Skip to main content

Posts

Showing posts from June, 2011

ކަށު ނަމާދު

ކަށު ނަމާދު ކުރުމަކީ މައްޔިތާގެ މައްޗަށް ކުރެވޭ ދުޢާއެކެވެ. މިގޮތުން ގިނަ ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި ކަށު ނަމާދުގައި އޮންނަނީ ހަތަރު ތަކުބީރާއި އެއް ސަލާމެވެ. ދެސަލާމް ދިނުމީ ވެސް ބައެއް ދަންނަބޭކަލުންގެ އަރިހުގައި މުސްތަޙައްބު ވެގެންވާ ކަމެކެވެ.

ކޭތަ ނަމާދު

ކޭތަ ނަމާދަކީ ކޮބާ؟ ކޭތަ ނަމާދަކީ އިރު ކޭތަ ހިފުމުން ނުވަތަ ހަނދު ކޭތަ ހިފުމުން ކުރުމަށް އިސްލާމް ދީނުގައި ކަނޑައަޅާފައިވާ ސުއްނަތް ނަމާދެކެވެ. މުއައްކަދު ސުއްނަތެއްގެ ގޮތުގައެވެ. މިގޮތުން އިރުކޭތަ ހިފުމުން ކުރާ ނަމާދަށް ކިޔަނީ އިރުކޭތަ ނަމާދެވެ. އަދި ހަނދުކޭތަ ހިފުމުން ކުރާ ނަމާދަށް ކިޔަނީ ހަނދުކޭތަ ނަމާދެވެ.