މި ބިންމަތީގައި އިންސާނުންގެ ދަރިފަސްކޮޅު ދެމި އޮތުމުގެ ސަބަބެއް ކަމުގައި މާތް ﷲ ލައްވާފައި ވަނީ، ކައިވެނި ކޮށްގެން ކުދިން ލިބުމެވެ. އަދި ކުދިން ލިބުމަކީ ދުނިޔޭގައި އިންސާނަކަށް ލިބޭ ގިނަ ގުނަ ނިޢްމަތްތަކުގެ ތެރެއިން ވަރަށް ވެސް ބޮޑު ނިޢްމަތެއް ކަން ކަށަވަރެވެ. ނަމަވެސް ކޮންމެ މީހަކީ މި ނިޢްމަތް ލިބޭ މީހެއް ނޫނެވެ. ބައެއް މީހުންނަށް ވަރަށް ފަސޭހައިން ކުއްޖަކު ލިބޭ އިރު، އަނެއް ބަޔަކަށް ގިނަ ދުވަސްތަކަކު އިންތިޒާރު ކުރުމަށް ފަހު ލިބޭތަން ވެސް އާދެއެވެ. އަދި އަނެއް ބަޔަކު މި ނިޢްމަތުން އެއްކޮށް މަޙްރޫމް ވެއެވެ . ކޮންމެ އަކަސް، ކުއްޖަކު ލިބުން ލަސް ވުމުން އަހަރެމެންނަށް ކުރެވޭނެ ކަމަކީ ބައްޔެއް އުޅޭތޯ ބަލައި ފަރުވާ ހޯދުމެވެ. ނެތް ނަމަ ދުޢާ ކުރުމެވެ . އިންސާނަކު ކަމަކަށް އެދި ދަންނަވަން ހުރީ ހަމަ އެންމެ ފަރާތެކެވެ. އެއީ މާތް ﷲ އެވެ. އެ ކަލާނގެ ފިޔަވާ، މީހަކަށް ދަރިން ރިޒުޤު ކުރައްވާނެ އެއްވެސް ފަރާތެއް ނުވެއެވެ. ވީމާ މުސްލިމަކަށް ލިބިފައިވާ އެންމެ ވަރުގަދަ ހަތިޔާރަކީ ދުޢާ ކުރުން ކަމަށް ވަނީ ވެފައެވެ . ބޭނުން ވާ ކަންތައްތައް ފުއްދަވައި ދެއްވުން އެދި ކޮންމެ ވަގުތަކުވެސް މާތް ...