Skip to main content

Posts

Showing posts from December, 2012

އައު އަހަރުގެ ތަހުނިޔާ ކިޔުމުގެ ގޮތުން އެސްއެމްއެސް ފޮނުވިދާނެތޯ؟

  އައްޝައިޚް ޙަސަން މުސާ ފިކުރީ الحمد لله رب العالمين . الصلاة والسلام على أشرف الأنبياء وسيد المرسلين نبينا محمد وعلى آله وصحبه أجمعين ، وبعد : އިސްލާމް ދީން އައުމަށްފަހުގައި ޖާހިލިއްޔަ ޒަމާނުގެ ޢާދަކާދަތަކާއި، ފާހަގަ ކުރާ މުނާސަބަތުތައް ބާޠިލުވެގެން ދިޔައީއެވެ. މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަ މަދީނާއަށް ހިޖުރަކުރެއްވި ހިނދުގައި އެމީހުން ކުޅެއުޅުނު ދެދުވަހެއްވިއެވެ.

މުސްލިމުން، ކްރިސްމަސް ދުވަސް ފާހަގަކޮށް އެދުވަހު އެކަކު އަނެކަކަށް ތަހުނިޔާ ކިޔައި އުޅުމުގެ ޙުކުމް.

އެންމެހައި ޙަމްދު ޘަނާއެއް ޙައްޤުވަނީ އަޅުގަނޑުމެން މުސްލިމުން ކަމުގައި ލައްވަވައި، ޔަހޫދީންނާއި ނަޞާރާއިންގެ ގޮތްތަކަށް ތަބާނުވުމަށް އަމުރު ކުރެއްވެވި ކީރިތި ﷲ سبحانه وتعالى އަށެވެ. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރަނީ ކާފަރުންނާއި ޚިލާފުވުމަށް އަމުރުކުރެއްވެވި މާތް ނަބިއްޔާ محمّد صلى اللّ ـ ه عليه وسلم އަށެވެ. މިޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އެންމެހައި އާލު އަޞްޙާބުންނާއި ޤިޔާމަތާއި ޖެހެންދެން އެކަލޭގެފާނުގެ ސުންނަތުގައި ހިފަހައްޓައިގެން ތިބިހާ ބަޔަކު ޝާމިލު ކުރަމެވެ

ނަމޫނާ ލިބިގަންނަން ވީ ގޮތުގެ ނަމޫނާ ...!!

މުސްލިމުންގެ ދެވަނަ ޚަލީފާ އަމީރުލް މުއުމީން ޢުމަރު ބުނުލްޚައްޠާބުގެ ޚަލީފާ ކަމުގެ ދުވަސް ވަރުގައި 3 މީހަކު ވެގެން ޒުވާނަކު ހައްޔަރު ކޮށްގެން ޚަލީފާގެ އަރިހަށް ގެނައެވެ. އެޒުވާނުންތައް ދެންނެވިއެވެ . އޭ އަމީރުލް މުއުމީނީން އެވެ! މިޒުވާނާ ތިމަންނާމެންގެ ބައްޕަ މަރާލައިފިއެވެ. މިމައްސަލަ ބައްލަވާ

21/12/2012: ދުނިޔެ ނިމޭނެކަމަށް ދެކެވޭ ވާހަކަ ތަކުގެ އަޞްލު

ލިޔުއްވީ:   އައްޝައިޚް މުޙައްމަދު ބިން އިބްރާހިމް އަދި އައްޝައިޚް ހަސަން މޫސާ ފިކުރީ “ ޤިޔާމަތްވުމުގެ ވަގުތު ގާތްވެއްޖެއެވެ. އަދި ހަނދު ފެޅިއްޖެއެވެ.”( القمر 1) “ ފަހެ، ލޮލަށް ޙައިރާކަންލިބި ކަޅިވިދި ތަރަތަރަލާހިނދެވެ.(7) އަދި ހަނދު ކޭތަހިފައި އެއިން އަލިކަން ފިލައިދާހިނދެވެ.(8) އަދި އިރާއި، ހަނދު އެއްވާހިނދެވެ.(9) އެދުވަހުން އިންސާނާ ބުނާނެތެވެ.

ﷲ އެއިލާހުގެ ޛާތުފުޅައިގެން ވޮޑިގެންވަނީ ހުރިހާ ތަނެއްގައިކަމަށް ޤަބޫލުކުރާމީހަކަށް ވުރެ މަގުފުރެދިފައިވާ މީހަކު ފަހެ ކޮބައިބާ؟

ލިޔުއްވީ:  އައްޝައިޚު މުޙައްމަދު ސިނާން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އެއިލާހުގެ ޛާތުފުޅައިގެން ހުރިހާ ތަނެއްގައި ކަމަށް ޤަބޫލުކުރާމީހާ އެޤަބޫލުކުރަނީ ﷲ ހުރިހާ ހަޑިތަނެއްގައިވެސް ވާނޭކަމަށެވެ. ކުނިވަސްދުވާ ހަޑިމުޑުދާރު ތަންތަނުގައިވެސް ވާނޭކަމަށެވެ. އަދި އެމީހާ ހިނގާބިނގާވެ އެއުޅެނީ އެއިލާހުގެ މަތީގައި ނުވަތަ އެއިލާހުގެ ތެރޭގައި ކަމެވެ. މިއީ ކަނޑައެޅިގެން އެއިލާހުގެ ޢިއްޒަތްވަންތަކަމަށާއި، މަތިވެރިވަންތަކަމަށް ބުނެވޭ ކުޑައިމީސްބަހަކަށް މެނުވީ ނުވާނެއެވެ.

ހަތަރު އަނބިން

ހަތަރު އަނބިން އެއްސަހަރެއްގައި ދިރި އުޅުނު ވަރަށް މުއްސަނދި ސާދާގަރެކެވެ. މުއްސަނދިކަމާއި މުދާވެރިކަމުގައި އަރާ ހުރި ބޭކަލެކެވެ. ސާދާގަރުގެ ހަތަރު އަނބިން ތިބެއެވެ. ހަތަރު އަނބިންގެ ތެރެއިން ސާދާގަރު އެންމެ ލޯބި ވަނީ ހަނގު އަނބި ދެކެއެވެ.

ބުރުނި ތ އަތޮޅު ބަނދި

މިއީ ތ އަތޮޅު ބަންޖޭ ކިޔާ ބަންޖެވެ. މި ބަންޖަކީ އިހުގަ ބުރުނީ ދޮށީ އުމުރު މީހުންގެ މެދުގައި    ވަރަށް މައްސޫރު ބަންޖެކެވެ. ޓޯއް ޓޯއް އެކަލަގެ ދަރި ޓޯއް ޓޯއް   ނައުބިންދީ ހަދުވަހުން ރިޔާ ފެހީ ކޮށްލަމްނޭ ދެރިޔާލޭ ތިންކުނބޭ ހައްސަ މަބުރު ވައިނަބޭ މަލާފަތު ބިލަތްޖެހިތާ މަންޖެމިތާ އޮށްނަމިތާ ވަންނަމިތާ

ބަނބުކެޔޮ ގަސް ދިވެހިރާއްޖެ ގެނެވުނު ގޮތް

ބަނބުކެޔޮ ގަސް ދިވެހިރާއްޖެ ގެނެވުނު ގޮތް ފަޟީލަތުއްޝައިޚު އަ ލްމަރުޙޫމު ޙުސައިން ޞަލާޙުއްދީނު ގެ ލިއުން ތަކުން ފުވައްމުލަކު ފާމުދޭރިކިލެގެފާނުންގެ ކަރިއްޔަ މުޙައްމަދު ދީދީ ފެންފުށީ ގަނޑުވަރު ޢަލިދީދީ ވާހަކަ ކިޔައިދެއްވިޔޭ. ބަނބުކޭލަކީ މާއިހަކު މިރާއްޖޭގައި ހުންނަ އެއްޗެއްނޫނޭ.

މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓައިޒްކުރުމާ ބެހޭގޮތުން ބެލިބެލުމުން ފެނުނު ކަންތަކުގެ ރިޕޯޓް

މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓައިޒްކުރުމާ ބެހޭގޮތުން ބެލިބެލުމުން ފެނުނު ކަންތަކުގެ ރިޕޯޓް މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ސަރުކާރާގުޅިގެން ހިންގާ ތަރައްޤީކުރާނެ ފަރާތެއް ހޯދުމުގެ މަސައްކަތް ގޮސްފައިވާގޮތް ބަލަން ފެށުނީ 25 އޮގަސްޓް 2010ގައެވެ.