އެސްފިންނާގެ އަޞްލަކީ މީހަކު އެހެންމީހެއްގެ ކިބައިގައި ހުރި ހުނަރުވެރިކަމެއްފެނި އެކަމަށް މާބޮޑަށް ޙަސަދަވެރިވެ، އޭނާގެ ނުބައި ހިތް އެކަމެއްގެ މައްޗަށް ފޯރުވުމެވެ. ނުވަތަ ފޯރުމެވެ. ޙަސަދަވެރިންގެ ކިބައިން ސަލާމަތްކޮށް ދެއްވުން އެދި ދެންނެވުމަށް އަންގަވާ މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَمِن شَرِّ حَاسِدٍ إِذَا حَسَدَ) މާނައަކީ: " އަދި حسد ވެރިޔަކު حسد ވެރިވެއްޖެހިނދު، އޭނާގެ ނުބައިކަމުންވެސްމެއެވެ". އެސްފިންނާޖައްސާ ކޮންމެ މީހަކީ ޙަސަދަވެރިޔެކެވެ. ނަމަވެސް ކޮންމެ ޙަސަދަވެރިޔަކީ އެސްފިންނާ ޖައްސާ މީހެއް ނޫނެވެ. ޙަސަދަވެރިޔާ އަކީ އެސްފިންނާ ޖައްސާ މީހާ އަށް ވުރެ ޢާއްމު މީހަކަށްވާތީވެ، ހަސަދަވެރިޔާ ގެ ނުބައިކަމުން ސަލާމަތްކޮށްދެއްވުމަށް އެދުމުން އެސްފިންނާ ވެރިޔާވެސް އޭގެ .ތެރޭގައި ހިމެނިގެން ދާނެއެވެ އެސްފިންނާ އަކީ ޖެހޭ އެއްޗެއްކަން ޘާބިތުވާ އެތަށް ޙަދީޘް ތަކެއްވެއެވެ. އޭގެ ތެރޭގައި ބުޚާރީ އާއި މުސްލިމް ޢާއިޝާ ރަޟިޔަﷲ ޢަންހާ- ގެ ކިބައިން ރިވާ ކުރެއްވި ޙަދީޘް ހިމެނެއެވެ. ( كان رسول الله صلى الله عليه وسلم يأمرني أن أسترقي من العين ) މާނައަ...