ދުނިޔޭގެ ރަސްރަސްކަލުންނަށާއި އަމީރުންނަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ފަތްކޮޅުތައް ފޮނުއްވުން
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސީރަތުގެ ތެރެއަށް ފީނާލުމުން ފެނިގެންދާ އެއް ހަޤީޤަތަކީ އިސްލާމްދީން އޭގެ އެންމެ ތަނަވަސް މާނާގައި ފުޅާކުރުމަށް ކޮށްފައިވާ މަސައްކަތްޕުޅުތަކެވެ. އެގޮތުން އިސްލާމީ ދައުލަތް ފުޅާކުރުމުގެ ސަބަބެއް ކަމުގައިވެގެން ގޮސްފައިވާ ޙުދައިބިއްޔާގެ ޞުލްޙައަށްފަހު ދުނިޔޭގެ އެކިރަ ސްރަސްކަލުންނާއި އަމީރުންނަށް، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހިޖުރައިން ހަތްވަނަ އަހަރުގެ މުޙައްރަމް މަހުގެތެރޭގައި 7 ބޭކަލަކަށް އިސްލާމް ދީނަށް ގޮވއިލެއްވުމުގެގޮތުން ފަތްކޮޅުތަކެއް ފޮނުއްވިއެވެ. އެގޮތުން ދުނިޔޭގެ ބޮޑެތިބޮޑެތި ރަސްރަސްކަލުންނާއި، ލީޑަރުނާއި ވެރިންނަށްވަނީ ފަތްކޮޅުތައް ފޮނުއްވައި އިސްލާމްދީނުގެ ދައުވަތުދެއްވައިފައެވެ.