Skip to main content

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރަން ޖެހޭހެއްޔެވެ؟


މުޖުތަމަޢް އެއްގެ ބަޔަކު މުނާސަބަތެއް ފާހަގަކުރާނަމަ އެ މުނާސަބަތު ފާހަގަ ކުރެވެނީ ކޮންކަހަލަ ހަޤީޤަތް ތަކެއްގެ މައްޗަށް ބިނާކޮށްތޯ ނުވަތަ ދީނީގޮތުން ބަލާއިރު އެ މުނާޞަބަތެއްގެ އަސާސަކީ ކޮބައިތޯ ބަލާލަން ޖެހެއެވެ. ނޫންނަމަ ތަސައްރަފް ފުދިފައިވާކަމަށް ޤަބޫލްކުރާ ބޮޑަތި މުސްލިމުން ތަކަކަށް ކުރެވޭ ކަމަކީ 'ގަޅި" އަދި ޖާހިލް މޮޔަ ކަމަކަށްވެސް ވެދާނެއެވެ. ނުވަތަ އަޤީދާ ފާޞިދުވާފަދަ ބިދްޢައަކަށް ނޫންނަމަ ޝިރްކަކަށްވެސް ވެދާނެއެވެ. އެހެންކަމުން ރާއްޖެ އިސްލާމްވުމާއިމެދު ތަޙްޤީޤީ ނަޒަރަކުން ބަލާލަމާތޯއެވެ.!



ތާރީޚީ އޮޅުންބޮޅުން:

                  އެންމެ ފުރަތަމަ އުފެދޭ ސުވާލަކީ (ހިޖުރައިން 548ވަނަ އަހަރުގެ ރަބީޢުލް އާޚިރު މަހުގެ 2 ވަނަދުވަސް) މިއީ ރާޖެ އިސްލާމްވި ދުވަސް ހެއްޔެވެ؟ ރާއްޖެ އިސްލާމްކުރެއްވީ (އަބުލް ބަރަކާތުލް ބަރުބަރީ) ހެއްޔެވެ؟ ތާރީޚަކުން ދުވަހެއް ކަނޑައެޅޭނީ ތާރީޚީ ހެކިތައް ތަޙްޤީޤުކޮށް ހެއްކަށް ބަރޯސާވެގެންނެވެ. ތާރީޚީ ހެކިތަކަށް ބަލައި ދިރާސާކުރާ ފަރާތްތަކަށް އިސްވެދިޔަ މަޙްފޫމުގައި ވަނީ އެއްގަލަކަށް ނޭރިފައެވެ. ޚުދް ތާރީކީ ހެކިތަކުގައިވެސް ވަނީ އޮޅުންބޮޅުންތަކެވެ. ރާއްޖެ އިސްލާމްވި ތާރީޚަށް އަލިކަމެއް ލިބޭ ހަމައެކަނި ދެ މަސްދަރުގެ ތެރެއިން، މަޝްހޫރު ދަތުރުވެރިޔާ އިބްނުބަޠޫޠާގެ ދަތުރުނާމާގައި ވާގޮތުން ރާއްޖެ އިސްލާމްވީ ތާރީޚެއް، މަހެއް ދުވަހެއް އެނގޭކަށްނެތެވެ. ނަމަވެސް ރާއްޖެ އިސްލާމްކުރެއްވީ މަޣްރިބްކަރައިގެ ބޭކަލެއް ކަމުގައިވާ "އަބުލް ބަރަކާތުލް ބަރުބަރީ" ކަމުގައި ބަޔާންކޮށްފައި ވެއެވެ. އަދި ދިވެހިން ގަބޫލުކުރަނީވެސް މިގޮތަށެވެ. ތާރީޚަށްް އަލިކަމެއް ލިބޭ އަނެއް މަސްދަރު ކަމުގައިވާ އަލްޤާޟީ ޙަސަން ތާޖުއްދީން އަރަބިބަހުން ލިއުއްވި " ތާރީޚް އިސްލާމި ދީބާމަޙަލް" ގައި ޝިޙާބުއްދީން ރަދުން ހުކުރުމިސްކިތް އަލުން ބިނާކުރައްވައި އެމިސްކިތުގައި ބެހެއްޓެވި ފިލަޔަކަށް ރިޢާޔަތްކުރައްވައި ލިއުއްވާފައިވަނީ ' ހިޖުރައިން 548ވަނަ އަހަރުގެ ރަބީޢުލް އާޚިރު މަހުގެ "އަޡްނާއި" ނުވަތަ "އިޡްނާ"(ދޭތް) ' ގައި "އައްޝައިޚު ޔޫސުފު ޝަމްސުއްދީނުއް ތަބްރީޒީ" ރާއްޖެ އިސްލާމް ކުރެއްވި ކަމުގައެވެ.

                 އިބްނު ބަތޫތާ ރާއްޖެ ދުރުވީ، ރާއްޖެ އިސްލާމްވިކަމަށް ބުނެވޭ ތާރީޚްގެ 196 އަހަރު (ގާތްގަނޑަކަށް 2 ޤަރުނު) ފަހުންނެވެ. އަދި އޭރު ޝިޙާބުއްދީން ރަދުން ހުކުރުމިސްކިތް އާކުރައްވައި ފިލާ ބެހެއްޓެވިތާ ވީ އެންމެ 6 އަހަރެވެ. އިބްނިބަޠޫޠާ ގެ ދަތުރުނާމާގައި ވާ ޢިބާރާތުގެ ތަރުޖަމާއަކީ " ހުކުރު މިސްކިތުގެ މިހުރާބު ގެއަށް ވަންނަން ހުންނަ ކޮޓަރީގެ ލަކުޑި ކަނޑައި ނަގާ ލިޔެފާ ހުއްޓާ އަހަރެން ކީމެވެ. މަޣްރިބް ކަރައިގެ އަބުލް ބަރަކާތުލް ބަރްބަރީގެ އަތްޕުޅުމައްޗަށް އައްސުލްޠާން އަޙްމަދު ޝިނޫރާޒާ އިސްލާމްވެ ވަޑައިގަތެވެ.� އިބްނުބަޠޫޠާގެ ގާތްގަނޑަކަށް 372 އަހަރު ފަހުން ޙަސަން ތާޖުއްދީން ހަމަ އެ ފިލާގައިވާ ލިއުމަށް ރިއާޔަތްކުރަށްވައި ލިއުއްވާފައިވަޏީ އެބޭކަލަކީ " އައްޝައިޚު ޔޫސުފު ޝަމްސުއްދީނުއް ތަބްރީޒީ" ، އަދި ފިލާގައިވަނީ "އަބުލް ބަރަކާތު ޔޫސުފުއް ތަބްރީޒީ " ކަމުގައެވެ. އެހެންކަމުން އުފެދޭ ސުވާލަކީ އެބޭކަލަކީ ދިވެހިން ގަބޫލުކުރާ އަދި ޢިބްނިބަޠޫޠާ ލިއުއްވާފައިވާ އޭނާގެ އަމިއްލަ ޤައުމު ކަމުގައިވާ " މަޣްރިބު ކަރައިގެ ޔޫސުފުލް ބަރުބަރީ" ހެއްޔެވެ؟ ނުވަތަ ޙަސަން ތާޖުއްދީން ލިޔުއްވާފައިވާ " (ފާރިސްކަރައިގެ)ޝަމްޝުއްދީނުއް ތަބްރީޒީ، ނުވަތަ ޔޫސުފުއް ތަބްރީޒީ ހެއްޔެވެ"؟ އިބްނު ބަޠޫޠާއަކީ ޢަރަތްބެކެވެ. ހުކުރު މިސްކިތުގައިވާ ޢަރަބި ލިއުން އޭގެ އެންމެ "ތާޒާކަންމަތީ" ޢިބްނު ބަޠޫޠާއަށް ފަހުމް ނުވާންވީ ސަބަބެއް ނެތެވެ. ހަމަ އެޔާއިއެކު ޙަސަން ތާޖުއްދީން ލިއުއްވާފައިވާ ތާރީޚް ފޮތަކީ ޢަރަބި ބަހުން ލިއުއްވާފައިވާ ފޮތެކެވެ. އެހެން ކަމުން ދިވެހިން އެދުވަސްވަރު ޢަރަބިބަސް ލިޔެކިއުމުގައި ބޭނުންކުރަމުން އައިގޮތް ފަހުމްވުން އެންމެ ގާތް އެއްބޭފުޅަކީ ޚުދް ހަސަން ތާޖުއްދީނެވެ. އެބޭކަލަކީ ބަޠޫޠާގެ "ބަރްބަރީ" ކަމުގައި ވާނަމަ ތާޖުއްދީންގެ ތާރީޚަކީ ޤަބޫލުކުރެވޭނެ ހެއްކެތްނޫނެވެ. އަދި އެބޭކަލަކީ ތާޖުއްދީންގެ "ތަބްރީޒީ" ނަމަ ދިވެހިން ޤަބޫލުކުރާ "ބަރުބަރީ" ގެފާނުގެ އަސްލެއް ތާރީޚެއް ނެތެވެ.

                މި ނުގުތާގައި ފާހަގަކުރަންޖެހޭ އަނެއް ކަމަކީ ރާއްޖެ އިސްލާމްވި ގޮތެވެ. (ހިޖުރައިން 548ވަނަ އަހަރުގެ ރަބީޢުލް އާޚިރު މަހުގެ 2 ވަނަދުވަސް) ދުވަހަކީ ދިވެހި ރާއްޖެ އިސްލާމްވީ ދުވަސް ހެއްޔެވެ؟ ނުވަތަ ރަދުން އިސްލާމްވީ ދުވަސް ހެއްޔެވެ. ނޫންނަމަ މާލޭމީހުން އިސްލާމްވީ ދުވަސް ހެއްޔެވެ؟ އެންމެ ކުޑަމިނުން ދިވެހީންގެ ގިނަބަޔަކު އިސްލާމްވީ ދުވަސް ބާވައެވެ. ތާރީޚީ ލިއުންތަކުން ހެކިލިބޭ ގޮތުގައި ރަޢްޖޭގެ ހުރިހާ އަތޮޅެއްގެ ހުރިހާ ރަށެއް އިސްލާމްވީ އެއްމެ ދުވަހަކުން ދެދުވަހަކުން ނޫނެވެ. އޭރުގެ ދަތުރުފަތުރު ހުރިގޮތުން އެއީ ވުމަށްވުރެ ނުވުން ގާތް ކަމެކެވެ. އަދި ބާރުގެ ބޭނުން ކޮށްގެން ނާއި ދެވަނަފަހަރަށްވެސް އެދުވަސްވަރު ބައެއް ރަށްރަށް އިސްލާމްކޮށްފައިވާކަމަށް ބައެއް އިހުގެ ލިއުންތަކުގައި ވެއެވެ. ހަމަ އެހެންމެ ރާއްޖެ އިސްލާމްވީކަމަށް ބުނެވޭ ތާރީޚްގެ ކުރީން އައްޑުއަތޮޅާއި، ފުވަށްމުލަކަށް އިސްލާމްދީނުގެ އަލިކަން ފޯރައިފައި ވާކަމަށް އިހުގެ ލިއުންތަކުން ސާބިތުވެއެވެ. ޢަރަބި ކަރައިގެ ބޭކަލެއް ކަމުގައިވާ އަލްފަޤީހުލް ޙާފިޡް އަލްވަރަޢު ވައްޒާހިދު އައްޝައިޚުލް ޢާލިމް ޔޫސުފް ނާއިބު ތަކުރުފާން އައްޑޫ މީދުއާއި އައްޑޫ އިސްލާމް ކުރެއްވި ކަމަށާއި، އޭނާގެ ދަރިކަލުން ޢަބްދު ނާއިބު (ޢުމަރު ނާއިބު ނުވަތަ ބޯދާ އަލްގެދަރު ނާއިބު) ގެ މަސައްކަތްޕުޅުން ފުވަށްމުލަކުން ބައެއް އިސްލާމްކުރެއްވި ކަމަށާއި، އެރަށުގެ ކާފަރަކު އޭނާ ޝަހީދުކުޅައުމުން އޭނާގެ އަޚް އަބޫބަކުރު ނާއިބު ސ. މީދޫން ވަޑައިގެން މުޅި ފުވަށްމުލަށް އިސްލާމްކުރެއްވިކަމަށް ބުނެވެއެވެ. އެހެންކަމުން އިސްލާމްދީނަށް ދިވެހިން ވެއްދުމަށް އެތަށް ބަޔަކު މަސައްކަތް ކޮށްފައި ވަނިކޮށް ވަކިބަޔަކަށް ވަކި ތާރީޚެއްގައި " ކްރެޑިޓް" ދިނުމަކީ އެންމެ އެކަށީގެންވާ ގޮތެއްކަމުގައި ނުބެލެވެއެވެ. 

ފާހަގަކުރަން ޖެހޭތަ؟

                    ކީރިތި ރަސޫލާ (ޞ) އަށް ނަބީކަން ލިބިވަޑައިގެންނެވި ދުވަހަކީ ޖާހިލުކަމުގެ ތެރެއިން އަލިކަން ފާޅުވި ދުވަހެވެ. އިސްރާ އާއި މިޢްރާޖުގެ ރެއަކީ އިސްލާމް ދީނުގެ ދަންމަރުގެ އަލިކަން އުދަރެހަށް އަރައިގެންދިޔަ ރެއެވެ. ޢަޤަބާގެ ބައިތު ހިފުނު ދުވަހަކީ އިސްލާމީ އުންމަތެއްގެ އެގްރިމެންޓް ހެދުނު ދުވަހެވެ. ހިޖްރައިގެ ދުވަހަކީ އިސްލާމީ އުންމަތެއް އުފަންވި ދުވަހެވެ. ބަދުރުގެ ދުވަހަކީ މުސްލިމުންގެ ދިދަ ވިހުރުވެން ފެށި ދުވަހެވެ. މައްކާ ފަތަޙަކުރެއްވި ދުވަހަކީ ޙިޖާޒްކަރައިން ޖަހާލަތުގެ އަނދިރިކަން ފުހެލެވުނު މުސްލިމުންގެ ފަތަޙައިގެ ދުވަހެވެ. ޙައްޖަތުން ވަދާޢުގެ ދުވަހަކީ އެންމެ ފުރަތަމަ އިސްލާމީ އުންމަތް އެއްތަންކުރެވުނު ދުވަހެވެ. ނަމަވެސް މާތް ނަބިއްޔާ (ޞ) ގެ ޙަޔާތްޕުޅުގައިވެސް، ޚުލަފާއުއްރާޝިދޫންގެ ދުވަސްވަރުވެސް، ނުވަތަ ހެޔޮވެގެންވާ އުންމަތުގެ ޞަލަފުއްޞާލިޙުންގެ ދުވަސްވަރުގައިވެސް މީން އެންމެ ދުވަހެއްވެސް (މުނާޞަބަތެއްގެ ގޮތުގައި) ފާހަގަކުރެއްވިކަމެއް އެނގޭކަށް ނެތެވެ. ވީއިރު ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރަން ޖެހޭ ހެއްޔެވެ.

                    މަސްވެރިންގެ ދުވަސް، ދަނޑުވެރިންގެ ދުވަސް، ފަޅުވެރިންގެ ދުވަސް، ޤައުމީ ދުވަސް، މިނިވަން ދުވަސް، ނަސްރު ދުވަސް، ތިމާވެށީގެ ދުވަސް، އަންހެނުންގެ ދުވަސް، ފިރިހެނުންގެ ދުވަސް..... ދުވަސް...ދުވަސް... އަހަރެއްގެ ތެރޭގައި އަންނަ ކޮންމެ ދުވަހަކީ ފާހަގަކުރަންޖެހޭ ދުވަހެއް ބާވައެވެ. ބައެއް ފަހަރު އެއް ތާރީޚެއްގައި ދެދުވަސް ފާހަގަކުރަންވެސް ޖެހިދެއެވެ. އަޅެފަހެ 365 ދުސް ތެރޭގައި ދުވަސްތައް ފާހަގަ ނުކުރެވި އަހަރެއްގެ ދިގުމިން 730 ދުވަހަށް ހަދަން ޖެހިފައިވާ މިދަނޑިވަޅުގައި ކޮންމެދުވަހަކު ކޮންމެ ދުވަހަކު ދުވަސް ފާހަގަ ކުރުމުގައި އޮތީ ކޮން ޚާއްސަކަމެއް ޙައިޞިއްޔަތެއް ހެއްޔެވެ. މުޅި އަހަރު މުނާޞަބަތާއި ކުޅިވަރުގައި ހޭދަކުރާ މީހަކަށް އެއިން ވަކި ދުވަހެއް މުނާޞަބަތަކަށް ވާނެހެއްޔެވެ. އެހެންކަމުން އިސްލާމްދީނުގައި ވަނީ އުފާކުރުމަށްޓަކައި ވަނީ ދެޢީދު ލައްވާފައެވެ. ކުލަ ގަދަ މުނާޞަބަތުތަކާއިއެކު އިސްލާމްދީން ހުއްދަކުރާ ގޮތުގައި އެދެދުވަސް ފާހަގަކުރާށެވެ.

                    ނިންމާލަމުން ފާހަގަކޮށްލަމެވެ. ފާރިސްކަރައާއި ސިންދު، އަދި ސޫދާންފަދަ ގައުމުތަށް އިސްލާމްދީނަށް ވަން ދުވަސްވަރު އެމީހުންގެ ބޯދާ ދިންތަކުގެ ވަރަށް ގިނަ ކަންތައްތަކެއް އިސްލާމްދީނަށް ވައްދައި، އެމީހުންގެ ކުރީގެ އިލާހުންގެ އުފަންދުވަސްފަދަ ޚުރާފާތުގެ ތަފާދު ދުވަސްތަކެއް ހިޖްރީ ތާރީޚްގެ ތެރެއިންވެސް ފާހަގަކުރަމުން ދިޔައެވެ. އެހެންކަމުން އޮޅުންބޮޅުންވެފައިވާ ދިވެހިންގެ އިހުގެ ތާރީޚްގެ ތެރެއިން ެ ރަބީޢުލް އާޚިރު މަހުގެ "އަޡްނާއި" ނުވަތަ "އިޡްނާ"(ދޭތް) ' ގެ ގޮތުގައި މި ފާހަގަކުރާ ދުވަހަކީ ދިވެހީންގެ އިހުގެ ކާފަރު ކަލާނގެ އުފަންދުވަސް ނޫންކަމެއްވެސް ނޭނގެއެވެ. ހަމަގައިމުވެސް  މެދުޒިޔާރަތްދޮށް ޚާއްޞަކުރުމަކީ ބިދުޢައެކެވެ. ރައްކާވެ ތިބިއްޔާ ދަތުރެކެވެ.

Comments

  1. mihaaaru mithanugai 100% isslaam dheen eba oyy tha

    ReplyDelete

Post a Comment

ޝުޢޫރުފާޅުކުރައްވާ ، ޙިޔާލުދެއްވާ

Popular posts from this blog

ގިތެޔޮ ބޯކިބާ

ގިތެޔޮ ބޯކިބާ ބޭނުންވާ ތަކެތި 2 ޖޯޑު ހަނޑޫ ( ވ ހިމުންކޮށް ފުނޑާފައި ) 2 ޖޯޑު ހަކުރު 2 ފިޔާ ( ތުނިކޮށް ކޮށާފައި ) 2 ޖޯޑު ކާށި ކިރު 2 އިންޗި ފޮނިތޮށި 5 ކާފޫރު ތޮޅި 5 އިންޗި ރާނބާފަތް ( ބުރިބުރިކޮށްފައި ) 2/1 ޖޯޑު ކަނަމަދު ( ދެފަޅި ކޮށްފައި ) 1 ޖޯޑު މާފެން ( ނުވަތަ އެސެންސް. ބޮޑަށް މީރުވާނީ މާފެން ) 2 މޭޒުމަތީ ސަމްސާ ގިތެޔޮ ތައްޔާރުކުރާނެ ގޮތް

އާޅެން

( ކަމެއްކުރަން ހިޔްވަރު ހުރިއްޔާ އެކަމެއް ވާނެ ގޮތްވެސް އޮށްނާނެ ) 1 އަހަރެން ކަލާއަށްޓަކައިވީ ފުންލޯބި ² ނެތި ހިނގައްޖެއެވެ. އަދި މިހިތުގައި ވަނީ ނަފުރަތެވެ. 3 އެއްދުވަހުން އަނެއްދުވަހައް ދަނީ އިތުރުވަމުންނެވެ. އަހަރެންނަށް ކަލާ ފެންނަ ހިނދު ⁴ ކަލާ އާއި ދިމާއަށް ބަލާކަށްވެސް ބޭނުމެއް ނޫނެވެ. 5 މިހަރު އަހަރެން ކުރަންބޭނުންވާ ހަމަ އެކަނިކަމަކީ ⁶ އެހެން އަންހެން ކުދިންނަށް ބެލުމެވެ. އަހަރެން އެއްއިރެއްގައިވެސް ބޭނުންނުވާ ކަމެއްއޮތެވެ. 7 ކަލާއާއި ކައިވެނިކުރުމެވެ. އަހަރެމެންގެ އެއްމެފަހުގެ ބައްދަލުވުމުގައި ދެކެވުނު ވާހަކަ ތަކުން ⁸ އަހަރެން އިތުރަށް ފޫހިވެއްޖެއެވެ. 9 އިތުރަށް ކަލާ ދިރިއުޅުން ހުންނަގޮތް އެނގިގެން ހިނގައްޖެއެވެ. ¹⁰ ކަލާ ވިސްނަނީ ހަމައެކަނި އަމިއްލަ ނަފްސާދޭތެރޭގައެވެ. 11 އަހަރުމެން ދެމީހުން ކައިވެނި ކޮށްފިނަމަ. ¹² ދިރިއުޅުމަކީ ބޮޑު ހައިޖާނު ގަނޑަކަށްނޫނީނުވާނެއެވެ. 13 މީ ކަލާވެސް އަދި އަހަރެންވެސް އެންމެ ބޭނުންވާ ގޮތްނޫންހެއްޔެވެ.

އަޅުގަނޑު ހައިރާންވަނީ ތިބޭފުޅުން ހައިރާންނުވާތީއެވެ.

ޖޯރޖް އަކީ އުމުރުން 50 އަހަރު ވެފައިވާ ދުޅަހެޔޮ ޞިއްޙަތެއްގެ ވެރިއެކެވެ. އޭނައަކީ ދެއަންހެންކުދިންނާއި ފިރިހެން ކުއްޖެއްގެ ބައްޕައެކެވެ. އޭނާގެ މި ކުޑަކުޑަ އާއިލާ ދިރިއުޅެމުން ގެންދަނީ އެމެރިކާގެ ވޮޝިންޓަނުގައެވެ. ޙައްޖުމަސް ކައިރިވުމާއެކު ޖޯރޖްއާއި އޭނާގެ ޢާއިލާގެ ހުރިހާ މެމްބަރުންވެސް މިއަހަރުގެ ޢީދުދުވަހަކީ ކޮބައިތޯ ބެލުމަށްޓަކާ ލައިވް އިސްލާމީޚަބަރު ޗެނަލްތަކާއި ނޫސްމަޖައްލާތައް ބަލަންފެށިއެވެ. ޖޯރޖް ރޭޑިއޯ ޗެނަލްތައް އަޑުއަހަމުން ދިޔައިރު، ކުދިންގެ މަންމަ ދިޔައީ ޓީވީ ޗެނަލްތައް ބަލަމުންނެވެ. އަދި ކުދީންތައް ދިޔައީ އިސްލާމީ ވެބްސައިޓުތައް ބަލަމުންނެވެ. އިސްލާމީ މުއައްސަސާއެއްގެ ނަމްބަރު އޮތްނަމަ ކިހާރަނގަޅުހޭ އެމީހުންގެ ހާލުގެ ދުލުން ބުނަމުންދާކަހަލައެވެ. މި އަހަރުގެ އަޟްޙާ ޢީދުދުވަހަކީ ކޮބައިތޯ ސާފުކުރުމަށްޓަކައެވެ.