Skip to main content

ނަމޫނާ ލިބިގަންނަން ވީ ގޮތުގެ ނަމޫނާ ...!!


މުސްލިމުންގެ ދެވަނަ ޚަލީފާ އަމީރުލް މުއުމީން ޢުމަރު ބުނުލްޚައްޠާބުގެ ޚަލީފާ ކަމުގެ ދުވަސް ވަރުގައި 3 މީހަކު ވެގެން ޒުވާނަކު ހައްޔަރު ކޮށްގެން ޚަލީފާގެ އަރިހަށް ގެނައެވެ. އެޒުވާނުންތައް ދެންނެވިއެވެ.
އޭ އަމީރުލް މުއުމީނީން އެވެ! މިޒުވާނާ ތިމަންނާމެންގެ ބައްޕަ މަރާލައިފިއެވެ. މިމައްސަލަ ބައްލަވާ
ދެއްވާށެވެ.
ޢުމަރު ބުނުލްޚައްޠާާބު އެޒުވާނާ އަށް ވިދާޅުވި އެވެ. އެމީހުންގެ ބައްޕަ މަރާލީ ކީއްވެގެން ހެއްޔެވެ؟
ޒުވާނާ ޖަވާބުގައި ދެންނެވިއެވެ. ތިމަންނާއީ ބަކަރި ހުއިހައްޕާ މީހަކީމެވެ. ތިމަންނާގެ ޖަމަލު ތަކުގެ ތެރެއިން ޖަމަލެއް މި މީހުންގެ ބައްޕަ ގެ ދަނޑަށް ވަދެ ކެއީއެވެ. މިތަން ފެނިފައި ބައްޕަ ހިލަގަނޑެއް ނަގާ ޖަމަލުގައި ޖެހީ އެވެ. ވަގުތުން ޖަމަލު މަރު ވީ އެވެ. މިމަންޒަރު ފެނިފައި ތިމަންނާ ހަމަ އެހިލަގަނޑު ނަގާ މި ޒުވާނުން ތަކުގެ ބައްޕަގެ ގައިގައި ޖެހީ އެވެ. ހިލަ ގަނޑުން ޖެހުމާއި އެކު ވަގުތުން މަރުވެގެން ވެއްޓިއްޖެއެވެ...
ޢުމަރު ބުނުލްޚައްޠާާބު ވިދާޅުވިއެވެ. އެހެން ވީމާ ކަލޭގެ މައްޗަށް ޙައްދު ޤާއިމް ކުރެވޭނެ އެވެ.
ޖަވާބުގައި އެމީހާ ދެންނެވި އެވެ. އަޅުގަނޑުގެ ބައްޕަ ވަނީ މަރުވެފައެވެ. ބައްޕަ ގެ މުދާ ބެހުމާއި ހަވާލު ކުރެވިފައިވަނީ އަޅުގަނޑަށެވެ. ވީމާ އެމުދާތައް އަމާނާތްތެރިކަމާއި އެކު އޭގެ ޙައްޤުވެރީންނަށް ރައްދުކޮށްފައި އައުމަށް ތިން ދުވަހުގެ މުހުލަތެއް ދެއްވާށެވެ.
ޢުމަރު ބުނުލްޚައްޠާބު ވިދާޅުވިއެވެ. ކަލޭގެ ތިކަމަށް ޖާމިނުވާނީ ކާކު ހެއްޔެވެ؟
ދެން އޭނާ އެތަނަށް އެއްވެފައި ތިބި މީސްތަކުންގެ މޫނަށް ބީރައްޓެހިކަމާއި އެކު ބަލަމުން ގޮސް މީހަކު އިޚްތިޔާރުކޮށްފިއެވެ.
ޢުމަރު ބުނުލް ޚައްޠާާބު ވިދާޅުވިއެވެ. އޭ އަބޫ ޛައްރު އެވެ! އެމީހާ ގެ މައްޗަށް ޖާމިނު ވެލެއްވީހެއްޔެވެ؟
އަބޫ ޛައްރު ދެންނެވި އެވެ. އާދޭހެވެ.
ޢުމަރު ބުނުލްޚައްޠާާބު ވިދާޅުވިއެވެ. ކަލޭގެފާނަށް އޭނާ އެއީ ކާކުކަން ވެސް އެނގިވަޑައި ނުގަންނަވާ ޙާލުކޮޅުގައި ވެސްމެ ޖާމިނުވެވަޑައިގެންނެވީތޯއެވެ. އޭނާ ތިންދުވަހުގެ ތެރޭގައި ނައިސްފިކަމުގައި ނަމަ ޙައްދު ޤާއިމުކުރެވޭނީ ކަލޭގެފާނުގެ މައްޗަށެވެ.
އަބޫ ޛައްރު ދެންނެވި އެވެ. އޭ އަމީރުލް މުއުމިނީން އެވެ. ތިހުރިހާ ކަމެއް އެނގޭ ޙާލުގައި ތިމަންނާ އެކަމަށް ޖާމިނުވެއްޖަ އީމެވެ.
ކޮންމެ އަކަސް އެމީހާ ފުރަފިއެވެ. ފުރަތަމަ ދުވަސް ނިމި ދެވަނަ ދުވަސް ވެސް އިރުއަރާ އޮއްސިޖެއެވެ. ތިން ވަނަ ދުވަސް ވެސް ފެށި އެދުވަހުގެ އިރު އޮއްސެން ކައިރި ވެއްޖެވެ. އެ މީހާ އަދިވެސް ނާދެވެ. އެތާ ތިބި އެންމެން ވެސް ތިބީ އަބޫ ޛައްރު ގެ މައްޗަށް ޙައްދު ޤާއިމް ކުރަން ޖެހިދާނެތީ ވަރަށް ކަންބޮޑު ވެފައެވެ. ކުއްލިއަކަށް އެމީހާ އަންނާތީ ފެނިއްޖެއެވެ. އެމީހާ ހުރީ ގައިގެ ބާރުނެތި، ވަރުބަލި ވެގެން ގޮސް ހަލާކުވެފައެވެ. އެހާލުގައި އެމީހާ އައިސް ޢުމަރުގެ ފާނު ކުރިފުޅުމައްޗަށް އައިސް ހުއްޓުނެވެ.
އެމީހާ ދެންނެވިއެވެ. އެމުދާތައް ހަވާލު ކޮށްފައި އަޅުގަނޑު މިއައީއެވެ. ކަލޭގެފާނުގެ އަތްޕުޅު ދަށަށް އައިސް މިހުއްޓުނީ އަޅުގަނޑުގެ މައްޗައް ޙައްދު ޤާއިމު ކުރުމަށެވެ.
ހައިރާން ވެ އަންތަރީސް ވެ ހުންނަވާ ޢުމަރުގެފާނު ސުވާލު ކުރެއްވިއެވެ. މިތަނަށް އެނބުރި ނައިސް ފިލުމުގެ ފުރުސަތު އޮއްވާ ތިބާ އެނބުރިއައުމުގެ ސިއްރަކީ ކޮބައިހެއްޔެވެ؟
އެމީހާ ދެންނެވިއެވެ. ކަލޭގެ ފާނުގެ ވެރިކަމުގައި މީސްތަކުންގެ ކިބައިން ޢަހުދަށް ވަފާތެރިވުން ނެތިހިނގައްޖެޔޭ ބުނުމަށް ބިރުވެތިވީއެވެ.
ދެން ޢުމަރުގެފާނު އަބޫޛައްރަށް ވިދާޅުވިއެވެ. އެމީހާއާއި މެދު އެއްވެސް މަޢުލޫމާތެއް ނުވާ ހާލުގައި އެމީހާގެ މައްޗަށް ޖާމިނުވެވަޑައިގެންނެވި ސަބަބަކީ ކޮބައިހެއްޔެވެ؟
އަބޫ ޛައްރު ދެންނެވިއެވެ. މީސްތަކުންގެ ކިބައިން އަނެކާޔަށް ހެޔޮއެދުމާއި ހެޔޮކަންތައްތައް ނެތި ހިނގައްޖެޔޭ ބުނުމަށް ނޭދުނީއެވެ.
އަބޫ ޛައްރުގެ އަޑު އިވިފައި މަރުވި މީހާގެ ދަރިންނަށް ވަރަށް އަސަރު ކޮށްފިއެވެ.
އެމީހުން ދެންނެވިއެވެ. އޭ އަމީރުލްމުއުމިނީނެވެ! އަޅުގަނޑުމެން އޭނާއަށް މަޢާފުކޮށްފީމެވެ.
ޢުމަރުގެފާނު ވިދާޅުވިއެވެ. ތިޔަ ޒުވާނުންނަށް އެންމެ ފުރަތަމަވެސް ތިޔަ ގޮތް އޮއްވާ، މިހާ ހިސާބަށް މި މައްސަލަ އައުމަށް ފަހުގައި ދެން ކުއްލިއަކަށް އޭނާއަށް މަޢާފުކުރުމުގެ ސިއްރަކީ ކޮބައިހެއްޔެވެ؟
ޖަވާބުގައި އެމީހުން ދެން ނެވި އެވެ. މީސްތަކުންގެ ކިބައިން އަކަކު އަނެކަށް މަޢާފު ކުރުން ނެތިހިނގައްޖެޔޭ ބުނުމަށް ބިރުވެތިވީއެވެ.
- ނިމުނީ -

Comments

Popular posts from this blog

ގިތެޔޮ ބޯކިބާ

ގިތެޔޮ ބޯކިބާ ބޭނުންވާ ތަކެތި 2 ޖޯޑު ހަނޑޫ ( ވ ހިމުންކޮށް ފުނޑާފައި ) 2 ޖޯޑު ހަކުރު 2 ފިޔާ ( ތުނިކޮށް ކޮށާފައި ) 2 ޖޯޑު ކާށި ކިރު 2 އިންޗި ފޮނިތޮށި 5 ކާފޫރު ތޮޅި 5 އިންޗި ރާނބާފަތް ( ބުރިބުރިކޮށްފައި ) 2/1 ޖޯޑު ކަނަމަދު ( ދެފަޅި ކޮށްފައި ) 1 ޖޯޑު މާފެން ( ނުވަތަ އެސެންސް. ބޮޑަށް މީރުވާނީ މާފެން ) 2 މޭޒުމަތީ ސަމްސާ ގިތެޔޮ ތައްޔާރުކުރާނެ ގޮތް

އާޅެން

( ކަމެއްކުރަން ހިޔްވަރު ހުރިއްޔާ އެކަމެއް ވާނެ ގޮތްވެސް އޮށްނާނެ ) 1 އަހަރެން ކަލާއަށްޓަކައިވީ ފުންލޯބި ² ނެތި ހިނގައްޖެއެވެ. އަދި މިހިތުގައި ވަނީ ނަފުރަތެވެ. 3 އެއްދުވަހުން އަނެއްދުވަހައް ދަނީ އިތުރުވަމުންނެވެ. އަހަރެންނަށް ކަލާ ފެންނަ ހިނދު ⁴ ކަލާ އާއި ދިމާއަށް ބަލާކަށްވެސް ބޭނުމެއް ނޫނެވެ. 5 މިހަރު އަހަރެން ކުރަންބޭނުންވާ ހަމަ އެކަނިކަމަކީ ⁶ އެހެން އަންހެން ކުދިންނަށް ބެލުމެވެ. އަހަރެން އެއްއިރެއްގައިވެސް ބޭނުންނުވާ ކަމެއްއޮތެވެ. 7 ކަލާއާއި ކައިވެނިކުރުމެވެ. އަހަރެމެންގެ އެއްމެފަހުގެ ބައްދަލުވުމުގައި ދެކެވުނު ވާހަކަ ތަކުން ⁸ އަހަރެން އިތުރަށް ފޫހިވެއްޖެއެވެ. 9 އިތުރަށް ކަލާ ދިރިއުޅުން ހުންނަގޮތް އެނގިގެން ހިނގައްޖެއެވެ. ¹⁰ ކަލާ ވިސްނަނީ ހަމައެކަނި އަމިއްލަ ނަފްސާދޭތެރޭގައެވެ. 11 އަހަރުމެން ދެމީހުން ކައިވެނި ކޮށްފިނަމަ. ¹² ދިރިއުޅުމަކީ ބޮޑު ހައިޖާނު ގަނޑަކަށްނޫނީނުވާނެއެވެ. 13 މީ ކަލާވެސް އަދި އަހަރެންވެސް އެންމެ ބޭނުންވާ ގޮތްނޫންހެއްޔެވެ.

އަޅުގަނޑު ހައިރާންވަނީ ތިބޭފުޅުން ހައިރާންނުވާތީއެވެ.

ޖޯރޖް އަކީ އުމުރުން 50 އަހަރު ވެފައިވާ ދުޅަހެޔޮ ޞިއްޙަތެއްގެ ވެރިއެކެވެ. އޭނައަކީ ދެއަންހެންކުދިންނާއި ފިރިހެން ކުއްޖެއްގެ ބައްޕައެކެވެ. އޭނާގެ މި ކުޑަކުޑަ އާއިލާ ދިރިއުޅެމުން ގެންދަނީ އެމެރިކާގެ ވޮޝިންޓަނުގައެވެ. ޙައްޖުމަސް ކައިރިވުމާއެކު ޖޯރޖްއާއި އޭނާގެ ޢާއިލާގެ ހުރިހާ މެމްބަރުންވެސް މިއަހަރުގެ ޢީދުދުވަހަކީ ކޮބައިތޯ ބެލުމަށްޓަކާ ލައިވް އިސްލާމީޚަބަރު ޗެނަލްތަކާއި ނޫސްމަޖައްލާތައް ބަލަންފެށިއެވެ. ޖޯރޖް ރޭޑިއޯ ޗެނަލްތައް އަޑުއަހަމުން ދިޔައިރު، ކުދިންގެ މަންމަ ދިޔައީ ޓީވީ ޗެނަލްތައް ބަލަމުންނެވެ. އަދި ކުދީންތައް ދިޔައީ އިސްލާމީ ވެބްސައިޓުތައް ބަލަމުންނެވެ. އިސްލާމީ މުއައްސަސާއެއްގެ ނަމްބަރު އޮތްނަމަ ކިހާރަނގަޅުހޭ އެމީހުންގެ ހާލުގެ ދުލުން ބުނަމުންދާކަހަލައެވެ. މި އަހަރުގެ އަޟްޙާ ޢީދުދުވަހަކީ ކޮބައިތޯ ސާފުކުރުމަށްޓަކައެވެ.