Skip to main content

Posts

Showing posts from May, 2011

ލޯބިވާ ދަރިފުޅާއެވެ!

ލޯބިވާ ދަރިފުޅާއެވެ! ކޮންމެ ދަރިޔަކީ، الله سبحانه وتعالى މައިންބަފައިންނާ ޙަވާލު ކުރައްވާފައިވާ އަމާނާތެކެވެ. ޤިޔާމަތް ދުވަހުން ދަރިންގެ ޙައްޤުތަކާމެދު މައިންބަފައިންނާ ސުއާލު ވެވޭނެއެވެ. ދަރީންގެ ތެރެއިން އަންހެން ދަރީންގެ މަސްއޫލިއްޔަތު ވަކީން ބޮޑެވެ.

ފަލްސަފާ

ފަލްސަފާވެރިން އެންމެ ގިނައިން އެއް ކަމެއްގައި ބަސްބުނެ ނަޒަރިއްޔާތައް އެކުލަވާލާފައިވަނީ ކޮން ކަމަކާ މެދުގައިތޯ ސުވާލުކޮށްފި ނަމަ، އޭގެ ޖަވާބަކަށްވާނީ އަންހެނުންނާ ބެހޭ ގޮތުންކަމުގައެވެ. ނުވަތަ އަންހެނުންނާއި ލޯތްބާ ބެހޭ ގޮތުންނެވެ. އޭގެ ތެރެއިން ބައެއް ނަޒަރިއްޔާތައް ޒަމާނާއި ހާލަތާއި ތަނުގެ ގޮތުން ހަގީގަތަކަށް ވަނީ އެކި މިންވަރަށެވެ. މިއީ ވެސް އޭގެ ތެރެއިން ބައެއް ނަޒަރިއްޔާތަކެވެ. މީގެ ތެރޭގައި ދިވެހި އަންހެނުންނަށް މުނާސަބު ވާހަކަތަކެއް ވެސް ހުރެދާނެއެވެ. އަންހެނުންނަކީ އަރަތެކެވެ. އެ އަރަތުގެ ތަޅުދަނޑިއަކީ އެންމެ ލަފްޒެކެވެ. އެއީ ލޯތްބެވެ. މާތް އަންހެނަކީ ޖަވާހިރުގެ ކަންޒެކެވެ. އެކަންޒުން ކޮންމެ ދުވަހަކު އައު ޖަވާހިރެއް ފެންނާނެއެވެ. ބުއްދިވެރި އަންހެނާ، ފިރިހެނާ އަށް ބުނާ ކޮންމެ ބަހެއްގައި ފޮނިކަން އެކުލަވައެވެ. އަދި ފިރިހެނާ އަންހެނާ އަށް ބުނާ ކޮންމެ ބަހެއްގައި ހިތިކަމެއްވާ ކަން ސާބިތުކޮށްދެއެވެ. އެންހެނާގެ ރީތިކަމަށްޓަކައި އޭނާއާ ކައިވެނިކުރުމަކީ، ގެއެއްގެ ބޭރުގައި ލާފައި ހުންނަ ކުލައިގެ ރީތިކަމުން އެ ގެ ގަތުން ފަދަ ކަމެކެވެ. މޮޔައަކާ ޖަދަލު ނުކުރާށ...