Skip to main content

ރޯދަމަހަކީ ޤުރުއާނުގެ މައްސަރެވެ.

ރޯދަމަހަކީ ޤުރުއާނުގެ މައްސަރެވެ.
.

ހުރިހާ މައްސަރުތަކުގެ ތެރެއިން ޤުރުއާން ބާވައިލެއްވުމަށް މާތް ﷲ ޚާއްޞަ ކުރެއްވި މަހަކީ ރަމަޟާން މަހެވެ. މިގޮތުން ލައުޙުލް މަޙްފޫޡުން ދުނިޔޭގެ އުޑަށް ޤުރުއާން އެއްކޮށް ބާވައިލެއްވީ މިމަހުގެ ލައިލަތުލް ޤަދްރިވިލޭރޭގައެވެ.


ރަމަޟާންމަހަކީ ޤުރުއާނުގެ މައްސަރެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. { شَهْرُ رَمَضَانَ الَّذِى أُنزِلَ فِيهِ الْقُرْآنُ هُدًى لّلنَّاسِ وَبَيِّنَـٰتٍ مِّنَ الْهُدَىٰ وَالْفُرْقَانِ } البقرة:185. މާނައަކީ " ރަމަޟާން މަހަކީ އެމަހެއްގައި ޤުރުއާން ބާވައިލެއްވުނު މައްސަރެވެ. އެއީ މީސްތަކުންނަށް ހިދާޔަތެއްކަމުގައްޔާއި ޙައްޤާއި ބާޠިލް ވަކިކޮށްދެނިވި ފޮތެއްގެ ގޮތުގައެވެ. "
ކީރިތި ޤުރުއާނަކީ ﷲ ތަޢާލާގެ ވަޙީބަސްފުޅެވެ. އެފޮތުގައި ތެދުމަގަށް މަގު ދައްކާފައި ވެއެވެ. ޙަލާލު ޙަރާމް އަންގަވާދެއްވާފައިވެއެވެ. އިސްވެދިޔަ އުއްމަތްތަކުގެ މީހުންގެ ޚަބަރާއި ﷲ އަށް އުރެދުނު މީހުންގެ ނިމުން އައި ގޮތްވެއެވެ. ﷲ ތަޢާލާ ވަޙީ ކުރައްވަނީ ﴿إِنَّ هَـٰذَا ٱلْقُرْءانَ يِهْدِى لِلَّتِى هِىَ أَقْوَمُ وَيُبَشّرُ ٱلْمُؤْمِنِينَ ٱلَّذِينَ يَعْمَلُونَ ٱلصَّـٰلِحَاتِ أَنَّ لَهُمْ أَجْرًا كَبِيرًا ﴾ (الإسراء:9 )  މާނައަކީ " ހަމަކަށަވަރުން އެންމެސީދާކަން ބޮޑުވެގެންވާ މަގަށް މިޤުރުއާން މަގުދައްކައެވެ. އަދި ހަމަކަށަވަރުން ބޮޑުވެގެންވާ ދަރުމަ އެބައިމީހުންނަށް ހުރި ކަމުގެ އުފާވެރި ޚަބަރު ،ޞާލިޙް ، ހެޔޮޢަމަލު ކުރާމުއުމިނުންނަށް ( މިޤުރުއާން ) ދެއެވެ.
މިމާތް ފޮތަކީ އެއިލާހަށް ޛިކުރު ކުރުމަށް އެދޭ މީހާކިޔަވަންވީ ފޮތެވެ. ޚުޝޫޢަތްތެރިކަމާއި ފުރިހަމަ އީމާންތެރިކަމަށް އެދޭ މީހާ ކިޔަވަންވީ ފޮތެވެ. ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމަށް އެދޭ މީހާ ކިޔަންވީ ފޮތެވެ. ހިތުގެ ހަމަޖެހުމަށް އެދޭ މީހާ ކިޔަވަންވީ ފޮތެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. {ألا بذكر الله تطمئن القلوب} [الرعد]·   މާނައަކީ " ހިތްތަކަށް ހަމަޖެހުން ލިބުންވަނީ ﷲ ތަޢާލާގެ މަތިން  ހަނދުމަކުރުމުން ނޫންހެއްޔެވެ؟"
ކީރިތި ޤުރުއާން ގިނަގިނައިން ކިޔެވުމަކީ މާތް ރަސޫލާ صلي الله عليه وسلم އެކަމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެކެވެ.  މާތް ރަސޫލާ صلي الله عليه وسلم ގެ ޙަދީޘްބަސްފުޅެއްގައި ވެއެވެ. ( اقرءو القران فانه يأتي يوم القيامة شفيعاُ لأصحابه ) މާނައަކީ " ތިޔަބައިމީހުން ޤުރްއާން ކިޔަވާށެވެ. ފަހެ ހަމަކަށަވަރުން ޤުރުއާންކިޔަވާމީހާއަށް ޝަފާޢަތްތެރިވާ އެއްޗެއްގެ ގޮތުގައި ޤިޔާމަތްދުވަހުން އެޤުރުއާން އަންނާނެއެވެ." އަދިވެސް އެހެންބަސްފުޅެއްގައި އައިސްފައިވެއެވެ.  ( إن الذي ليس في جوفه شيء من القرآن كالبيت الخرب) މާނައަކީ " އެމީހެއްގެ އެތެރެހަށީގައި ޤުރުއާނުގެ އެއްވެސް މިންވަރެއް ނުވާމީހާ، ޚަރާބުވެފައިވާ ގެއެއް ފަދައެވެ. " ޤުރުއާން ކިޔެވުމުގެ މާތްކަން އަންގައިދޭ މިފަދަ ޙަދީޘްތައް ވަރަށް ގިނައެވެ.
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ރޯދަމަހުގައި ތާބިޢީ ބޭކަލުންނާއި އެބޭކަލުންގެ ފަހުންވަޑައިގެންނެވި ބޭކަލުން ޤުރުއާން ކިޔެވުމަށް ސަމާލުކަން ދެއްވާފައިވަނީ ޢަޖައިބުވާފަދަ މިންވަރަކަށެވެ. ޤަތާދާގެފާނު، އާދައިގެ ދުވަސްތަކުގައި ކޮންމެ 7 ރެއަކުން ޚަތިމެއް ކުރައްވައެވެ. އަދި ރޯދަމަސް އަތުވެއްޖެނަމަ ކޮންމެ ތިން ރެއަކުން ޚަތިމެއް ކުރައްވައެވެ. އަދި ރޯދަމަހުގެ ފަހު ދިހަ އައުމުން ކޮންމެ ރެއަކުން ޚަތިމެއް ކުރައްވައެވެ.
އިމާމް މާލިކްގެފާނު ރޯދަމަސް އަތުވެއްޖެނަމަ ފިޤުހު ފޮތްތައް ދޫކޮށްލައްވައި ޤުރުއާން ކިޔެވުމަށް ހުރިހާ ވަގުތެއްހެން ހޭދަކުރައްވައެވެ. އިމާމް އަޙްމަދު ގެފާނު ރޯދަމަސް އަތުވެއްޖެނަމަ މުހިއްމު ކަމަކަށް މެނުވީ މިސްކިތުން ނުނުކުންނަވައި ޤުރުއާން ކިޔެވުމާއި ޛިކްރުކުރުމުގައި އިންނަވައެވެ. އިމާމް ޝާފިޢީގެފާނު ރޯދަމަހު 60 ޚަތިމް ކުރައްވައެވެ. އެއީ ދުވާލަކު ދެޚަތިމް ކުރައްވައިގެންނެވެ. އަދި އެއީ ފަރުޟު ނަމާދުތަކާއި ސުންނަތް ނަމާދުތަކުގައި ކިޔަވާ ކިޔެވުން ނުލައެވެ.
ނަމަވެސް މިބޭކަލުންގެ މަސައްކަތްޕުޅާއި އަންނަނިވި ޙަދީޘާ ތަޢާރުޟް ވާކަމަށް ބައެއް ބޭކަލުން ދެކެވަޑައިގަންނަވައެވެ. ( لا يفقه من قرأ القرآن في أقل من ثلاث ) މާނައަކީ" ތިންދުވަހަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި ޚަތިމެއް ކޮށްފި މީހަކަށް އެއްވެސް އެއްޗެއް ނުވިސްނޭނެއެވެ. "
މިހަދީޘްބަސްފުޅުގެ މުރާދާމެދު ޢިލްމުވެރިންގެ މެދުގައި އިޚްތިލާފް އުފެދިފައިވެއެވެ. އިބްނު ރަޖަބް ވިދާޅުވަނީ މިޙަދީޘްފުޅުގައި އައިސްފައިވަނީ ޢާއްމުކޮށް ޚަތިމްކުރަން ޖެހޭ ޢަދަދު ކަމުގައެވެ. ނަމަވެސް ރޯދަމަހުގެ ދުވަސްތައްފަދަ މާތްދުވަސްތަކުގައި، އަދި ޚާއްޞަކޮށް ފަހުދިހައިގައި ވީހާ ގިނަގިނައިން ކިޔަވަން ޖެހޭނެއެވެ. އެއީ އެފުރުޞަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށްޓަކައެވެ. ހަމައެހެންމެ މިޙަދީޘްގެ މުރާދާމެދު އިބްނު ޙަޖަރު ވިދާޅުވެފައިވެއެވެ. ތިންދުވަހަށް ވުރެ ގިނަކުރުން މަނާކުރައްވާފައިވަނީ ޙަރާމް ވުމުގެ މާނައިގައެއް ނޫނެވެ. އަދި އިމާމުއްނަވަވީ ވިދާޅުވަނީ އެކަން އޮންނާނީ އެމީހެއްގެ ކިބައިގައި ހިތްވަރު ހުރި ވަރަކާއި އެމީހެއްގެ ހީވާގިކަމެއްގެ މައްޗަށްކަމުގައެވެ. އެހެންކަމުން އެމީހަކާ ނުވަތަ ޙާލަތާ ގުޅޭގޮތުން އެމިންވަރު ބަދަލުވާނެއެވެ.
ކޮންމެއަކަސް މިފަދަ މިންވަރަކަށް ކިޔެވުމުގެ ކުޅަދާނަކަން ލިބުމަކީ ހަމަޔަޤީނުންވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދާއަޅުންނަށް، އެއިލާހު ދެއްވާ މަތިވެރިކަމަކާ މާތްކަމެކެވެ. ކަރާމާތެކެވެ.
އަހަރެން ތިބާއަށް މިގޮވާލަނީ ޙަދީޘްފުޅުގައި ވާފަދައިން 3 ދުވަހުން ޚަތިމެއް ކުރުމަކަށް ނޫނެވެ. ނުވަތަ ހަފްތާއަކުން ޚަތިމެއް ކުރުމަކަށްވެސް ނޫނެވެ. އެންމެ މަދުވެގެން މަހަކު އެއްފަހަރު ޚަތިމް ކުރުމަށެވެ. ކީރިތި ޤުރުއާނުގައި އޮންނަނީ 30 ފޮތެވެ. އެއިން ކޮންމެ ފޮތެއްގައި ވަނީ 10 ގަނޑެވެ. ތިބާ ފަސްނަމާދުގެ ތެރެއިން ކޮންމެ ނަމާދެއްގެ ފަހުގައި ދެގަނޑު ކިޔަވާލަބަލާށެވެ. އޭރުން އެކިޔެވުނީ ދުވާލަކަށް ފޮތެކެވެ. އަދި މަހަކަށް ޚަތިމެކެވެ.
ލޮބިވެތިއަޚާއެވެ. އުޚްތެވެ. މާތް ﷲގެ ކަލާމްފުޅު ކިޔެވުމަށް ތިބާގެ ވަގުތުތަކުގެ ތެރެއިން ދުވާލަކަށް މަދުވެގެން 1 ގަޑިއިރު ނުވަތަ ބައިގަޑިއިރު ހޭދަކުރާށެވެ. އެއީ ކުރިން ދަސްކޮށްފައިވާ ބައިތައް ހަނދާންއާ ކުރުމަށާއި ޤުރުއާނުން ކުޑަމިންވަރެއް ނަމަވެސް ދަސްކުރުމަށާއި ޚަތިމް ކުރުމަށެވެ.
ވީވަރަކުން ޤުރުއާން ތަރުޖަމާ ބަލައިގެން ﷲ ތަޢާލާގެ ބަސްފުޅު ފަހުމްވޭތޯ މަސައްކަތް ކުރާށެވެ. މުއުމިނު އަޅުތަކުންނާ މުޚާޠަބްކޮށް އެއިލާހު ވަޙީކުރައްވާފައިވާ ބަސްފުޅުތައް އަމިއްލައަށް ކިޔުމަށްޓަކައެވެ. ތިބާ ރަނގަޅުމަގުގައި ޘާބިތުވެހުރެއްޖެނަމަ ހުރި ނިޢުމަތްތަކުގެ ވާހަކައެވެ. އެއިލާހުގެ ޤުދުރަތްތެރިކަމާއި ކުޅަދުންވަންތަ ކަމުގެ ހެކިތަކުގެ ވާހަކައެވެ. ނަރަކައިގެ ބިރުވެރިކަމާއި ކަށްވަޅުގެ ޢަޛާބުގެ ވާހަކައެވެ. ޤިޔާމަތްދުވަހުން، ކާފިރުވީމީހުންނާއި އެއިލާހަށް އަޅުކަންކުރުމުގައި ފަރުވާ ކުޑަކުރި މީހުންގެ ޙާލަތު ހުންނާނެގޮތެވެ. ސުވަރުގޭގެ މަތިވެރިނިއުމަތުގެ ވާހަކައެވެ. މިހުރިހާ ކަމަކުން އީމާންކަމުގެ ފޮނިމީރުކަން ތިބާއަށް އިޙްސާސް ކުރެވޭނެއެވެ. ﷲ ތަޢާލާއަށް ބިރުވެތިވާން ދަސްވާނެއެވެ. ހިތަށް ހަމަޖެހުން ލިބޭނެއެވެ.
އުފާކުރާށެވެ. ތިބާ ޤުރުއާން ކިޔަވަމުން ދާއިރު ﷲ ތަޢާލާގެ މަލާއިކަތުން ތިބާ ވަށާލާނެއެވެ. އަދި ރަޙްމާންވަންތަ އިލާހުގެ ރަޙްމަތްފުޅު ތިބާގެ މައްޗަށް ވެއްސަވާނެއެވެ. ވީމާ ފަރުވާ ކުޑަ ނުކުރާށެވެ. މިބަރަކާތްތެރިމަހުގެ ދުވަސްތަކުގައި ވީހާގިނައެއްކޮށް ޤުރުއާން ކިޔެވުމަށް ސަމާލުވާށެވެ. އަދި އެހެނިހެން ދުވަސްތަކުގައިވެސް ޤުރުއާން ކިޔެވުން މަތީ އަބަދުވެސް ދެމިހުރެވޭތޯ ބަލާށެވެ. އޭރުން ތިބާ މަރުވާދުވަހަކުން ޤަބުރުގައި ތިބާއަށްހުރި ނޫރެއް ކަމުގައި އެޤުރުއާން ވެގެންދާނެއެވެ.


Comments

Popular posts from this blog

ގިތެޔޮ ބޯކިބާ

ގިތެޔޮ ބޯކިބާ ބޭނުންވާ ތަކެތި 2 ޖޯޑު ހަނޑޫ ( ވ ހިމުންކޮށް ފުނޑާފައި ) 2 ޖޯޑު ހަކުރު 2 ފިޔާ ( ތުނިކޮށް ކޮށާފައި ) 2 ޖޯޑު ކާށި ކިރު 2 އިންޗި ފޮނިތޮށި 5 ކާފޫރު ތޮޅި 5 އިންޗި ރާނބާފަތް ( ބުރިބުރިކޮށްފައި ) 2/1 ޖޯޑު ކަނަމަދު ( ދެފަޅި ކޮށްފައި ) 1 ޖޯޑު މާފެން ( ނުވަތަ އެސެންސް. ބޮޑަށް މީރުވާނީ މާފެން ) 2 މޭޒުމަތީ ސަމްސާ ގިތެޔޮ ތައްޔާރުކުރާނެ ގޮތް

އާޅެން

( ކަމެއްކުރަން ހިޔްވަރު ހުރިއްޔާ އެކަމެއް ވާނެ ގޮތްވެސް އޮށްނާނެ ) 1 އަހަރެން ކަލާއަށްޓަކައިވީ ފުންލޯބި ² ނެތި ހިނގައްޖެއެވެ. އަދި މިހިތުގައި ވަނީ ނަފުރަތެވެ. 3 އެއްދުވަހުން އަނެއްދުވަހައް ދަނީ އިތުރުވަމުންނެވެ. އަހަރެންނަށް ކަލާ ފެންނަ ހިނދު ⁴ ކަލާ އާއި ދިމާއަށް ބަލާކަށްވެސް ބޭނުމެއް ނޫނެވެ. 5 މިހަރު އަހަރެން ކުރަންބޭނުންވާ ހަމަ އެކަނިކަމަކީ ⁶ އެހެން އަންހެން ކުދިންނަށް ބެލުމެވެ. އަހަރެން އެއްއިރެއްގައިވެސް ބޭނުންނުވާ ކަމެއްއޮތެވެ. 7 ކަލާއާއި ކައިވެނިކުރުމެވެ. އަހަރެމެންގެ އެއްމެފަހުގެ ބައްދަލުވުމުގައި ދެކެވުނު ވާހަކަ ތަކުން ⁸ އަހަރެން އިތުރަށް ފޫހިވެއްޖެއެވެ. 9 އިތުރަށް ކަލާ ދިރިއުޅުން ހުންނަގޮތް އެނގިގެން ހިނގައްޖެއެވެ. ¹⁰ ކަލާ ވިސްނަނީ ހަމައެކަނި އަމިއްލަ ނަފްސާދޭތެރޭގައެވެ. 11 އަހަރުމެން ދެމީހުން ކައިވެނި ކޮށްފިނަމަ. ¹² ދިރިއުޅުމަކީ ބޮޑު ހައިޖާނު ގަނޑަކަށްނޫނީނުވާނެއެވެ. 13 މީ ކަލާވެސް އަދި އަހަރެންވެސް އެންމެ ބޭނުންވާ ގޮތްނޫންހެއްޔެވެ.

އަޅުގަނޑު ހައިރާންވަނީ ތިބޭފުޅުން ހައިރާންނުވާތީއެވެ.

ޖޯރޖް އަކީ އުމުރުން 50 އަހަރު ވެފައިވާ ދުޅަހެޔޮ ޞިއްޙަތެއްގެ ވެރިއެކެވެ. އޭނައަކީ ދެއަންހެންކުދިންނާއި ފިރިހެން ކުއްޖެއްގެ ބައްޕައެކެވެ. އޭނާގެ މި ކުޑަކުޑަ އާއިލާ ދިރިއުޅެމުން ގެންދަނީ އެމެރިކާގެ ވޮޝިންޓަނުގައެވެ. ޙައްޖުމަސް ކައިރިވުމާއެކު ޖޯރޖްއާއި އޭނާގެ ޢާއިލާގެ ހުރިހާ މެމްބަރުންވެސް މިއަހަރުގެ ޢީދުދުވަހަކީ ކޮބައިތޯ ބެލުމަށްޓަކާ ލައިވް އިސްލާމީޚަބަރު ޗެނަލްތަކާއި ނޫސްމަޖައްލާތައް ބަލަންފެށިއެވެ. ޖޯރޖް ރޭޑިއޯ ޗެނަލްތައް އަޑުއަހަމުން ދިޔައިރު، ކުދިންގެ މަންމަ ދިޔައީ ޓީވީ ޗެނަލްތައް ބަލަމުންނެވެ. އަދި ކުދީންތައް ދިޔައީ އިސްލާމީ ވެބްސައިޓުތައް ބަލަމުންނެވެ. އިސްލާމީ މުއައްސަސާއެއްގެ ނަމްބަރު އޮތްނަމަ ކިހާރަނގަޅުހޭ އެމީހުންގެ ހާލުގެ ދުލުން ބުނަމުންދާކަހަލައެވެ. މި އަހަރުގެ އަޟްޙާ ޢީދުދުވަހަކީ ކޮބައިތޯ ސާފުކުރުމަށްޓަކައެވެ.