ސެޕްޓެމްބަރު 2008 ވީ އަންގާރަދުވަހުރޭ ޓީވީގެ "ސިޔާސަތު" ޕްރޮގްރާމްގައި އިސްލާމްދީނުގައި އަންހެން ބޭފުޅުންގެ ޙިޖާބާއި އަދި ޤިޞާޞާއިބެހޭގޮތުން ރައީސް ދެއްކި ވާހަކަ:
16 ސެޕްޓެމްބަރު 2008 ވީ އަންގާރަދުވަހުރޭ ޓީވީގެ "ސިޔާސަތު" ޕްރޮގްރާމްގައި އިސްލާމްދީނުގައި އަންހެން ބޭފުޅުންގެ ޙިޖާބާއި އަދި ޤިޞާޞާއިބެހޭގޮތުން ރައީސް ދެއްކި ވާހަކަ: - ޝާކިރު: 2000 ވަނަ އަހަރުގެ ނޮވެމްބަރު 16 ގައި ނިކުން އައްޑުވަހުގެ އަދަދުގައި އަނބި ކަނބަލުން ބުރުގާ އެޅުއްވުމާބެހޭގޮތުން އެއީ ކޮންމެހެން ލާޒިމް ކަމެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށާއި އަނބިކަނބަލުން އަމިއްލައަށް އަޅުއްވަން ބޭނުންވެއްޖެނަމަ އޭނަގެ އިޚްތިޔާރުގައި އޮތްކަމެއްކަމަށް މަނިކުފާނު ވަނީ ވިދާޅުވެފަ އިނގޭތޯ، މިހެން ވިދާޅުވެފައިވާއިރު ދީނީ ތަޢުލީމް ޚާޞިލްކުރައްވައިގެން ތިއްބެވި ބޭފުޅުން ވިދާޅުވާގޮތުގައި އަންހެނެއްގެ އަޢުރައަކީ ދެއަތްތިލައާއި މޫނު ފިޔަވައި އެހެން ހުރިހާ ތަނެއްކަމާމެދު ޢިލްމުވެރިންގެ މެދުގައި އެއްވެސް ޚިލާފެއް ނެތްކަމަށް އެބޭފުޅުން ވިދާޅުވަނީ އަދި މިކަންތައް ޤުރުއާނުގެ ނައްޞުން ސާބިތުވާކަމަށް ވިދާޅުވަނީ، އެއީ ނޫރު ސޫރަތުގެ 31 ވަނަ އާޔަތުން، މިހާސާފުކަމެއް ކީއްވެގެންތޯ ލާޒިމްކަމެއްކަމަށް ދެކިވަޑައިނުގަންނަވަނީ.