Skip to main content

Posts

Showing posts from February, 2014

ﷲގެ މަގުގައި އެއްވެސް އެއްޗެއް ހޭދަކޮށްފިނަމަ އޭގެ ހެޔޮ ޖަޒާ ﷲ ދެއްވާނެއެވެ.

ﷲ ގެ   މަގުގައި   އެއްވެސް   އެއްޗެއް   ހޭދަކޮށްފިނަމަ   އޭގެ   ހެޔޮ   ޖަޒާ  ﷲ  ދެއްވާނެއެވެ . ޒިނޭކުރަމުން އައި އަންހެނެއް ... ، ވައްކަން ކުރަމުން އައި ވަގެއް ... , މުއްސަނދި ބަޚީލުމީހެއް .. . *** ވަރަށް ކުރީ ޒަމާނެއްގައި ، އެއްސަހަރެއްގައި އިސްމާޢީލް އެވެ ، ކިޔުނު މީހަކު އުޅުނެވެ . އޭނާ އުޅުނީ ކަނޑުގެ އައްސޭރީގައި މީހުން އުޅޭ ހިސާބާއި ކުޑަކޮށް ދުރުގައި ހުންނަ ގެއެއްގައެވެ . އޭނާއާއި އޭނާގެ އަނބިމީހާ އުޅެމުން އައީ ނުހަނު ސީދާ ސާދާ ދިރިއުޅުމެކެވެ . މިހެން އުޅެމުން އެކި ދުވަސްމަތިން ލާރި އެއްކުރަމުން އެއްކުރަމުން އައިސް ، އިސްމާޢީލު ބޮޑު ރުނބައެއްގެ ދީނާރު އެއްކޮށްފިއެވެ . އަދި އެރުނބާގައި ހުރި ހުރިހާ ދީނާރުތައް ހަމައަށް ކުދި ތިން ރުނބައަށް ބަހައިފިއެވެ . ދެން މިތިން ރުނބާ ގޭގެ ފުރަގަހުގައި ވަޅެއްކޮނެފައި ވަޅުލައިފިއެވެ .

ﷲ އަށްޓަކައި ކަމެއް ދޫކޮށްލާ މީހާއަށް އޭގެ ބަދަލުގައި އެއައްވުރެ ހެޔޮ ގޮތެއް ﷲ ދެއްވާކަމުގެ މިސާލެއް

ﷲ އަށްޓަކައި ކަމެއް ދޫކޮށްލާ މީހާއަށް އޭގެ ބަދަލުގައި އެއައްވުރެ ހެޔޮ ގޮތެއް ﷲ ދެއްވާކަމުގެ މިސާލެއް ﷲއަށްޓަކައި ކަމެއް ދޫކޮށްލާ މީހާއަށް އެއަށްވުރެ ހެޔޮގޮތެއް ﷲ ދެއްވާނޭކަމަށް މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ ބަޔާންކުރައްވައި ދެއްވާފައެވެ. އެކަލޭގެފާނުގެ ބަސްފުޅަކީ ޙައްޤު ތެދު ބަސްފުޅެވެ. ﷲތަޢާލާވަނީ އެކަލޭގެފާނުގެ ބަސްފުޅުގެ ތެދުކަން ބަޔާންކުރައްވާފައެވެ. ސޫރަތުއްނަޖުމުގެ ކުރީކޮޅުގެ އާޔަތްތަކުގައި އެއިލާހު އަންގަވާފައިވަނީ، އެކަލޭގެފާނަކީ އަމިއްލަ އެދުންފުޅަކަށް ވާހަކަ ދައްކަވާ ބޭކަލެއް ނޫންކަމެވެ. އަދި އެކަލޭގެފާނުގެ ބަސްފުޅަކީ ﷲގެ ޙަޟްރަތުން އަންނަ ވަޙީގެ ބަސްފުޅުތަކެއްކަންވެސް ވަނީ ހާމަ ކުރައްވާފައެވެ.

ސިޙްރު ޖެހުމުގެ ކުރިން ރައްކާތެރިވާނީ ކިހިނެތް؟

ސިޙްރު ޖެހުމުގެ ކުރިން ރައްކާތެރިވާނީ ކިހިނެތް؟ ޤަޟާ ޤަދަރަށް އީމާންވާހާލު ބަލި ޖެހުމުގެ ކުރިން ބަލީން ރައްކާތެރިވުމަށް މަސައްކަތް ކުރާނީ ބުއްދިވެރީންނެވެ .  އެހެންކަމުން ސިޙްރުވެސް ޖެހުމުގެ ކުރިން އެއިން ރައްކާތެރިވާން އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅައި  “ އައްޑަނައިގެ ”  ބޭނުންހިފައި ރައްވާތެރިވުމަކީ އެންމެ މޮޅުގޮތެވެ .