Skip to main content

Posts

Showing posts from 2018

އަޅުގަނޑު ހައިރާންވަނީ ތިބޭފުޅުން ހައިރާންނުވާތީއެވެ.

ޖޯރޖް އަކީ އުމުރުން 50 އަހަރު ވެފައިވާ ދުޅަހެޔޮ ޞިއްޙަތެއްގެ ވެރިއެކެވެ. އޭނައަކީ ދެއަންހެންކުދިންނާއި ފިރިހެން ކުއްޖެއްގެ ބައްޕައެކެވެ. އޭނާގެ މި ކުޑަކުޑަ އާއިލާ ދިރިއުޅެމުން ގެންދަނީ އެމެރިކާގެ ވޮޝިންޓަނުގައެވެ. ޙައްޖުމަސް ކައިރިވުމާއެކު ޖޯރޖްއާއި އޭނާގެ ޢާއިލާގެ ހުރިހާ މެމްބަރުންވެސް މިއަހަރުގެ ޢީދުދުވަހަކީ ކޮބައިތޯ ބެލުމަށްޓަކާ ލައިވް އިސްލާމީޚަބަރު ޗެނަލްތަކާއި ނޫސްމަޖައްލާތައް ބަލަންފެށިއެވެ. ޖޯރޖް ރޭޑިއޯ ޗެނަލްތައް އަޑުއަހަމުން ދިޔައިރު، ކުދިންގެ މަންމަ ދިޔައީ ޓީވީ ޗެނަލްތައް ބަލަމުންނެވެ. އަދި ކުދީންތައް ދިޔައީ އިސްލާމީ ވެބްސައިޓުތައް ބަލަމުންނެވެ. އިސްލާމީ މުއައްސަސާއެއްގެ ނަމްބަރު އޮތްނަމަ ކިހާރަނގަޅުހޭ އެމީހުންގެ ހާލުގެ ދުލުން ބުނަމުންދާކަހަލައެވެ. މި އަހަރުގެ އަޟްޙާ ޢީދުދުވަހަކީ ކޮބައިތޯ ސާފުކުރުމަށްޓަކައެވެ.

އާޅެން

( ކަމެއްކުރަން ހިޔްވަރު ހުރިއްޔާ އެކަމެއް ވާނެ ގޮތްވެސް އޮށްނާނެ ) 1 އަހަރެން ކަލާއަށްޓަކައިވީ ފުންލޯބި ² ނެތި ހިނގައްޖެއެވެ. އަދި މިހިތުގައި ވަނީ ނަފުރަތެވެ. 3 އެއްދުވަހުން އަނެއްދުވަހައް ދަނީ އިތުރުވަމުންނެވެ. އަހަރެންނަށް ކަލާ ފެންނަ ހިނދު ⁴ ކަލާ އާއި ދިމާއަށް ބަލާކަށްވެސް ބޭނުމެއް ނޫނެވެ. 5 މިހަރު އަހަރެން ކުރަންބޭނުންވާ ހަމަ އެކަނިކަމަކީ ⁶ އެހެން އަންހެން ކުދިންނަށް ބެލުމެވެ. އަހަރެން އެއްއިރެއްގައިވެސް ބޭނުންނުވާ ކަމެއްއޮތެވެ. 7 ކަލާއާއި ކައިވެނިކުރުމެވެ. އަހަރެމެންގެ އެއްމެފަހުގެ ބައްދަލުވުމުގައި ދެކެވުނު ވާހަކަ ތަކުން ⁸ އަހަރެން އިތުރަށް ފޫހިވެއްޖެއެވެ. 9 އިތުރަށް ކަލާ ދިރިއުޅުން ހުންނަގޮތް އެނގިގެން ހިނގައްޖެއެވެ. ¹⁰ ކަލާ ވިސްނަނީ ހަމައެކަނި އަމިއްލަ ނަފްސާދޭތެރޭގައެވެ. 11 އަހަރުމެން ދެމީހުން ކައިވެނި ކޮށްފިނަމަ. ¹² ދިރިއުޅުމަކީ ބޮޑު ހައިޖާނު ގަނޑަކަށްނޫނީނުވާނެއެވެ. 13 މީ ކަލާވެސް އަދި އަހަރެންވެސް އެންމެ ބޭނުންވާ ގޮތްނޫންހެއްޔެވެ.

އެސްފީނާއިން ސަލާމަތްވުމައްއެދި ތަވީދު (ތަމީމާ) އެޅުން

އެސްފިންނާގެ އަޞްލަކީ މީހަކު އެހެންމީހެއްގެ ކިބައިގައި ހުރި ހުނަރުވެރިކަމެއްފެނި އެކަމަށް މާބޮޑަށް ޙަސަދަވެރިވެ، އޭނާގެ ނުބައި ހިތް އެކަމެއްގެ މައްޗަށް ފޯރުވުމެވެ. ނުވަތަ ފޯރުމެވެ. ޙަސަދަވެރިންގެ ކިބައިން ސަލާމަތްކޮށް ދެއްވުން އެދި ދެންނެވުމަށް އަންގަވާ މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَمِن شَرِّ حَاسِدٍ إِذَا حَسَدَ)  މާނައަކީ: " އަދި حسد ވެރިޔަކު حسد ވެރިވެއްޖެހިނދު، އޭނާގެ ނުބައިކަމުންވެސްމެއެވެ". އެސްފިންނާޖައްސާ ކޮންމެ މީހަކީ ޙަސަދަވެރިޔެކެވެ. ނަމަވެސް ކޮންމެ ޙަސަދަވެރިޔަކީ އެސްފިންނާ ޖައްސާ މީހެއް ނޫނެވެ. ޙަސަދަވެރިޔާ އަކީ އެސްފިންނާ ޖައްސާ މީހާ އަށް ވުރެ ޢާއްމު މީހަކަށްވާތީވެ، ހަސަދަވެރިޔާ ގެ ނުބައިކަމުން ސަލާމަތްކޮށްދެއްވުމަށް އެދުމުން އެސްފިންނާ ވެރިޔާވެސް އޭގެ .ތެރޭގައި ހިމެނިގެން ދާނެއެވެ އެސްފިންނާ އަކީ ޖެހޭ އެއްޗެއްކަން ޘާބިތުވާ އެތަށް ޙަދީޘް ތަކެއްވެއެވެ. އޭގެ ތެރޭގައި ބުޚާރީ އާއި މުސްލިމް ޢާއިޝާ ރަޟިޔަﷲ ޢަންހާ- ގެ ކިބައިން ރިވާ ކުރެއްވި ޙަދީޘް ހިމެނެއެވެ. ( كان رسول الله صلى الله عليه وسلم يأمرني أن أسترقي من العين ) މާނައަ...