ރަސޫލުއް ﷲ ޞައްލައްﷲ
ޢަލައިހި ވަސައްލަމަގެ ސުންނަތުން ޘާބިތުވާ ދުޢާތަކުގެ ތެރެއިން ދުޢާ
ޚިޔާރުކުރަމާތޯއެވެ.
لاَاِلَهَ إِلاَّ اللّهُ الْعَظِيمُ الْحَلِيمُ، لاَاِلَهَ إِلاّ اِللّهُ رَبُّ الْعَرْشِ الْعَظِيمِ ، لاَاِلَهَ إِلاّ اِللّهُ رَبُّ السَّمَوَاتِ وَرَبُّ الأَرْضِ وَرَبُّ الْعَرْشِ الْكَرِيْم
ﷲ ފިޔަވައި އެހެން އިލާހަކު ނުވެއެވެ.
އެކަލާނގެއީ މަތިވެރިވަންތަ ޙިލްމުވެރި އިލާހެވެ. ﷲ ފިޔަވައި އެހެން އިލާހަކު
ނުވެއެވެ. އެކަލާނގެ އީ މަތިވެރި ޢަރުޝީގެ ވެރި އިލާހެވެ. ﷲ ފިޔަވއި އެހެން
އިލާހަކު ނުވެއެވެ. އެކަލާނގެ އީ އުޑުތަކާއި ބިމުގެ ވެރިއިލާހެވެ. އަދި މާތް
ޢަރުޝީގެ ވެރި އިލާހެވެ.
- ޞަޙީޙުލްބުޚާރީ-
لاَاِلَهَ إِلاَّ اللّهُ وَحْدَهُ ، أَعَزَّ جُنْدَهُ ، وَنَصَرَ عَبْدَهُ، وَغَلَبَ الأَحْزَابَ وَحْدَهُ ، فَلاَ شَيْءَ بَعْدَهُ
ﷲ ފިޔަވައި އެހެން އިލާހަކު ނުވެއެވެ.
އެކަލާނގެ ، އެކަލާނގެ ސިފައިން ޢިއްޒަތް ތެރި ކުރެއްވިއެވެ. އަދި އެކަލާނގެ
އަޅާއަށް (މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމަ އަށް) ނަޞްރުދެއްވިއެވެ.
އެކަލާގެ އެބައިމީހުން(ރަސޫލުއް ﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަގެ ދުޝްމަނުން) ބަލި ކުރެއްވިއެވެ. އެކަލާނގެ
އަށްފަހު އެއްވެސް ފަރާތެއް ނުވެއެވެ.
- ޞަޙީޙުލްބުޚާރީ-
اَللّهُمَّ رَبَّنَا لَكَ اَلْحَمْدُ ، مِلْءُ اَلسَّمَوَاتِ وَالأَرْضِ وَمِلْءُ مَا شِئْتَ مِنْ شَيْئٍ بَعْدُ ، أَهْلَ اَلثَّنَاءِ وَلْمَجْدِ، أَحَقُّ مَا قَالَ اَلْعَبْدُ وَكُنَّا لَكَ عَبْدٌ
يا الله ! އުޑުތަކާއި ބިމާއި އަދި އެދެމެދުގައިވާހައި
ތަނަކާ އަދި އިބަ ﷲ ފުރާލައްވަން އެދި ވޮޑިގަންނަވާ ހުރިހާ ތަނެއް ފުރާލެވޭވަރުގެ
ޘަނާއާއި ތާރީފް އިބަ ﷲ އަށް ލިބިވޮޑިގެންވެއެވެ. ސަނާއާއި ތާރީފާއި މަތިވެރި
ކަމުގެ ވެރި އިލާހު! އަޅަކު ދެންނެވި އެންމެ ތެދުބަހަކީ އަޅަމެން އެންމެން ނަކީ
އިބަ ﷲ ގެ އަޅުންނެވެ.
- ޞަޙީޙް މުސްލިމް-
اللّهُمَّ أَعُوْذُ بِرَضَاكَ مِنْ سَخَطِكَ، وَبُمَعَافَاتِكَ مِنْ عُقُوبَتِكَ ، وَأَعُوذُ بِكَ مِنْكَ ، لاَأُحْصِي ثَنَاءً عَلَيْكَ ، أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ
يا الله ! އިބަ ﷲ ގެ ޯފާއިން އިބަ ﷲގެ ރުހިވޮޑިގަތުމުން ) އަދި އިބަ ﷲ ގެ މާފު ކުރެއްވުމުން އިބަ ﷲ ގެ ޢުޤޫބާތުން
މިއަޅާ ޙިމާޔަތާއި ރައްކައުތެރިކަން ހޯދަމެވެ. އިބަ ﷲ ގެ ޙަޟްރަތުން އިބަ ﷲ ގެ
ކިބަފުޅުން ރައްކައުތެރިކަން ހޯދަމެވެ. އިބަ ﷲ އަށް ލިބިވޮޑިގެންވާ ތާރީފާއި ސަނާ
މިއަޅާއަށް ގުނާ ޢަދަދު ނުކުރެވޭ ހުއްޓެވެ. އިބަ ﷲ އީ އިބަ ﷲ ގެ ޒާތުފުޅަށް
ތާރީފާއި ސަނާ ލެއްވެވި ފަދައިން ވޮޑިގެންވާ އިލާހެވެ.
- ޞަޙީޙުލްބުޚާރީ-
لاَاِلَهَ إِلاَّ اللّهُ وَحْدَهُ لاَ شَرِيْكَ لَهُ ، لَهُ الْمُلْكُ وَلَهُ اَلْحَمْدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيْر ، اَللَّهُمَّ لاَمَانِعَ لِمَا أَعْطَيْتَ ، وَلاَمُعْطِعَ لِمَامَنَعْتَ، وَلاَيَنْفَعُ ذَا الْجَدِّ مِنْكَ الْجَدّ
لاَاِلَهَ إِلاَّ اللّهُ وَحْدَهُ لاَ شَرِيْكَ لَهُ ، لَهُ الْمُلْكُ وَلَهُ اَلْحَمْدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيْر ، اَللَّهُمَّ لاَمَانِعَ لِمَا أَعْطَيْتَ ، وَلاَمُعْطِعَ لِمَامَنَعْتَ، وَلاَيَنْفَعُ ذَا الْجَدِّ مِنْكَ الْجَدّ
ﷲ ފިޔަވައި އަޅުކަން ކުރުން
ޙައްޤު އެހެން އިލާހަކު ނުވެއެވެ. އަދި އެކަލާނގެ އަށް ބައިވެރިއަކު ނުވެއެވެ. ވެރިކަމާއި ރިވެތި
ޘަނާ ލިބިވޮޑިގެންވަނީ އެކަލާނގެ އަށެވެ. އެކަލާނގެ ހުރިހާ ކަމަކަށް
ކުޅަދުންވަންތައެވެ. ހައްދަވައި ބޮޑުކުރެއްވި އިލާހު އިބަ ﷲ ދެއްވާ އެއްޗެއް މަނާ
ކުރެވޭނެ ފަރާތެއް ނުވެއެވެ. އަދި އިބަ ﷲ މަނާ ކުރެއްވި އެއްޗެއް ދެވޭނެ
ފަރާތެއްވެސް ނުވެއެވެ. އެއްވެސް މުއްސަދި ކަމަކުން އަދި އައުދާނަ ކަމަކުން
އެއްވެސް މީހަކަށް ފައިދާއެއް ނުކުރެވޭނެ އެވެ. އެހެނީ ހުރިހާ މުއްސަދިކަމަކާއި
އައުދާނަ ކަމަކީ އިބަ ﷲ ގެޙަޟްރަތުން ލިބޭކަމެކެވެ.
- ޞަޙީޙް މުސްލިމް-
أللَّهُمَّ مُصَرِّفَ الْقُلُوْبِ، صَرِّفْ قَلْبِي عَلَى طَاعَتِكَ
يا الله ! އިބަ ﷲ އީ ހިތްތައް ފުރޮޅުއްވާ އިލާހެވެ.
މިއަޅާގެ ހިތް އިބަ ﷲ އަށް ކިޔަމަންތެރިވުމަށް ލަންބުވާނދޭވެ!
- ޞަޙީޙް މުސްލިމް-
أللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آل ِمُحَمَّدٍ ، كَمَا صَلَّيْتَ عَلَى [أِبْرَاهِيْمَ وَعَلَى] آلِ أِبْرَاهِيْمَ ، إِنَّكَ حَمِيْدٌ مَجِيْد . وَبَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى [ إِبْرَاهِيْم َوَعَلَى] آلِ إِبْرَاهِيْمَ [ فِي الْعَلَمِيْنَ] إِنَّكَ حَمِيْدُ مَجِيْد
يا الله ! އިބަ ﷲ އިބުރާހީމުގެފާނަށާއި
އެކަލޭގެފާނުންގެ އާލުންނަށް ރަޙްމަތްލެއްވި ފަދައިން މުޙައްމަދުގެފާނަށާއި
އެކަލޭގެފާނުންގެ އާލުންނަށް ރަޙުމަތް ލައްވާނދޭވެ! ހަމަކަށަވަރުން އިބަ ﷲ އީ
އެންމެފުރިހަމަ ސަނާއާއި ތާރީފާއި އައުދާނަކަން ލިބިވޮޑިގެންވާއިލާހެވެ! يا الله !
އިބަ ﷲ އިބުރާހީމުގެފާނަށާއި އެކަލޭގެފާނުންގެ އާލުންނަށް ބަރަކާތްލެއްވިފަދައިން
މުޙައްމަދުގެފާނަށާއި އެކަލޭގެފާނުންގެ އާލުންނަށް ބަރަކާތް ލައްވާނދޭވެ!
- ޞަޙީޙުލްބުޚާރީ-
اللَّهُمَّ ٌإِِنِّي ظَلَمْتُ نَفْسِي ظُلْمًا كَثِيْرًا ، وَلايَغْفِرُ اَلذُّنُوْبَ إِلاَّ أَنْتَ ، فَاغْفِرْلِيْ مَغْفِرَةً مِنْ عِنْدِكَ واَرْحَمْنِي ، إِنَّكَ أَنْتَ الْغَفُوْرُ الرَّحِيْمُ
يا الله ! ހަމަކަށަވަރުން މިއަޅާގެ ނަފްސަށް
ގިނަގުނަވެގެންވާ އަނިޔާވެރިވުމަކުން އަނިޔާވެރިވެއްޖެއީމެވެ. އިބަ ﷲ ފިޔަވާ ފާފަ
ފުއްސަވާ ދެއްވާނޭ އެހެން ފަރާތެއް ނުވެއެވެ. ފަހެ އިބަ ﷲ ގެ ޙަޟްރަތުން
ފާފަފުއްސަވާ ފުއްސެވުމަކުން މިއަޅާގެފާފަތައް ފުއްސަވާނދޭވެ! އަދި މިއަޅާއަށް
އޯގާތެރިވެ ވޮޑިގަންނަވާނދޭވެ! ހަމަކަށަވަރުން އިބަﷲ އީ ގިނަ ގިނައިން
ފާފަފުއްސަވާ އޯގާވަންތަ އިލާހެވެ.
- ޞަޙީޙުލްބުޚާރީ-
اللَّهُمَّ إِنِّي أَعُوْذُ بِكَ مِنْ جَهْدِ الْبَلاَءِ، وَدَرَكِ الشَّقَاءِ ، وَ سُوْءِِ الْقَضَاءِِ ، وَشَمَاتَةِ الأَعْدَاءِ
يا الله ! މިއަޅާ މުޞީބާތްތަކުގެ އުނދަގުލުންނާއި
ދަތި އުނދަގޫކަމުގެ ބުރައިންނާއި ނުބައި ނިންމުންތަކުން ރައްކަތެރިކަން އިބަ ﷲ ގެ
ޙަޟްރަތުން އެދެމެވެ. އަދި ދުޝްމަނުން (މިއަޅާ ގެ ކެކުޅުންތަކާއި މެދު) އުފާކުރާ ކުރުން ތަކުން ރައްކާތެރި ކޮށްދެއްވުންއެދެމެވެ.
- ޞަޙީޙުލްބުޚާރީ-
اللَّهُمَّ إِنِّي أَعُوْذُ بِكَ مِنْ فِتْنَتِ النَّارِ وَعَذَابِ النََّارِ ، وَفِتْنَتِ الْقَبْرِ وَعَذَابَِ الْقَبْرِ ، وَشَرِّ فِتْنَةِ اَلْغِنَى ، وَشَرِّ فِتْنَةِ اَلْفَقْرِ
يا الله ! ނަރަކައިގެ ފިތުނައިންނާއި، ނަރަކައިގެ
ޢަޒާބުން މިއަޅާ ރައްކާތެރިކޮށްދެއްވުން އެދި އިބަ ﷲގެ ޙަޟްރަތުން ޙިމާޔަތް
ހޯދަމެވެ. އަދި ކަށްވަޅުގެ ފިތުނައިންނާއި ކަށްވަޅުގެ ޢަޒާބުން މިއަޅާ
ރައްކާތެރިކޮށްދެއްވުން އެދި އިބަ ﷲގެ ޙަޟްރަތުން ޙިމާޔަތް ހޯދަމެވެ. އަދި
މުއްސަނދި ކަމުގެ ފިތުނައިގެ ނުބައިކަމުންނާއި ފަޤީރުކަމުގެ ފިތުނައިގެ
ނުބައިކަމުން މިއަޅާ ރައްކާތެރިކޮށްދެއްވުން އެދި އިބަ ﷲ ގެ ޙަޟްރަތުން ޙިމާޔަތް
ހޯދަމެވެ.
- ޞަޙީޙުލްބުޚާރީ-
اللَّهُمَّ إِنِّي أَعُوْذُ بِكَ مِنَ اَلْكَسَلِ وَالهَرَمِ ، وَالْمَأثَمِ وَالْمَغْرَمِ
يا الله!
ކަންނެއްކަމާއި އަދި މުސްކުޅިކަމުން މިއަޅާ ރައްކާތެރިކޮށްދެއްވުން އެދި
އިބަ ﷲގެ ޙަޟްރަތުން ޙިމާޔަތް ހޯދަމެވެ. ފާފަވެރިވުމުންނާއި އަދި ދަރަނިވެރިވުމުން
މިއަޅާ ރައްކާތެރިކޮށްދެއްވުން އެދި އިބަ ﷲގެ ޙަޟްރަތުން ޙިމާޔަތް ހޯދަމެވެ.
- ޞަޙީޙުލްބުޚާރީ-
اللَّهُمَّ إِنِّي أَعُوْذُ بِكَ مِنَ الْعَجْزِ وَالْكَسَلِ ، وَالْجُبْنِ وَالْبُخْلِ ، وَأَعُوْذُ بِكَ مِنْ عَذَابِ الْقَبْرِ، وَأَعُوْذُ بِكَ مِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ
يا الله ކަންނެއްކަމާއި، ނުކުޅެދުންތެރިކަމާއި،
ފިނޑިކަމާއި، ދަހިވެތިކަމާއި، ކަށްވަޅުގެ ޢަޒާބާއި
ދިރިހުރުމާއި އަދި މަރުގެ ފިތުނައިން މިއަޅާ ރައްކާތެރިކޮށްދެއްވުން އެދި އިބަ ﷲގެ
ޙަޟްރަތުން ޙިމާޔަތް ހޯދަމެވެ.
- ޞަޙީޙުލްބުޚާރީ-
اللَّهُمَّ إِنِّي أَعُوْذُ بِكَ مِنْ شَرِّ فِتْنَةِ الْمَسِيْحِ الدَّجَّالِ
يا الله! ދައްޖާލުގެ ފިތުނައިން މިއަޅާ ރައްކާތެރިކޮށްދެއްވުން
އެދި އިބަ ﷲގެ ޙަޟްރަތުން ޙިމާޔަތް ހޯދަމެވެ.
- ޞަޙީޙުލްބުޚާރީ-
اللَّهُمَّ اغْسِلْ قَلْبِي بِمَاءِ الثَّلْجِ وَالْبَرَدِ ، وَنَقِّ قَلْبِي مِنَ الْخَطَايَا كَمَا نَقِّيْتَ الثَّوْبَ الأَبْيَضَ مِنَ الدَّنَسِ ، وَبَاعِدْ بَيْنِي وَبَيْنَ خَطَايَايَ كَمَا بَاعَدْتَ بَيْنَ الْمَشْرِقِ وَالْمَغْرِبِ
يا الله! މިއަޅާގެ ހިތް ފިނިފެނާއި ގަނޑުފެނުން ދޮވެދެއްވާނދޭވެ!
އަދި ހުދުފޭރާމެއް ކުނިމިލައިން ސާފުކޮށް ދެއްވާ ފަދައިން އެންމެހައި ފާފަތަކުން
އެ ހިތް ޠާހިރު ކޮށްދެއްވާދޭވެ! އަދި މަޝްރިޤާއި މަޣްރިބު ދުރުކުރެއްވިފަދައިން
މިއަޅާއާއި މިއަޅާގެ ފާފަތަކާއި ދުރު ކުރައްވާނދޭވެ!
- ޞަޙީޙުލްބުޚާރީ-
اللَّهُمَّ اغْفِرْلِي مَا قَدَّمْتُ وَمَا أَخَّرْتُ ، وَمَا أَسْرَرْتُ وَمَا أَعْلَنْتُ ، أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ، وَأَنْتَ عَلَى كُلِّ شَيْئٍ قَدِيْرٌ
يا الله! މިއަޅާގެ އިސްވެގޮސްފައިވާ ފާފަތަކާއި
ފަސްވެގެންވާފާފަތަކާއި، މިއަޅާ ވަންހަނާ ކުރިހާފާފަތަކާއި، މިއަޅާ ފާޅުކުރިހާ
ފާފަތަކާއި، މިއަޅާހައްދު ފަހަނައަޅާ ގޮސްފައިވާ
ފާފަތަކާއި، މިއަޅާ އަށް ވުރެ ބޮޑަށް އިބަ ﷲ ދެނެވޮޑިގަންނަވާ ފާފަތައް
ފުއްސަވާނދޭވެ! އިބަ ﷲ އީ އިސްވެ ވޮޑިގެންވާ ފަސްވެވޮޑިގެންވާ އިލާހެވެ. އިބަ ﷲ
ފިޔަވައި އެހެން އިލާހަކު ނުވެއެވެ.
اللَّهُمَّ اغْفِرْلِى هَزْلِي وَجِدِّي،
وَخَطَئِي وَعَمْدِي، وَكُلُّ ذَالِكَ عِنْدِي
ޔާ ﷲ! މިއަޅާގެ
އިސްވެދިޔަފާފަތަކާއި އަދި ފަސްވެގެންވާ ފާފަތަކާއި، ސިއްރު ކުރެވުނުފާފަތަކާއި
އަދި ފާޅުކުރެވުނު ފާފަތައް ފުއްސަވާނދޭވެ! އިބަ ﷲ އީ ކަނތައްތައް ކުރިޔަށް
ނެރުއްވާ އަދި ކަންތައް ތައް ފަސް ކުރައްވާ އިލާހެވެ. އަދި ހުރިހާކަމެއްގެމައްޗަށް
ބާރުލިބިވޮޑިގެންވާ އިލާހުއީމުއެވެ.
- ޞަޙީޙުލްބުޚާރީ-
اللَّهُمَّ اجْعَلْ فِي قَلْبِي نُوْرًا ، وَفِي بَصَرِي نُوْرًا، وَفِي سَمْعِي نُوْرًا ، وَعَنْ يَمِيْنِي نُوْرًا وَعَنْ يَسَارِي نُوْرًا ،وَفَوْقِي نُوْرًا وَتَحْتِي نُوْرًا ، وَأَمَامِيْ نُوْرًا وَخَلْفِي نُوْرًا وَجْعَلْ لِي نُوْرًا
يا الله! މިއަޅާގެ ހިތުގައި ނޫރެއް ލައްވާނދޭވެ! މިއަޅާގެ
ފެނުމުގައި ނޫރެއް ލައްވާނދޭވެ! މިއަޅާގެ އަޑުއިވުމުގައި ނޫރެއްލައްވާނދޭވެ!
މިއަޅާގެ ކަނައަތް ފަރާތުގައި ނޫރެއް ލައްވާނދޭވެ! އަދި ވައަތް ފަރާތުގައި ނޫރެއް
ލައްވާނދޭވެ! އަދި މިއަޅާގެ މަތިން ނޫރެއްލައްވާނދޭވެ! އަދި މިއަޅާގެ ދަށުން
ނޫރެއް ލައްވާނދޭވެ! އަދި މިއަޅާގެ ކުރިމަތިން ނޫރެއް ލައްވާނދޭވެ! އަދި ފަހަތުން
ނޫރެއް ލައްވާނދޭވެ! އަދި މިއަޅާ އަށް ނޫރެއް މިންވަރު ކޮށް ދެއްވާނދޭވެ!
- ޞަޙީޙުލްބުޚާރީ-
اللَّهُمَّ عَلِّمْنِي اَلكِتَابَ وَالْحِكْمَةَ ، وَفَقِّهْنِي فِي الدِّيْنِ
يا الله! މިއަޅާއަށް ފޮތާއި(قرآن) ޙިކްމަތް އުނގަންނަވައި ދެއްވާނދޭވެ! އަދި ދީން ދަސްކޮށް
ދެއްވާނދޭވެ!
- ޞަޙީޙުލްބުޚާރީ-
اللَّهُمَّ ثَبِّتْنِي واَجْعَلْنِي هَادِيًا مَهْدِيَّا
يا الله! މިއަޅާއަށް ޘާބިތުކަން ދެއްވާނދޭވެ! އަދި މިއަޅާއަށް
ތެދުމަގު ދައްކަވާނދޭވެ! އަދި ތެދުމަގު ދައްކާމީހެއްގޮތުގައި ލައްވާނދޭވެ!
- ޞަޙީޙުލްބުޚާރީ-
(ނުނިމޭ)
اللَّهُمَّ ارْزُقْنِي مَالاً وَوَلَدًا وَبَارِكْ لِي [ فِيْمَا أَعْطَيْتَنِي]
يا الله! މިއަޅާއަށް މުދަލާއި ދަރިން ދެއްވާނދޭވެ! އަދި ދެއްވާ
އެއްޗެއްގައި ބަރަކާތް ލައްވާނދޭވެ!
- ޞަޙީޙުލްބުޚާރީ-
اللَّهُمَّ أَصْلِحْ لِي دِيْنِي الَّذِيْ هُوَ عِصْمَةُ أَمْرِيْ ، وَأَصْلِحْ لِي دُنْيَايَ الَّتِيْ فِيْهَا مَعَا شِي ، وَأَصْلِحْ لِي آخِرَتِيالَّتِي فِيْهَا مَعَادِي ، وَاجْعَلِ لْحَيَاةَ زِيَادَةَ لِي فِي كُلِّ خَيْرٍ ، وَاجْعَلِ اَلْمَوْتَ رَاحَةَ لِي مِنْ كُلِّ شَرِّ
يا الله! މިއަޅާގެ ހިޔާވަހިކަން ކަމުގައިވާ މިއަޅާގެ ދީން
މިއަޅާއަށް އިޞްލާޙު ކޮށް ދެއްވާނދޭވެ! އަދި މިއަޅާގެ ދިރިއުޅުން އެތަނުގައިވާ ދުނިޔެ
މިއަޅާއަށް އިޞްލާޙުކޮށް ދެއްވާނދޭވެ! އަދި މިއަޅާ އެތަނަކަށް ރުޖޫޢަވާން އޮތް
އާޚިރަތް މިއަޅާއަށް އިޞްލާޙު ކޮށްދެއްވާނދޭވެ! މިއަޅާގެ ޙަޔާތް އެންމެހައި
ހެޔޮކަންތަކުން ފުރާލަ ދެއްވާނދޭވެ! އަދި މިއަޅާގެ މަރަކީ އެންމެހައި
ނުބައިކަންތަކާއި މިއަޅާއާއި ވަކިކޮށްދޭ އެއްޗެއް ކަމުގައި ލައްވާނދޭވެ!
- ޞަޙީޙް މުސްލިމް-
اللَّهُمَّ اغْفِرْلِي ذَنْبِي كُلَّهُ ، دِقَّهُ وَجِلَّهُ ، وَأَوَّلَهُ وَآخِرَهُ ، وَعَلاَنِيَتَهُ وَسِرَّهُ
يا الله! މިއަޅާގެ އެންމެހައި ބޮޑެތިފާފަތަކާއި ކުދި ފާފަތަކާއި
އެންމެ ފުރަތަމަ ފާފައާއި އެންމެ ފަހު ފާފަޔާއި ފާޅުގައިވާ ފާފަތަކާއި ސިއްރުގައި
ވަންހަނާވެފައިވާ ފާފަތައް މިއަޅާއަށް ފުއްސަވައިދެއްވާނދޭވެ!
- ޞަޙީޙް މުސްލިމް-
اللَّهُمَّ اغْفِرْلِي وَرْحَمْنِي ، وَاهْدِنِي ، وَعَافِنِي ، وَرْزُقْنِي
يا الله! މިއަޅާއަށް ފާފަ ފުއްސަވާނދޭވެ! މިއަޅާއަށް ރަޙުމަތް
ލައްވާނދޭވެ! މިއަޅާއަށް ތެދުމަގު ދައްކަވާނދޭވެ! މިއަޅާއަށް ޢަފޫ ކުރައްވާނދޭވެ!
މި އަޅާއަށް ރިޒުޤުދެއްވާނދޭވެ!
- ޞަޙީޙް މުސްލިމް-
اللَّهُمَّ اهْدِنِي وَسَدِّدْنِي
يا الله! މިއަޅާއަށް ހިދާޔަތް ދެއްވާފާނދޭވެ! އަދި މިއަޅާގެ
ފައިތިލަ ޘާބިތު ކުރައްވައިފާނދޭވެ!
- ޞަޙީޙް މުސްލިމް-
اللَّهُمَّ أِنِّي أَعُوذُ بِكَ مِنْ زَوَالِ نِعْمَتِكَ ، وَتَحَوُّلِ عَافِيَتِكَ ،وَفُجَاءَةِ نِقْمَتِكَ ، وَجَمَيْعِ سَخَطِكَ
يا الله! މިއަޅާ އިބަ ﷲ ގެ ނިޢުމަތުން މަޙުރޫމުވުމުންނާއި، އިބަﷲ
ގެ ރައްކާތެރިކަން ނުލިބުމުންނާއި އަދި އިބަ ﷲ ގެ ކުއްލިބަދަލް ހިއްޕެވުމުން ނާއި،
އަދި ހުރިހާ ހިތާމަތަކާއި ހާސްވުން ތަކުން
ރައްކާތެރިކޮށް ދެއްވުން އެދި އިބަ ﷲ ގެ ޙަޟްރަތުން ޙިމާޔަތް ހޯދަމެވެ.
- ޞަޙީޙް މުސްލިމް-
اللَّهُمَّ إِنِّي أَعُوْذُ بِكَ مِنْ شَرِّ مَا عَمِلْتُ وَ مِنْ شَرِّ مَا لَمْ أَعْمَلْ
يا الله! މިއަޅާ ކޮށްފައިވާ ޢަމަލްތަކުގެ ނުބައި ކަމުންނާއި އަދި
ކޮށްފައިނުވާ ޢަމަލްތަކުގެ ނުބައި ކަމުން މިއަޅާ ރައްކާތެރިކޮށް ދެއްވުން އެދި
އިބަ ﷲ ގެ ޙަޟްރަތުން ޙިމާޔަތް ހޯދަމެވެ.
- ޞަޙީޙް މުސްލިމް-
اللَّهُمَّ آتِ نَفْسِي تَقْوَاهَا ، وَزَكَّهَا أَنْت َخَيْرُ مَنْ زَ كَّاهَا، أَنْتَ وَلِيُّهَا وَمَوْلاَهَا
يا الله! މިއަޅާގެ ނަފްސަށް ތަޤުވާވެރިކަން ދެއްވައި އެ ނަފްސު
ޠާހިރު ކުރައްވާނދޭވެ! ހަމަކަށަވަރުން އިބަ ﷲ އީ އެންމެ މޮޅަށް ޠާހިރުކުރައްވާ
ފަރާތެވެ. އިބަ ﷲ އީ އެ ނަފްސު އެންމެ މޮޅަށް ރައްކާތެރި ކުރައްވާ ބަލަހަށްޓަވާ
އިލާހެވެ!
- ޞަޙީޙް މުސްލިމް-
اللَّهُمَّ أَنْتَ اَلْمَلِكُ لاَ إِلَهَ إِلاَّ أَنْتَ ، أَنْتَ رَبِّي وَأَنَا عَبْدُكَ، ظَلَمْتُ نَفْسِي وَاعْتَرَفْتُ بِذَنْبِي فَاغْفِرْلِي ذُنُوبِي جَمِيعًا، إِنَّهُ لاَيَغْفِرُ اَلذُّنُوبَ إِلاَّ أَنْتَ
يا الله! އިބަ ﷲ އީ ހުރިހާއެއްޗެއް މިލްކުވެވޮޑިގެންވާއިލާހެވެ. ﷲ
ފިޔަވައި އެހެން އިލާހަކު ނުވެއެވެ. އިބަ ﷲ އީ މިއަޅާގެ ވެރި އިލާހެވެ. މިއަޅާއީ
އިބަ ﷲ ގެ އަޅަކީމެވެ. މިއަޅާ އަމިއްލަ ނަފްސަށް އަނިޔާވެރި ވެއްޖެއީމެވެ. މިއަޅާ
މިއަޅާގެ ކުށަށް އިޢުތިރާފު ވަމެވެ. މިއަޅާގެ ފާފަތައް ފުއްސަވާ ދެއްވާނދޭވެ! ﷲ
ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ފާފަ ފުއްސަވައި ނުދެވޭނެއެވެ.
- ޞަޙީޙް މުސްލިމް-
اللَّهُمَّ إِنِّي أَسْاَلُكَ اَلهُدَي وَالتُّقَي ، وَالعَفَافَ وَالْغِنَي
يا الله! ހަމަކަށަވަރުން މިއަޅާ އެދި ދުޢާ ކުރަނީ މިއަޅާއަށް ހިދާޔަތް
ދެއްވައި މިއަޅާ ތަޤުވާވެރި ކުރެއްވުމަށެވެ! އަދި ޢިއްފަތް ތެރިކުރައްވައި
މުއްސަނދިކަން ދެއްވުމަށެވެ.
- ޞަޙީޙް މުސްލިމް-
اللَّهُمَّ اهْدِنِي لأَحْسَنِ الأَخْلاَق لاَ يَهْدِي لأَحْسَنِهَا إِلاَّ أَنْتَ ، وَاصْرِفْ عَنِّي سَيِّئَهَا لاَيَصْرِفُ عَنِّي سَيِّئَهَا إِلاَّ أَنْتَ
يا الله! މިއަޅާއަށް އެންމެ ރިވެތި އަޚުލާޤަށް މަގު ދައްކަވާނދޭވެ!
އިބަ ﷲ ފިޔަވައި ރިވެތި އަޚުލާޤަށް މަގު ދެއްކޭނޭ ފަރާތެއް ނުވެއެވެ. މިއަޅާ
ނުބައި އަޚުލާޤުން ރައްކާތެރި ކޮށްދެއްވާނދޭވެ! އިބަ ﷲ ފިޔަވައި ނުބައި އަޚުލާޤުން
ރައްކާތެރި ކޮށްދެވޭނެ ފަރާތެއް ނުވެއެވެ.
اللَّهُمَّ رَبَّ اَلسَّمَاوَاتِ وَرَبَّ اْلأَ رْضِ وَرَبَّ اَلْعَرْشِ الْعَظِيْمِ ، رَبَّنَا وَرَبَّ كُلِّ شَيْءٍ ، فَالِقَ اَلْحَبِّ وَالنَّوَى ، وَمُنْزِلَ التَّوْرَاةِ وَالإِنْجِيْلِ وَالْفُرْقَانِ، أَعُوْذُ بِكَ مِنْ شَرِّ كُلِّ شَيْءٍ اَنْتَ آخِذٌ بِنَاصِيَتِه، اللَّهُمَّ أَنْتَ الأَوَّلُ فَلَيْسَ قَبْلَكَ شَيْئٌ ، وَأَنْتَ الآخِرُ فَلَيْسَ بَعْدَكَ شَيْئٌ ، وَأَنْتَ الظَّاهِرُفَلَيْسَ فَوْقَكَ شَيْئٌ ، وَأَنْتَ الْبَاطِنُ فَلَيْسَ دُوْنَكَ شَيْئٌ ، اقْضِ عَنَّا الدَّيْنَ وَاَغْنِنَا مِنَ الفَقْرِ
يا الله! އުޑުތަކުގެވެރިއިލާހު އަދީބިމުގެ ވެރި
އިލާހު އަދި މަތިވެރި ޢަރުޝީގެވެރި އަދި ހުރިހާއެއްޗެއްހަށްދަވައި
ގެންގުޅުއްވާއިލާހް އޮށްޓަރު ފުކާއި ކަދުރުއޮށް ފަޅުއްވާ އިލާހު! ތައުރާތާއި
އިންޖީލާއި ފުރްޤާން ބާވައި ލެއްވި އިލާހު! އިބަ ﷲ ގެބާރުގެ ދަށުގައި ވާ ހުރިހާ
އެއްޗެއްގެ ނުބައިކަމުން ރައްކައުތެރި ކޮށް ދެއްވުމަށް މިއަޅާ އިބަ ﷲ ޙަޟްރަތުން
ޙިމާޔަތައް އެދެމެވެ. يا الله! އިބަ ﷲ އީ އެންމެފުރަތަމައެވެ. ފަހެ އިބަ ﷲ ގެ ކުރިން
އެއްވެސް އެއްޗެއް ނުވެއެވެ. އިބަ ﷲ އީ އެންމެފަހެވެ އިބަ ﷲ އަށްވުރެ ފަހެއް
ނުވެއެވެ އިބަ ﷲ އީ އެންމެ މައްޗެވެ. އިބަ ﷲ އަށް ވުރެ މަތީގައި އެއްވެސް އެއްޗެއް
ނުވެއެވެ. އިބަ ﷲ އީ އެންމެ ގާތެވެ. ފަހެ އިބަ ﷲ އަށްވުރެ ގާތުގައި އެއްވެސް
އެއްޗެއް ނުވެއެވެ. އަޅަމެންގެ ކިބައިން ދަރަނި ތައް ފިއްލަވާނދޭވެ! އަދި އަޅަމެން
ފަޤީރު ކަމާ ދުރު ކުރައްވާނދޭވެ!
- ޞަޙީޙް މުސްލިމް-
اللَّهُمَّ أَحْيِنِي مَا كََانَتِ الْحَيَاتَ خَيْرًا الِّي، وَتَوَفَّنِي إِذَا كَانَتِ الْوَفَاةُ خَيْرًا لِي
يا الله! މިއަޅާއަށް ދިރިހުރުން ހެޔޮކަން ބޮޑުވެގެންވާހައި
ދުވަހަކަށް މިއަޅާ ދިރި ލަހައްޓަވާނދޭވެ! އެކަމަކު މިއަޅާ އަށް މަރު ހެޔޮކަން
ބޮޑުކަމުގައިވާނަމަ މިއަޅާގެ މަރުގެންދަވާނދޭވެ!
- ޞަޙީޙުލްބުޚާރީ-
اللَّهُمَّ أَنْتَ رَبَّي لاَ إِلَهَ إِلاَّ أَنْتَ ، خَلَقْتَنِي وَأَنَا عَبْدُكَ ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَااسْتَطَعْتُ ، أَعُوذُ بِكَ مَنْ شَرِّ مَا صَنَعْتُ ، أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ ، وَأَبُوءُ ( لَكَ ) بِذَنْبِي فَاغْفِرْلِي ، فَأِنَّهُ لاَيَغْفِرُ الذُّنُوبَ إِلاَّ أَنْتَ
يا الله! އިބަ ﷲ އީ މިއަޅާގެ ވެރި އިލާހެވެ! އިބަ
އިލާހު ފިޔަވައި އެހެން އިލާހަކު ނުވެއެވެ. އިބަ ﷲ މިއަޅާ ހެއްދެވީމުއެވެ
މިއަޅާއަކީ އިބަ ﷲ ގެ އަޅެކެވެ. މިއަޅާއަށް ކުޅަދާނަ ވެގެން ވީ ވަރަކަށް މިއަޅާ
މިހިރީ އިބަ ﷲ ގެ އަޙުދާއި ވަޢުދުގެ މަތީގައެވެ. މިއަޅާ ކުރާ ނުބައި ކަންތަކުން މިއަޅާ
ރައްކައުތެރި ކޮށްދެއްވުމަށް މިއަޅާ އިބަ ﷲ ގެ ޙަޟްރަތުން އެދެމެވެ. އިބަ ﷲ
މިއަޅާއަށް ދެއްވި ނިޢުމަތްތަކަށް މިއަޅާ އިޢުތިރާފުވަމެވެ. އަދި މިއަޅާގެ
ފާފަތަކަށް އިޢުތިރާފުވަމެވެ. ފަހެ މިއަޅާއަށް ފާފަ ފުއްސަވާނދޭވެ. ހަމަކަށަވަރުން
އިބަ ﷲ ފިޔަވައި ފާފަ ފުއްސަވައި ދެއްވާނެ އެހެން ފަރާތެއް ނުވެއެވެ.
- ޞަޙީޙުލްބުޚާރީ-
اللَّهُمَّ اغْفِرلِي وَارْحَمْنِي وَعَافِنِي وَاعْفُ عَنِّي
يا الله! މިއަޅާއަށް ފާފަ ފުއްސަވާނދޭވެ. މިއަޅާ އަށް
ރަޙުމަތް ލައްވާނދޭވެ! މިއަޅާއަށް ދުޅަ ހެޔޮކަން ދެއްވާނދޭވެ! އަދި ޢަފޫ ކުރައްވާފާނދޭވެ!
- ޞަޙީޙް މުސްލިމް-
اللَّهُمَّ اجْعَلْنِي يَومَ اْلقِيَامَةِ فَوقَ كَثِيرٍ مِنْ خَلْقِكَ مِنَ النَّاسِ ، وَادْخِلْنِي يَومَ القِيَامَةِ مُدْخَلاً كَرِيِمًا
يا الله! ޤިޔާމަތް ދުވަހު މިއަޅާ އެތައްބައެއްގެ
މަތިން ލައްވާނދޭވެ! އަދި މަތިވެރި ވެއްދެވުމަކުން (ސުވަރުގެ ) ވައްދަވާނދޭވެ!
- ޞަޙީޙުލްބުޚާރީ-
(( اللَّهُمَّ ارْزُقْنِي شَهَادَةً فِي سَبِيلِكَ ، وَاجْعَل مَوْتِي فِي بَلَدِ رَسُولِكَ ))
يا الله! މިއަޅާ އިބަ ﷲ ގެ މަގުގައި ޝަހީދުވުން
މިންވަރު ކުރައްވާނދޭވެ! އިބަ ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ބިމުގައި
މިއަޅާގެ މަރުގެންދަވާނދޭވެ!
- ޞަޙީޙުލްބުޚާރީ-
اللَّهُمَّ اغْفِر لِي وَارْحَمْنِي ، وَاجْعَلنِي مَعَ الرَّفِيقِ الأَعْلي مَعَ الَّذِينَ أَنْعَمَ اللَّهُ عَلَيْهِمْ مِنَ النَّبِيِّـنَ وَالصِّدِّيقِينَ وَالشُّهَدَآءِ وَالصَّـلِحِيْنَ وَحُسْنَ أُوْلَئِكَ رَفِيْقًا ((النسـاء 69))
يا الله! މިއަޅާ އަށް ފާފަ ފުއްސަވާނދޭވެ! އަދި
މިއަޅާ އަށް ރަޙުމަތް ލައްވާނދޭވެ! އަދި މިއަޅާ އެންމެ މަތިވެރި ބައިވެރިންނާއި
އެކު ލައްވާނ ދޭވެ! ( ﷲ ތަޢާލާ އެބައެއްގެ މައްޗަށް ނިޢުމަތް ލެއްވި
ނަބިއްޔުންނާއި ޞިއްދީޤުންނާއި ޝަހީދުންނާއި އަދި އަދި ޞާލިޙުންނާއި އެވެ.
އެބައިމީހުން ނަކީ އެންމެހެޔޮ ބައިވެރިންނެވެ.
- ޞަޙީޙުލްބުޚާރީ-
اللَّهُمَّ إِنِّي أَعُوْذُبِكَ مِنْ عِلْمٍ لاَ يَنْفَعُ ، وَمِنْ قَلْبِ لاَ يَخْشَعُ، وَمِنْ نَفْسٍ لاَتَشْبَعُ ، وَمِنْ دَعْوَةٍ لاَيُسْتَجَابُ لَهَا
يا الله!
ފައިދާނުކުރާ ޢިލްމުންނާއި، ކިޔަމަން ތެރިކަމެއްނެތް ހިތަކުންނާއި
ފުދުންތެރިކަމެއްނެތް ހިތަކުންނާއި ޢިޖާބަނުކުރައްވާ ދުޢާއިން ރައްކާތެރި
ކޮށްދެއްވުން އެދި އިބަ ﷲ ގެ ޙަޟްރަތުން
ޙިމާޔަތް ހޯދަމެވެ.
- ޞަޙީޙުލްބުޚާރީ-
No comments:
Post a Comment
ޝުޢޫރުފާޅުކުރައްވާ ، ޙިޔާލުދެއްވާ