Skip to main content

ކަމެއްކުރަން ފެށުމުގެކުރިން ހަލާދަނޑީގެ ދެކޮޅުބަލާލާށެވެ.

އިންފޯމެޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދުނިޔެ ހަރުފަތަކަށްފަހު ހަރުފަތެއް ކުރިއަރަމުން އައިސް އެކާވީސް ވަނަ ޤަރުނަށް އެޅުނުއިރު އައިޓީ ދާއިރާން ދުނިޔެވަނީ ތަފާތުކާމިޔާބީތައް ޙާސިލްކޮށްފައެވެ. މިގޮތުން އެންމެފާހަގަކޮށްލެވޭ އަދި އެންމެގިނަބަޔަކު އެއެއްޗެއްގެތެރޭގައި ތާށިވެފައި އަދި ދިރިއުޅުމުގެ ގިނަވަގުތު އެއް އެއްޗަކަށް ބިނާވެފައިވާ އިންޓަރނެޓްހިމެއެވެ.


 އިންޓަރނެޓްތައާރަފްވުމުން އިންޓަރނެޓްގެ ޒަރިއްޔާއިން ތަފާތު ޙިދުމަތްތައްދިޔައީ ބާރުވަޔާއެކު މަލެއްގެ ފިޔަތައްބުރައިގެން ދާމިސާލަށް ފެތުރިގެންނެވެ. މިގޮތުން ސޯސިއަލްނެޓްވޯކްތައްވެސް އެކިގޮތްގޮތައް އިންޓަރނެޓް ތެރޭގައި ދައުރުވަމުން ދިޔައެވެ. އެހެންނަމަވެސް ގިނަބަޔެއްގެ ސަމާލުކަން ހުއްޓުން އެރީ އެމެރިކާގެ ހަވަރޑް ޔުނިވަރސިޓީގެ ދަރިވަރަކު ދެހާސްތިންވަނަ އަހަރު އުފެއްދާ ދުނިޔޭގެ ވުޖޫދަށްނެރުނު ފޭސްބުކްއަށެވެ. މިގޮތުން މިހާރު ސަތޭކަ މިލިއަނަށްވުރެ ގިނަ ފޭސްބުކް އެކައުންޓް ހުޅުވާފައިވާކަމަށް ވިކިޕީޑިއާގެ ތަފާސް ހިސާބުތަކުންދައްކައެވެ. ގިނަބަޔެއްގެ ޝަޢުޤުވެރިކަން ފޭސްބުކްއަށް ހުއްޓުމުގެ ނަތީޖާއެއްގެ ގޮތުން މިހާރުވަނީ ގިނަ ހެކަރުންގެ ލޯ ފޭސްބުކްއަށް އަމާޒުވެފައެވެ. މިގޮތުން އެއްދުވަހުން އަނެއްދުވަހަށް ފޭސްބުކްގެ އެކައުންޓްތައް ހެކްކުރުމަށް ބޭނުންކުރާ ގޮތްތައްވަނީ ގިނަވެފައެވެ. އޭގެތެރޭގައި ތަފާތު ސޮފްޓްވެއަރތަކާއި ފިޝިންއެޓޭކްއާއި އީ-މެއިލް ހެކްކުރުން ހިމެއެވެ. އެހެންކަމުން ދުވާލެއްގެ މައްޗަށް ހަލައްކަ ފޭސްބުކް އެކައުންޓް ހެކްކުރާކަމަށް ދައެސްކޭޕިސްޓްމެގަރޒިންއިން ބުނެއެވެ. ފޭސްބުކް ބޭނުންކުރާ ދިވެހިންގެ ތެރޭން ގިނަ ބަޔަކު ފޭސްބުކް ބޭނުންކުރުމުގެ ރައްކާތެރި ގޮތަށްނޫން ގޮތްގޮތައް ބޭނުންކުރުމުގެ ސަބަބުން އޭގެތެރޭން ބައެއް އެކައުންޓްތައްވަނީ ހެކްކޮށްފައެވެ. މިގޮތުން ދިވެހިއެކައެކުންޓްތަކަށް އަންނަނީ އާއްމުކޮށް ފިޝިންއެޓޭކް ޙަމަލާތަކެވެ. އެހެންވީމާ، މިތާނގައި އަޅުގަނޑު ލިޔާނީ ފިޝިންއެޓޭކްގެ ޙަމަލާތަކާއި ބެހޭގޮތުންނެވެ. ފިޝިންއެޓޭކް އަކީ ފޭސްބުކްގެ އެޕްލިކޭޝަންއެއް ގޮތަށް ހަދާފައިވާ އެޕްލިކޭޝަން ނުވަތަ ފޭސްބުކްގެ ފުރަތަމަ ސަފްޙާގޮތަށް ހަދާފައިވާ ސަފްޙާތަކުގައި ޔޫސާރ ނަމާއި އަދި ޕަރސްވަރޑް ބޭނުންކުރެވޭގޮތަށް ހުންނަ އިންޓަރނެޓްސަފްހާއެއް ބޭނުންކޮށްގެން ފޭސްބުކްގެ ޔޫސަރ ނަމާއި ޕާސްވަރޑް ވަގަށްނެގުމެވެ. ދިވެހިންގެ ތެރޭން ފޭސްބުކްބޭނުންކުރާ ފަރާތްތަކުން ތަފާތު ފޭސްބުކް އެޕްލިކޭޝަންތައްކަމަށް އަސްލުފޭސްބުކްގެ އެޕްލިކޭޝަންނޫން އެޕްލިކޭޝަންތަކަށް ވަދެވޭތަން އާދެއެވެ. މިގޮތުން މިހާރަކަށް އައިސް ފޭސްބުކްގައި ހިނގާ މިފަދަ އެޕްލިކޭޝަންތައް ދަންނަވާލާނަން:
-ޕްރޮފައިލް ބެލިމީހުން ބެލޭކަމަށް ހުރި އެޕްލިކޭޝަން
-ޕްރޮފައިލްއިން ފޮޓޯ ކެޓުވިކަމަށް ނުވަތަ ވަގަށްނެގިކަމަށް ހުރި އެޕްލިކޭޝަން
މަތީގައި ދަންނަވާފައިވާ ދެ އެޕްލިކޭޝަނަކީ ފޭސްބުކްގެ ރަސްމީ އެޕްލިކޭޝަންއެއް ނޫނެވެ. އެއީ ކޮންމެސް ފަރާތަކުން ފޭސްކްބޭނުންކޮށްގެން ފިޝިންއެޓޭކްއެއްދީގެން އެކައުންޓް ހެކްކުރުމަށް ހަދާފައިވާ ދެ އެޕްލިކޭޝަނެވެ. އެފަދަ އެޕްލިކޭޝަނަކަށް، ސީދާ ފޭސްބުކްއިން ކްލިކްކުރުމުން އެއީ ފޭސްބުކް ފިޝިންއެޓޭކް އެއްކަމަށް ބައެއްފަހަރު ފޭސްބުކްއިން ބުނެއެވެ. އަދި މިފަދަ އެޕްލިކޭޝަންތަކަށް ވަދެ ފޭސްބުކްއަށް ލޮގިންވެފައި އެފަރާތެއްގެ ފޭސްބުކް ޕްރޮފައިލްގެ ޔޫ.އާރ.އެލް ނަކަލުކުރުމަށް ބުނާނެއެވެ. (ޔޫ.އާރު.އެލް އަކީ ވެބް ބްރޯޒަރތަކުގައި ވެބްސައިޓްތައްކުގެ ނަން ލިޔާ ތާނގައި ލިޔާ ލިންކްއެވެ.)  ނަކަލުކޮށްފައި ޕްރޮސެސްކުރާއިރަށް އެ އެޕްލިކޭޝަން ހަދާފައިވާ ވެބްހޮސްޓިންގެ ފައިލް ރައްކާކުރާތަނުގައި ޓެކްސްޓްފައިލެއްހަދާ ޔޫ.އާރ.އެލް ލިޔުނު ފަރާތުގެ ފޭސްބުކް ޔޫސަރ ނަމާއި ޕަރސްވަރޑް ސޭވްކުރާނެއެވެ. މިއީ މިފަދަ އެޕްލިކޭޝަންތަކަށް ވަނުމުން ފޭސްބުކް އެކައުންޓް ހެކްކުރާ ގޮތެވެ. ފޭސްބުކް އެކައުންޓްއެއް ހެކްކުރުމުގެ ސަބަބުން ހީވެސް ނުވާފަދަ ބޮޑު ގެއްލުމެއް އެއެކައުންޓްގެ ވެރިފަރާތަށް ލިބިދާނެއެވެ. މިގޮތުން ބްލެކްމެއިލްކުރުމާއި ފޭސްބުކް ކްރެޑިޑް ބޭނުންކޮށްގެން އެކިމުޢާމަލާތްތައް ހިންގައެވެ. އެހެންކަމުން ސާމާލުކަންދޭންވީ ފޭސްބުކްގެ ރަސްމީ އެޕްލިކޭޝަނެއްކަމަށް ވާނަމަ އެޕްލިކޭޝަންއެއްގެ ލިންކްގެ ކުރިއަށް އެޕްލިކޭޝަން.ފޭސްބުކް.ކޮމް އޮންނާނެކަމެވެ. ރަސްމީ ނޫން އެޕްލިކޭޝަންތަކުގައި އެގޮތަކަށް ނުހުންނާނެއެވެ. ދިވެހިންގެ ތެރޭން ގިނަބަޔަކު މިފަދަ އެޕްކިކޭޝަންތަކަށް ވަދެފައިވާކަން އެފަރާތްތަކުން ވޯލްގައި އެކަކު އަނެކަކާއި ބަދަލުކުރާ ފޮޓޯތަކުން އެނގެއެވެ. އަދި ގިނަ ދިވެހިން ފޭސްބުކް ބޭނުންކުރަން ފެށުމުގެ ކުރިން އަދި ބޭނުންކުރަން ފަށާފައިވެސް ފޭސްބުކް ބޭނުންކުރުމުގައި ރައްކާތެރިވާންޖެހޭ ކަންތައްތަކުގެ  ސަފްޙާކިޔާލިނަމަ މިފަދަ ފިޝިން އެޓޭކްތަކުން ސަލާމަތްވާން ފުރުޞަތު ލިބޭނެއެވެ. ފޭސްބުކްބޭނުންކުރުމުގައި މިހާރަށް ވުރެން ރައްކާތެރިވެވޭނީ އަމިލައެކައުންޓްގެ ސަލާމަތަށް އަޅަންޖެހޭ ފިޔަވަޅު އެޅުމުންނެވެ. އަޅުގަނޑު ދެކެނީ އަޅުގަނޑުމެން ކަމެއްކުރަން ފެށުމުގެކުރިން ހަލާދަނޑީގެ ދެކޮޅުބަލަންޖެހޭނެ ކަމެވެ.


Comments

Popular posts from this blog

ގިތެޔޮ ބޯކިބާ

ގިތެޔޮ ބޯކިބާ ބޭނުންވާ ތަކެތި 2 ޖޯޑު ހަނޑޫ ( ވ ހިމުންކޮށް ފުނޑާފައި ) 2 ޖޯޑު ހަކުރު 2 ފިޔާ ( ތުނިކޮށް ކޮށާފައި ) 2 ޖޯޑު ކާށި ކިރު 2 އިންޗި ފޮނިތޮށި 5 ކާފޫރު ތޮޅި 5 އިންޗި ރާނބާފަތް ( ބުރިބުރިކޮށްފައި ) 2/1 ޖޯޑު ކަނަމަދު ( ދެފަޅި ކޮށްފައި ) 1 ޖޯޑު މާފެން ( ނުވަތަ އެސެންސް. ބޮޑަށް މީރުވާނީ މާފެން ) 2 މޭޒުމަތީ ސަމްސާ ގިތެޔޮ ތައްޔާރުކުރާނެ ގޮތް

އާޅެން

( ކަމެއްކުރަން ހިޔްވަރު ހުރިއްޔާ އެކަމެއް ވާނެ ގޮތްވެސް އޮށްނާނެ ) 1 އަހަރެން ކަލާއަށްޓަކައިވީ ފުންލޯބި ² ނެތި ހިނގައްޖެއެވެ. އަދި މިހިތުގައި ވަނީ ނަފުރަތެވެ. 3 އެއްދުވަހުން އަނެއްދުވަހައް ދަނީ އިތުރުވަމުންނެވެ. އަހަރެންނަށް ކަލާ ފެންނަ ހިނދު ⁴ ކަލާ އާއި ދިމާއަށް ބަލާކަށްވެސް ބޭނުމެއް ނޫނެވެ. 5 މިހަރު އަހަރެން ކުރަންބޭނުންވާ ހަމަ އެކަނިކަމަކީ ⁶ އެހެން އަންހެން ކުދިންނަށް ބެލުމެވެ. އަހަރެން އެއްއިރެއްގައިވެސް ބޭނުންނުވާ ކަމެއްއޮތެވެ. 7 ކަލާއާއި ކައިވެނިކުރުމެވެ. އަހަރެމެންގެ އެއްމެފަހުގެ ބައްދަލުވުމުގައި ދެކެވުނު ވާހަކަ ތަކުން ⁸ އަހަރެން އިތުރަށް ފޫހިވެއްޖެއެވެ. 9 އިތުރަށް ކަލާ ދިރިއުޅުން ހުންނަގޮތް އެނގިގެން ހިނގައްޖެއެވެ. ¹⁰ ކަލާ ވިސްނަނީ ހަމައެކަނި އަމިއްލަ ނަފްސާދޭތެރޭގައެވެ. 11 އަހަރުމެން ދެމީހުން ކައިވެނި ކޮށްފިނަމަ. ¹² ދިރިއުޅުމަކީ ބޮޑު ހައިޖާނު ގަނޑަކަށްނޫނީނުވާނެއެވެ. 13 މީ ކަލާވެސް އަދި އަހަރެންވެސް އެންމެ ބޭނުންވާ ގޮތްނޫންހެއްޔެވެ.

އަޅުގަނޑު ހައިރާންވަނީ ތިބޭފުޅުން ހައިރާންނުވާތީއެވެ.

ޖޯރޖް އަކީ އުމުރުން 50 އަހަރު ވެފައިވާ ދުޅަހެޔޮ ޞިއްޙަތެއްގެ ވެރިއެކެވެ. އޭނައަކީ ދެއަންހެންކުދިންނާއި ފިރިހެން ކުއްޖެއްގެ ބައްޕައެކެވެ. އޭނާގެ މި ކުޑަކުޑަ އާއިލާ ދިރިއުޅެމުން ގެންދަނީ އެމެރިކާގެ ވޮޝިންޓަނުގައެވެ. ޙައްޖުމަސް ކައިރިވުމާއެކު ޖޯރޖްއާއި އޭނާގެ ޢާއިލާގެ ހުރިހާ މެމްބަރުންވެސް މިއަހަރުގެ ޢީދުދުވަހަކީ ކޮބައިތޯ ބެލުމަށްޓަކާ ލައިވް އިސްލާމީޚަބަރު ޗެނަލްތަކާއި ނޫސްމަޖައްލާތައް ބަލަންފެށިއެވެ. ޖޯރޖް ރޭޑިއޯ ޗެނަލްތައް އަޑުއަހަމުން ދިޔައިރު، ކުދިންގެ މަންމަ ދިޔައީ ޓީވީ ޗެނަލްތައް ބަލަމުންނެވެ. އަދި ކުދީންތައް ދިޔައީ އިސްލާމީ ވެބްސައިޓުތައް ބަލަމުންނެވެ. އިސްލާމީ މުއައްސަސާއެއްގެ ނަމްބަރު އޮތްނަމަ ކިހާރަނގަޅުހޭ އެމީހުންގެ ހާލުގެ ދުލުން ބުނަމުންދާކަހަލައެވެ. މި އަހަރުގެ އަޟްޙާ ޢީދުދުވަހަކީ ކޮބައިތޯ ސާފުކުރުމަށްޓަކައެވެ.