Skip to main content

Posts

Showing posts from February, 2013

ފުރައަމެންގޭ މާދަރީ ބަސް

ކޮންމެ ބަޔަކަށް ވެސް އެބަޔަކު މޮށޭ ބަހެއްވެޔެ ދެރަނުވާ،                                             އޮންނަ އިރު މޭރުން ވެދާހެން ށޭނިކަން ހަމަ އައްސަވާ . އެންމެހައި    ބަސްތައްމެ ވާހިނދު މޫޖިޒާތެއްކަމު މުޅީން،                                               ފެންނަ    ކީރިތިވަންތަކަން   ރައްބީގެ އަބަދަށް ދައްކަވާ .

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރަން ޖެހޭހެއްޔެވެ؟

މުޖުތަމަޢް އެއްގެ ބަޔަކު މުނާސަބަތެއް ފާހަގަކުރާނަމަ އެ މުނާސަބަތު ފާހަގަ ކުރެވެނީ ކޮންކަހަލަ ހަޤީޤަތް ތަކެއްގެ މައްޗަށް ބިނާކޮށްތޯ ނުވަތަ ދީނީގޮތުން ބަލާއިރު އެ މުނާޞަބަތެއްގެ އަސާސަކީ ކޮބައިތޯ ބަލާލަން ޖެހެއެވެ. ނޫންނަމަ ތަސައްރަފް ފުދިފައިވާކަމަށް ޤަބޫލްކުރާ ބޮޑަތި މުސްލިމުން ތަކަކަށް ކުރެވޭ ކަމަކީ 'ގަޅި" އަދި ޖާހިލް މޮޔަ ކަމަކަށްވެސް ވެދާނެއެވެ. ނުވަތަ އަޤީދާ ފާޞިދުވާފަދަ ބިދްޢައަކަށް ނޫންނަމަ ޝިރްކަކަށްވެސް ވެދާނެއެވެ. އެހެންކަމުން ރާއްޖެ އިސްލާމްވުމާއިމެދު ތަޙްޤީޤީ ނަޒަރަކުން ބަލާލަމާތޯއެވެ .!

ހުވަނި

ހުއިވަނި ނުވަތަ ހުވަންޏަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް އުޅޭ ޚާސަކޮއް ވަރަށް ކުރީ ޒަމާނުން ފެށިގެން ރާއްޖޭގެ ގިނަބަޔަކު ދަންނަ ފަންޏެކެވެ. ގިނަބަޔަކަށް ނަން އެގުނު ކަމުގައިވިޔަސް މިފަނި ފާހަގަކުރަން ނޭނގޭކަން ފާހަގަ ކުރެވެއެވެ. ހުވަންޏަކީ އަހަރުގެ ވަކިދުވަސްވަރެއްގައި އާންމުކޮށް ހޫނުގަދަ މޫސުމުގައި ބައެއް ބާވަތްތަކުގެ ގަސްގަހުގައި އަޅާ ދޮޅުއިންޗި ނުވަތަ ދެއިންޗި ހުންނަވަރަށް ބޮޑުވާ ފަންޏެކެވެ. ރާއްޖޭގައި މިފަނި އެންމެ ބޮޑުވާކަމަށް ލަފާކުރެވެނީ ގާތްގަނޑަކަށް އެއް އިންޗިއަށެވެ. މިފަނި ފުރިހަމައަށް ބޮޑުވެފައިވާއިރު ފަނީގެ ބުރަކަށިމަތީގައިވާ ފާހަގަތަށް (5 ޖޯޑު ނޫތިކި އަދި 6 ޖޯޑު ރަތްތިކި) ވަރަށް ރީތިކޮން އެގެން ހުރެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަދެކެ ލޯބިވާންވީ ކީއްވެ؟ -1

މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައީ ، ﷲ ތަޢާލާ ޤިޔާމަތަށް ދެމިގެންވާ ރިސާލާތަކާއިގެން ފޮނުއްވެވި ނަބިއްޔާއެވެ. އެކަލޭގެފާނު ފޮނުއްވެވީ އެންމެހައި ޢާލަމްތަކަށް ރަޙްމަތެއްކަމުގައެވެ. އެންމެ ރިވެތިވެގެންވާ ނަމޫނާ އެކަލޭގެފާނުގެ ގައިކޮޅުގައާއި އަޚްލާޤުގައި ލެއްވުމަށްފަހުގައެވެ. އެކަލޭގެފާނުގެ ކިބައިން އަހަރެމެންނަށް ހިދާޔަތުގެ ސީދާ މަގަކީ ކޮބައިކަން އެނގިގެން ދިޔައެވެ. މި ހިދާޔަތުގެ ދީން އަހަރެމެންނާއި ހަމައަށް ފޯރުކޮށްދެއްވުމަށްޓަކައި ޖާނާއި މާލުން ޤުރުބާންވެވަޑައިގެންނެވިއެވެ.