ފުރަތަމަ ޞަފްޙާ

ބޭ ކޮރަސް ކޭމެއް ކޮރެއްނުވާނެ. ޤަދުސަމިޢު މިހާ ވަރިއްޔާ ޤާލަފަމާ ކިހާވަރެއް ވާނެބާ

31 August, 2008

ސިނާއީ ވަސީލަތެއް ބޭނުން ކޮށްގެން ދަރިން ހޯދުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތައް


ދަރިން ނުލިބޭ މީހުންނަށް ނުވަތަ ލިބުން ލަސްވާ މީހުންނަށް ފަރުވާ ކުރުމުގައި ތަފާތު ވަސީލަތް ތައް މިހާރު ވަނީ ހޯދިފައެވެ. މީގެތެރެއިން ބައެއް ކަންތަކަކީ އިސްލާމް ދީނުގެ ފިގުހު އިލްމުވެރިން ހުއްދަކުރާ ކަންތައްތަކެކެވެ.
އަދި ބައެއް ކަންތައްތަކަކީ ހުއްދަ ނުކުރާ ކަންތަކެކެވެ. ހަމައެފަދައިން ބައެއް ވަސީލަތްތަކަކީ ބޭނުން ކުރުމުގައި ސަމާލުކަން ދޭން ޖެހޭ ވަސީލަތްތަކެކެވެ. ތިރީގައި އެވަނީ މިގޮތުން ސަމާލުވާން ޖެހޭ ބައެއް ކަންތައްތަކެވެ.
1- އަންހެނާގެ އައުރަ ހިލޭފިރިހެނަކަށް ދެއްކުމަކީ ނުވަތަ ކަޝްފުކުރުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއްނޫނެވެ. ދަރިން ނުލިބުމުން ނުވަތަ ދަރިން ލިބުން ލަސްވުމުން ފަރުވާކުރުމަށް ސިނާޢި ގޮތުން ބޭނުން ކުރާ ވަސީލަތް ތަކަކީ އަންހެނާގެ އައުރަ ކަޝްފުކޮށްގެން ކުރާ ކަންތަކެކެވެ. ބައެއް ފިޤުހު އިލްމުވެރިން ވިދާޅުވާގޮތުގައި ދަރިން ނުލިބުމަކީ ނުވަތަ ދަރިން ލިބުން ލަސް ވުމަކީ އަންހެނާގެ އައުރަ ކަޝްފު ކުރަން ހުއްދަ ކުރާ ވަރުގެ ސަބަބެއް ނޫނެވެ.
2- ރަހިމުންބޭރުގައި ދަރިފަނޏާއި ބިސް ގުޅުވާއިރު އަދި ރަހިމަށް ދަރިފަނި ސިނާޢީ ގޮތުން އަޅައިގެން ބަލިވެއިންނައިރު ބައެއް ފަހަރު އޮޅިގެން ނުބައި މީހެންގެ ދަރި ފަނި ބޭނުން ކުރެވުމަކީ ވެދާނެކަމެކެވެ. އެއީ ދަރިން ހޯދުމަށް މިފަދަ ވަސީލަތްތައް ބޭނުން ކުރާއިރު ދަރިފަނި އަދި ބިސް ނެގުމަށްފަހު ރައްކާ ކުރެވިފައި ހުންނަނީ ލެބޯޓްރީ ތަކުގައެވެ. މިފަދަ ތަންތަނުގައި ރައްކާ ކުރެވޭއިރު ބައެއް ފަހަރު ނަމަވެސް އޮޅިގެން އެހެންމީހެއްގެ ދަރިފަނި ނުވަތަ ބިސް ބޭނުން ކުރެވިދާނެއެވެ. އަދި މިއީ ބައެއްފަހަރު ވެފައި ހުރި ކަންތައްތަކެކެވެ. މިފަދަ ގޮތަކަށް ދަރިފަނި އޮޅިގެން އެހެން މީހެންގެ ބޭނުން ކުރެވުމަކީ ނަސަބާއި ނަސްލު އޮޅޭނެ ކަމެކެވެ. ނަސަބު އޮޅޭފަދަ އެއްވެސް ކަމަކީ އިސްލާމްދީން ހުއްދަ ކުރާ ކަމެއްނޫނެވެ.
3- ވިޔަފަރީގެ ގޮތުގައި ދަރިމައި ކުރުމަށް ނުވަތަ ދަރިން ހޯދައި ދިނުމަށް މިފަދަ ވަސީލަތްތައް ބޭނުން ކުރުމަކީ އަޚުލާގެއް ނެތް މީހުން މީގެ ނުބައި ފައިދާ ހޯދައިފާނެ ކަމެކެވެ. މިސާލަކަށް ދަރިފަނި ރަނގަޅަށް ނުއުފެދޭ ފިރިހެނަކު ދަރިއަކު ބޭނުންނަމަ މިފަދަ ކުލިނިކު ތަކުގައި ޓެސްޓު ކުރުމުން ދަރިފަނި ރަނގަޅު ކަމަށް ބުނެ އަނބިމީހާ ބަލިވެބެއިންދުމަށް އެހެން ހިލޭ ފިރިހެނެއްގެ ދަރި ފަނި ބޭނުން ކުރުމަކީ ވެދާނެ ކަމެކެވެ. މިފަދަ ހާލަތުގައި އެފަދަ ކުލިނިކުތަކަށް މިފަދަ ފިރިހެނުން ނޭގިތިބެ އެތައްބައިވަރު ފައިސާއެއް ހަރަދު ކުރުމަކީ ދުރުކަމެއް ނޫނެވެ.
4
sinaaee-samaal-vaanjehey-kanthai-b-98
- އާއްމުގޮތެއްގައި މިފަދަ ވަސީލަތް ތަކުން ދަރިން ހޯދުމަށް ފަރުވާ ކުރާއިރު ބޭސްދީގެން އަނބިމީހާގެ އޯވަރީން އެއްފަހަރާ ވަރަށް ގިނަ ބިސް އޯވަރީން ފުރިހަމަ ވުމަށްފަހު ބޭރުވާ ގޮތް ހަދައެވެ. އެއަށްފަހު އެބިސްތައް ނެގުމަށްފަހު ޓެސްޓު ޓިއުބުގައި ބިސްތަކާއި ދަރިފަނިތައް ގުޅުވަނީއެވެ. މިގޮތަށް ގުޅުވައިގެން މުޑުވަށް ކުރާއިރު ކާމިޔާބު ވުމުގެ ފުރުޞަތު އޮންނަމިންވަރު ވަރަށް ދަށެވެ. އެއްބިސް ބޭނުންކޮށްގެން ނަމަ ކާމިޔާބުވަނީ އެންމެ %10 އެވެ. ދެބިސްބޭނުން ކޮށްގެންނަމަ ކާމިޔާބުވާ ނިސްބަތް %20 އަށް އަރައެވެ. އަދި ތިނވ ބިސް ބޭނުން ކޮށްގެން %30 ކާމިޔާބުވެއެވެ. މިގޮތަށް ބިސް ބޭނުން ކުރާވަރު ގިނަވާ ވަރަކަށް ކާމިޔާބު ވުމުގެ ފުރުޞަތު ބޮޑުވަމުންދެއެވެ. ނަމަވެސް މީގައި ބިރުގަންނަން ޖެހޭ ކަމަކީ މިއީ އެއްމާބަނޑު ކުދިން ލިބުމުގެ ފުރުޞަތު އިތުރުވާ ކަމެކެވެ. މިގޮތުން އެއްމާބަނޑު ދެކުދިން ތިން ކުދިން އަދި ހަތަރު ކުދިން ފަސް ކުދިންނަށް ބަލިބެ އިނުމަކީވެސް ވެދާނެ ކަމެކެވެ. އެއްމާބަނޑު ކުދިންނަށް ބަލިވެއިނުމަކީ މައިމީހާއަށާއި ދަރިފުޅަށް ވަރަށް ގިނަ ފަހަރު ގެއްލުންވާ ކަމެކެވެ. އަދި މައިމީހާއާއި ދަރިފުޅުގެ ފުރާނައަށްވެސް ނުރައްކާތެރި ވެދާނެ ކަމެކެވެ.
5- އިސްވެދެންނެވުނު ފަދައިން ސިނާއީގޮތުން ދަރިން ހޯދުމުގައި ކާމިޔާބު ވުމުގެ ފުރުޞަތު ވަރަށް ކުޑައެވެ. ވުމައެކު ރަހިމުން ބެރުގައި ދަރިފުޅު މުޑުވަށް ކުރާއިރު ވަރަށް ގިނަ ބިހހުގައި އެއްފަހަރާ މުޑުވަށް ކުރެއެވެ. އަދި ކާމިޔާބުވާ މުޑުވަށްތަކުގެ ތެރެއިން އެއް ދަރިފުޅު ރަހިމުގައި އިންދުމަށްފަހު ބާކީ މުޑުވަށްތައް ނުވަތަ އުފެދެން ފަށައިފައިވާ ދަރިންތަށް ވަކިމިންވަރަކަށް ފިނިހޫނު މިން ދަށްކޮށް ގަޑުކޮށް ލެބޯޓުރީގައި ރައްކާ ކުރަނީއެވެ. އެއީ މައިމީހާގެ ރަހިމުގައި އިންދި ދަރިފުޅު ނާކާމިޔާބު ވެއްޖެނަމަ އަލުން އާ ދަރިއަކު ރަހިމުގައި އިންދުމަށެވެ. ސުވާލަކީ ރަހިމުގައި އިންދާ ދަރިފުޅު ކާމިޔާބު ވެއްޖެނަމަ ދެން މުޑުވަށްވި ބިސްތަކަށް ހަދަނީ ކިހިނެއްބާވައެވެ؟ މިއީ ޔޫރަޕުގައި ވަރަށްގިނަ މައްސަލަތައް ކުރިމަތި ވެފައިވާ ކަމެކެވެ. މިފަދަ ހާލަތުގައި ކަންތައް ކުރެވެމުން އަންނަނީ ތިރީގައި އެވާ ގޮތްތަކުގެ ތެރެއިން ގޮތަކަށެވެ.
ހ- މުޑުވަށްވި ބިސްތައް ދަރިން ނުލިބޭ މައިންގެ ރަހިމަށް ބަދަލުކޮށް އިންދުން. މިއީ ދަރިން ނުލިބޭ މައިންނަށް ހަރަދު ކުޑަ އަދި ޑޮކުޓަރުންނަށްވެސް ކުރަން ފަސޭހަ ކަމެކެވެ. ނަމަވެސް މިއީ ނަސްލު ވަރަށް ބޮޑަށް އޮޅުން ބޮޅުން ކުރާ ކަމެކެވެ. އެއީ މިފަދަ ހާލަތުގައި ދަރިފުޅު އުފަން ވުމަށްފަހު ދަރިފުޅުގެ މަންމައަކަށް ވާނީ ކާކު ހެއްޔެވެ. ކުލިނިކަށް ބިސް ހަދިޔާ ކުރި އަންހެން މީހަ ހެއްޔެވެ؟ ނޫނީ ނުވަމަސްވަންދެން ދަރިފުޅު ރަހިމުގައި ބާއްވައިގެން ހުރިހާ އުދަގުލަކާއި ތުރައެއް އުފުލި އަންހެން މީހާ ހެއްޔެވެ؟ އަދި ދަރިފުޅުގެ ބައްޕައަކަށް ވާނީ ކާކު ހެއްޔެވެ؟ މިއީ އެންމެން އެއްބަސްވާނެ ޖަވާބެއް ހޯދުމަށް ހަމަޔަގީނުންވެސް އުދަގޫ ސުވާލު ތަކެކެވެ.
ށ- މުޑުވަށް ކުރެވުނު ބިސްތަކުގައި ތަފާތު ތަޖުރިބާތައް ކުރުން. މިފަދަ ހާލަތުގައި މުޑުވަށް ކުރެވުނު ބިސް ލެބޯޓްރީގައި ދިރުވައެވެ. އަދި ތަފާތު ތަޖުރިބާތައް ކުރުމުގައި އުފެދެން ފަށާފައިވަ މިދަރިފުޅު ބޭނުން ކުރެވެއެވެ. މިއީ އިންސާނާގެ ހުރުމަތް ތެރިކަމަށް އަރައިގަންނަ ވަރަށް ބޮޑު އަރައި ގަތުމެކެވެ. ނަމަވެސް މިފަދަ ކުދިންގެ އުމުރުން 14 ދުވަސް ވަންދެން ލެބޯޓްރީގައި ތަފާތު ތަޖުރިބާ ކުރުމަކީ އިގިރޭސިވިލާތް ފަދަ ބައެއް ގައުމުތަކުގެ ގާނޫނުގައި ހުއްދަ ކަމެކެވެ.
ނ- މުޑުވަށް ކުރެވިފައިވާ ބިސްތައް އުކައިލުން. ނަމަވެސް މިއީ ގަބޫލު ކުރަން ދަތި ކަމެކެވެ. އެއީ ބުރަމަސައްކަތުން މުޑުވަށް ކުރެވޭބިސް އޭގެ ބޭނުން އެންމެ ފުރިހަމައަށް ނުކޮށް އެއްލާލުމަކީ ގަބޫލުލުކުރަން ދަތި ކަމެކެވެ.
6
sinaaee-samaal-vaanjehey-kanthai-c-98
- ރަހިމުގައި އިންދި ބިސް ކާމިޔާބު ނުވެއްޖެނަމަ އިތުރު ބިހެއް އިންދުމަށް އައުމަށް އަންހެން މީހާގެ ކިބައިން ޑޮކުޓަރު އެދެއެވެ. މިއީ މަދުނޫން އަދަދަކަށް ދިމާވާ ކަމެކެވެ. ނަމަވެސް ސުވަލަކީ އަންހެންމީހާ ނުވަތަ ދެމަފިރިން މަރުވެއްޖެނަމަ ދެންކަންތައް ކުރާނީ ކިހިނެއްހެއްޔެވެ؟ މިއީ އެމެރިކާގެ މުއްސަދި ދެމަފިރިޔަކު މަތިންދާބޯޓު ހާދިސާއެއްގައި މަރުވުމުން އޮސްޓުރޭލިޔާގައި ދިމާވެފައިވާ މައްސަލައެކެވެ. އެދެމަފިރިން މަރުވިއިރު އޮސްޓްރޭލިޔާގެ ކުލިނިކެއްގައި އެދެމަފިރިންގެ މުޑުވަށް ކުރެވިފައިވާ ބިސް ހުއްޓެވެ. އަދި މިއީ އެއްވެސް ވާރުތަވެރިޔަކު ނެތް ދެމަފިރިންނެވެ. މިކަމާއި ގުޅިގެން 1984ގައި އޮސްޓުރޭލިޔާގެ ކޯޓެއްގައި ހުކުމް ކޮށްފައިވަނީ ދެއަންހެނެއްގެ ރަހިމުގައި ބިސް އިންދުމަށެވެ. އަދި މަރުވި ދެމަފިރިންގެ މުދަލުން އެކަމަށް ހަރަދު ކުރުމަށެވެ. އަދި ދަރިން ދުނިޔެއަށް އައުމަށްފަހު މަރުވިދެމަފިރިންގެ މުދާ އެކުދިންނަށް ވާރުތަވާ ގޮތަށެވެ.
7- ސިނާއީގޮތުން ދަރިމައި ކުރުމަކީ ކުޑަކުދިންގެ އުފެދުމުގެ ބަލިތައް ވަރަށް ގިނަ ކުރާ ކަމެކެވެ. އެއީ ޠަބީޢީކޮށް ބަލިވެއިންނައިރު ބަލިޖެހިފައިވާ ދަރިފަނިތައް ނުވަތަ އައިބު ދަރިފަނިތަކަށް ބިހާހަމައަށް ދިއުމުގެ ފުރުޞަތު ވަރަށް ކުޑައެވެ. އަދި މިފަދަ ދަރިފަނި ބިހާއި ހަމައަށް ދިއުމުގައި ވަރަށް ގިނަ ހުރަސްތައް ގިރާ ކުރަން ޖެހެއެވެ. ނަމަވެސް ސިނާއީކޮށް ދަރިމައި ކުރާއިރު މިފަދަ ދަރިފަނިތަކަށް ބިހާއި ހަމައަށް ދިއުމުގައި އެއްވެސް ހުރަހެއް ކުރިމައްޗެއް ނުވެއެވެ.
8- ސިނާއީގޮތުން ދަރިމައި ކުރާއިރު ވަރަށް ގިނަފަހަރު ހިލޭ ފިރިހެނެއްގެ މަނި ބޭނުން ކުރެވެއެވެ. މިފަދަ މީހެއްގެ މަނި ބޭނުން ކުރާއިރު އެމީހަކީ ޖިންސީ ގުޅުމުގެ ޒަރީއާއިން ގައިން ގަޔަށް އަރާ ބައްޔެއް ހުންނަ މީހަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ ހާލަތުގައި މައިމީހާއަށް މިފަދަ ހާލަތުގައި މައިމީހާއަށް ފިރިހެން މީހާގެ ގައިގައި ހުރި ބަލި ޖެހުމަކީ ވަރަށް ގާތް ކަމެކެވެ.
އިސްވެދިޔަ ހުރިހާ ސަބަބުތަކާއިހުރެ މިފަދަ ވަސީލަތެއް ބޭނުން ކުރަންވާނީ އެހެންއެއްވެސް ގޮތެއް ނެތިއްޖެނަމަ އިސްލާމްދީން ހުއްދަކުރާ ގިއުގަޑުގެ ތެރެއިން ފަރުވާތެރިވާންޖެހޭ ހުރިހާކަމަކަށް އެންމެ ބޮޑަށް ފަރުވާތެރިވެގެންނެވެ.

No comments:

Post a Comment

ޝުޢޫރުފާޅުކުރައްވާ ، ޙިޔާލުދެއްވާ