Skip to main content

Posts

Showing posts from May, 2012

ލޯބީގައި ހައްދުފަހަނަ އަޅައި ނުދާށެވެ.

      ލޯތްބަކީ އޭގެ ޒާތުގައި ބައްޔެއް ނުވަތަ ބަލިމަޑުކަމެއްވެސް ނޫނެވެ. އަދި ކިއެއްތަ، އެއީ އަޅުގަނޑުމެން އިންސާނުންނަށް ކުރިމަތިވާ ތަފާތު މައްސަލަތަކުގެ ހައްލެވެ. ތަހައްމަލުކުރާ ތަފާތު ދަތިތަކާއި ތުރާތަކުގެ ޝިފާއެވެ.

ތިބާ، ދަރިފުޅުގެ ޅައުމުރުގެ އފާވެރި ދުވަސްތަށް، ތިބާގެ އަތުން ނަގާ ނުލާށެވެ

        ހިނިތުންވުމާއި މަޖާކުރުމާއި ކުޅެއުޅުމަކީ ތުއްްތުކުއްޖާއަށް ލިބިގެންވާ ޙައްޤެކެވެ. ބުއްދިހުރި ކޮންމެ މީހަކު މިކަމަށް އެއްބަސްވާނެއެވެ. އިސްލާމީ ޝަރީޢަތްވެސް މިކަމަށް ބާރުއަޅައެވެ. ޙަދީޘެއްގައި އައިސްފައި ވެއެވެ. " مروا أولادكم بالصلاة لسبع" މމާނައީ :"ހަތްއަހަރުވުމުން ކުއްޖާ ނަމާދަށް އަހުލުވެރިކުރުވާށެވެ."

އޭނާ ލާދީނޭ ބުނެ ރައްޔިތުންގެ ހިތުގައި ނަފްރަތުގެ ހުޅުރޯކުރުމުގެ ހައްގު އެމީހުންނަށް ލިބިގެން ވޭ ހެއްޔެވެ

އެކަކު ދެކޭގޮތައް އަނެކަކު ދެކުމަކީ ލާޒިމު ކަމެއްނޫނެވެ. އަދި އެއީ ވާނޭވެސް ކަމެއް ނޫނެވެ. އެހެންކަމުން މީސްތަކުންވަނީ އިލާހީ ދީނަކަށް އަބަދުވެސް ބޭނުންޖެހިފައެވެ. އެއީ ހުރިހާ ޚަލްޤުތަކުން ޚަލްޤުކުރެއްވި ﷲ އަށް އެކަލާނގެ އަޅުތަކުންގެ ހާލަތު މޮޅަށް ދެނެވޮޑިގަންނަވާތީއެވެ. ވުމާއިއެކު އެއް ވެރިއަކު ރަނގަޅުކޮށް އަނެއްވެރިޔަކު ގޯސްކޮށް އެއް ނިޒާމެއް ގޯސްކޮށް އަނެއް ނިޒާމެއް ރަނގަޅުކުރަން ބަޔަކަށް ދީފިނަމަ ތަޅާފޮޅާ އެކަމުގައި ދިގުލައިދިއުމަކީ އެކަން ވާނޭ ގޮތެވެ

ގަދަކަމުން ވެރިކަމަށްއައުމަކީ، ޝަރުޢީހަމަތަކުގެ މަތިން ވެރިކަމަށްއާދެވޭ ގޮތެއްބާ!

ލިޔުއްވީ  :  ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ގަދަކަމުން ވެރިކަމަށް އައުމަކީ، ޝަރްޢީ ހަމަތަކުގެމަތިން ވެރިކަމައް އާދެވޭ ޖާއިޒުގޮތެއް ކަމުގައި އިއްތިފާޤުވެފައިވަނީ ކޮން އުއްމަތެއްގެ ޢިލްމުވެރިންނެއް ހެއްޔެވެ. މުޙައްމަދު  صلى الله عليه وسلم  ގެ އުއްމަތުގެ ޢިލްމުވެރިންގެ މަޛްހަބަކީ  ޝަރްޢީގޮތުން ވެރިކަމަށް އާދެވޭނީ ހޮވިގެން ވެރިކަމަށް އައުން، ނުވަތަ އިސްތިޚްލާފުކުރުން މިދެގޮތުން ކުރެ ގޮތަކުންނެވެ.