Skip to main content

Posts

Showing posts with the label އިބުރަތްތެރި ވާހަކަ

އަޅުގަނޑު ހައިރާންވަނީ ތިބޭފުޅުން ހައިރާންނުވާތީއެވެ.

ޖޯރޖް އަކީ އުމުރުން 50 އަހަރު ވެފައިވާ ދުޅަހެޔޮ ޞިއްޙަތެއްގެ ވެރިއެކެވެ. އޭނައަކީ ދެއަންހެންކުދިންނާއި ފިރިހެން ކުއްޖެއްގެ ބައްޕައެކެވެ. އޭނާގެ މި ކުޑަކުޑަ އާއިލާ ދިރިއުޅެމުން ގެންދަނީ އެމެރިކާގެ ވޮޝިންޓަނުގައެވެ. ޙައްޖުމަސް ކައިރިވުމާއެކު ޖޯރޖްއާއި އޭނާގެ ޢާއިލާގެ ހުރިހާ މެމްބަރުންވެސް މިއަހަރުގެ ޢީދުދުވަހަކީ ކޮބައިތޯ ބެލުމަށްޓަކާ ލައިވް އިސްލާމީޚަބަރު ޗެނަލްތަކާއި ނޫސްމަޖައްލާތައް ބަލަންފެށިއެވެ. ޖޯރޖް ރޭޑިއޯ ޗެނަލްތައް އަޑުއަހަމުން ދިޔައިރު، ކުދިންގެ މަންމަ ދިޔައީ ޓީވީ ޗެނަލްތައް ބަލަމުންނެވެ. އަދި ކުދީންތައް ދިޔައީ އިސްލާމީ ވެބްސައިޓުތައް ބަލަމުންނެވެ. އިސްލާމީ މުއައްސަސާއެއްގެ ނަމްބަރު އޮތްނަމަ ކިހާރަނގަޅުހޭ އެމީހުންގެ ހާލުގެ ދުލުން ބުނަމުންދާކަހަލައެވެ. މި އަހަރުގެ އަޟްޙާ ޢީދުދުވަހަކީ ކޮބައިތޯ ސާފުކުރުމަށްޓަކައެވެ.

ﷲގެ މަގުގައި އެއްވެސް އެއްޗެއް ހޭދަކޮށްފިނަމަ އޭގެ ހެޔޮ ޖަޒާ ﷲ ދެއްވާނެއެވެ.

ﷲ ގެ   މަގުގައި   އެއްވެސް   އެއްޗެއް   ހޭދަކޮށްފިނަމަ   އޭގެ   ހެޔޮ   ޖަޒާ  ﷲ  ދެއްވާނެއެވެ . ޒިނޭކުރަމުން އައި އަންހެނެއް ... ، ވައްކަން ކުރަމުން އައި ވަގެއް ... , މުއްސަނދި ބަޚީލުމީހެއް .. . *** ވަރަށް ކުރީ ޒަމާނެއްގައި ، އެއްސަހަރެއްގައި އިސްމާޢީލް އެވެ ، ކިޔުނު މީހަކު އުޅުނެވެ . އޭނާ އުޅުނީ ކަނޑުގެ އައްސޭރީގައި މީހުން އުޅޭ ހިސާބާއި ކުޑަކޮށް ދުރުގައި ހުންނަ ގެއެއްގައެވެ . އޭނާއާއި އޭނާގެ އަނބިމީހާ އުޅެމުން އައީ ނުހަނު ސީދާ ސާދާ ދިރިއުޅުމެކެވެ . މިހެން އުޅެމުން އެކި ދުވަސްމަތިން ލާރި އެއްކުރަމުން އެއްކުރަމުން އައިސް ، އިސްމާޢީލު ބޮޑު ރުނބައެއްގެ ދީނާރު އެއްކޮށްފިއެވެ . އަދި އެރުނބާގައި ހުރި ހުރިހާ ދީނާރުތައް ހަމައަށް ކުދި ތިން ރުނބައަށް ބަހައިފިއެވެ . ދެން މިތިން ރުނބާ ގޭގެ ފުރަގަހުގައި ވަޅެއްކޮނެފައި ވަޅުލައިފިއެވެ .

ﷲ އަށްޓަކައި ކަމެއް ދޫކޮށްލާ މީހާއަށް އޭގެ ބަދަލުގައި އެއައްވުރެ ހެޔޮ ގޮތެއް ﷲ ދެއްވާކަމުގެ މިސާލެއް

ﷲ އަށްޓަކައި ކަމެއް ދޫކޮށްލާ މީހާއަށް އޭގެ ބަދަލުގައި އެއައްވުރެ ހެޔޮ ގޮތެއް ﷲ ދެއްވާކަމުގެ މިސާލެއް ﷲއަށްޓަކައި ކަމެއް ދޫކޮށްލާ މީހާއަށް އެއަށްވުރެ ހެޔޮގޮތެއް ﷲ ދެއްވާނޭކަމަށް މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ ބަޔާންކުރައްވައި ދެއްވާފައެވެ. އެކަލޭގެފާނުގެ ބަސްފުޅަކީ ޙައްޤު ތެދު ބަސްފުޅެވެ. ﷲތަޢާލާވަނީ އެކަލޭގެފާނުގެ ބަސްފުޅުގެ ތެދުކަން ބަޔާންކުރައްވާފައެވެ. ސޫރަތުއްނަޖުމުގެ ކުރީކޮޅުގެ އާޔަތްތަކުގައި އެއިލާހު އަންގަވާފައިވަނީ، އެކަލޭގެފާނަކީ އަމިއްލަ އެދުންފުޅަކަށް ވާހަކަ ދައްކަވާ ބޭކަލެއް ނޫންކަމެވެ. އަދި އެކަލޭގެފާނުގެ ބަސްފުޅަކީ ﷲގެ ޙަޟްރަތުން އަންނަ ވަޙީގެ ބަސްފުޅުތަކެއްކަންވެސް ވަނީ ހާމަ ކުރައްވާފައެވެ.

މަންމާއެވެ! އަހަންނަށް މަޢާފް ކުރާށެވެ.......

   ވަރަށްބޮޑު ޙަޤީޤަތެކެވެ. ތެދު ވާހަކައެކެވެ. އެއީ 650 ދުވަސް ވަންދެން އުނގުގައި ބައިންދައިގެން ގެންގުޅުނީ ލޯބިވާ މަންމަކަމަށްވާތީއެވެ. މުޅި ޢުމުރާއި ހުރިހާ ވަގުތެއް ދަރިންގެ ޙައްޤުގައި ހޭދަކުރަނީ މި ބައްޕައެވެ. ވަޔާއި ވާރޭގައެވެ. ހޫނާއި ފިނީގައެވެ. ވީއިރު އެދެމީހުން ދަރިންނަކަށް ދެރައެށް ނޭދޭނެއެވެ.

ﷲ ތަޢާލާ ވޮޑިގެން ނުވާކަމަށް ޤަބޫލުކުރާ ޒުވާނަކަށް ޝެއިޚަކު ދިން ޖަވާބު

ﷲ ތަޢާލާ ވޮޑިގެން ނުވާކަމަށް ޤަބޫލުކުރާ ޒުވާނަކަށް ޝެއިޚަކު ދިން ޖަވާބު ޢަބްދުﷲ ނަސީމް ގިނަ ދުވަސްތަކެއް ވަންދެން ޤައުމުން ބޭރުގައި ތައުލީމު ހާޞިލް ކުރަން އުޅުނު ޒުވާނަކު އެނބުރި ގައުމަށް އައެވެ. އެއަށްފަހު އޭނާ، އޭނާގެ މައިންބަފައިންގެ ކިބައިން އެދުނީ، އޭނާ ކުރާ ތިން ސުވާލަށް ޖަވާބު ދެވޭނެ ދީނީ ޢިލްމުވެރިއެއް ނުވަތަ މޮޅު މީހަކު ހޯދައިދިނުމަށެވެ. ކޮންމެއަކަސް އޭނާގެ މައިންބަފައިން، ރަނގަޅު މުސްލިމް ޝެއިޚަކު ހޯދައިފި އެވެ! ޒުވާނާ: ކަލޭ ތިއީ ކާކު؟ އަހަރެން މިކުރާ ސުވާލު ތަކަށް ޖަވާބު ދެވިދާނެތަ؟ ޝެއިޚް: އަހަރެންނަކީ މާތްﷲގެ އަޅުތަކުންގެ ތެރެއިން އަޅެއް. ﷲ އިރާދަ ކުރެއްވިއްޔާ ތިބާ ކުރާ ސުވާލު ތަކަށް ޖަވާބު ދެވޭތޯ ބަލާނަން!

އަހަރެން އެދެނީ ޖަމާޢަތުގައި ނަމާދެއް ކުރުމަށެވެ

މީހެއްގެ ވާހަކައެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އޭނާއަށް އާރާއި ބާރު ދެއްވިއެވެ. އެހެން ނަމަވެސް އޭނާ، އޭނާއަށް ބާރުދެއްވި ގަދަކީރިތިވަންތަ އިލާހު ހަނދުމަ ނައްތާލިއެވެ. ﷲ ގެ ޙަޟްރަތުން ގޮވާލެވޭ އަޑު އޭނާއަށް އިވެއެވެ. އެހެން ނަމަވެސް އެއަޑަށް އޭނާ ދިނީ ބީރު ކަންފަތެކެވެ. އޭނާ ތަބާވީ އޭނާގެ ހަވާ ނަފްސަށެވެ. ދުނިޔޭގެ ފަނާކުރަނިވި މުދާތަކެއް އެއްކުރުމުގައި އޭނާގެ ދިރިއުޅުން ފަނާ ކުރަމުން ގެންދިޔައެވެ. ޙަލާލުތޯ ޙަރާމްތޯ ނުބަލައެވެ. ލިބެންޏާ ވަރިހަމަ އުޞޫލުންނެވެ.

މަންމަން ފަޞާޙާތްތެރިޔާ

މަންމަން ފަޞާޙާތްތެރިޔާ   އަހަންނަކީ ޢުމުރުން 37 އަހަރުގެ ޒުވާނަކީމެވެ. ކައިވެންޏެއް ކޮށް، ދަރިންތަކެއްގެ ބައްޕައަކަށް ވެފައިވާ މީހަކީމެވެ. ބޮޑެތި ފާފަތަކުގެތެރެއިން ގާތްގަނޑަކަށް ހުރިހާ ފާފައަކަށް އަރައިގަނެފައިވާ މީހަކީމެވެ. ނަމާދެވެ.... ޖަމާޢަތުގައި އަހަރެން ނަމާދު ކުރާކަމުގައި ވަނީ ވަރަށް ޚާއްޞަ މުނާސަބަތު ތަކުގައެވެ. ހަމައެކަނި އެހެން މީހުންނަށް ދެއްކުމަށްޓަކައެވެ. އޭގެ ސަބަބަކަށްވީ އަހަރެންގެ ނުބައި އެކުވެރިންނެވެ. އަދި ޝައިޠާނާ އަބަދުމެ އަހަންނާއެކު ވިއެވެ.

އަންހެންކުށްޖެއްގެ ވާހަކަ

" އުމުރުން 23 އަހަރުވީއިރުވެސް އެންމެ ސަޖިދައެއްވެސް ނުޖަހައެވެ. ދުނިޔޭގައި ހެއްދެވިއްޔާ ހެއްދެވިހާ ފާޙިޝް ޢަމަލުތަކެއް ދިޔައީ ކުރަމުންނެވެ. ނަމަވެސް.......... އެއަންހެންކުއްޖާއަށް ކުރެވުނު ކުށުގެ އުޤޫބާތެއްގެ ގޮތުން ދަންޖައްސާ މަޅިގަނޑާދިމާލަށް ގެންދެވުނު އިރު މުޅިތަން ވަނީ މީސްތަކުންނާއިގެން ފުރިފައެވެ. އެ ފުރާނަ މިފަނާވަނިވި ދުނިޔެއާއި ވަކިވިހިނދު، ޢިލްމުވެރިންގެ ހެޔޮދުޢާތަކާއި، ދީންވެރި އަންހެނުންގެ އުދާސްތަކާއި ، އެތަކެއް މުސްލިމުންގެކެކުޅުންތަކާއި ރުއިމުން މުޅިހިސާބު ގުގުމަމުންދިޔައެވެ."

ރަނަށް ވުރެ އަގު ބޮޑެވެ.

ޢާއިޝާ އަކީ ސްކޫލްގައި އެހާ   'މަޝްހޫރު'   ކުއްޖެއް ނޫނެވެ. އޭނާއަކީ ބަސްއަހާ އަޚްލާޤު ރަނގަޅު ކުއްޖެކެވެ. ކުލާހުގެ ހުރިހާކުދިންނާއި މުދައްރިސުން އޭނާއަށް އިޙްތިރާމް ކުރެއެވެ. އެއީ ބަސްއަހާ ކުދިންދެކެ އެންމެންވެސް ލޯބިވާތީއެވެ. ޢާއިޝާގެ ޢުމުރުން މިހާރު 12 އަހަރުވެއްޖެއެވެ.

އާފަލަކާއި ތަޤްވާވެރި ޒުވާނާ

ހިޖުރައިން ފުރަތަމަ ގަރުނުގައި ވަރަށް ތަޤުވާވެރި ޒުވާނަކު އުޅުނެވެ. އެ ޒުވާނާގެ ކަމަކީ ޢިލްމު ހާސިލުކުރުމަށްޓަކައި ހުސްވެ ހުރެގެން ތަޢުލީމު ލިބިގަތުމެވެ. ނަމަވެސް ވަރަށް ފަޤީރު ޒުވާނެކެވެ. އެއްދުވަހެއްގައި ވަރަށް ބަނޑުހައިވެފައިވާ ހާލުގައި ޒުވާނާ ގެއިން ނުކުތެވެ. ކާލާނެ ހަމަ އެކައްޗެއް ވެސް އެ ޒުވާނާއަށް ލިބިގެންނެއް ނުވެއެވެ. މިހެން ހިނގާފައި ދަނިކޮށް ފެނުނީ އާފަލުން ބަރާކޮށްފައިވާ ގަސްތަކަކުން ނަލަހެދިފައިވާ ދަނޑުތަކެކެވެ. ވަކިހިސާބަކަށް ދެވުނު އިރުގައި މި ފެނުނީ އެތަނުން ދަނޑެއްގައި ހުރި ގަހަކުން މަގުމައްޗަށް ވާ ގޮތަށް ގޮފިގަނޑެއް ނުކުމެފައިވާ ތަނެވެ.

ނަރަކައިން ސަލާމަތް ވެގަތުމަށް ވާ މަގެއް

ނަރަކައިން ސަލާމަތް ވެގަތުމަށް ވާ މަގެއް ލިޔުނީ: الشيخ إبراهيم رشدي قَالَ عَلِىُ بْنِ أَبِى طَالِبٍ رضى الله عنه : دَخَلْتُ عَلَى النبىِّ صلى الله عليه وسلم أَنَا وَفَاطِمَة رضى الله عنها وَوَجَدْنَاه يبكى بكاءً شَدِيْدًا ، فَقُلْتُ لَهُ : فِداكَ أَبِى وَأُمِّى يَارَسُوْلَ اللهِ ، مَا الذِيْ أَبْكَاكَ ؟ قَالَ : يَا عَلِىُّ لَيْلَةً أُسْرِىَ بِى إلَى السَّمَاءِ رَأَيْتُ نِسَاءً مِنْ أُمَّتِى يُعَذِّبْنَ بِأَنْوَاعِ الْعَذَابِ فَبَكَيْتُ لَمَّا رَأَيْتُ مِنْ شِدَّةِ عَذَابِهِنَّ ، وَرَأِيْتُ امْرَأَةً مُعَلَّقَةً بِشَعْرِهَا يُغْلَى دِمَاغُهَا ، وَرَأِيْتُ امْرَأَةً مُعَلَّقَةً بِلِسَانِهَا وَالْحَمِيْمُ يُصَبُّ فِى حَلْقِهَا ، وَرَأِيْتُ امْرَأَةً  قَدُ شَدَّتْ رجْلاَهَا إلَى ثَدْيَيْهَا وَيَدَاهَا إلَى نَاصِيَتِهَا ، وَرَأِيْتُ امْرَأَةً مُعَلَّقَةً بِثَدْيَيْهَا وَرَأِيْتُ امْرَأَةً  رَأْسُهَا رَأْسَ خِنْزِيْرٍ وَبَدَنُهَا بَدَنُ حِمَارٍ عَلَيْهِ أَلْفُ لَوْنٍ مِنَ الْعَذَابِ  وَرَأِيْتُ امْرَأَةً عَلَى صُوْرَةِالْكَلْبِ وَالنَّارُ تَدْخُلُ منْ ف...

އެއިލާހުގެ މަޚްލޫޤުންގެ ތެރެއިން އެއްވެސް މަޚުލޫޤެއް ހަނދުމަނެތިވެވޮޑިގެންނުވާ އިލާހުގެ ހުސްޠާހިރުވަންތަކަމާއެވެ!

އެއިލާހުގެ މަޚްލޫޤުންގެ ތެރެއިން އެއްވެސް މަޚުލޫޤެއް ހަނދުމަނެތިވެވޮޑިގެންނުވާ އިލާހުގެ ހުސްޠާހިރުވަންތަކަމާއެވެ! ޞާލިޙު އަޅަކު ވިދާޅުވިއެވެ. " މީގެ ދުވަސްތަކެއް ކުރިން އަހަރެންނަށް ފެނުނު މަންޒަރެކެވެ. އަހަރެން ސަހަރާ ހިސާބެއްގައި ދިރިއުޅެމުން ދަނިކޮށް ކޮންމެ ދުވަހަކު ކުޑަކުޑަ ދޫންޏެއް އައިސް އެތަނުން ވަކި ކަދުރު ރުކަކަށް ތިރިކުރާތަން ފެންނަމުންދިޔައެވެ.

ޙައިވާނެއް މަރުވާފަދައިން މަރުވި ޒުވާނާ

ޙައިވާނެއް މަރުވާފަދައިން މަރުވި ޒުވާނާ ދުނިޔޭގެ ކޮންމެވެސް ހިސާބެއްގެ ޔުނިވާސިޓީއެއްގައި ކިޔަވަމުންދިޔަ ޒުވާނެކެވެ. މިޒުވާނާއަކީ މިކާއިނާތް ހައްދަވައި ގެންގުޅުއްވާ އިލާހަކު ނުވާކަމަށް ޤަބޫލު ކުރާ ޒުވާނެކެވެ. މީނާއާއި އެކީ ކިޔަވަމުންދިޔަ ބައެއް ކުދިން މިކާއިނާތް ހައްދަވައި ގެންގުޅުއްވާ އިލާހަކު ވޮޑިގެންވާކަމަށް ދަލީލު ތަކުން މިޒުވާނާއަށް ސާބިތުކޮށްދެވޭތޯ ބަލަމުންދިޔައެވެ.

ވަޢުދު ފުއްދުން...

ވަޢުދު ފުއްދުން... އެއްދުވަހަކު މުސްލިމުންގެ ދެވަނަ ޚަލީފާ، ﷲ ރުއްސުންލެއްވި ޢުމަރުލްފާރޫޤްގެ ޚަލީފާކަމުގެ ދަރުބާރުގައި، ޢަދުލާއި އިންޞާފުގެ ބާޒާރު ހިނގަމުން ދަނީއެވެ. މަތީ ދަރަޖައިގެ އަޞްޙާބުން ވަޑައިގެން ތިއްބެވިއެވެ. ތަފާތު މައްސަލަތައް ހުށެހެޅި ނިމެމުން ދެއެވެ.

އެކަން ތިބާގެ މަންމައަށް ތިބާ ރުހޭނެ ހެއްޔެވެ؟

އެކަން ތިބާގެ މަންމައަށް ތިބާ ރުހޭނެ ހެއްޔެވެ؟ أبو أمامة   ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.: ހަމަ ކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިއަހަށް ޒުވާނަކު އައެވެ. އަދި ދެންނެވި އެވެ. "އޭ ﷲ ގެ ރަސޫލާއެވެ. އަހުރެންނަށް ޒިނޭ ކުރުމަށް ހުއްދަ ދެއްވާށެވެ."

ޝައިޠާނާ ކަލޭ ދޫނުކުރާނެކަން އަހުރެންނަށް އެނގެއެވެ!

ޝައިޠާނާ ކަލޭ ދޫނުކުރާނެކަން އަހުރެންނަށް އެނގެއެވެ! އެއްރެއަކު އިމާމް އަބޫ ޙަނީފާ - ރަޙިމަހުﷲ - ގެ އަރިހަށް މީހަކު އައިސް ސަލާމް ކޮށްފިއެވެ. އެއަށްފަހު ދެންނެވިއެވެ.

ޞުލްޙަ ޙުދައިބިއްޔާ އަދި މާތްﷲ ރުއްސުން ލެއްވި ޖުންދަލްއާއި އަބޫ ބުޞެއިރުގެ ވާހަކަ

ޞުލްޙަ ޙުދައިބިއްޔާ އަދި މާތްﷲ ރުއްސުން ލެއްވި ޖުންދަލްއާއި އަބޫ ބުޞެއިރުގެ ވާހަކަ ހިޖުރައިން ހަވަނަ އަހަރު ސައްޔިދުލް މުރުސަލީން މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ޢުމްރާ ކުރެއްވުމުގެ ނިޔަތުގައި މައްކާއަށް ވަޑައިގަތުމަށް ދަތުރުފުޅު ފަށްޓަވައިފިއެވެ.

ނަމާދުގައި ޚުޝޫޢަތްތެރިވުމުގެ ނަމޫނާއެއް

ނަމާދުގައި ޚުޝޫޢަތްތެރިވުމުގެ ނަމޫނާއެއް އެއްފަހަރަކު އުންމަތުގެ މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަނގުރާމައަކުން ވަޑައިގަންނަވަނިކޮށް ދުވާލުގެ އަލިކަން ފަހަނަޅާ ރޭގަޑުގެ އަދިރިކަމަށް ވަދެވިއްޖެއެވެ.