Skip to main content

Posts

Showing posts with the label ދިރާސާ

ކައުނު

ސައިންސްގެ ހޯދުންތައް ދައްކާގޮތުން އިންސާނުން ދުނިޔޭގައި އާބާދުވާން ފަށާފައިވަނީ މީގެ 200 ހާސް އަހަރު ކުރިންނެވެ. މާމެލާމެލި އާބާދުވާން ފަށާފައިވަނީ މީގެ 130 މިލިއަން އަހަރު ކުރީންނެވެ. މަންމަލި ޖަނަވާރުން ދުނިޔޭގައި އުޅެން ފެށިތާ 200 މިލިއަން އަހަރު ވެދާނެއެވެ. އެއްގަމުގައި ގަސްގަހާގެހި އާބާދުވާން ފަށާފައިވަނީ 475 މިލިއަން އަހަރު ކުރީންނެވެ. މަސްމަހާމެހި ދުނިޔޭގައި އާބާދުވެފައިވަނީ 500 މިލިއަން އަހަރު ކުރީންނެވެ. ދުނިޔޭގެ އުމުރު ކަމުގައިވަނީ 4.54 ބިލިއަން އަހަރެވެ. ހަނދުގެ އުމުރަކީ 4.56 ބިލިއަން އަހަރެވެ. އިރުގެ އުމުރަކީ 4.57 ބިލިއަން އަހަރެވެ.  މިކައުނުގެ އުމުރު ކަމުގައިވަނީ 13.75 ބިލިއަން އަހަރެވެ. އެއަށްވުރެއް ކުރީން ވަނީ ކޮން އެއްޗެއްތޯއެވެ؟ އަދި މިކައުނާއި މިކައުނުގައި ވާހާ އެއްޗެއްގެ ފެށުމަކީ ކޮބައިތޯއެވެ؟  ޤަބޫލުކުރެއްވިޔަސް ނުކުރެއްވިޔަސް ދަންނަވަން ޖެހެނީ، މިފުރިހަމަ ނިޡާމު އުފެއްދެވުމުގެ ފެށުމަކީ އިންސާނުންނަށް އެނގި ހޯދިފައިވާ ވަޤުތާއި ފިޒިކްސްގެ ޤާނޫނުތަކަށް ތަބާނުވާ ޒަމާނަކާއި ތަނެއްގައި ގޮވި ބޮޑު ގޮވުމެއް ކަމެވެ.

މާމުޔާއި ކުޅަނދުރު

މާމުޔާއި ކުޅަނދުރުގެ ވާހަކަ ކީރިތި ޤުރްއާނުގައި ނަންގަނެވިފައިވެއެވެ. ޤުރުއާނުގައި މިވާހަކަ ނަންގަނެވިފައި އޮތުމުން ދޭހަވަނީ އިންސާނުން ނަށް އެއިން ހާޞިލް ކުރަން ޖެހޭ އިބްރައިތްތެރި އާޔަތްތަކެއް ވާކަމެވެ.

ހުވަނި

ހުއިވަނި ނުވަތަ ހުވަންޏަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް އުޅޭ ޚާސަކޮއް ވަރަށް ކުރީ ޒަމާނުން ފެށިގެން ރާއްޖޭގެ ގިނަބަޔަކު ދަންނަ ފަންޏެކެވެ. ގިނަބަޔަކަށް ނަން އެގުނު ކަމުގައިވިޔަސް މިފަނި ފާހަގަކުރަން ނޭނގޭކަން ފާހަގަ ކުރެވެއެވެ. ހުވަންޏަކީ އަހަރުގެ ވަކިދުވަސްވަރެއްގައި އާންމުކޮށް ހޫނުގަދަ މޫސުމުގައި ބައެއް ބާވަތްތަކުގެ ގަސްގަހުގައި އަޅާ ދޮޅުއިންޗި ނުވަތަ ދެއިންޗި ހުންނަވަރަށް ބޮޑުވާ ފަންޏެކެވެ. ރާއްޖޭގައި މިފަނި އެންމެ ބޮޑުވާކަމަށް ލަފާކުރެވެނީ ގާތްގަނޑަކަށް އެއް އިންޗިއަށެވެ. މިފަނި ފުރިހަމައަށް ބޮޑުވެފައިވާއިރު ފަނީގެ ބުރަކަށިމަތީގައިވާ ފާހަގަތަށް (5 ޖޯޑު ނޫތިކި އަދި 6 ޖޯޑު ރަތްތިކި) ވަރަށް ރީތިކޮން އެގެން ހުރެއެވެ.

ކަމެއްކުރަން ފެށުމުގެކުރިން ހަލާދަނޑީގެ ދެކޮޅުބަލާލާށެވެ.

އިންފޯމެޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދުނިޔެ ހަރުފަތަކަށްފަހު ހަރުފަތެއް ކުރިއަރަމުން އައިސް އެކާވީސް ވަނަ ޤަރުނަށް އެޅުނުއިރު އައިޓީ ދާއިރާން ދުނިޔެވަނީ ތަފާތުކާމިޔާބީތައް ޙާސިލްކޮށްފައެވެ. މިގޮތުން އެންމެފާހަގަކޮށްލެވޭ އަދި އެންމެގިނަބަޔަކު އެއެއްޗެއްގެތެރޭގައި ތާށިވެފައި އަދި ދިރިއުޅުމުގެ ގިނަވަގުތު އެއް އެއްޗަކަށް ބިނާވެފައިވާ އިންޓަރނެޓްހިމެއެވެ.

އަމާންކަންމިހޯދާ ސަލާމަތް ވަމާހޭ....... ދުމާއި ދުންފަތާއި ދެން މުޅިންވަކިވަމާހޭ.....

2010 ވަނަ އަހަރު ތަސްދީގު ކުރެވުނު ދުންފަތް ކޮންޓްރޯލް ކުރުމާއިބެހޭ ޤާނޫނުގެ 3 ވަނަ މާއްދާއާއި ހަވާލާދީ މިނިސްޓްރީ އޮފް ހެލްތުން 2012 އޮކްޓޯބަރ 08 ވަނަ ދުވަހު ‘ދުންފަތުގެ އިސްތިއުމާލުކުރުން މަނާތަންތަން ކަނޑައެޅުމުގެ ގަވާއިދު’ އާންމުކޮށްފައިވީނަމަވެސް އެ ގަވާއިދަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެންނެވެ. އެހެންކަމުން މިއަދުން ފެށިގެން ދުންފަތުގެ އިސްތިއުމާލުކުރެވޭނީ މި ގަވާއިދު ކަނޑައަޅާތަންތަނުގައެވެ. ނުވަތަ ހުއްދަ އޮތް ތަންތަނުގައެވެ .

ޖިންސީ ބަލިކަށިކަން

ނޯޓު : މި ލިއުމަކީ ޢިލްމީ ބޭނުމަކަށް ޑރ. ޢަބްދުލް ޢަޒީޒު ޙަމީދު (ޖިންސީ ބަލިކަށިކަން : 68 ސުވާލާއި ޖަވާބު )މިނަމުގައި ލިޔެވިފައި ވާ ލިއުމެކެވެ މި ލިއުން ގިންތި ކުރެވިގެންވަނީ 20 އަހަރުން މަތީގޭ ފިރިހެން ބޭފުޅުންނަށްށެވެ.

ބަލިވެއިނުމުގެ ކުރިން ކުރަންޖެހޭ ކަންތައްތައް

ދަރިޔަކު ހޯދަން ކަޑައެޅުމަށްފަހު ފުންކޮށް ވިސްނާލާށެވެ. ސަލާމަތް ސިއްހަތާކާއެކު ބަލިވެއިނުމަށް އަދި ދުޅަހެޔޮ ދަރިޔަކު ހޯދުމަށް ބަލިވެއިނުމުގެ މަދުވެގެން މަހެއް ދެމަހެއްވަރުކުރިން ދެމަފިރިންގެ ސިއްހީހަލަތު އެކަށީގެންވާ ވަރަށް ރަނގަޅު ކުރެވޭތޯ ބަލާށެވެ. މިކަމަށްޓަކައި ބައެއް ކަންކަމަށް ސަމާލިވާން ޖެހޭނެއެވެ. ދިރިއުޅުމުގެ ވައްޓަފާޅިއަށް ކޮންމެވެސްވަރެއްގެ ބަދަލުތަކެއް ގެންނަން ޖެހިދާނެއެވެ. ތިރީގައި އެވާ ކަންތައްތަކަށް ފަރުވާތެރި ވާށެވެ.

ސިނާއީ ވަސީލަތެއް ބޭނުން ކޮށްގެން ދަރިން ހޯދުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތައް

ދަރިން ނުލިބޭ މީހުންނަށް ނުވަތަ ލިބުން ލަސްވާ މީހުންނަށް ފަރުވާ ކުރުމުގައި ތަފާތު ވަސީލަތް ތައް މިހާރު ވަނީ ހޯދިފައެވެ. މީގެތެރެއިން ބައެއް ކަންތަކަކީ އިސްލާމް ދީނުގެ ފިގުހު އިލްމުވެރިން ހުއްދަކުރާ ކަންތައްތަކެކެވެ.