މުޖުތަމަޢް އެއްގެ ބަޔަކު މުނާސަބަތެއް ފާހަގަކުރާނަމަ އެ މުނާސަބަތު ފާހަގަ ކުރެވެނީ ކޮންކަހަލަ ހަޤީޤަތް ތަކެއްގެ މައްޗަށް ބިނާކޮށްތޯ ނުވަތަ ދީނީގޮތުން ބަލާއިރު އެ މުނާޞަބަތެއްގެ އަސާސަކީ ކޮބައިތޯ ބަލާލަން ޖެހެއެވެ. ނޫންނަމަ ތަސައްރަފް ފުދިފައިވާކަމަށް ޤަބޫލްކުރާ ބޮޑަތި މުސްލިމުން ތަކަކަށް ކުރެވޭ ކަމަކީ 'ގަޅި" އަދި ޖާހިލް މޮޔަ ކަމަކަށްވެސް ވެދާނެއެވެ. ނުވަތަ އަޤީދާ ފާޞިދުވާފަދަ ބިދްޢައަކަށް ނޫންނަމަ ޝިރްކަކަށްވެސް ވެދާނެއެވެ. އެހެންކަމުން ރާއްޖެ އިސްލާމްވުމާއިމެދު ތަޙްޤީޤީ ނަޒަރަކުން ބަލާލަމާތޯއެވެ .!