އެކަނިވެރިވީ ދުވަހުގައި، އެކުގައި އުޅުނު މީހުން މަތިން ދެކަނިވެރިވީމާ ހަނދާން ނެތިގެން ދިޔައީމާ ރޮއި ހެދިން މާކުރިން އެކުގައި އުޅުނުހާ މަހުޖަނުންނާއި ތާޖަރުން ތާކު މީހަކު ދަންނަ ހުރިކަން ނުދެނެހުރިކަން ދެނެހުރިން ނެތް އަޅާލާނެ އިޔާރެއް ވާގިވެރިވާނެ ކަތެއް ނެތް ދުވަހުގައި ދޫނުކޮށް ހިތްވަރުކުރަން ހިތްވަރުދިނިން ކާކުތޯ މަދަދެއްދިނީ އަދި ކާކުތޯ އަނގައިން ބުނީ ކާކު ކީއްކަންކޮށްދިނީ ދަންނާނެ އޭރުގެ އެކުވެރިން ރޭވިހުރިހާ ރޭވުމެއް ރާވާ ހަޤީޤަތަކަށް ހަދަން ރޭވިގޮތުގައި ކަންކުރަން ޘާބިތުކަމާއެކު ދެމިހުރިން އޭރުކުރިމަތިލާންޖެހުނު ހަމަކޮންމެފަދަ ގޮންޖެހުމަކަށް ރޭރުނުވެ ކުރިމަތިލަމުން ކުޅިފަސް ލިބޭތޯ ވެސް ބެލިން ޖާނަށާއި މާލަށް ލިބޭ ގެއްލުންތަކަށް ވިސްނާނުލާ ވާނަމޭ ޤުރުބާންއެކީގައި އުމުރު ދުވަހަށް ވެސް ބުނިން ނަމަވިޔަސް ކީއްތޯކުރާނީ މިއަދު ކަންކަން ދާގޮތުން ކަމަކުދާކަށް ވާނެތޭ ބާކީވަމުންދާކަން ޔަޤީން ކޮންކުށެއް ބާއޭ މަށަށް ފަހެ ނޭނގި ނަމަވެސް ކުރެވުނީ ކޮންމެހެން ފިލުވައިދިނުން އެދިގެން ނުހަނު އާދޭސްކުރިން ތެދުވެރިންނާ އެކުވެރިން، ރަހްމަތްތެރިން...