ޒަމާނާއި ތަން ބަދަލުވިއަސް ޙުކުމަށް ބަދަލު ނާންނަ ކަހަލަ މައްސަލަތަކުގައި، އިސްލާމް ދީން ވަނީ ކަނޑައެޅިގެންވާ ޚާއްސަ ޙުކުމްތަކެއް ކަނޑައަޅާފައެވެ. ޒަމާނާއި ތަން އަދި މުޖްތަމަޢު ބަދަލުވަމާއި، ގުޅިފައިވާ މައްސަލަތަކުގެ ޙުކުމް އިސްލާމީ ޝަރީޢަތުގައި ގެނެސްފައިވަނީ، ޙުކުމުގެ މައިގަނޑު ޤަވާޢިދުތަކެކެވެ. ވީމާ ޙުކުމް ތަންފީޒު ކުރާގޮތާއި ޙުކުމްވެސް މިފަދަ މައްސަލަތަކުގައި ތަފާތުވާނެއެވެ