قال رسول الله صلى الله عليه وسلم : " وددت أني لقيت إخواني ، قال الصحابة : أو ليس نحن إخوانك ؟ قال : أنتم أصحابي ، ولكن إخواني الذين آمنوا بي ولم يروني " رواه أحمد وصححه الألباني . ރަސޫލުﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. "ތިމަންކަލޭގެފާނުގެ އަޚުންނާއި ބައްދަލުކުރެއްވުމަށް ތިމަންކަލޭގެފާނު ލޯބި ކުރެއްވީމެވެ." . އަޞްޙާބު ބޭކަލުން ދެންނެވިއެވެ. ފަހެ ތިމަންބޭކަލުންނަކީ ކަލޭގެފާނުގެ އަޚުން ނޫން ތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުންނަކީ ތިމަންކަލޭގެފާނުގެ އަޞްޙާބުންނެވެ. އެހެން ނަމަވެސް ތިމަންކަލޭގެފާނުގެ އަޚުންނަކީ ތިމަންކަލޭގެފާނު ނުފެނި ތިމަންކަލޭގެފާނަށް އީމާންވީ މީހުންނެވެ." (މިޙަދީޘް ރިވާ ކުރެއްވީ އިމާމް އަޙްމަދު އެވެ. އަދި އަލްއަލްބާނީ ވަނީ މިޙަދީޘް ޞައްޙަކުރައްވާފައެވެ.) ތިރީގައި މި ހުށަހަޅާލަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ނަޞްރު ދިނުމުގެ ގޮތުން ތިބާއަށް ކުރެވިދާނެ 10 ކަމެކެވެ. ތިބާގެ ކުޅަދާނަކަން ހުރި މިންވަރަކުން މިކަންތައްތައް ކުރުމަށް ...