Skip to main content

Posts

Showing posts from February, 2012

މިއުއްމަތުގެ މާތްނަބިއްޔާ صلى الله عليه وسلم ގެ ދޫފުޅުން

މިއުއްމަތުގެ މާތްނަބިއްޔާ صلى الله عليه وسلم ގެ ދޫފުޅުން އިބްނު ޢުމަރު ރަޟިޔަﷲ ޢަންހު، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ރިވާ ކުރެއްވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހައްޤުތައް

މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަކަލައިހި ވަސައްލަމައަށްޓަކައި، އެކަލޭގެފާނުގެ އުއްމަތުގެ މައްޗަށްވާ މަތިވެރި ޙައްޤުތަކެއްވެއެވެ.

އިސްލާމީ ޝަރީޢަތުގައި ސުއްނަތުގެ މަޤާމު

އިންސާނުން ދުނިޔޭގައި އުޅުމަށް މާތް الله ޚިޔާރު ކުރައްވާފައިވާ މަގަކީ އިސްލާމް ދީން ކަމުގައި ވީހިނދު، އެކަލާނގެ ޙަޟްރަތުން މީސްތަކުންނާ ހަމައަށް މިދީން އައިސްފައިވަނީ، ރަސޫލަކު މެދުވެރި ކުރައްވައިގެންކަމީ ހުރިހާ މުސްލިމުން ޤަބޫލުކުރާ ކަމެކެވެ. އެއީ، الله ގެ ރަސޫލާ މުޙައްމަދު ބުނު ޢަބުދު الله عليه الصلاة والسلام އެވެ. ޝައްކެއްނެތް ގޮތުގައި އެކަލޭގެފާނަށް ބާވާލެވުނު ދީން އެކުލެވިގެންވަނީ މައިގަޑު ދޭއްޗެއްގެ މައްޗަށެވެ. އެއީ، الله ގެ ފޮތާއި، އިތުރު އެކަލޭގެފާފާނުގެ ސުއްނަތެވެ. ކަންމިހެން އޮތްއިރު، މި ޝަރީޢަތުގެ ފުރުތަމަ މަޞްދަރު ކަމުގައި ކީރިތި ޤުރުއާން ވީފަދައިން، ދެވަނަ މަޞްދަރު ކަމުގައި ވެފައިވަނީ ރަސޫލު الله صلى الله عليه وسلم ގެ ސުންނަތްކަމާމެދަކު މުސްލިމުންގެ މެދުގައި ދެބަސްވުމެއް ނެތެވެ. އެހެންކަމުން، الله އަށް ކިޔަމަންވުމަށް ކުރައްވާފައިވާ އަމުރުފުޅާއި ވިއްދައިގެން ރަސޫލާ صلى الله عليه وسلم އަށް ކިޔަމަންވުމަށް އެކަލާނގެވަނީ ޤުރްއާނުގެ އެއްތަނަށްވުރެ ގިނަތާނގައި އަމުރު ކުރައްވާފައެވެ. އަދި އެކަލާނގެއަށް އުރެދުމެކޭ އެއްފަދައިން ރަސޫލާ صلى الله عليه وسلم އަށް ކިޔ...

ބިދުޢަޔާއި ދޭތެރޭ އަސްހާބުބޭކަލުން ނަފްރަތު ކުރެއްވި މިންވަރު

ރަސޫލުﷲ ސައްލަﷲ ޢަލަހިވަސައްލަމް އަށް ފަހު އެކަލޭގެފާނު ގެނެސް ދެއްވި ހިދާޔަތުގައި އެންމެ ވަރުގަދަޔަށް ހިއްޕެވި ބަޔަކީ އެކަލޭގެ ފާނުގެ ލޮބުވެތި ސަހާބީންނެވެ.އެބޭކަލުންނަކީ ﷲ ގެ ރަސޫލު އަރިހުން ދީން އުނގެނި އެޔަށް ފުރިހަމަޔަށް ތަބާވެ އެ ޢިލްމު އެހެންމީހުންނަށްޓަކައި ފޯރު ކޮށްދެއްވި ވަރުގަދަ އަބްތާލުންތަކެކެވެ .   އެހެންކަމުން މުސްލިމުންގެ ފުރަތަމަ ޚަލީފާ އަބޫބަކްރުއްސިއްދީގް ރަޟިޔަﷲ އަންހު އެއްދުވަހަކު ޚުތްބާ ދެއްވަމުން ވިދާޅުވިއެވެ."ތިމަންކަލޭގެ ފާނަކީ ތަބާވާ މީހެކެވެ.ބިދުޢަވެރިޔެއް ނޫނެވެ."(ސުނަނުއް ދާރުމީ) މިބަސްފުޅުގެ މާނައަކީ އެކަލޭގެފާނު ތަބަޢުވެ ވަޑައިގަންނަވަނީ ﷲ ގެ ފޮތަށާއި ނަބިއްޔާގެ ބަސްފުޅަށް ކަމެވެ.އަދި ދީނުގެ ތެރެޔަށް އަލައްވެއްދޭ އެންމެހާ ކަންކަމުން އެކަލޭގެފާނު ބަރީޢަ ވެވަޑައިގަންނަވާ ވާހަކައެވެ .   އަދި ހަމައެހެންމެ ތަރުޖަމާނުލް ޤުރްއާން އަބްދުﷲ ބިން އައްބާސް ރަޟިޔަﷲ އަންހު ވިދާޅުވަނީ" ﷲ އަށް ބިރުވެތިވެ ދީނުގައި ސާބިތްވެތިއްބަވާށެވެ.އަދި ބިދުޢަތުގެ ކަންކަމުން ސަލާމަތްވެ ތަބައު ވާށެވެ."(ސުނަނުއް ދާރުމީ)އެބަހީ ﷲ އަށް ބިރުވެތިވެ ދީނުގެ ތެރެޔަށް އަލައްވ...

އުފަންދުވަސް ފާހަގަ ކުރަމުން ގޮސް އެންމެ ފަހުން މާތް رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަށްވެސް އެކަން ރަށްދުކޮށްފި

المائدة ސޫރަތުގެ 3ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައި ވެއެވެ. ]... الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا ...[ މާނައީ:- "މިއަދު، ތިޔަބައިމީހުންގެ دين ، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ نعمة ، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި إسلام دين ތިޔަބައިމީހުންނަށް دين އެއްކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ ."

ތިބާއަށް ފަސްކަމެއް ފުރިހަމަކުރެވޭނަމަ ފާފަތަކަށް އަރައިގަންނާށެވެ

ﷲ ސުބްހާނަހޫ ވަތަޢާލާ ވަނީ އެކަލާނގެ އަންގަވާފައިވާ އެންގެވުންތަކަށް ކިޔަމަންތެރިކަން އަދާކޮށް ނަހީކުރައްވާފައިވާ ކަންތައްތަކަށް އަރައިނުގަތުމަށް އަންގަވާފައެވެ. އެހެންނަމަވެސް އިންސާނުންގެ ތެރެއިން އެތައްބަޔަކު ދަނީ އެ އެންގެވުންތަކަށް އަޅާލުމެއްނެތި ރެއާއި ދުވާލު އެތައްފަހަރަކު އެކަލާނގެ ނަހީކުރައްވާފައިވާ ކަންތައްތަކަށް އަރައިގަންނަމުންނެވެ. އިންސާނުންނަކީ އެމީހުންގެ ޠަބީޢަތުގައި ފާފަތަކަށް އަރައިގަތުމުގެ ބާރެއްވާ ބައެކެވެ. އެހެންނަމަވެސް އެއީ ފާފަތަކަށް އަރައިގަތުމަށް އޮތް ބަހަނާއެއްކަމަށް ހަދައިގެންނުވާނެއެވެ .   ދެން އުފެދޭސުވާލަކީ ފާފަތަކަށް އަރައިގަތުމުން ގެންލުންވާކަން އެނގޭއިރު އިންސާނުން ފާފަތަކަށް އަރައިގަތުމަށް ބޭނުންވަނީ ކީއްވެގެން ހެއްޔެވެ؟ މިސުވާލުގެ ޖަވާބުގައި ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ އެއީ އިންސާނުންނަކީ ބަލިކަށި ބަޔަކަށްވާތީވެ، ނަފުސު ޢައްމާރާ އިންސާނާއަށް ކުރާ އަމުރުތަކަށް ކިޔަމަންވެ ﷲ ގެ އަމުރުފުޅަށް އުރެދެނީ ކަމުގައެވެ. އިންސާނުންނަކީ އުފެދުމުގައިވެސް ބަލިކަށި ބައެއްކަން ކީރިތި ޤުރްއާނުގައިވަނީ ބަޔާންކުރެވިގެންނެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. و...

އިސްލާމީ ހެދުމަކުން ނިވާވެލައްވާ؟

އަން ހެނަކު ގެއިން ބޭރަށް ނުކުންނައިރު އޭނާގެ ހަށިގަނޑުގެ ވަނާތައް ފާޅުނުވާނެގޮތަށް ލާފައި ހުންނަ ދޫހެދުމާއި އެކު އަޅާ މޫނުބުރުގާ އަކީ އިސްލާމީ ހެދުމެކެވެ. ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ކިޔަސް މިއީ ދެބަސްވެވެން ނެތް ޙަޤީޤަތެކެވެ. މުސްލިމެއް ކަމުގައި ވިޔަސް އިސްލާމުންގެ މުޖުތަމައެއްގައި މިކަން ބޮޑު މައްސަލައަކަށް ހަދަންއުޅޭނީ އިސްލާމް ދީނާއި ދެކޮޅަށް މަސައްކަތްކުރަން ޣައިރު މުސްލިމުންނަށް ބައިޢަތު ހިފައިގެން ތިބޭ މީހުންނެވެ .

ޔާ ރައްބި! އަޅަމެން ދިންނަވާ، ފާންދޭވެ، މުނާފިޤު ދޫތަކުން!

މުނާފިޤުންނަކީ ކޮބައިހެއްޔެވެ. މުނާފިޤުންނާއި މުސްލިމުންނާއި ތަފާތު ތަކެއް ވޭހެއްޔެވެ؟ މުނާފިޤުންނާއި، މުޝްރިކުންނާއި، ކާފަރުންނާއި ހަމަ ހަމަ ވޭހެއްޔެވެ، މުނާފިޤުންނާއި މުއުމިނުންގެ ތަފާތަކީ ކޮބައިހެއްޔެވެ؟ މުނަފިޤުންނަށް ހުރި ޢަޒާބަކީ ކޮބައި ހެއްޔެވެ؟ މުނާފިޤު ކަން އެބައިމީހުންގެ ކިބައިގައި ވަނީ ކިއްވެގެން ހެއްޔެވެ؟

ހެޔޮ ޢިލްމުވެރިންނާއި މީސްތަކުން މަގުފުރައްދާ މީހުން

އެންމެ ހެޔޮ ޢިލްމުވެރިންނަކީ ލިބިފައިވާ ޢިލްމަށް ޢަމަލު ކުރާ މީހުންނެވެ. އެއީ ނަބީބޭކަލުންގެ ވާރުތަވެރިންނެވެ. ނަބީބޭކަލުން ވާރުތައިގެ ގޮތުގައި މުދަލެއް ދޫނުކުރައްވައެވެ. އެބޭކަލުން ދޫކުރެއްވީ ޢިލްމެވެ .   ﷲ ތަޢާލާ ވަނީ ޢިލްމު އުނގެނުމަށް ބާރުއަޅުއްވާފައެވެ. ޢިލްމުގެ އަހުލުވެރިން އެހެންމީހުންގެ މައްޗަށް މާތްކުރައްވާފައެވެ. އަދި އެޢިލްމު އުނގެނުންވަނީ އެންމެ މާތް އަދި ﷲ އާ ކުއްތަންކުރުވަނިވި ހެޔޮކަންތައްތަކުގެ ތެރޭގައި ލައްވާފައެވެ. އަދި ސުވަރުގެއަށް ދިޔުމުގެވެސް އެންމެ ބޮޑު ސަބަބުތަކުގެ ތެރޭގައި ލައްވާފައެވެ. އެއީ މިޢިލްމަކީ އަދި މިޢިލްމު އުނގެނުމުގައި ﷲ ތަޢާލާ މަޢުރިފާކޮށް ދެނެގަނެވި، އެއިލާހުގެ އަމުރުފުޅުތަކާއި ނަހީފުޅުތައް ދެނެގަނެވި މިދީން ޤާއިމްކުރެވޭތީއެވެ .

ޚަތިމް ދުޢާ

اللهم ارحمنى بالقرآن واجعله لى إماما ونورا وهدى ورحمة ، اللهم ذكرنى منه ما نسيت وعلمنى منه ما جهلت وارزقنى تلاوته آناء الليل وأطراف النهار واجعله لى حجة يا رب العالمين .   اللهم أصلح لى دينى الذى هو عصمة أمرى وأصلح لى دنياى التى فيها معاشى وأصلح لنا آخرتى التى فيها معادى واجعل الحياة زيادة لى فى كل خير واجعل الموت راحة لى من كل شر .

ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމް އަވަހާރަވެވަޑައިގަތުން

ރަސޫލާ ޞައްލައްﷲ ޢަލައިހި ވަޞައްލަމް ގެ حجة الوداع އަށް ފަހު ދުވަސްކޮޅެއް ވޭތުވެއްޖެއެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ހިދާޔަތުގެ އަލި މީސްތަކުންނަށް ބާއްވައިލައްވައި ނިމިއްޖެކަން ޢިއުލާންކުރެއްވިއެވެ. އެއިލާހު ވަޙީކުރެއްވިއެވެ. الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا މާނައަކީ؛ "މިއަދު ތިޔަބައިމީހުންގެ ދީން ތިޔަބައިމީހުންނަށް ތިމަން އިލާހު ފުރިހަމަ ކޮށްދެއްވައިފީމެވެ. އަދި ތިމަން އިލާހުގެ ނިޢުމަތް ތިޔަބައިމީހުންގެ މައްޗަށް ތިމަން އިލާހު ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމް ދީން ތިޔަބައިމީހުންނަށް ދީނެއް ކަމުގައި ފުރިހަމަކޮށްދެއްވައިފީމެވެ ."

އިސްތިޣުފާރުގެ މޭވާ

އިންސާނާ ކުރެވިފައިވާ ކުށްފާފަތަކުން ތައުބާވެ، މާތް ﷲ އަށް އިސްތިޣުފާރު ކުރުމަކީ އަބަދުވެސް ކުރަންޖެހޭ ކަމެކެވެ. އިސްތިޣުފާރު ކުރުމަކީ ﷲ އަށް ކުއްތަންވުމުގެ ވަރަށް ބޮޑު ދޮރެކެވެ. އަދި އެކަމުގެ ސަބަބުން ފާފަފަތައް ފުހެވި،ސުވަރުގޭގެ މަތިވެރި ދަރަޖައަށް ވާޞިލްކޮށްދެއެވެ. މާތްﷲވަޙީ ކުރައްވާފައިވެއެވެ.

ކޮންމެ ފިރިހެނަކީވެސް އެފަދަ ފިރިހެނެއްނަމަ

މިއީ ހަޤީޤީ ވާހަކައެއްގެ ދިވެހި ތަރުޖަމާއެކެވެ. މިވާހަކަ އެހެންފަރާތަކުން ތަރުޖަމާކޮށް ހުށައަޅާފައިވާނަމަ އެއީ އިއްތިފާގެކެވެ. މިއީ ތުރުކީ ވިލާތުގެ އަންހެން ކުއްޖަކު އޭނާގެ، ޚަޔާތުގެ ވާހަކަ އޭނާގެ ދުލުން ކިޔައިދިން ގޮތެވެ. ﷲ ގެ މަގަށް އޭނާ ރުޖޫޢަވެ އެނބުރުނީ މިހެންނެވެ. މިވާހަކަތައް އަޑު އަހާށެވެ . އަހަރެންގެ އާއިލާއަކީ ކުޑަކުޑަ އާއިލާއެކެވެ. މަންމައާއި ބައްޕަގެ އިތުރުން އަހަރެންގެ އާއިލާގައި ވަނީ އަހަރެން އެކަންޏެވެ. އަހަރެންނަކީ އަންހެން ކުއްޖަކީމެވެ. މަންމަ އަކީ ހުޅަނގުގެ ޙަޟާރާތުގެ ތެރޭގައި އުޅެބޮޑުވެފައިވާ އަންހެނެކެވެ. އިނގިރޭސިވިލާތުގެ އަންހެނެކެވެ. ބައްޕައަކީ ތުރުކީ ވިލާތުގެ މުސްލިމު ފިރިހެނެކެވެ. މަންމަވެސް ބައްޕައާއި ކައިވެނިކުރުމަށް އިސްލާމްދީން ޤަބޫލުކުރިއެވެ. ނަމަވެސް މަންމަ ނަމާދުކުރާ، މަންޒަރެއް އަދި ﷲ ގެ އާޔަތްތަކުން ތައްކޮޅެއް ކިޔަވާ އަޑުވެސް އަހަރެން ދުވަހެއްގައިވެސް ނާހަމެވެ . އާއިލާއަށް ކަންތައްތައް ކުރިމަތިވީ ވަރަށް ހިތާމަވެރިކޮށެވެ. އަހަރެންގެ އުމުރުން އެންމެ 9 އަހަރުގައި، ބައްޕަ ނިޔާވެއްޖެއެވެ. ބައްޕަ މަސައްކަތްކުރާ ކާރުޙާނާ އިން އެނބުރި ގެއަށް އައި މަގުމަތީގ...

ބަލިވެއިނުމުގެ ކުރިން ކުރަންޖެހޭ ކަންތައްތައް

ދަރިޔަކު ހޯދަން ކަޑައެޅުމަށްފަހު ފުންކޮށް ވިސްނާލާށެވެ. ސަލާމަތް ސިއްހަތާކާއެކު ބަލިވެއިނުމަށް އަދި ދުޅަހެޔޮ ދަރިޔަކު ހޯދުމަށް ބަލިވެއިނުމުގެ މަދުވެގެން މަހެއް ދެމަހެއްވަރުކުރިން ދެމަފިރިންގެ ސިއްހީހަލަތު އެކަށީގެންވާ ވަރަށް ރަނގަޅު ކުރެވޭތޯ ބަލާށެވެ. މިކަމަށްޓަކައި ބައެއް ކަންކަމަށް ސަމާލިވާން ޖެހޭނެއެވެ. ދިރިއުޅުމުގެ ވައްޓަފާޅިއަށް ކޮންމެވެސްވަރެއްގެ ބަދަލުތަކެއް ގެންނަން ޖެހިދާނެއެވެ. ތިރީގައި އެވާ ކަންތައްތަކަށް ފަރުވާތެރި ވާށެވެ.

އިސްތިޚާރާ ނަމާދު

މާތް ﷲ ރުއްސުންލެއްވި ޖާބިރު އިބްނު ޢަބްދުﷲގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ތިމަންމެނަށް ކުރަންޤަޞްދުކުރާ ކޮންމެ ހެއުކަމެއް ކުރުމުގައި އިސްތިޚާރާ ކުރުމަށް ދަސްކޮށްދެއްވައެވެ. ތިމަންމެނަށް ޤުރުއާނުގެ އާޔަތް ދަސްކޮށްދެއްވާ ފަދައިންނެވެ. އެކަލޭގެފާނު ޙަދީޘު ކުރައްވާފައި ވެއެވެ. ތިޔައިން މީހަކު ކަމެއް ކުރުމަށް (ޢަޒުމު ކަނޑައެޅުމަކާނުލައި) ޤަޞްދުކޮށްފިނަމަ ފަރުޟުނަމާދު ނޫން ދެރަކްޢަތް ނަމާދެއް ކުރާށެވެ. އެއަށްފަހު މިފަދައިން ދުޢާ ދަންނަވާށެވެ. ދުޢާގެ ފަހުން ތިމާ ކުރަން ޤަޞްދުކުޅަ ކަމެއްގެ ނަން ގަންނާށެވެ.

މުސްލިމް އުޚްތުންނަށް އޮތް 50 ނަސޭޚަތް

މުސްލިމް އުޚްތުންނަށް އޮތް 50 ނަސޭޚަތް    1. ބޭކާރު ވާހަކަ ދެއްކުމުން ދުރުހެލި ވާށެވެ .  2. ވީހާވެސް ގިނައިން ޤުރުޢާން ކިޔެވޭ ތޯ ބަލާށެވެ  3. އަޑު އިވޭ އެއްޗެއް މެނުވީ ހާމަ ނުކުރާށެވެ .  4. ދެއްކުން ތެރިކަމުން ދުރުހެލި ވާށެވެ .