Skip to main content

Posts

Showing posts from January, 2012

ﷲގެ ހަޟްރަތުން ބިލެއް އައިހެއްޔެވެ؟

ހޮސްޕިޓަލުގައި ބާއްވާފައި އޮތް ހަތްދިހަ ވަރަކަށް އަހަރުގެ ދޮށީ އުމުރުގެ ބޭބެއެކެވެ. މިބޭބޭއަށް ކުޑަކަމުނުދެވޭތީ ޑޮކްޓަރު އެންގީ އޮޕަރޭޝަން ކުރަން ޖެހޭނެކަމަށެވެ. ބޭބެ އެއޮޕަރޭޝަން ކުރަން ޤަބޫލްވެއްޖެއެވެ. އަދި އޮޕަރޭޝަންކޮށް ނިމި ބޭބެ ހޭއަރި ވަގުތު ބޭބެއަށް ވަރަށް ތަދު އިސްސާސްކުރެވެން ފަށައިފިއެވެ .

ލޯތްބަށް ކޮށާފައިހުރި މަގުތައް.

ބައެއްމީހުންގެ ނަޒަރުގައި ލޯތްބަކީ ހަމައެކަނި އެދުމެކެވެ. އަނެއްބައިމީހުން ދެކޭގޮތުގައި ލޯތްބަކީ ފަށައިގަންނަން އުދަގޫ ނިންމަން ފަސޭހަ ހަނދާންނައްތާ ނުލެވޭނެ ހަނގުރާމައެކެވެ. އަނެއްބައިމީހުން ބުނާގޮތުން ލޯބީގެ މިސާލަކީ އަލިފާންގަޑެއްގެ މިސާލެވެ. ރޯކުރާކަށް މާދައްޗެއް ނޫނެވެ. އެހެނަސް ނިއްވާލުމަކީ އުނދަގޫކަމެކެވެ. ނިއްވައިލެވިއްޖެނަމަ އަލަކުން އެއަލިފާންގަޑު އިޢާދައެއްނުވާނެއެވެ. މިހުރިހާ އެންމެން އެއްބަސްވާ އެއްކަމެއް އެބައޮތެވެ. އެކަމަކީ ލޯތްބަކީ އިންސާނާގެ ކިބައިގައި ﷲ ލައްވައިފައިވާ ފިޠުރީ ޞިފައެއްކަމެވެ. އެއީ ކޮންމެ އިންސާނެއްގެ ކިބައިގައިމެ ހުންނާނެ ޣަރީޒާއެއްކަމެވެ. ޝަހުވަތްތެރިކަން އިންސާނާގެ ކިބައިގައި ލެއްވިބީދައިން އަނެއްޖިންސުގެ މީހަކަށް ޝައުޤުވެރިވުމަކީ އިންސާނީ ޠަބީޢަތުގެ ބައެކެވެ .

ޑޮކްޓަރާއި ވަޅުކޮންނަ މީހާ

ޑޮކްޓަރާއި ވަޅުކޮންނަ މީހާ އެއްޒަމާނެއްގައި އުޅުނު މީހެކެވެ. މީނާ ވަރަށް ކަންނެތް ނޯކަރަކު ގެންގުޅުނެވެ. އެއްދުވަހު މި މީހާ މި ނޯކަރުމީހާ މޭބިސްކަދުރާއި އަދި ޒައިތޫނި ގަތުމަށްޓަކައި ބާޒާރަށް ފޮނުވައިފިއެވެ.

އަންހެން ކުދިން ޚިތާނުކުރުމަކީ ދީނީކަމެއްތޯއެވެ

الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. نبينا محمد وعلى آله وصحبه أجمعين. أما بعد ‘ އަ ންހެން ކުދިން ޚިތާނުކުރުމަކީ ދީނީކަމެއްތޯއެވެެ؟ ’ މި މައުޟޫއަށް، ދާދިފަހުން އަޅުގަނޑު ލިޔުނު އާރޓިކަލްގައި މަސައްކަތްކޮށްފައިވާނީ، ޙަދީޘްތަކާއި ޢިލްމުވެރިންގެ ބަސްފުޅުތަކުގެ އަލީގައި، އަންހެންކުދިން ޚިތާނުކުރުމަކީ ދީނުގައި އައިސްފައިވާ ކަމެއްކަން ޘާބިތުކޮށްދޭށެވެ. ފަހަރެއްގައިވެސް އެއީ ދީނީގޮތުން ވާޖިބެއްތޯ ނުވަތަ ސުންނަތެއްތޯ ބަޔާންކުރާކަށް ނޫނެވެ. ލިޔުމުގެ ޚުލާޞާގައި އަޅުގަނޑު ލިޔެފައިވާ ޢިބާރާތްތަކުން އެކަން ދޭހަވާނޭކަމަށް އުއްމީދުކުރަމެވެ.