Skip to main content

Posts

Showing posts from 2012

އައު އަހަރުގެ ތަހުނިޔާ ކިޔުމުގެ ގޮތުން އެސްއެމްއެސް ފޮނުވިދާނެތޯ؟

  އައްޝައިޚް ޙަސަން މުސާ ފިކުރީ الحمد لله رب العالمين . الصلاة والسلام على أشرف الأنبياء وسيد المرسلين نبينا محمد وعلى آله وصحبه أجمعين ، وبعد : އިސްލާމް ދީން އައުމަށްފަހުގައި ޖާހިލިއްޔަ ޒަމާނުގެ ޢާދަކާދަތަކާއި، ފާހަގަ ކުރާ މުނާސަބަތުތައް ބާޠިލުވެގެން ދިޔައީއެވެ. މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަ މަދީނާއަށް ހިޖުރަކުރެއްވި ހިނދުގައި އެމީހުން ކުޅެއުޅުނު ދެދުވަހެއްވިއެވެ.

މުސްލިމުން، ކްރިސްމަސް ދުވަސް ފާހަގަކޮށް އެދުވަހު އެކަކު އަނެކަކަށް ތަހުނިޔާ ކިޔައި އުޅުމުގެ ޙުކުމް.

އެންމެހައި ޙަމްދު ޘަނާއެއް ޙައްޤުވަނީ އަޅުގަނޑުމެން މުސްލިމުން ކަމުގައި ލައްވަވައި، ޔަހޫދީންނާއި ނަޞާރާއިންގެ ގޮތްތަކަށް ތަބާނުވުމަށް އަމުރު ކުރެއްވެވި ކީރިތި ﷲ سبحانه وتعالى އަށެވެ. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރަނީ ކާފަރުންނާއި ޚިލާފުވުމަށް އަމުރުކުރެއްވެވި މާތް ނަބިއްޔާ محمّد صلى اللّ ـ ه عليه وسلم އަށެވެ. މިޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އެންމެހައި އާލު އަޞްޙާބުންނާއި ޤިޔާމަތާއި ޖެހެންދެން އެކަލޭގެފާނުގެ ސުންނަތުގައި ހިފަހައްޓައިގެން ތިބިހާ ބަޔަކު ޝާމިލު ކުރަމެވެ

ނަމޫނާ ލިބިގަންނަން ވީ ގޮތުގެ ނަމޫނާ ...!!

މުސްލިމުންގެ ދެވަނަ ޚަލީފާ އަމީރުލް މުއުމީން ޢުމަރު ބުނުލްޚައްޠާބުގެ ޚަލީފާ ކަމުގެ ދުވަސް ވަރުގައި 3 މީހަކު ވެގެން ޒުވާނަކު ހައްޔަރު ކޮށްގެން ޚަލީފާގެ އަރިހަށް ގެނައެވެ. އެޒުވާނުންތައް ދެންނެވިއެވެ . އޭ އަމީރުލް މުއުމީނީން އެވެ! މިޒުވާނާ ތިމަންނާމެންގެ ބައްޕަ މަރާލައިފިއެވެ. މިމައްސަލަ ބައްލަވާ

21/12/2012: ދުނިޔެ ނިމޭނެކަމަށް ދެކެވޭ ވާހަކަ ތަކުގެ އަޞްލު

ލިޔުއްވީ:   އައްޝައިޚް މުޙައްމަދު ބިން އިބްރާހިމް އަދި އައްޝައިޚް ހަސަން މޫސާ ފިކުރީ “ ޤިޔާމަތްވުމުގެ ވަގުތު ގާތްވެއްޖެއެވެ. އަދި ހަނދު ފެޅިއްޖެއެވެ.”( القمر 1) “ ފަހެ، ލޮލަށް ޙައިރާކަންލިބި ކަޅިވިދި ތަރަތަރަލާހިނދެވެ.(7) އަދި ހަނދު ކޭތަހިފައި އެއިން އަލިކަން ފިލައިދާހިނދެވެ.(8) އަދި އިރާއި، ހަނދު އެއްވާހިނދެވެ.(9) އެދުވަހުން އިންސާނާ ބުނާނެތެވެ.

ﷲ އެއިލާހުގެ ޛާތުފުޅައިގެން ވޮޑިގެންވަނީ ހުރިހާ ތަނެއްގައިކަމަށް ޤަބޫލުކުރާމީހަކަށް ވުރެ މަގުފުރެދިފައިވާ މީހަކު ފަހެ ކޮބައިބާ؟

ލިޔުއްވީ:  އައްޝައިޚު މުޙައްމަދު ސިނާން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އެއިލާހުގެ ޛާތުފުޅައިގެން ހުރިހާ ތަނެއްގައި ކަމަށް ޤަބޫލުކުރާމީހާ އެޤަބޫލުކުރަނީ ﷲ ހުރިހާ ހަޑިތަނެއްގައިވެސް ވާނޭކަމަށެވެ. ކުނިވަސްދުވާ ހަޑިމުޑުދާރު ތަންތަނުގައިވެސް ވާނޭކަމަށެވެ. އަދި އެމީހާ ހިނގާބިނގާވެ އެއުޅެނީ އެއިލާހުގެ މަތީގައި ނުވަތަ އެއިލާހުގެ ތެރޭގައި ކަމެވެ. މިއީ ކަނޑައެޅިގެން އެއިލާހުގެ ޢިއްޒަތްވަންތަކަމަށާއި، މަތިވެރިވަންތަކަމަށް ބުނެވޭ ކުޑައިމީސްބަހަކަށް މެނުވީ ނުވާނެއެވެ.

ހަތަރު އަނބިން

ހަތަރު އަނބިން އެއްސަހަރެއްގައި ދިރި އުޅުނު ވަރަށް މުއްސަނދި ސާދާގަރެކެވެ. މުއްސަނދިކަމާއި މުދާވެރިކަމުގައި އަރާ ހުރި ބޭކަލެކެވެ. ސާދާގަރުގެ ހަތަރު އަނބިން ތިބެއެވެ. ހަތަރު އަނބިންގެ ތެރެއިން ސާދާގަރު އެންމެ ލޯބި ވަނީ ހަނގު އަނބި ދެކެއެވެ.

ބުރުނި ތ އަތޮޅު ބަނދި

މިއީ ތ އަތޮޅު ބަންޖޭ ކިޔާ ބަންޖެވެ. މި ބަންޖަކީ އިހުގަ ބުރުނީ ދޮށީ އުމުރު މީހުންގެ މެދުގައި    ވަރަށް މައްސޫރު ބަންޖެކެވެ. ޓޯއް ޓޯއް އެކަލަގެ ދަރި ޓޯއް ޓޯއް   ނައުބިންދީ ހަދުވަހުން ރިޔާ ފެހީ ކޮށްލަމްނޭ ދެރިޔާލޭ ތިންކުނބޭ ހައްސަ މަބުރު ވައިނަބޭ މަލާފަތު ބިލަތްޖެހިތާ މަންޖެމިތާ އޮށްނަމިތާ ވަންނަމިތާ

ބަނބުކެޔޮ ގަސް ދިވެހިރާއްޖެ ގެނެވުނު ގޮތް

ބަނބުކެޔޮ ގަސް ދިވެހިރާއްޖެ ގެނެވުނު ގޮތް ފަޟީލަތުއްޝައިޚު އަ ލްމަރުޙޫމު ޙުސައިން ޞަލާޙުއްދީނު ގެ ލިއުން ތަކުން ފުވައްމުލަކު ފާމުދޭރިކިލެގެފާނުންގެ ކަރިއްޔަ މުޙައްމަދު ދީދީ ފެންފުށީ ގަނޑުވަރު ޢަލިދީދީ ވާހަކަ ކިޔައިދެއްވިޔޭ. ބަނބުކޭލަކީ މާއިހަކު މިރާއްޖޭގައި ހުންނަ އެއްޗެއްނޫނޭ.

މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓައިޒްކުރުމާ ބެހޭގޮތުން ބެލިބެލުމުން ފެނުނު ކަންތަކުގެ ރިޕޯޓް

މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓައިޒްކުރުމާ ބެހޭގޮތުން ބެލިބެލުމުން ފެނުނު ކަންތަކުގެ ރިޕޯޓް މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ސަރުކާރާގުޅިގެން ހިންގާ ތަރައްޤީކުރާނެ ފަރާތެއް ހޯދުމުގެ މަސައްކަތް ގޮސްފައިވާގޮތް ބަލަން ފެށުނީ 25 އޮގަސްޓް 2010ގައެވެ.

އިސްލާމީ ނަޒަރަކުން ޖީއެމްއާރު އަތުން މަތިންދާބޯޓް ޖައްސާމާލަން އަތުލުން

ލިއުއްވީ އަލްއަޙް : ސިހާދު އިބުރާހިމް އިސްލާމީޝަރީޢަތަކީ މާތް އަޚުލާޤާއި، ރީތި އަދަބުތަކުގެ މައްޗައް އެކުލެވިގެންވާ، ދެވަނައެއް ނެތް މަތިވެރި ޝަރީޢަތެކެވެ، ލޮބޮވެތި ނަބިއްޔާ ޞައްލައްﷲ އަލައިހިވަސައްލަމް ޙަދީޘްކުރެއްވިއެވެ :   إِنَّماَ بُعِثْتُ لأٌتَمِّمَ مَكاَرِمَ الأَخْلاَقِ    މިބަސްފުޅުގެ މާނައީ: "ތިމަންކަލޭގެފާނު ފޮނުއްވިގެންވާކަންކަށަވަރީ ރިވެތިއަޚްލާޤު ފުރިހަމަކުރެއްވުމައްޓަކައެވެ." މިހެންކަމުން މިޝަރީޢަތުގައި އިންސާނާ އަށް ގެއްލުންދެނިވި ހުރިހާ ޢަމަލުތަކުން އޭނާ އަށް ސަލާމަތްކަން ހޯދާ ދިނުމަށް ގޮވާލައްވާފައިވެއެވެ. މާތް ނަބިއްޔާ ހަދީޘް ކުރައްވާފައިވަނީ   لا ضرر ولا ضرار  " އަނިޔާވެރިވުމެއްވެސް އަދި އަނިޔާ ލިބިގަތުމެއްވެސް ނުވެޔޭ "

ސިއްރު ސިއްރުން...!

ދޮންތީ އަކީ ވާހަކަ ލިއުމުގެ ފަންނަށް އަލަށް ނުކުންނަ ބުރުނީގެ ލޮބުވެތި ދަރިއެކްވެ. ﷲ ދޮންތިއަށް މިފަންނުގައި ފައިތިލަ ސާބިތުކުރުމުގެ ހެޔޮތައުފީގް މިންވަރުފުޅުކުރަށްވާ ކިޔުންތެރިންގެ ހިތްތަކުން ޖާގަ ލިއްބައިދޭނެ ފަދަ އިބުރަތްތެރި މޮޅު ވާހަކަތަކެއް ސާޢީ ކުރުމުގެ ހެޔޮތައުފީގް މިންވަރުފުޅު ކުރަށްވާށީ   

ތިބާގެ އަބުރާއި ޢިއްޒަތެވެ

ބައެއް އުޚްތުން ގާތުގައި ފޭސްބުކްގައި ފޮޓޯޖެހުމަކީ ރަނގަޅުކަމެއް ނޫނޭ ބުނުމުން މިފަދައިން ބުނެއެވެ. “މިއީ އަހަރެންނެވެ. އަހަރެން މަގުމައްޗަށް ނިކުންނައިރުވެސް މީހުންނަށް ފެންނާނީހަމަ އަހަރެންނެވެ. ހަމަ މި މޫނެވެ. އެހެންވީމަ ފޭސްބުކްއިން ފެނުމެކޭ މަގުމަތިން ފެނުމެކޭ ހުރީ ކޮން ތަފާތެއްހެއްޔެވެ؟”

ޖަނާޒާގައި ބައިވެރިވުން

ޖަނާޒާގައި ބައިވެރިވުން إكرام عبد الستار މިދުނިޔޭގެ ލައްޒަތާއި، މާއްދީ އެދުންތަކާއި ، ދުނިޔޭގައިވާ ތަކެއްޗާއި ކަންކަން ވެފައިވަނީ އުޚުރަވީ ޙަޔާތުގެ މަތީން މީސްތަކުން ހަނދުމަ ނެތިކުރުވާ ސަބަބުތަކެއް ކަމުގައެވެ.

އެއްދާންކުރުމުގެ އަދަބް ތައް

އައްޝައިޚް އިބްރާހިމް ފަރީދު އަޙްމަދު 1-   ތައުބާވުމާއި ފާފަ ފުއްސަވައި ދެއްވުމަށް އެދި ދެންނެވުން އެއްދާން ކުރުމުގެ ރޭގައި ކައިވެނިވާ ދެމީހުންގެ އެތެރެފުށް ސާފުކޮށް ޠާހިރު ކުރުން ވާޖިބެވެ.

ޢައުރަ ނިވާކުރުމަކީ އިސްލާމީ ޝަރުޢުގައިވާ ގޮތަށް ހަށިގަނޑު ނިވާކުރުމެވެ

ޢައުރަ ނިވާކުރުމަކީ އިސްލާމީ ޝަރުޢުގައިވާ ގޮތަށް ހަށިގަނޑު ނިވާކުރުމެވެ. މި ގޮތުން ބަލާއިރު އިސްލާމީ ޝަރުޢުގައި ފިރިހެނާގެ ޢައުރައަކީ ފޫޅާއި ކަކުލާ ދެމެދެވެ.
އިމާމް މުސްލިމާއި އިމާމުލް ބުޚާރީ ރަޙިމަހުމަﷲ ރިވާކުރައްވާފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން ޢުބައްޔު ބުން ކަޢުބު ރަޞިޔަﷲ ޢަންހު ރިވާކުރެއްވިއެވެ. އެއްދުވަހެއްގައި މޫސާ ޢަލައިހިއްސަލާމް ،

ބަރަކާތް ތެރި ރަމަޟާން މަހަށް މަރުޙަބާ

 ތިބާ ރަމަޟާން މަހައް ތައްޔާރުތޯ؟

އަންނަނީ ރަމަޟާން ކަރީމް

ނަފުސު ހޭލައްވާލަ ދޭށޭ އަންނަނީ ރަމަޟާން ކަރީމް         ޣަފުލަތާ ދުރުކޮށްލަދޭށޭ     އަންނަނީ ރަމަޟާން ކަރީމް  

ހެނދުނާއި ހަވީރުގެ ވިރުދު

މާތްﷲ ރުއްސުންލެއްވި ޖާބިރުގެފާނު ވިދާޅުވިއެވެ. رسول الله صّلى الله عليه وسّلم އަހަރުމެންނަށް ޤުރުއާނުން ސޫރަތް އުނގަންނާދެއްވާފަދައިން އެންމެހައި ކަންކަމުގައި އިސްތިޚާރާ ކުރަން އަހަރުމެންނަށް އުނގަންނައިދެއްވައެވެ. ހަދީޘް ފުޅު ކުރައްވައެވެ. "ތިޔަބައިމީހުންގެ ތެރެއިން މީހަކު ކަމެއްކުރުމަށް ގަސްތުކޮށްފިނަމަ ފަރަުޟުނަމާދު ފިޔަވައި ދެރަކުޢަތް ނަމާދެއް ކުރައްވާށެވެ. ދެން ކިޔާށެވެ."

ލޯބީގައި ހައްދުފަހަނަ އަޅައި ނުދާށެވެ.

      ލޯތްބަކީ އޭގެ ޒާތުގައި ބައްޔެއް ނުވަތަ ބަލިމަޑުކަމެއްވެސް ނޫނެވެ. އަދި ކިއެއްތަ، އެއީ އަޅުގަނޑުމެން އިންސާނުންނަށް ކުރިމަތިވާ ތަފާތު މައްސަލަތަކުގެ ހައްލެވެ. ތަހައްމަލުކުރާ ތަފާތު ދަތިތަކާއި ތުރާތަކުގެ ޝިފާއެވެ.

ތިބާ، ދަރިފުޅުގެ ޅައުމުރުގެ އފާވެރި ދުވަސްތަށް، ތިބާގެ އަތުން ނަގާ ނުލާށެވެ

        ހިނިތުންވުމާއި މަޖާކުރުމާއި ކުޅެއުޅުމަކީ ތުއްްތުކުއްޖާއަށް ލިބިގެންވާ ޙައްޤެކެވެ. ބުއްދިހުރި ކޮންމެ މީހަކު މިކަމަށް އެއްބަސްވާނެއެވެ. އިސްލާމީ ޝަރީޢަތްވެސް މިކަމަށް ބާރުއަޅައެވެ. ޙަދީޘެއްގައި އައިސްފައި ވެއެވެ. " مروا أولادكم بالصلاة لسبع" މމާނައީ :"ހަތްއަހަރުވުމުން ކުއްޖާ ނަމާދަށް އަހުލުވެރިކުރުވާށެވެ."

އޭނާ ލާދީނޭ ބުނެ ރައްޔިތުންގެ ހިތުގައި ނަފްރަތުގެ ހުޅުރޯކުރުމުގެ ހައްގު އެމީހުންނަށް ލިބިގެން ވޭ ހެއްޔެވެ

އެކަކު ދެކޭގޮތައް އަނެކަކު ދެކުމަކީ ލާޒިމު ކަމެއްނޫނެވެ. އަދި އެއީ ވާނޭވެސް ކަމެއް ނޫނެވެ. އެހެންކަމުން މީސްތަކުންވަނީ އިލާހީ ދީނަކަށް އަބަދުވެސް ބޭނުންޖެހިފައެވެ. އެއީ ހުރިހާ ޚަލްޤުތަކުން ޚަލްޤުކުރެއްވި ﷲ އަށް އެކަލާނގެ އަޅުތަކުންގެ ހާލަތު މޮޅަށް ދެނެވޮޑިގަންނަވާތީއެވެ. ވުމާއިއެކު އެއް ވެރިއަކު ރަނގަޅުކޮށް އަނެއްވެރިޔަކު ގޯސްކޮށް އެއް ނިޒާމެއް ގޯސްކޮށް އަނެއް ނިޒާމެއް ރަނގަޅުކުރަން ބަޔަކަށް ދީފިނަމަ ތަޅާފޮޅާ އެކަމުގައި ދިގުލައިދިއުމަކީ އެކަން ވާނޭ ގޮތެވެ

ގަދަކަމުން ވެރިކަމަށްއައުމަކީ، ޝަރުޢީހަމަތަކުގެ މަތިން ވެރިކަމަށްއާދެވޭ ގޮތެއްބާ!

ލިޔުއްވީ  :  ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ގަދަކަމުން ވެރިކަމަށް އައުމަކީ، ޝަރްޢީ ހަމަތަކުގެމަތިން ވެރިކަމައް އާދެވޭ ޖާއިޒުގޮތެއް ކަމުގައި އިއްތިފާޤުވެފައިވަނީ ކޮން އުއްމަތެއްގެ ޢިލްމުވެރިންނެއް ހެއްޔެވެ. މުޙައްމަދު  صلى الله عليه وسلم  ގެ އުއްމަތުގެ ޢިލްމުވެރިންގެ މަޛްހަބަކީ  ޝަރްޢީގޮތުން ވެރިކަމަށް އާދެވޭނީ ހޮވިގެން ވެރިކަމަށް އައުން، ނުވަތަ އިސްތިޚްލާފުކުރުން މިދެގޮތުން ކުރެ ގޮތަކުންނެވެ.

ވާހަކަ ދައްކާ ގުރާ

ވާހަކަ ދައްކާ ގުރާ ލިޔުއްވީ :   އައްޝައިޚު ޙަސަން ނާޖީ ޢިލްމުވެރިޔަކު އުޅުއްވިއެވެ. ކިޔަވައިދެއްވަނީ އިސްލާމީ ޢަޤީދާއެވެ. އޭނާގެ ދަރިވަރުންނަށް   لا إله إلا الله ގެ މާނަ ޝަރަޙަކުރައްވައި މިކަލިމައިގެ މަތީގައި ތަރުބިއްޔަތު ކުރައްވަމުން ގެންދެވިއެވެ.

ޖިންސީ ބަލިކަށިކަން

ނޯޓު : މި ލިއުމަކީ ޢިލްމީ ބޭނުމަކަށް ޑރ. ޢަބްދުލް ޢަޒީޒު ޙަމީދު (ޖިންސީ ބަލިކަށިކަން : 68 ސުވާލާއި ޖަވާބު )މިނަމުގައި ލިޔެވިފައި ވާ ލިއުމެކެވެ މި ލިއުން ގިންތި ކުރެވިގެންވަނީ 20 އަހަރުން މަތީގޭ ފިރިހެން ބޭފުޅުންނަށްށެވެ.

މިއުއްމަތުގެ މާތްނަބިއްޔާ صلى الله عليه وسلم ގެ ދޫފުޅުން

މިއުއްމަތުގެ މާތްނަބިއްޔާ صلى الله عليه وسلم ގެ ދޫފުޅުން އިބްނު ޢުމަރު ރަޟިޔަﷲ ޢަންހު، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ރިވާ ކުރެއްވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހައްޤުތައް

މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަކަލައިހި ވަސައްލަމައަށްޓަކައި، އެކަލޭގެފާނުގެ އުއްމަތުގެ މައްޗަށްވާ މަތިވެރި ޙައްޤުތަކެއްވެއެވެ.

އިސްލާމީ ޝަރީޢަތުގައި ސުއްނަތުގެ މަޤާމު

އިންސާނުން ދުނިޔޭގައި އުޅުމަށް މާތް الله ޚިޔާރު ކުރައްވާފައިވާ މަގަކީ އިސްލާމް ދީން ކަމުގައި ވީހިނދު، އެކަލާނގެ ޙަޟްރަތުން މީސްތަކުންނާ ހަމައަށް މިދީން އައިސްފައިވަނީ، ރަސޫލަކު މެދުވެރި ކުރައްވައިގެންކަމީ ހުރިހާ މުސްލިމުން ޤަބޫލުކުރާ ކަމެކެވެ. އެއީ، الله ގެ ރަސޫލާ މުޙައްމަދު ބުނު ޢަބުދު الله عليه الصلاة والسلام އެވެ. ޝައްކެއްނެތް ގޮތުގައި އެކަލޭގެފާނަށް ބާވާލެވުނު ދީން އެކުލެވިގެންވަނީ މައިގަޑު ދޭއްޗެއްގެ މައްޗަށެވެ. އެއީ، الله ގެ ފޮތާއި، އިތުރު އެކަލޭގެފާފާނުގެ ސުއްނަތެވެ. ކަންމިހެން އޮތްއިރު، މި ޝަރީޢަތުގެ ފުރުތަމަ މަޞްދަރު ކަމުގައި ކީރިތި ޤުރުއާން ވީފަދައިން، ދެވަނަ މަޞްދަރު ކަމުގައި ވެފައިވަނީ ރަސޫލު الله صلى الله عليه وسلم ގެ ސުންނަތްކަމާމެދަކު މުސްލިމުންގެ މެދުގައި ދެބަސްވުމެއް ނެތެވެ. އެހެންކަމުން، الله އަށް ކިޔަމަންވުމަށް ކުރައްވާފައިވާ އަމުރުފުޅާއި ވިއްދައިގެން ރަސޫލާ صلى الله عليه وسلم އަށް ކިޔަމަންވުމަށް އެކަލާނގެވަނީ ޤުރްއާނުގެ އެއްތަނަށްވުރެ ގިނަތާނގައި އަމުރު ކުރައްވާފައެވެ. އަދި އެކަލާނގެއަށް އުރެދުމެކޭ އެއްފަދައިން ރަސޫލާ صلى الله عليه وسلم އަށް ކިޔ...

ބިދުޢަޔާއި ދޭތެރޭ އަސްހާބުބޭކަލުން ނަފްރަތު ކުރެއްވި މިންވަރު

ރަސޫލުﷲ ސައްލަﷲ ޢަލަހިވަސައްލަމް އަށް ފަހު އެކަލޭގެފާނު ގެނެސް ދެއްވި ހިދާޔަތުގައި އެންމެ ވަރުގަދަޔަށް ހިއްޕެވި ބަޔަކީ އެކަލޭގެ ފާނުގެ ލޮބުވެތި ސަހާބީންނެވެ.އެބޭކަލުންނަކީ ﷲ ގެ ރަސޫލު އަރިހުން ދީން އުނގެނި އެޔަށް ފުރިހަމަޔަށް ތަބާވެ އެ ޢިލްމު އެހެންމީހުންނަށްޓަކައި ފޯރު ކޮށްދެއްވި ވަރުގަދަ އަބްތާލުންތަކެކެވެ .   އެހެންކަމުން މުސްލިމުންގެ ފުރަތަމަ ޚަލީފާ އަބޫބަކްރުއްސިއްދީގް ރަޟިޔަﷲ އަންހު އެއްދުވަހަކު ޚުތްބާ ދެއްވަމުން ވިދާޅުވިއެވެ."ތިމަންކަލޭގެ ފާނަކީ ތަބާވާ މީހެކެވެ.ބިދުޢަވެރިޔެއް ނޫނެވެ."(ސުނަނުއް ދާރުމީ) މިބަސްފުޅުގެ މާނައަކީ އެކަލޭގެފާނު ތަބަޢުވެ ވަޑައިގަންނަވަނީ ﷲ ގެ ފޮތަށާއި ނަބިއްޔާގެ ބަސްފުޅަށް ކަމެވެ.އަދި ދީނުގެ ތެރެޔަށް އަލައްވެއްދޭ އެންމެހާ ކަންކަމުން އެކަލޭގެފާނު ބަރީޢަ ވެވަޑައިގަންނަވާ ވާހަކައެވެ .   އަދި ހަމައެހެންމެ ތަރުޖަމާނުލް ޤުރްއާން އަބްދުﷲ ބިން އައްބާސް ރަޟިޔަﷲ އަންހު ވިދާޅުވަނީ" ﷲ އަށް ބިރުވެތިވެ ދީނުގައި ސާބިތްވެތިއްބަވާށެވެ.އަދި ބިދުޢަތުގެ ކަންކަމުން ސަލާމަތްވެ ތަބައު ވާށެވެ."(ސުނަނުއް ދާރުމީ)އެބަހީ ﷲ އަށް ބިރުވެތިވެ ދީނުގެ ތެރެޔަށް އަލައްވ...

އުފަންދުވަސް ފާހަގަ ކުރަމުން ގޮސް އެންމެ ފަހުން މާތް رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަށްވެސް އެކަން ރަށްދުކޮށްފި

المائدة ސޫރަތުގެ 3ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައި ވެއެވެ. ]... الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا ...[ މާނައީ:- "މިއަދު، ތިޔަބައިމީހުންގެ دين ، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ نعمة ، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި إسلام دين ތިޔަބައިމީހުންނަށް دين އެއްކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ ."