ﷲ ތަޢާލާ ވޮޑިގެން ނުވާކަމަށް ޤަބޫލުކުރާ ޒުވާނަކަށް ޝެއިޚަކު ދިން ޖަވާބު ޢަބްދުﷲ ނަސީމް ގިނަ ދުވަސްތަކެއް ވަންދެން ޤައުމުން ބޭރުގައި ތައުލީމު ހާޞިލް ކުރަން އުޅުނު ޒުވާނަކު އެނބުރި ގައުމަށް އައެވެ. އެއަށްފަހު އޭނާ، އޭނާގެ މައިންބަފައިންގެ ކިބައިން އެދުނީ، އޭނާ ކުރާ ތިން ސުވާލަށް ޖަވާބު ދެވޭނެ ދީނީ ޢިލްމުވެރިއެއް ނުވަތަ މޮޅު މީހަކު ހޯދައިދިނުމަށެވެ. ކޮންމެއަކަސް އޭނާގެ މައިންބަފައިން، ރަނގަޅު މުސްލިމް ޝެއިޚަކު ހޯދައިފި އެވެ! ޒުވާނާ: ކަލޭ ތިއީ ކާކު؟ އަހަރެން މިކުރާ ސުވާލު ތަކަށް ޖަވާބު ދެވިދާނެތަ؟ ޝެއިޚް: އަހަރެންނަކީ މާތްﷲގެ އަޅުތަކުންގެ ތެރެއިން އަޅެއް. ﷲ އިރާދަ ކުރެއްވިއްޔާ ތިބާ ކުރާ ސުވާލު ތަކަށް ޖަވާބު ދެވޭތޯ ބަލާނަން!