ފުރަތަމަ ޞަފްޙާ

ބޭ ކޮރަސް ކޭމެއް ކޮރެއްނުވާނެ. ޤަދުސަމިޢު މިހާ ވަރިއްޔާ ޤާލަފަމާ ކިހާވަރެއް ވާނެބާ

28 November, 2012

އިސްލާމީ ނަޒަރަކުން ޖީއެމްއާރު އަތުން މަތިންދާބޯޓް ޖައްސާމާލަން އަތުލުން


ލިއުއްވީ އަލްއަޙް : ސިހާދު އިބުރާހިމް


އިސްލާމީޝަރީޢަތަކީ މާތް އަޚުލާޤާއި، ރީތި އަދަބުތަކުގެ މައްޗައް އެކުލެވިގެންވާ، ދެވަނައެއް ނެތް މަތިވެރި ޝަރީޢަތެކެވެ، ލޮބޮވެތި ނަބިއްޔާ ޞައްލައްﷲ އަލައިހިވަސައްލަމް ޙަދީޘްކުރެއްވިއެވެ
: إِنَّماَ بُعِثْتُ لأٌتَمِّمَ مَكاَرِمَ الأَخْلاَقِ   މިބަސްފުޅުގެ މާނައީ: "ތިމަންކަލޭގެފާނު ފޮނުއްވިގެންވާކަންކަށަވަރީ ރިވެތިއަޚްލާޤު ފުރިހަމަކުރެއްވުމައްޓަކައެވެ." މިހެންކަމުން މިޝަރީޢަތުގައި އިންސާނާ އަށް ގެއްލުންދެނިވި ހުރިހާ ޢަމަލުތަކުން އޭނާ އަށް ސަލާމަތްކަން ހޯދާ ދިނުމަށް ގޮވާލައްވާފައިވެއެވެ. މާތް ނަބިއްޔާ ހަދީޘް ކުރައްވާފައިވަނީ لا ضرر ولا ضرار "އަނިޔާވެރިވުމެއްވެސް އަދި އަނިޔާ ލިބިގަތުމެއްވެސް ނުވެޔޭ"
 

ހުޅުލޭ މަތިންދާބޯޓް ތިރިކުރާ މާލަން ކުއްޔަށް ހިފުމަށް އިންޑިޔާގެ ޖީއެމް އާރު ކުންފުނިންވަނީ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި 78 މިލިޔަން ޑޮލަރު (1.2 ބިލިޔަން ރުފިޔާ) ދިވެހި ދައުލަތަށް ދައްކާފައެވެ. އެއީ ދިވެހި ރާއްޖޭގެ މާލީ ބަޖެޓްގެ %10 އާއި ގާތްކުރާ އަދެދެކެވެ. އަދި މީގެ އިތުރުން ދުއިސައްތައެތަށް މިލިޔަން ޑޮލަރު ހަރަދުކޮށްގެން ވަނީ ހުޅުމާލެ އާއި ވީދިމާ އެއްކޮށް ކަހަލަ ގޮތަކަށް ހިއްކާ ޕައިލްކޮށް ޒަމާނީ ފެންވަރަށް ތޮށިލާފައެވެ. ޝައްކެއްނެތެވެ. މިހާބޮޑު ހަރަދުކޮށް ފައިވާ ބައެއްގެ އަތުން އެތަން އަތުލުމަކީ އަނިޔާއެއް ކަމުގައި ނޫނީ ނުވާނެއެވެ. އަދި އަޙުލާޤީ ގޮތުން ބެލިނަމަވެސް ބައެއްގެ މުދާގަޑެއް ފޭރިގަތުމަކީ ކިހާ ހަޑިމުޑުދާރު ކަމެއްތޯއެވެ؟ އާއެކެވެ. ހުޅުލޭ މަތިންދާބޯޓް ތިރިކުރާ މާލަން ކުއްޔަށް ދިނުމަށް ވެވިފައިވާ އެޤުރީމެންޓްގެ ބައެއް މާއްދާތަކުގެ ސަބަބުން ދިވެހި ގައުމަށް ގެއްލުތަކެއް ލިބެއެވެ. އެކަމުގައި ޖީއެމްއާރުގެ ކުށެއް ނެތެވެ. ދާދި މިދާކަ ދުވަހު މާމިގިލީ އެއަރޕޯޓް ލީސް މުއްދަތު 99 ބަދަލުކޮށް ސޮއި ކުރުމަށްފަހު ހިގިކަންތައްގަޑުގެ ތެރޭގައި ވީޓީވީގައި ވާހަކަ ދައްކަމުން ބުރުމާ ޤާސިމް ވިދާޅުވީ "ސަރުކާރުންގެ އެޑްމިނިސްޓްރޭޓިވް ޕްރޮސީޖަރ އޮންނަގޮތް އަޅުގަނޑުގެ ކުންފުނިން ބަލާކަށް ނުޖެހޭނެ، ސަރުކާރަށް ޕްރޮޕޯސަލްލީމާ، އެކަން އެޕްރޫވެގެން ސޮކުރަން އެންގީމާ އަޅުގަނޑު ސޮއިކުރީ، ޕްރޮސީޖާރ ބަލާކަށް ނުވެސް ޖެހޭނެ" އެވެ. ހަމަމިހުކުމް އިންޑިޔާގެ ޖީއެމްއާރު ކުންފުންޏަށްވެސް އޮންނަންވާނެ ނޫންތޯއެވެ؟ ދިވެހި ސަރުކާރުން ޖީއެމްއާރު ކުންފުންޏަށް ބިޑު އެވޯޑްވެއްޖެ ކަމަށް އަންގައި އެޑްވާންސް ޕޭމަންޓުގެ ގޮތުގައި ބިލިޔަނަކަށްވުރެ ގިނަރުފިޔާ ދަލަތުގެ ހަޒާނާއަށްލުމަށްފަހު ޤައުމުގެ ރައީސުލްޖުމުހޫރިއްޔާ އާއި ސަރުކާރާއި ދައުލަތުގެ ވެރީން ބައިވެރިވެ ވަޑައިގެން ރަސްމިއްޔާތެއްގައި ހުޅުލޭ މަތިންދާބޯޓް ތިރިކުރާ މާލަން ކުއްޔަށް ހިފުމުގެ އެއްބަސްވުމުގައި އިންޑިޔާގެ ޖީއެމްއާރު ކުންފުނިން ސޮއިކުރުމަކުން އެމީހުންގެ ކުށެއްނެތެވެ. 

ޖީއެމްއާރު އަށް ދައުލަތުގެ ހަޒާނާއިން ފައިސާދައްކަން ޖެހުނީ ދިވެހިންގެ މަދުބަޔަކު ހިންގި ވިޔާނުދާ އަމަލެއްގެ ސަބަބުންނެވެ. އެއަރޕޯޓް ޑިވެލެޕްމެންޓް ފީ އަކީ ދިވެހިންގެ އަތުން ނަގާ ފީއެއްނޫނެވެ. ރާއްޖެ އަންނަ ބިދޭސީންގެ އަތުން ނެގޭ އެއްޗެކެވެ. ބަޔަކު މީހުން ކޯޓަށް މައްސަލަލުމުގެ ނަތީޖާއަކީ ކޯޓުން އެފީ ނުނެގޭނެ ކަމަށް ހުކުމް ކުރުމެވެ. އެ ހުކުމާއި ވިދިގެން އެފީ ގެގޮތުގައި ޖީއެމްއާރަށް ލިބެންޖެހޭ އާމްދަނީ މަދުވުމުގެ ސަބަބުން އެކުންފުންޏަށް ލިބޭ ގެއްލުން ސަރުކާރުން ފޫބައްދަ ދޭންޖެހޭތީ އެފައިސާ ދައްކަނީއެވެ. އެފީ ކަޑާނުލި ނަމަ އެއެގްރިމެންޓުން ލިބޭނެ ގެއްލުމެއްނެތެވެ. ދިވެހިންގެ އަތުން އެއްވެސް އެއްޗެއް ދާކަށް ނުޖެހުނީސްއެވެ. ގައިގައި ވަޅިއެޅީވެސް އަމިއްލައަށެވެ. އައްދޯއްއޭ ކިޔާފައި ހަޅޭއްމިލަވަނީވެސް އަމިއްލައަށެވެ. އައްނިސާއު ސޫރަތުގެ 59 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. [އޭ އީމާންވީ މީހުންނޭވެ! ތިޔަބައިމީހުން ﷲ އަށް ކިޔަމަންވާށެވެ. އަދި ރަސޫލާއަށާއި، ތިޔަބައިމީހުންގެ ތެރެއިން އަމުރުގެ ވެރިންނަށްވެސް ކިޔަމަންވާށެވެ. ކަމަކާއިމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، މާތް ﷲ އަށާއި ރަސޫލާއަށް އެކަމެއްރައްދުކުރާށެވެ. (އެބަހީ އެކަމާއިމެދު ޙުކުމެއްކުރެއްވުން އެދެފާރާތައް ރައްދުކުރާށެވެ! އެކަމާމެދު އެދެފަރާތުގެ ޙުކުމްއޮތީ ކިހިނަކުންތޯބަލައި، އެގޮތަކަށް، ޢަމަލުކުރާށެވެ.) ތިޔަބައިމީހުން . މާތް ﷲ އަށާއި، އާޚިރަތް ދުވަހަށް އީމާންވާނައެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. އަދި ނިމުމެއްގެ ގޮތުން ރީތިކަންވެސް ބޮޑުމެއެވެ. ]

މީހުންނަށް ލޯބިކުރުމާއި އިޙުތިރާމް ކުރުމާއި ރުޅިއައުމާއި މިކަން ކަން ވެސް ބިނާ ވަނީ މި ހަމަތަކުގެ މައްޗަށެވެ. މީހަކީ ތެދުވެރި މީހެއްނަމަ އަދި ﷲ އަންގަވާފައިވާ ގޮތައް ކަންތައް ކުރާ މީހެއްނަމަ އެމީހަކު ދެކެ ލޯބިވާން ޖެހޭނެއެވެ. އެއީ ކިތައްމެ ބޮޑު މުއްސަންޖަކަސް އަދި ނިކަމެއްޗަކަށް ވިޔަސް ތަފާތު ކުރުމެއް ނެތިއެވެ. އިންސާނުން ގޯސްވުމުން އެމީހުން ދެކެ އަންނަ ރުޅިން އެމީހުން ނަށް ނިސްބަތްކޮށް ބުނަން ނުވާ ޒާތުގެ ބަސްތައް ބުނެ އެމީހުންނަށް ވުރެ ދަށުދަރަޖައަށް އަޅުގަނޑުމެން ވެއްޓިގެންނުވާނެއެވެ. އަދި އެބައެއްގެ ގައިގައި ނެތް ސިފައެއްގެ ވާހަކަ ބުނެވިގެންވެސް ނުވާނެއެވެ. ހާމަ ކުރަންޖެހޭނީ ޙަޤީޤަތެވެ. މަޤުޞަދަކަށް ވާންވާނީ އިޞްލާޙު ކުރުމެވެ. އަޅުގަނޑުމެން ނަށް ﷲ އަންގަވަނީ ހެޔޮކަންކަމުގައި އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވުމަށެވެ. ނުބައި ކަންކަމުގައި އެހީތެރި ނުވުމަށެވެ. ޚިލާފުވެ ދެކޮޅުވެރި ވުމަކަށް ނޫނެވެ. މިގޮތައް އަޅުގަނޑުމެން ޢަމަލު ކޮށްފި ނަމަ މުޖުތަމަޢުގައި ހަމަ ޖެހުން ޤާއިމު ވެގެންދާނެއެވެ.

ހުޅުލޭގެ މަތިންދާބޯޓު ޖައްސާމާލަން އަތުލަން އުޅޭމައްސަލާގައި މިރާއްޖޭގައި އުފެދިފައިތިބި ދީނީ ޖަމިއްޔާތަކުންވެސް ބަހެއްނުބުނާތީ ހައިރާންވަމެވެ. އެކަމަކު މާދަމާވެސް އިސްރާއީލު ފުލައިޓެއް ރާއްޖެއަށް ޖައްސައިފިއޭ ބުނާއިރަށް ނޫސްތަށް ފުރެންދެން ނޫސްބަޔާންތަށް ނެރޭނެއެވެ. ބަލަގަ. އިސްރާއީލު ފުލައިޓުދޯ ރާއްޖެއައިސް ޖަރީމާ ހިންގަނީ، އެކަން ހިންގަނީ އިސްރާއީލުގެ ރައްޔިތުން، ނުވަތަ ޔަހޫދީ މީހާ، އެހެންކަމުން ޔަހޫދީން މިގައުމަށް އެރުން މަނާކުރުމުން މައްސަލަ ހައްލުވީއެވެ. އިޒުރޭލުގެ ފުލައިޓު ޖައްސަން ހުއްދަނުދީފިނަމަ މުޅި އިޒުރާއީލު އައިސްދާނެ ސްރީލަންކަން އެއަރލައިން ޗާޓރ ކޮއްގެންވެސް ދެއްތޯއެވެ؟

އަނެއްކާވެސް އަހުރެންގެ އަސްލުމަޢުޞޫއަށް ޖެހިލާނަމެވެ. ޖީއެމްއާރު ހަމަބޭރުކުރަންވީއޭ ބުނެވާހަކަދައްކާ އުޅޭ މީހުންނާއި އަޅުގަނޑު ހައިރާންވެގެން އެމީސްމީހުންނާއި އިރުކޮޅަކު ވާހަކަދައްކާލާއިރަށް، އެގޭ އެކައްޗަކީ އެއިން ހަމައެކަކުވެސް މިދިވެހިކަރައާއި ޖީއެމްއާރު ވެވިފައިވާ އެއްބަސްވުން ނުދެކޭކަމެވެ. މިދިވެހިކަރައިގެ ދޮޅަހަކަށް މީހުން ފިޔަވައި އެހެން ބަޔަކަށް އެއެގްރިމެންޓް ފެނިފައިނުވެއެވެ. ދެންއެންމެންވެސް މިބަހުޘް ކުރަމުންދަނީ ކޮންމެވެސް ފަރާތަކުން ދަރަނީގެގޮތުގައި ނުވަތަ އެހުމުން ވައްކަން ކޮއްގެން މައުލޫމާތު އެއްކޮއްގެންނެވެ. 

ދީނުގެ ނަމުގައި ބައެއް ފަރާތްތަކުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހިންގަމުންދާ ޖަރީމާތަކަކީ އެކަމާމެދު މިއަދު މުސްލިމުން ވަރަށް ފުންކޮށް ވިސްނަންޖެހިފައިވާ ކަމެކެވެ. މިފަދަ އަމަލުތަށް ހިނގާ މީހުން އެކަންތައްތައް ކުރަމުން ދަނީ ހަމައެކަނި އިސްލާމީ ޤައުމުތަކުގައެއް ނޫނެވެ. އިސްލާމް ނޫން ގައުމުތަކުގެ ރައްޔިތުންނާއި ދެކޮޅަށްވެސް ދީނުގެ ނަމުގައި މިފަދަ ސުންޕާ ޢަމަލުތައް ހިންގަމުން ދެއެވެ. މިފަދަ މީހުންގެ ޢަމަލުތަކުގެ ސަބަބުން ޣައިރު މުސްލިމުންގެ ކުރިމަތީގައި މާތްވެގެންވާ އިސްލާމްދީނުގެ ސޫރަވަނީ ހުތުރުވެފައެވެ. މިއީ ދީނުގަ ހުރި އުނިކަމެއްގެ ސަބަބުން ހެއްޔެވެ؟ ނޫނެކެވެ. އެއްހާސްފަހަރު ނޫނެކެވެ. ޖީއެމްއާރު އެގުރިމެންޓުގައި އިސްލާމްދީނުގައި އެގްރިމެންޓް ނުކުރެވޭނެ ކަހަލަ ކްލޯސްއެއް އެބައިނެވެ. އެހެންކަމުން ޖީއެމްއާރު އެގުރިމެންޓަކީ ޝަރީއާ ހުއްދަކުރާ އެގްރިމެންޓެއްކަމަށް ނުފެނެއެވެ. ނަމަވެސް އުރުފަށް ބަލާލާއިރު އެއީ ޒަމާނުންސުރެ ދިވެހިން އެއަރޕޯޓް ހިންގިއިރުވެސް ކުރަމުން އައިކަމެކެވެ. އެއީ "ޑިއުޓީ ފްރީ ގައި ބަނގުރާ" ވިއްކުމަށް ހުއްދަކޮށްފައި އޮންނައޮތުމެވެ. އެހެންކަމުން ގައުމުގެ ވަލިއްޔުލް އަމުރު ނިންމާފައިވާ ނިންމުމެއް ރޫޅާލުމަކީ ކުރެވޭނެކަމެއްނޫނެވެ. ދީނޭ ކިޔައިގެން ވާހަކަ ފުޅުދައްކަވަން ބޭނުންފުޅުނަމަ ދީނުގައި އަންގަވާފައިވާގޮތަށް ތިމާގެ އަމަލުތަށް ބަހައްޓަވާށެވެ. ޖީއެމްއާރުގެ ކުށެއްނެތެވެ. އެބައިމީހުންގެ މުދަލާއި ފުރާނައަށް އަހަރެމެން ރައްކާތެރިކަން ދޭންޖެހޭނެއެވެ. އެއީ އަޤުދުއްޒިންމީންނެވެ. އަޤުދުގެ ނުވަތަ އެގުރީމެންޓްގެ މުއްދަތު ނިމުމުން އެމީހުން އެމީހުންގެ ވަޒަނަށް ހިގައިދާނެއެވެ. ކުށެއްކުރިނަމަ ކުށް ކުރީ ވަލިއްޔުލްއަމުއެވެ. ވައްސަލާމް

No comments:

Post a Comment

ޝުޢޫރުފާޅުކުރައްވާ ، ޙިޔާލުދެއްވާ