Skip to main content

Posts

Showing posts with the label 'محمد صلى ﷲ عليه و سلم'

ރަސޫލުއް ﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން ޘާބިތުވާ ދުޢާތަކުގެ ތެރެއިން ދުޢާ ޚިޔާރުކުރަމާތޯއެވެ.

ރަސޫލުއް ﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން ޘާބިތުވާ ދުޢާތަކުގެ ތެރެއިން ދުޢާ ޚިޔާރުކުރަމާތޯއެވެ. لاَاِلَهَ إِلاَّ اللّهُ الْعَظِيمُ الْحَلِيمُ ، لاَاِلَهَ إِلاّ اِللّهُ رَبُّ الْعَرْشِ الْعَظِيمِ ، لاَاِلَهَ إِلاّ اِللّهُ رَبُّ السَّمَوَاتِ وَرَبُّ الأَرْضِ وَرَبُّ الْعَرْشِ الْكَرِيْم ﷲ ފިޔަވައި އެހެން އިލާހަކު ނުވެއެވެ. އެކަލާނގެއީ މަތިވެރިވަންތަ ޙިލްމުވެރި އިލާހެވެ. ﷲ ފިޔަވައި އެހެން އިލާހަކު ނުވެއެވެ. އެކަލާނގެ އީ މަތިވެރި ޢަރުޝީގެ ވެރި އިލާހެވެ. ﷲ ފިޔަވއި އެހެން އިލާހަކު ނުވެއެވެ. އެކަލާނގެ އީ އުޑުތަކާއި ބިމުގެ ވެރިއިލާހެވެ. އަދި މާތް ޢަރުޝީގެ ވެރި އިލާހެވެ. - ޞަޙީޙުލްބުޚާރީ-

ނަރަކައިން ސަލާމަތް ވެގަތުމަށް ވާ މަގެއް

ނަރަކައިން ސަލާމަތް ވެގަތުމަށް ވާ މަގެއް ލިޔުނީ: الشيخ إبراهيم رشدي قَالَ عَلِىُ بْنِ أَبِى طَالِبٍ رضى الله عنه : دَخَلْتُ عَلَى النبىِّ صلى الله عليه وسلم أَنَا وَفَاطِمَة رضى الله عنها وَوَجَدْنَاه يبكى بكاءً شَدِيْدًا ، فَقُلْتُ لَهُ : فِداكَ أَبِى وَأُمِّى يَارَسُوْلَ اللهِ ، مَا الذِيْ أَبْكَاكَ ؟ قَالَ : يَا عَلِىُّ لَيْلَةً أُسْرِىَ بِى إلَى السَّمَاءِ رَأَيْتُ نِسَاءً مِنْ أُمَّتِى يُعَذِّبْنَ بِأَنْوَاعِ الْعَذَابِ فَبَكَيْتُ لَمَّا رَأَيْتُ مِنْ شِدَّةِ عَذَابِهِنَّ ، وَرَأِيْتُ امْرَأَةً مُعَلَّقَةً بِشَعْرِهَا يُغْلَى دِمَاغُهَا ، وَرَأِيْتُ امْرَأَةً مُعَلَّقَةً بِلِسَانِهَا وَالْحَمِيْمُ يُصَبُّ فِى حَلْقِهَا ، وَرَأِيْتُ امْرَأَةً  قَدُ شَدَّتْ رجْلاَهَا إلَى ثَدْيَيْهَا وَيَدَاهَا إلَى نَاصِيَتِهَا ، وَرَأِيْتُ امْرَأَةً مُعَلَّقَةً بِثَدْيَيْهَا وَرَأِيْتُ امْرَأَةً  رَأْسُهَا رَأْسَ خِنْزِيْرٍ وَبَدَنُهَا بَدَنُ حِمَارٍ عَلَيْهِ أَلْفُ لَوْنٍ مِنَ الْعَذَابِ  وَرَأِيْتُ امْرَأَةً عَلَى صُوْرَةِالْكَلْبِ وَالنَّارُ تَدْخُلُ منْ ف...

އެކަން ތިބާގެ މަންމައަށް ތިބާ ރުހޭނެ ހެއްޔެވެ؟

އެކަން ތިބާގެ މަންމައަށް ތިބާ ރުހޭނެ ހެއްޔެވެ؟ أبو أمامة   ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.: ހަމަ ކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިއަހަށް ޒުވާނަކު އައެވެ. އަދި ދެންނެވި އެވެ. "އޭ ﷲ ގެ ރަސޫލާއެވެ. އަހުރެންނަށް ޒިނޭ ކުރުމަށް ހުއްދަ ދެއްވާށެވެ."

ނަމާދުގައި ޚުޝޫޢަތްތެރިވުމުގެ ނަމޫނާއެއް

ނަމާދުގައި ޚުޝޫޢަތްތެރިވުމުގެ ނަމޫނާއެއް އެއްފަހަރަކު އުންމަތުގެ މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަނގުރާމައަކުން ވަޑައިގަންނަވަނިކޮށް ދުވާލުގެ އަލިކަން ފަހަނަޅާ ރޭގަޑުގެ އަދިރިކަމަށް ވަދެވިއްޖެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަދެކެ ލޯބިވާންވީ ކީއްވެ؟ -1

މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައީ ، ﷲ ތަޢާލާ ޤިޔާމަތަށް ދެމިގެންވާ ރިސާލާތަކާއިގެން ފޮނުއްވެވި ނަބިއްޔާއެވެ. އެކަލޭގެފާނު ފޮނުއްވެވީ އެންމެހައި ޢާލަމްތަކަށް ރަޙްމަތެއްކަމުގައެވެ. އެންމެ ރިވެތިވެގެންވާ ނަމޫނާ އެކަލޭގެފާނުގެ ގައިކޮޅުގައާއި އަޚްލާޤުގައި ލެއްވުމަށްފަހުގައެވެ. އެކަލޭގެފާނުގެ ކިބައިން އަހަރެމެންނަށް ހިދާޔަތުގެ ސީދާ މަގަކީ ކޮބައިކަން އެނގިގެން ދިޔައެވެ. މި ހިދާޔަތުގެ ދީން އަހަރެމެންނާއި ހަމައަށް ފޯރުކޮށްދެއްވުމަށްޓަކައި ޖާނާއި މާލުން ޤުރުބާންވެވަޑައިގެންނެވިއެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޢީދު މީލާދު ފާހަގަކުރުން ހުއްދަނުވާ ސަބަބުތައް

ﷲ ސުބުޙާނަހޫވަތަޢާލާ އިންސާނުން ޚަލްޤުކުރެއްވުމަށްފަހު އެބައިމީހުން އުޅެންވީގޮތާއި އުޅެގެންނުވާނެގޮތް ބަޔާންކޮށްދެއްވުމަށްޓަކައި ރަސޫލުބޭކަލުންނާއި ނަބީބޭކަލުން ފޮނުއްވެވިއެވެ. އަދި އެބޭކަލުންނަށް ފޮތްތައް ބާވާލައްވައި، މީސްތަކުންނަށް އެފޮތްތަކުގައިވާ އަމުރުތަކާއި ނަހީތައް ބަޔާންކޮށްދެއްވުމަށް އެންގެވިއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހައްޤުތައް

މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަކަލައިހި ވަސައްލަމައަށްޓަކައި، އެކަލޭގެފާނުގެ އުއްމަތުގެ މައްޗަށްވާ މަތިވެރި ޙައްޤުތަކެއްވެއެވެ.

އުފަންދުވަސް ފާހަގަ ކުރަމުން ގޮސް އެންމެ ފަހުން މާތް رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަށްވެސް އެކަން ރަށްދުކޮށްފި

المائدة ސޫރަތުގެ 3ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައި ވެއެވެ. ]... الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا ...[ މާނައީ:- "މިއަދު، ތިޔަބައިމީހުންގެ دين ، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ نعمة ، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި إسلام دين ތިޔަބައިމީހުންނަށް دين އެއްކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ ."

.ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަގެ ނަސަބުފުޅު

. ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަގެ ނަސަބުފުޅު ލިޔުއްވީ :    އަލް އަޚް މުޙައްމަދު ޝަމްޢޫން އެކަލޭގެފާނަކީ ޢަދްނާނުގެ ދަރިކަލުން މަޢުދްގެ ދަރިކަލުން ނިޒާރުގެ ދަރިކަލުން މުޟަރުގެ ދަރިކަލުން އިލްޔާސްގެ ދަރިކަލުން މުދްރިކާގެ ދަރިކަލުން ޚުޒައިމާގެ ދަރިކަލުން ކިނާނާގެ ދަރިކަލުން ނަޟްރުގެ ދަރިކަލުން މާލިކުގެ ދަރިކަލުން ފިހުރުގެ ދަރިކަލުން ޣާލިބުގެ ދަރިކަލުން ލުއައްޔުގެ ދަރިކަލުން ކަޢުބުގެ ދަރިކަލުން މުއްރާގެ ދަރިކަލުން ކިލާބުގެ ދަރިކަލުން ޤުޞައްޔުގެ ދަރިކަލުން ޢަބްދުމަނާފުގެ ދަރިކަލުން ހާޝިމްގެ ދަރިކަލުން ޢަބްދުލްމުއްޠަލިބުގެ ދަރިކަލުން ޢަބްދުﷲގެ ދަރިކަލުން މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމައެވެ.

ރޭގަނޑެއްގެ ދަތުރު

ކީރިތި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް މަދީނާއަށް ހިޖުރަކުރެއްވުމުގެ އެއްއަހަރު ކުރީގެ ރެއެއްގެ ވަގުތެވެ. މަޑުމައިތިރިކަމާއި، ހަމަހިމޭންކަން ވަނީ މައްކާގެ މައްޗަށް ވެރިވެފައެވެ. ކީރިތި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަވަހާރަފުޅު ލައްޕަވާއިގެން އޮންނަވަނިކޮށް އެކަލޭގެފާނުގެ ގެކޮޅުގެ ފުރާޅު ފަޅުއްވައި އެކަލޭގެފާނުގެ އަރިހަށް ޖިބްރީލުގެފާނު ވަޑައިގެންނެވިއެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އުފަންވެވަޑައިގަތީ ކޮންދުވަހަކު؟

الحمد لله رب العالمين . والصلاة والسلام على أشرف الأنبياء والمرسلين . نبينا وحبيبنا وقدوتنا محمد   وعلى آله  وأصحابه  ومن تبعهم بإحسان إلى يوم الدين . أما بعد އަޅުގަނޑުމެންގެ ނަބިއްޔާ މުޙައްމަދު ޢަލައިހިއްޞަލާތު ވައްސަލާމް އުފަންވެވަޑައިގަތީ ހުކުރު ހަތްދުވަހުގެ ތެރެއިން ހޯމަ ދުވަހެއްގައެވެ. މިކަން ޞައްޙަ ޙަދީޘްތަކުން ސާބިތުވެއެވެ. އިމާމު އަބުލް ޙުސައިން މުސްލިމް ބިން ޙައްޖާޖް ބިން މުސްލިމް އަލް ޤުޝައިރިއްޔުއްނައިސާބޫރީ ރަޙިމަހުﷲ އެކަލޭގެފާނުގެ މުސްނަދުއްޞަޙީހް ނުވަތަ ޞަޙީހްމުސްލިމުގައި ރިވާ ކުރައްވަވާފައިވާ، އަބޫ ޤަތާދާ އަލްއަންޞާރީ ރަޟިޔަﷲ ޢަންހުގެ ޙަދީޘްފުޅެއްގައި އައިސްފައިވެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ކައިވެނިފުޅުތަކާމެދު ދެކެވޭ ދޮގުވާހަކަ ތަކުގެ ޙަޤީޤަތަކީ ކޮބާ…؟

  އިސްލާމްދީން ފެށުނީއްސުރެ އަބަދުވެސް ދީނުގެ ޢަދުއްވުން އުޅެމުންދެއެވެ. އެކިދުވަސްވަރު އެކި ހިސާބު ތަކުގައެވެ. އިސްލާމްދީނުގެ ޤަދަރު ކުޑަކޮށް، ދީނާ މެދު މުސްލިމުންގެ ހިތުގައި ނުރުހުންތެރިކަން އުފެއްދުމަށް 18 ވަނަ ޤަރުނުގެ ކުރީކޮޅުގައި ކްރިސްޓިއަންދީނުގެ ލިޔުންތެރިން އާގޮތް ގޮތަށް މަސައްކަތް ކުރަން ފެއްޓިއެވެ.

ދުނިޔޭގެ ރަސްރަސްކަލުންނަށާއި އަމީރުންނަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ފަތްކޮޅުތައް ފޮނުއްވުން

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސީރަތުގެ ތެރެއަށް ފީނާލުމުން ފެނިގެންދާ އެއް ހަޤީޤަތަކީ އިސްލާމްދީން އޭގެ އެންމެ ތަނަވަސް މާނާގައި ފުޅާކުރުމަށް ކޮށްފައިވާ މަސައްކަތްޕުޅުތަކެވެ. އެގޮތުން އިސްލާމީ ދައުލަތް ފުޅާކުރުމުގެ ސަބަބެއް ކަމުގައިވެގެން ގޮސްފައިވާ ޙުދައިބިއްޔާގެ ޞުލްޙައަށްފަހު ދުނިޔޭގެ އެކިރަ ސްރަސްކަލުންނާއި އަމީރުންނަށް، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހިޖުރައިން ހަތްވަނަ އަހަރުގެ މުޙައްރަމް މަހުގެތެރޭގައި 7 ބޭކަލަކަށް އިސްލާމް ދީނަށް ގޮވއިލެއްވުމުގެގޮތުން ފަތްކޮޅުތަކެއް ފޮނުއްވިއެވެ.   އެގޮތުން ދުނިޔޭގެ ބޮޑެތިބޮޑެތި ރަސްރަސްކަލުންނާއި، ލީޑަރުނާއި ވެރިންނަށްވަނީ ފަތްކޮޅުތައް ފޮނުއްވައި އިސްލާމްދީނުގެ ދައުވަތުދެއްވައިފައެވެ.