Skip to main content

Posts

Showing posts from November, 2011

.ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަގެ ނަސަބުފުޅު

. ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަގެ ނަސަބުފުޅު ލިޔުއްވީ :    އަލް އަޚް މުޙައްމަދު ޝަމްޢޫން އެކަލޭގެފާނަކީ ޢަދްނާނުގެ ދަރިކަލުން މަޢުދްގެ ދަރިކަލުން ނިޒާރުގެ ދަރިކަލުން މުޟަރުގެ ދަރިކަލުން އިލްޔާސްގެ ދަރިކަލުން މުދްރިކާގެ ދަރިކަލުން ޚުޒައިމާގެ ދަރިކަލުން ކިނާނާގެ ދަރިކަލުން ނަޟްރުގެ ދަރިކަލުން މާލިކުގެ ދަރިކަލުން ފިހުރުގެ ދަރިކަލުން ޣާލިބުގެ ދަރިކަލުން ލުއައްޔުގެ ދަރިކަލުން ކަޢުބުގެ ދަރިކަލުން މުއްރާގެ ދަރިކަލުން ކިލާބުގެ ދަރިކަލުން ޤުޞައްޔުގެ ދަރިކަލުން ޢަބްދުމަނާފުގެ ދަރިކަލުން ހާޝިމްގެ ދަރިކަލުން ޢަބްދުލްމުއްޠަލިބުގެ ދަރިކަލުން ޢަބްދުﷲގެ ދަރިކަލުން މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމައެވެ.

ރޭގަނޑެއްގެ ދަތުރު

ކީރިތި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް މަދީނާއަށް ހިޖުރަކުރެއްވުމުގެ އެއްއަހަރު ކުރީގެ ރެއެއްގެ ވަގުތެވެ. މަޑުމައިތިރިކަމާއި، ހަމަހިމޭންކަން ވަނީ މައްކާގެ މައްޗަށް ވެރިވެފައެވެ. ކީރިތި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަވަހާރަފުޅު ލައްޕަވާއިގެން އޮންނަވަނިކޮށް އެކަލޭގެފާނުގެ ގެކޮޅުގެ ފުރާޅު ފަޅުއްވައި އެކަލޭގެފާނުގެ އަރިހަށް ޖިބްރީލުގެފާނު ވަޑައިގެންނެވިއެވެ.