންމެ ދުވަހަކަށް ނުވަފޮތް ވެއެވެ. އަދި ޖަޢުފަރު ބިން ޢަލީ ރަޙިމަހުﷲ އަށް ބައްލަވާށެވެ. އިމާމް މާލިކު ރަޙިމަހުﷲ ވިދާޅުވިއެވެ.  ( ما دخلت على جعفر بن علي إلا وجدته على إحدى ثلاث: إما قائماً يصلي، أو جالساً يقرأ القرآن، أو جالساً يذكر الله)  " ޖަޢުފަރުބިން ޢަލީ ރަޙިމަހުﷲ، ނަމާދު ކުރައްވަވަން ނުވަތަ ޤުރުއާން ކިޔަވާ ވިދާޅުވާން ނުވަތަ ޒިކުރުކުރައްވަަވަން ނުހުންނަވާ ވަގުތެއްގައި ތިމަންކަލޭގެފާނަށް، އެކަލޭގެފާނުގެ އަރިހަށް ނުދެވެއެވެ."

 އެއިންބޭކަލެއްގެ ވަގުތުން އެންމެ ހިނދުކޮޅެއްވެސް ފައިދާއެއްނެތް ގޮތުގައި ހޭދަ ކުރެވިއްޖެއްޔާ، އެބޭކަލުން އެކަމާއި ރޮއެ ހިތާމަ ކުރައްވަވައެވެ. އިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. (ما ندمت على شيء ندمي على يوم غربت شمسه، نقص فيه أجلي ولم يزد فيه عملي). " ތިމަންކަލޭގެފާނުގެ (ހެޔޮ) ޢަމަލު އިތުރުނުވެ،  ޢުމުރުން ފާއިތުވާ ދުވަހެއްގެ މައްޗަށް ތިމަންކަލޭގެފާނު ހިތާމަ ކުރައްވާ ވަރަށް، އެއްވެސް ކަމަކާ ތިމަންކަލޭގެފާނު ހިތާމަ ނުކުރައްވަމެވެ."
އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މި ކަންތައްތަކުން ޢިބްރަތްލިބިގަނެ، ވަގުތުގެބޭނުން ހެޔޮގޮތުގައި ހިއްޕަވާށެވެ. ގެއްލިއްޖެ ވަގުތެއް އަނބުރާ ނުލިބޭނެއެެވެ. އަލް އިމާމް ޙަސަނުލްބަޞަރީ ރަޙިމަހުﷲ ގެ ބަސްފުޅެއްގައި އައިސްފައިވެއެވެ. "ما من يوم ينشق فجره إلا وينادى: (يا ابن أدم أنا يوم جديد وعلى عملك شهيد فاغتنمني وتزود مني، فأنا لا أعود إلى يوم القيامة ) " ހާލުގެ ދުލުން، ' އޭ އާދަމުގެ ދަރިޔާއެވެ. އަހަންނަކީ އާ ދުވަހަކީމެވެ. އަދި ތިބާގެ ޢަމަލުގެ މައްޗަށްވާ ހެކިވެރިޔަކީމެވެ. އަހަރެންގެ ބޭނުން ހެޔޮގޮތުގައި ހިފައި (އާޚިރަތަށްޓަކައި) ކޮއްތު އިތުރުކުރާށެވެ. ފަހެ ޤިޔާމަތާއި ޖެހެންދެން އަހަރެން ދެން އެނބުރި ނާންނާނަމެވެ.' ނުބުނާ ދުވަހަކަށް ފަޖުރު ނުލައެވެ." އެހެންކަމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އުއްމަތަށް ނަޞޭޙަތްދެއްވަވާ ވަޞިއްޔަތް ކުރައްވަވާފައެވެ. އެއީ ޢުމުރުގެ އެންމެ ފަހު ސިކުންތުކޮޅުކަމުގައި ވިއަސްމެއެވެ. އެކަލޭގެފާނުގެ ޙަދީޘްފުޅެއްގައި އައިސްފައިވެއެވެ.  ( إن قامت الساعة وبيد أحدكم فسيلة، فإن استطاع ألا تقوم حتى يغرسها فليفعل ). " ތިޔަބައިމީހުންގެ ތެރެއިން މީހެއްގެ އަތުގައި ކުޑަ ކަދުރު ރުކެއް އޮއްވާ ޤިޔާމަތުގެ ވަގުތު ޖެހުނަސް، އޭނާއަށް ކުޅަދާނަކަން ލިބިގެންވާނަމަ އެ އިންދާފައި ނޫނީ ނުތެދުވާށެވެ."
އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ދާއިމީ ދުނިޔެ ބާއްޖަވެރި ކުރުމަށްޓަކައި، މި ފަނާވަނިވި ދުނިޔޭގައި ލިބިފައިމިވާ ކުޑަ ވަގުތުކޮޅުގެ ބޭނުން އޭގެ އެންމެ ފުރިހަމަގޮތުގައި ހިއްޕަވާށެވެ. )كُلُوا وَاشْرَبُوا هَنِيئًا بِمَا أَسْلَفْتُمْ فِي الْأَيَّامِ الْخَالِيَةِ(" ދުނިޔޭގައި ތިޔަބައިމީހުން ހޭދަކުރި ދުވަސްތަކުގައި ތިޔަބައިމީހުން ކުރި ހެޔޮ ޢަމަލުތަކުގެ ޖަޒާއެއްގެ ގޮތުން އަރާމުގައި ކައިބޮއި އުޅޭށެވެ." މިފަދައިން ބުނެވޭ މީހުންގެ ތެރެއިން ވުމަށް މަސައްކަތް ކުރައްވަވާށެވެ. އެންމެ ސިކުންތެއްވެސް ފައިދާއެއްނެތް ގޮތުގައި ހޭދަނުކުރައްވަވާށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅެއްގައި އައިސްފައިވެއެވެ. (ليس يتحسر أهل الجنة على شيء إلا على ساعةٍ مرت بهم لم يذكروا الله عز وجل فيها ) " ﷲ ގެ މަތިން ހަނދުމަނުކޮށް، ދުނިޔޭގައި ހޭދަކުރެވުނު ވަގުތުކޮޅުފިޔަވައި އެހެން އެއްވެސް ކަމަކާއި، ސުވަރުގޭގެ އަހުލުވެރިން ހިތާމަ ނުކުރާނެއެވެ."

އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ދުނިޔޭގައި، ﷲ ގެ އަމުރުފުޅުތަކާއި ޚިލާފުވެ، ފަނާވަނިވި ދުނިޔެއަށްޓަކާ އާޚިރަތް ވިއްކާލި މީހުން ދާންއޮތް ތަނަކީ ނަރަކައެވެ. އެހިނދު، ހެޔޮޢަމަލުކުރުމަށް ވަޢުދުވެ، އަދި އެއްފަހަރު ދުނިޔެއަށް ފޮނުއްވަވައި ދެއްވެވުން އެދި އެބައިމީހުން ރޯނެއެވެ. ދެންފަހެ ﷲ ތަޢާލާ އެބައިމީހުންނަށް ޖަވާބުގައި ވަޙީކުރައްވާނެތެވެ.  )أَوَلَمْ نُعَمِّرْكُم مَّا يَتَذَكَّرُ فِيهِ مَن تَذَكَّرَ وَجَاءكُمُ النَّذِيرُ فَذُوقُوا فَمَا لِلظَّالِمِينَ مِن نَّصِيرٍ( "ހަނދުމަކުރާނޭ މީހަކު ހަނދުމަކުރާހާ ދުވަހު ތިމަންއިލާހު ތިޔަބައިމިހުންގެ ޢުމުރު ނުދަންމަވަންތޯއެވެ؟ އަދި އިންޒާރުކުރައްވަވާނޭ ބޭކަލަކު ތިޔަބައިމީހުންގެ ގާތަށް ވަޑައިގަތެވެ. ފަހެ ތިޔަބައިމީހުން ޢަޒާބުގެ ރަހަލިބިގަންނާށެވެ. އަނިޔާވެރިންނަށް ނަޞުރުދެއްވަވާނޭ ފަރާތެއްނުވެއެވެ."

އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ސާޅީސް ނުވަތަ ފަންސާސް އަހަރުވަންދެން ދުނިޔޭގައި ހުންނަވާނޭކަމަށް އުއްމީދުނުކުރައްވަވާށެވެ.މިޖުމްލަ ކިޔާ ނުނިމެނީސްވެސް މަރާއި ބައްދަލުކުރަންޖެހިދާނެކަމަށް ވިސްނަވާށެވެ. މަޝްހޫރު ޅެންވެރިޔާ އަޙުމަދު ޝައުޤީ ވިދާޅުވެފައިވެއެވެ.
دقات قلب المرء قائلة له *** إن الحياة دقائق وثواني
ހިތުގެ ވިންދު އިންސާނާކައިރީ ބުނަމުންދެއެވެ. ހަމަކަށަވަރުން ޙަޔާތަކީ މިނެޓްތަކަކާއި ސިކުންތުތަކެކެވެ.
ހެދުނުވެއްޖެއްޔާ ހަވީރު ވަންދެން ދުނިޔޭގައި ހުންނަވާނޭކަމަށް އުއްމީދުނުކުރައްވަވާށެވެ. އަދި ހަވީރުވެއްޖެއްޔާ ހެދުނު ވަންދެން ދުނިޔޭގައި ހުންނަވާނޭކަމަށްވެސް އުއްމީދުނުކުރައްވަވާށެވެ. ހެޔޮ ޢަމަލުތައް، ފަހުންކުރުމަށް ލަސްނުކުރައްވަވާށެވެ. އޭ ލޮބުވެތި އުޚްތުންނޭވޭ! ޙައްޖުދުވަހު ނުވަތަ އަހަރުފެށޭ ދުވަހު ބުރުޤާ އެޅުއްވުމަށް ނުތިއްބަވާށެވެ. އެދުވަސް ޖެހުމުގެ ކުރިން މަރު އައިސް ބައްދަލުކޮށްފިއްޔާ ދެން ކުރާނެ ހަމަ އެއްކަމެއްވެސް ނޯންނާނެއެވެ. އަލްއިމާމް ޙަސަނުލްބަޞަރީ ރަޙިމަހުﷲ ވިދާޅުވިއެވެ. (إياك والتسويف فإنك في يومك ولست بغدك) " ' ސައުފަ ' (ފަހުންކުރާނަން ނުވަތަ ކުރާނަން)، މި ބަހުން ހުށިޔާރުވެ ރައްކާތެރިވާށެވެ. ފަހެ ހަމަކަށަވަރުން ތިބާ ތިހިރީ މިއަދުގައެވެ. މާދަމާއެއްގަނޫނެވެ." އަދި ސަލަފުންގެ އެހެންބޭކަލެއްގެ ކިބައިން ރިވާވެގެން އައިސްފައިވެއެވެ. (احذروا سوف فإنها من جنود إبليس) " ' ސައުފަ ' (ފަހުންކުރާނަން ނުވަތަ ކުރާނަން)، މި ބަހުން ހުށިޔާރުވެ ރައްކާތެރިވާށެވެ. ފަހެ ހަމަކަށަވަރުން އެއީ ޝައިޠާނާގެ ލަޝްކަރުގެ މީހެކެވެ."

تزود من التقوى فإنك لا تدري *** إذا جنّ ليل هل تعيش إلى الفجر
ތަޤުވާވެރިކާމާއި ހެޔޮޢަމަލު އިތުރުކުރާށެވެ. ރޭގަނޑުވެއްޖެއްޔާ ފަތިސްވަންދެން ދިރިހުންނާނޭކަމެއް ނޭނގެއެވެ.

Comments

Popular posts from this blog

ގިތެޔޮ ބޯކިބާ

ގިތެޔޮ ބޯކިބާ ބޭނުންވާ ތަކެތި 2 ޖޯޑު ހަނޑޫ ( ވ ހިމުންކޮށް ފުނޑާފައި ) 2 ޖޯޑު ހަކުރު 2 ފިޔާ ( ތުނިކޮށް ކޮށާފައި ) 2 ޖޯޑު ކާށި ކިރު 2 އިންޗި ފޮނިތޮށި 5 ކާފޫރު ތޮޅި 5 އިންޗި ރާނބާފަތް ( ބުރިބުރިކޮށްފައި ) 2/1 ޖޯޑު ކަނަމަދު ( ދެފަޅި ކޮށްފައި ) 1 ޖޯޑު މާފެން ( ނުވަތަ އެސެންސް. ބޮޑަށް މީރުވާނީ މާފެން ) 2 މޭޒުމަތީ ސަމްސާ ގިތެޔޮ ތައްޔާރުކުރާނެ ގޮތް

އާޅެން

( ކަމެއްކުރަން ހިޔްވަރު ހުރިއްޔާ އެކަމެއް ވާނެ ގޮތްވެސް އޮށްނާނެ ) 1 އަހަރެން ކަލާއަށްޓަކައިވީ ފުންލޯބި ² ނެތި ހިނގައްޖެއެވެ. އަދި މިހިތުގައި ވަނީ ނަފުރަތެވެ. 3 އެއްދުވަހުން އަނެއްދުވަހައް ދަނީ އިތުރުވަމުންނެވެ. އަހަރެންނަށް ކަލާ ފެންނަ ހިނދު ⁴ ކަލާ އާއި ދިމާއަށް ބަލާކަށްވެސް ބޭނުމެއް ނޫނެވެ. 5 މިހަރު އަހަރެން ކުރަންބޭނުންވާ ހަމަ އެކަނިކަމަކީ ⁶ އެހެން އަންހެން ކުދިންނަށް ބެލުމެވެ. އަހަރެން އެއްއިރެއްގައިވެސް ބޭނުންނުވާ ކަމެއްއޮތެވެ. 7 ކަލާއާއި ކައިވެނިކުރުމެވެ. އަހަރެމެންގެ އެއްމެފަހުގެ ބައްދަލުވުމުގައި ދެކެވުނު ވާހަކަ ތަކުން ⁸ އަހަރެން އިތުރަށް ފޫހިވެއްޖެއެވެ. 9 އިތުރަށް ކަލާ ދިރިއުޅުން ހުންނަގޮތް އެނގިގެން ހިނގައްޖެއެވެ. ¹⁰ ކަލާ ވިސްނަނީ ހަމައެކަނި އަމިއްލަ ނަފްސާދޭތެރޭގައެވެ. 11 އަހަރުމެން ދެމީހުން ކައިވެނި ކޮށްފިނަމަ. ¹² ދިރިއުޅުމަކީ ބޮޑު ހައިޖާނު ގަނޑަކަށްނޫނީނުވާނެއެވެ. 13 މީ ކަލާވެސް އަދި އަހަރެންވެސް އެންމެ ބޭނުންވާ ގޮތްނޫންހެއްޔެވެ.

އަޅުގަނޑު ހައިރާންވަނީ ތިބޭފުޅުން ހައިރާންނުވާތީއެވެ.

ޖޯރޖް އަކީ އުމުރުން 50 އަހަރު ވެފައިވާ ދުޅަހެޔޮ ޞިއްޙަތެއްގެ ވެރިއެކެވެ. އޭނައަކީ ދެއަންހެންކުދިންނާއި ފިރިހެން ކުއްޖެއްގެ ބައްޕައެކެވެ. އޭނާގެ މި ކުޑަކުޑަ އާއިލާ ދިރިއުޅެމުން ގެންދަނީ އެމެރިކާގެ ވޮޝިންޓަނުގައެވެ. ޙައްޖުމަސް ކައިރިވުމާއެކު ޖޯރޖްއާއި އޭނާގެ ޢާއިލާގެ ހުރިހާ މެމްބަރުންވެސް މިއަހަރުގެ ޢީދުދުވަހަކީ ކޮބައިތޯ ބެލުމަށްޓަކާ ލައިވް އިސްލާމީޚަބަރު ޗެނަލްތަކާއި ނޫސްމަޖައްލާތައް ބަލަންފެށިއެވެ. ޖޯރޖް ރޭޑިއޯ ޗެނަލްތައް އަޑުއަހަމުން ދިޔައިރު، ކުދިންގެ މަންމަ ދިޔައީ ޓީވީ ޗެނަލްތައް ބަލަމުންނެވެ. އަދި ކުދީންތައް ދިޔައީ އިސްލާމީ ވެބްސައިޓުތައް ބަލަމުންނެވެ. އިސްލާމީ މުއައްސަސާއެއްގެ ނަމްބަރު އޮތްނަމަ ކިހާރަނގަޅުހޭ އެމީހުންގެ ހާލުގެ ދުލުން ބުނަމުންދާކަހަލައެވެ. މި އަހަރުގެ އަޟްޙާ ޢީދުދުވަހަކީ ކޮބައިތޯ ސާފުކުރުމަށްޓަކައެވެ.