Skip to main content

އައު އަހަރުގެ ތަހުނިޔާ ކިޔުމުގެ ގޮތުން އެސްއެމްއެސް ފޮނުވިދާނެތޯ؟

 އައްޝައިޚް ޙަސަން މުސާ ފިކުރީ
الحمد لله رب العالمين. الصلاة والسلام على أشرف الأنبياء وسيد المرسلين نبينا محمد وعلى آله وصحبه أجمعين، وبعد:

އިސްލާމް ދީން އައުމަށްފަހުގައި ޖާހިލިއްޔަ ޒަމާނުގެ ޢާދަކާދަތަކާއި، ފާހަގަ ކުރާ މުނާސަބަތުތައް ބާޠިލުވެގެން ދިޔައީއެވެ. މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަ މަދީނާއަށް ހިޖުރަކުރެއްވި ހިނދުގައި އެމީހުން ކުޅެއުޅުނު ދެދުވަހެއްވިއެވެ.


 އެދެދުވަސް ބާޠިލުކުރައްވައި އެކަލޭގެފާނު ޙަދީޘްކުރެއްވިކަމުގައި އަނަސްގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. "إِنَّ اللَّهَ قَدْ أَبْدَلَكُمْ يَوْمَيْنِ خَيْرًا مِنْهُمَا يَوْمَ الْفِطْرِ وَيَوْمَ النَّحْرِ" رواه أحمد މާނައި: "ހަމަކަށަވަރުން މާތް ﷲ ތިޔަބައިމީހުންނަށް މާހެޔޮވެގެންވާ ދެދުވަހެއް ދަވައި (އެކުޅެ އުޅުނު ދެދުވަހުގެ) ބަދަލުގައި ދެއްވައިފިއެވެ. އެއީ ފިޠުރުގެ ދުވަހާއި (އެބަހީ: ފިޠުރު ޢީދު ދުވަހާއި) ނަޙުރުގެ ދުވަހެވެ.(އެބަހީ: އަޟްޙާ ޢީދު ދުވަހެވެ.)

މި ޙަދީޘްފުޅާއެކުގައި، ޖާހިލިއްޔަ ޒާމާނުގައި މީސްތަކުން ފާހަގަކޮށް އުޅުނު މުނާސަބަތުތަކުގައި މުސްލިމުން ބައިވެރިވުން ނަހީވެގެން ދިޔައީއެވެ. އެއީ ކުޅިވަރުގެ ދުވަހެއްކަމުގައިވިޔަސް އަދި އަޅުކަމުގެ ދުވަހެއް ކަމުގައިވިޔަސް މި ދީނުގައި އެކަމެއް ކުރުމަށް ކަނޑައަޅުވާފައި ނުވާ އެއްވެސް މުނާސަބަތެއްގައި މުސްލިމުން ބައިވެރިވުން ހުއްދަވެގެންނުވެއެވެ. އެގޮތުން އެކިޒާތްޒާތުގެ ނަން ދެވިގެން ފާހަގަ ކުރެވޭ ހުރިހާ ދުވަހެއް ހިމެނެއެވެ. އޭގެ ތެރޭގައި އާއަހަރު  ފާހަގަކުރުންވެސް ހިމެނެއެވެ. 

ބައެއް މީހުން ދެކޭގޮތުގައި އާހަރު ފާހަގަކުރުން ނުވަތަ އެނޫން މުނާސަބަތުތައް ފާހަގަކުރުމަކީ ދީނީ ކަމެއް ނޫނެވެ. އެއީ އިޖްތިމާޢީ ކަމެކެވެ. ނަމަވެސް މުސްލިމެއްގެ ޙަޔާތުގައި ދީނީ ތަހަރައިގެ ތެރެއިން ވަކިވެފައިވާ ދީނާ ގުޅުމެއް ނެތް އެއްވެސްކަމެއް ނުހުންނާނެއެވެ. ހެދުންލުމުގައި ކިޔާ ދުޢާއާއި، ގެއިންނުކުންނަ އިރު ކިޔާ ދުޢާއާއި، ދަތުރުގެ ސަވާރީއަކަށް އަރަމުންކިޔާ ދުޢާއާއި، ރަޙުމަތްތެރިޔަކާ ބައްދަލުވުމުން އިސްލާމް ދީނުގެ ސަލާމުން ﷲ ގެ ބަރަކާތާ ސަލާމަތަށް އެދި ދުޢާކުރުމާއި، ކެއުމުގެ ކުރިންކިޔާ ދުޢާއި ކައި ނިމިގެން ކުރާ ދުޢާއާއި، ފާޚާނާ ކުރުމުގެ އަދަބުތަކާއި އަދި ފާޚާނާއަށް ވަދެ ނިކުތުމުގައި ކުރާ ދުޢާއާއި މިފަދަ ހުރިހާ ކަމެއްގައިމެ ﷲ ޛިކުރު ކުރުން ހިމެނިފައިވީހިނދު، މުސްލިމެއް ޙަޔާތުގެ ހުރިހާ ވަތުޤުތަކެއް ގުޅިފައިވަނީ އެނާގެ ވެރިރަސްކަލާނގެއާއެވެ.

ވީމާ، އާއަހަރު ފާހަގަކުރުމުގެ ގޮތުން ރޭނގަޑު ދަންވަރުގެ ވަގުތުތަކުގައި، ދެޖިންސު މަސްހުނިކޮށް މުނިފޫހި ފިލުވުމުގެ ނަމުގައި ޙަރާމް ފާހިޝް އެތައް ޢަމަލުތަކެއް ހިންގެމުންދާއިހިނދު، އެކަކަންކަމުގައި ބައިވެރިވުމަކީ މުސްލިމުންނަށް ހުއްދަވެގެންވާ ކަންކަމެއް ނޫނެވެ. އަދި އާއަހަރުގެ ތަހުނިޔާ ކިޔުމަށް އެސްއެމްއެސް ފޮނުވައި ހެދުމަކީ ކާފަރުންގެ އާދަކާދައިގެ ތެރޭގައި ހިމެނޭކަމަށް ވުމާއެކު މުސްލިމުން ތިބެންވާނީ އެކަންކަމުން ސަލާމަތްވެގެންނެވެ. 
މަސްދަރު: ރާއްޖެއިސްލާމް ވެބްސައިޓް

Comments

Popular posts from this blog

ގިތެޔޮ ބޯކިބާ

ގިތެޔޮ ބޯކިބާ ބޭނުންވާ ތަކެތި 2 ޖޯޑު ހަނޑޫ ( ވ ހިމުންކޮށް ފުނޑާފައި ) 2 ޖޯޑު ހަކުރު 2 ފިޔާ ( ތުނިކޮށް ކޮށާފައި ) 2 ޖޯޑު ކާށި ކިރު 2 އިންޗި ފޮނިތޮށި 5 ކާފޫރު ތޮޅި 5 އިންޗި ރާނބާފަތް ( ބުރިބުރިކޮށްފައި ) 2/1 ޖޯޑު ކަނަމަދު ( ދެފަޅި ކޮށްފައި ) 1 ޖޯޑު މާފެން ( ނުވަތަ އެސެންސް. ބޮޑަށް މީރުވާނީ މާފެން ) 2 މޭޒުމަތީ ސަމްސާ ގިތެޔޮ ތައްޔާރުކުރާނެ ގޮތް

ސިއްރު ސިއްރުން...!

ދޮންތީ އަކީ ވާހަކަ ލިއުމުގެ ފަންނަށް އަލަށް ނުކުންނަ ބުރުނީގެ ލޮބުވެތި ދަރިއެކްވެ. ﷲ ދޮންތިއަށް މިފަންނުގައި ފައިތިލަ ސާބިތުކުރުމުގެ ހެޔޮތައުފީގް މިންވަރުފުޅުކުރަށްވާ ކިޔުންތެރިންގެ ހިތްތަކުން ޖާގަ ލިއްބައިދޭނެ ފަދަ އިބުރަތްތެރި މޮޅު ވާހަކަތަކެއް ސާޢީ ކުރުމުގެ ހެޔޮތައުފީގް މިންވަރުފުޅު ކުރަށްވާށީ   

ބަރަކާތް ތެރި ރަމަޟާން މަހަށް މަރުޙަބާ

 ތިބާ ރަމަޟާން މަހައް ތައްޔާރުތޯ؟