Skip to main content

އަންނަނީ ރަމަޟާން ކަރީމް




ނަފުސު ހޭލައްވާލަ ދޭށޭ އަންނަނީ ރަމަޟާން ކަރީމް 
      ޣަފުލަތާ ދުރުކޮށްލަދޭށޭ    އަންނަނީ ރަމަޟާން ކަރީމް 

ދެއްވި ފޯރުންތެރިކަމާއެކު ވެސް ތަދާ ހައިހޫނުގާ، 
      ކެތްކުރަން ތަމްރީނު ދޭށޭ  އަންނަނީ ރަމަޟާން ކަރީމް

ދަތިކަމާ ހިތިކަން ލިބޭ ދެރަ  ނިކަމެތީންގެ ޝުޢޫރުތައް 
       ކަތިނުލަން އިންޒާރު ދޭށޭ  އަންނަނީ ރަމަޟާން ކަރީމް 

ނުނިޔަތާ ކިބުރާ ބޮޑާކަން ނަފުސުތަކުގައި ރޯކުރާ 
       ގިނި މުޅިން ނިއްވާލަދޭށޭ  އަންނަނީ ރަމަޟާން ކަރީމް 

އަޚުކަމާ ކުލުނާއި ހަމަހަމަކަމުގެ ލޮބުވެތި ހިޔަލުގާ 
        އަޚުތަކުން ހެއްވާލަ ދޭށޭ  އަންނަނީ ރަމަޝާންކަރީމް 

އުރެދުމާ މަގުފުރެދުމާ ގުޅިފައިވި ހުރިހާ ބާރުތައް
        ދުރުދުރަށް ފައްސާލަދޭށޭ  އަންނަނީ ރަމަޝާން ކަރީމް

ކުރެވިދާނެތީ ކުށެއް ފާޙިޝް އެފަދަ ހުރިހައިނުބައި
        ދޮރުތަކެއް ލައްޕާލަދޭށޭ  އަންނަނީ ރަމަޟާން ކަރީމް 

އަޅުކަމާ ހެޔޮ ޒިކުރު ކުރުމާމެދު ވެވުނު އިހުމާލަކުން، 
        ފަޅުވިހިތް އާބާދު ކޮށްދޭށޭ  އައީ ރަމަޟާން ކަރީމް 

ޙުރުމަތާ އެކުގައި ތަދައްބުރު ކޮށްލުމަށް ޤުރުއާންކަރީމް
        ފުރުޞަތެއް ފަހިކޮށްލަދޭށޭ އަންނަނީ ރަމަޟާންކަރީމް 

ކޫރުތައް ފާފައިގެ ފޮހެލައި ރޫޙު ޠާހިރު ކޮށްލަދީ، 
        ނޫރުތައް ދިއްލައިލަދޭށޭ، އަންނަނީ ރަމަޟާން ކަރީމް 

އެރެޔަކުން އެއްހާސް އެތައް ގިނަ މައްސަރެއްގެ ސަވާބުދީ، 
     އެ ރެޔަކުން  ހަދިޔާ ކުރާށޭ އަންނަނީ ރަމަޟާން ކަރީމް  

ރަޙްމަތާ ތައުބާގެ ދޮރުކޮޅު ހުޅުވިފައިވާ ޙާލުގާ، 
        ރަޙްމަތުގެ މޭވާ ބަހާށޭ، އަންނަނީ ރަމަޟާން ކަރީމް 

އެ ފަދައެއް ނެތް އެންމެ މަތިވެރި ވީ އިލާހުގެ ޙަޟްރަތާ، 
        ނަފުސުތައް ގުޅުވާލަދޭށޭ، އަންނަނީ ރަމަޟާން ކަރީމް

Comments

  1. hevanee holhudhoo abdhulla hassan fennahen milhen kiyaalaa iru

    ReplyDelete

Post a Comment

ޝުޢޫރުފާޅުކުރައްވާ ، ޙިޔާލުދެއްވާ

Popular posts from this blog

ގިތެޔޮ ބޯކިބާ

ގިތެޔޮ ބޯކިބާ ބޭނުންވާ ތަކެތި 2 ޖޯޑު ހަނޑޫ ( ވ ހިމުންކޮށް ފުނޑާފައި ) 2 ޖޯޑު ހަކުރު 2 ފިޔާ ( ތުނިކޮށް ކޮށާފައި ) 2 ޖޯޑު ކާށި ކިރު 2 އިންޗި ފޮނިތޮށި 5 ކާފޫރު ތޮޅި 5 އިންޗި ރާނބާފަތް ( ބުރިބުރިކޮށްފައި ) 2/1 ޖޯޑު ކަނަމަދު ( ދެފަޅި ކޮށްފައި ) 1 ޖޯޑު މާފެން ( ނުވަތަ އެސެންސް. ބޮޑަށް މީރުވާނީ މާފެން ) 2 މޭޒުމަތީ ސަމްސާ ގިތެޔޮ ތައްޔާރުކުރާނެ ގޮތް

އާޅެން

( ކަމެއްކުރަން ހިޔްވަރު ހުރިއްޔާ އެކަމެއް ވާނެ ގޮތްވެސް އޮށްނާނެ ) 1 އަހަރެން ކަލާއަށްޓަކައިވީ ފުންލޯބި ² ނެތި ހިނގައްޖެއެވެ. އަދި މިހިތުގައި ވަނީ ނަފުރަތެވެ. 3 އެއްދުވަހުން އަނެއްދުވަހައް ދަނީ އިތުރުވަމުންނެވެ. އަހަރެންނަށް ކަލާ ފެންނަ ހިނދު ⁴ ކަލާ އާއި ދިމާއަށް ބަލާކަށްވެސް ބޭނުމެއް ނޫނެވެ. 5 މިހަރު އަހަރެން ކުރަންބޭނުންވާ ހަމަ އެކަނިކަމަކީ ⁶ އެހެން އަންހެން ކުދިންނަށް ބެލުމެވެ. އަހަރެން އެއްއިރެއްގައިވެސް ބޭނުންނުވާ ކަމެއްއޮތެވެ. 7 ކަލާއާއި ކައިވެނިކުރުމެވެ. އަހަރެމެންގެ އެއްމެފަހުގެ ބައްދަލުވުމުގައި ދެކެވުނު ވާހަކަ ތަކުން ⁸ އަހަރެން އިތުރަށް ފޫހިވެއްޖެއެވެ. 9 އިތުރަށް ކަލާ ދިރިއުޅުން ހުންނަގޮތް އެނގިގެން ހިނގައްޖެއެވެ. ¹⁰ ކަލާ ވިސްނަނީ ހަމައެކަނި އަމިއްލަ ނަފްސާދޭތެރޭގައެވެ. 11 އަހަރުމެން ދެމީހުން ކައިވެނި ކޮށްފިނަމަ. ¹² ދިރިއުޅުމަކީ ބޮޑު ހައިޖާނު ގަނޑަކަށްނޫނީނުވާނެއެވެ. 13 މީ ކަލާވެސް އަދި އަހަރެންވެސް އެންމެ ބޭނުންވާ ގޮތްނޫންހެއްޔެވެ.

އަޅުގަނޑު ހައިރާންވަނީ ތިބޭފުޅުން ހައިރާންނުވާތީއެވެ.

ޖޯރޖް އަކީ އުމުރުން 50 އަހަރު ވެފައިވާ ދުޅަހެޔޮ ޞިއްޙަތެއްގެ ވެރިއެކެވެ. އޭނައަކީ ދެއަންހެންކުދިންނާއި ފިރިހެން ކުއްޖެއްގެ ބައްޕައެކެވެ. އޭނާގެ މި ކުޑަކުޑަ އާއިލާ ދިރިއުޅެމުން ގެންދަނީ އެމެރިކާގެ ވޮޝިންޓަނުގައެވެ. ޙައްޖުމަސް ކައިރިވުމާއެކު ޖޯރޖްއާއި އޭނާގެ ޢާއިލާގެ ހުރިހާ މެމްބަރުންވެސް މިއަހަރުގެ ޢީދުދުވަހަކީ ކޮބައިތޯ ބެލުމަށްޓަކާ ލައިވް އިސްލާމީޚަބަރު ޗެނަލްތަކާއި ނޫސްމަޖައްލާތައް ބަލަންފެށިއެވެ. ޖޯރޖް ރޭޑިއޯ ޗެނަލްތައް އަޑުއަހަމުން ދިޔައިރު، ކުދިންގެ މަންމަ ދިޔައީ ޓީވީ ޗެނަލްތައް ބަލަމުންނެވެ. އަދި ކުދީންތައް ދިޔައީ އިސްލާމީ ވެބްސައިޓުތައް ބަލަމުންނެވެ. އިސްލާމީ މުއައްސަސާއެއްގެ ނަމްބަރު އޮތްނަމަ ކިހާރަނގަޅުހޭ އެމީހުންގެ ހާލުގެ ދުލުން ބުނަމުންދާކަހަލައެވެ. މި އަހަރުގެ އަޟްޙާ ޢީދުދުވަހަކީ ކޮބައިތޯ ސާފުކުރުމަށްޓަކައެވެ.