Skip to main content

ފިހުނު ކުކުޅު

ބޭނުންވާ ތަކެތި
1 ކުކުޅު ( ކޮށާފައި(
4
މޭޒުމަތީ ސަމުސާ ގިތެޔޮ ނުވަތަ ތެޔޮ
2
ބޮޑުފިޔާ ( ކޮށާފައި (
1 މޭޒުމަތީސަމުސާ ލޮނުމެދު އިނގުރު ( ޗަސްކޮށްފައި (
1 ސައިސަމުސާ ފޮނިތޮށި ކާފޫރުތޮޅި ( މުގުރާފައި(
2/1
ސައިސަމުސާ ރީނދޫ
1
ސައިސަމުސާ ދިރި ( މުގުރާފައި (
1 ސައިސަމުސާ އަސޭމިރުސް ( މުގުރާފައި(
3
މޭޒުމަތީސަމުސާ ހަނާކުރިހަވާދު
1 މޭޒުމަތީސަމުސާ ހިކި މިރުސް
1 ސައިސަމުސާ މަސްޓަރޑް ކްރީމް
2 މޭޒުމަތީސަމުސާ ޓޮމާޓޯ ޕޭސްޓް
1 މޭޒުމަތީސަމުސާ ޗިލީ ސޯސް
1 ލުނބޯ
ހިކަނދިފަތް، ރާނބާފަތް
ލޮނު
ތައްޔާރުކުރާނެ ގޮތް

ކުކުޅު ހެޔޮވަރު ވަރުގެ ބުރިއަށް ބުރިކުރައްވާށެވެ. ހަވާދު، މިރުސް، އަސޭމިރުސް، ލޮނުމެދު، އިނގުރު، ލޮނު އަދި ޕޭސްޓް ރަނގަޅައް އެއްކޮށްފައި ކުކުޅުމަސްތަކުގައި ހާކާފައި 15 މިނިޓް ވަންދެން މަތި ޖަހާފައި މަހައްޓާށެވެ. ދެން ގިތެޔޮ ނުވަތަ ތެޔޮ ހޫނުކުރެއްވުމަށްފަހު، ފިޔައާއި، ހިކަނދިފަތް، ރާނބާފަތް އެއްކޮށް ލުމައްފަހު މޯޅިވުމުން ބާކީ ހުރި ހުރިހާ އެއްޗެއް އެއްކޮލާށެވެ. އެއައްފަހު ހަވާދު ލާފައި ހުރި ކުކުޅު ތަކުގެ މައްޗައް އަޅާލުމައްފަހު ރަނގަޅައް އެއްކޮށްލުމައްފަހު އަވަނުން ފިހެލާށެވެ.

Comments

Popular posts from this blog

ގިތެޔޮ ބޯކިބާ

ގިތެޔޮ ބޯކިބާ ބޭނުންވާ ތަކެތި 2 ޖޯޑު ހަނޑޫ ( ވ ހިމުންކޮށް ފުނޑާފައި ) 2 ޖޯޑު ހަކުރު 2 ފިޔާ ( ތުނިކޮށް ކޮށާފައި ) 2 ޖޯޑު ކާށި ކިރު 2 އިންޗި ފޮނިތޮށި 5 ކާފޫރު ތޮޅި 5 އިންޗި ރާނބާފަތް ( ބުރިބުރިކޮށްފައި ) 2/1 ޖޯޑު ކަނަމަދު ( ދެފަޅި ކޮށްފައި ) 1 ޖޯޑު މާފެން ( ނުވަތަ އެސެންސް. ބޮޑަށް މީރުވާނީ މާފެން ) 2 މޭޒުމަތީ ސަމްސާ ގިތެޔޮ ތައްޔާރުކުރާނެ ގޮތް

ސިއްރު ސިއްރުން...!

ދޮންތީ އަކީ ވާހަކަ ލިއުމުގެ ފަންނަށް އަލަށް ނުކުންނަ ބުރުނީގެ ލޮބުވެތި ދަރިއެކްވެ. ﷲ ދޮންތިއަށް މިފަންނުގައި ފައިތިލަ ސާބިތުކުރުމުގެ ހެޔޮތައުފީގް މިންވަރުފުޅުކުރަށްވާ ކިޔުންތެރިންގެ ހިތްތަކުން ޖާގަ ލިއްބައިދޭނެ ފަދަ އިބުރަތްތެރި މޮޅު ވާހަކަތަކެއް ސާޢީ ކުރުމުގެ ހެޔޮތައުފީގް މިންވަރުފުޅު ކުރަށްވާށީ   

ބަރަކާތް ތެރި ރަމަޟާން މަހަށް މަރުޙަބާ

 ތިބާ ރަމަޟާން މަހައް ތައްޔާރުތޯ؟